ގެއްލިގެން ހޯދަމުންދިޔަ އުމުރުން 21 އަހަރުގެ ދިވެހި އަންހެން މީހާ ފެނިފައިވާ ކަަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން އިއްޔެ ވިދާޅުވި ގޮތުގައި، ގެއްލުނު އެ އަންހެން މީހާއަކީ އައިމިނަތު ހުމައިނާ ޒަކަރިއްޔާ ނަމަކަށް ކިޔާ އަންހެނެެކެވެ.

ހުމައިނާ ގެއްލިގެން ހޯދަން ފެށީ މިދިޔަ ހޯމަ ދުވަހުގެރޭ ދަންވަރު 12:15 ހާއިރުން ފެށިގެންނެވެ.

ފުލުހުން މީގެ އިރުކޮޅެއް ކުރިން ވިދާޅުވީ، ހުމައިނާ ހުރިތަން މިއަދު މެންދުރުގެ ވަގުތެއްގައި ދެނެގަނެވިއްޖެ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ.