ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ސިފައިން ނުކުމެއްޖެ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ނުރައްްކާ މިންވަރަކަށް ފެތުރެމުންދާތީ މިހާރު މާލެ ސަރަހައްދުގައި ވަނީ ހަރުކަށި ކާފިއުއެއް އިއުލާނުކޮށްފައެވެ.

އެގޮތުން ހަވީރު 4:00 އިން ފެށިގެން މެންދަމު 4:00 ޖަހަންދެން ބޭރުގައި އުޅުމުގެ ހުއްދައެއް ނުލިބެއެވެ.

މި ފިޔަވަޅުތައް ތަންފީޒު ކުރުމަށް ކުރިން ބޮޑަށް ހަރަކާތްތެރިވަމުން ދަނީ ފުލުހުން އެކަންޏެވެ.

އެމްއެންޑީއެފް އިން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަން މާލޭގައި ފެތުރުން އިތުރުވުމާއި ގުޅިގެން މާލެގައި އިއުލާނުކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް އެމްއެންޑީއެފްއިން ފުލުހުންނާއި އެކު މާލެ ސިޓީގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ދަނީ ކޮވިޑް ފެތުރެމުންނެވެ. އެގޮތުން މިހާރުވެސް މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކުވެސް ކޮވިޑަށް ފައްސިވާ އަދަދުތައް 500 އިން މަތީގައި އުޅޭއިރު، އެ ބަލީގައި ނިޔާވާ މީހުންގެ އަދަދުތައްވެސް ދަނީ އިތުރުވަމުންނެވެ.

ރާއްޖެއިން މިހާތަނަށް 40092 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މީގެ ތެރެއިން މިހާރު ފަރުވާދެމުން ދަނީ 12873 މީހަކަށެވެ. މި ބަލީގައި ރާއްޖެއިން 87 މީހަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކޮވިޑް

    މަޝާ ގުޅިގެންތަ ނޫނީ އަންނި އައް އިތުރު ހަމަލާ އެއް ދީފާނެ ކަމައްތަ ސިފަައިން ނުކުތީ ޔަގީން ހަމަލާ އައް ބިރުން

    25
    3
  2. ޙުސެން

    Ti meehun nikuthey kiyaafa vaki kon kameh vaanee.. beyrah ves nukunnaanan

    7
    4
  3. އަނީދާ

    މިއީ ޙަޤީޤަތުގައިވެސް ކޮވިޑް ކޮންޓްރޯލްކުރަންވެގެންތޯ ނޫނީ ފެއިލްވެފައިވާ މިސަރުކާރަށް ފައިސާ ހޯދަން ކުރާކަމެއްތޯ؟

    11
    1
  4. ާއަލީ

    ސިފައިންގެ އެހީތެރިކަން ބޮޑަށް ދޭންވީ ކާފިއު ނޫން ގަޑީގަ ބާޒާރުގަ އާއި މާރުކޭޓްގަ މާސްކް ނާޅާ އުޅޭ މީހުން މާސްކް އެޅުވުމަށް

  5. ކިނބޫ

    ހުޅުވާ އަޅައިގެން ގަދަކަމުން މުވައްޒަފުން ނެރެގެން މަސައްކަތް ކުރުވާ އޮފީސްތައް ބަންދުކޮށް އެކަން ކުރާ މީހުނަށް ފިޔަވަޅު އަޅަން ކެރޭނެތަ؟

  6. ganjaaboa

    ތިޔަ ބުނީ ހެޔޮކޮށް. އޭޑީކޭ ކައިރިއަށް ގޮސް އުސޫލާ ޚިލާފަށް ތިބި މީހުންނަށް ފިޔަވަޅު އަޅަން ކެރުނީސްތާ އެހެންނޫންނަމަ.

  7. ތުއްތުކޮއި

    ކޮވިޑް ވާރ އާއި ހަގުރާމަކުރަން ނިކުތް ލެއް މާލަސް!ރައްޔިތުން ތަމާން ވަނީ !މައިމޫނާގެ ބޭބީ އެއްކަމަށް ހަދައިގެން ތިބެވޭކަށްނެތޭ!

  8. ނުކިޔާ

    12873 މީހުންނަށް ފަރުވާދޭ ވާހަކަ ޖަހާފަ އޮތީމަ ބުނެލަން. އެ އަދަދަށް މީހުން ފައްސިވެފަ ތިބެދާނެ. އެކަމު އޭގެން 2/3 ވުރެ ގިނަ މީހުންނަކީ އަމިއްލައަށް ބޭސް ގަނެލައިގެނއ ގޭގަ ތިބެގެން އަމިއްލައަށް ފަރުވާ ހޯދާ ބައެއް.

  9. ކިނބޫ

    މިހާރު ކޮންމެ ކަމެއް ކޮވިޑް މަތި.
    ތިވާނީ ކޮންމެސް އެހެން ކަމަކަށް.

    3
    1
  10. ރައްޔަތުމީހާ

    ކުދި ކުދި ފިހާރަތަކުގަ އުަލުއް ވާ ބަންގާޅު ވަރަށް ގިނަ ބޭފުޅުން ގިނައިން މާސްކް އަޅަނީ ކަރުދޮށުގަ.