ރާއްޖޭގައި ހިނގި އެންމެ ބޮޑު އެއް ހިޔާނާތް ކަމުގައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނުކަން އެނގުނީ ފައިސާ ލިބުނު މީހުންގެ ލިސްޓު ފެނުމުން ކަމަށާއި، ނުވެސް އެނގި ހުއްޓާ އޭނާ ވަގަކަށް ހަދާފައިވާ ކަަމަށް މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަދި ޑައިރެކްޓަރ ފާތުމަތު ނަހުލާ ބުނެފިއެވެ.

ނަހުލާ މިގޮތަށް ބުނެފައިވަނީ ހިޔާނާތުގެ މައްސަލައިގައި ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓުގައި އޭނާގެ ނަން އޮތުމާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން ނަހުލާ ފޭސްބުކުގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ އަށް ފައިސާ ލިބުނު ކަން އެނގިފައިވަނީ އެ ލިސްޓު ފެނުމުން ކަމަށެވެ.

"އަސްތާ! ނުވެސް ދެނަހުރި ހުއްޓާ އަޅުގަނޑު ވެސް މިއޮތީ ވަގަކަށް ހަދާފަ.2015ގެ ޕީޕީއެމްގެ ފަރާތުން އެމްއޭޔޫ ދާއިރާއަށް އަޅުގަނޑޫ ކުރިމަތިލީން، ޕާޓީއަކުން ކުރިމަތިލައިފިނަމަ އެ ޕާޓީއަކަށް ހެޔޮ އެދޭ ފަރާތްތަކުން ކެމްޕޭނަށް ދީފައި ހުންނަ ފައިސާ ތަކުން ކެންޑިޑޭޓުންނަށް ކެމްޕޭން ކުރުމަށް ދޭނެކަން އެންމެންނަށްވެސް އެނގޭނެ. އެކަމަކު އެމްއެމްޕީއާރްސީގެ ފައިސާ އެފަހަރު ޕީޕީއެމްގެ ކެމްޕޭނަށްހޭދަ ކުރިކަން އަޅުގަނޑަށް މި އެނގުނީ މި ލިސްޓް ފެނުނީމަ" ނަހުލާ ބުންޏެވެ.

ނަހުލާ ބުނީ، 2015 ވަނަ އަހަރު ޕީޕީއެމްގެ ފަރާތުން އޭނާ މަޖިލީހަށް ކުރިމަތިލިއިރު، ޕާޓީ އަކުން ކުރިމަތިލައިފިނަމަ ޕާޓީއަށް އެޔޮއެދޭ ފަރާތްތަކުން ކެމްޕޭނަށް ދީފަ ހުންނަ ފައިސާ ޕާޓީތަކުން ކެނޑިޑޭޓުންނަށް ކެމްޕޭނު ކުރުމަށް ދޭނެކަން އެންމެންނަށްވެސް އެނގޭ ކަމަށެވެ.

އޭނާއަކީ އަމިއްލަ ބޭނުމަށް އެއްވެސް މީހެއްގެ އަތުން ފައިސާ ހޯދަން ޖެހޭ މީހެއް ނޫން ކަމަށާއި އެނގިހުރެގެން އެފަދަ ފައިސާއެއް ބޭނުން ކުރާނެ މީހެއް ނޫން ކަމަށް ވެސް ނަހުލާ ވަނީ ބުނެފައެވެ.

މީގެ އިތުރުން، ޕާޓީތަކުގެ ވެރިން ވައްކަން ކޮށްގެން ފޭރިގެން ހޯދާ ފައިސާ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ނުދިނުމަށް ވެސް ނަހުލާ ވަނީ ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. މާކުންބެ

    ބަލަ ވަގުން ވައްކަން ކޮއްފަ ބުނާ ހެން ތިޔަބުނަނީ ނަހުލާ މަންޖޭ

    59
    24
  2. ކެޔޮޅު

    މަކަރާ ހީލަތް ހަދައިގެން އައި ސަރުކާރަކުން ނެރޭލިސްޓުވެސް ވާނީ މަކަރުވެރިލިސްޓަކަށެވެ ނަހުލާ މިމީހުން މިކުޅޭގޭމަށް ސުޓޯރީއެއް ހަދާފަ ސޯލިހުއަށް ވެދުމަށް އަރުވަންފެނޭ...

    94
    20
    • މިނިކާވަގު

      ހަމަ ވަގު ޔާމީނުގެ ބޯއީ ވަގު އަދީބު (ކޯޓުން ހުކުން ކޮށްފަ އޮތީމަ ވަގު މިކީ). ކިތައްމެ ހިތުގަ ޖެހުނަސް ޔާމީނު އާއި އަދީބު ގުޅިގެން ކުރި ކަމެއްކަން ނިޔާޒު އިބްރާހީމަށް ހެދި ގޮތުން އެނގޭ. ތިކަހަލަ ރުހުމުގެ ލޮލަށް އައިބު ނުފެންނަ މީހުންނާ ހެދި މިގައުމު ހަލާކު މިވަނީ

      37
      57
  3. މަނީމަނީ

    އެއްވެސް ޝައްކެނެތްނެތް ގޮތުގާ އަޅުގަނޑުގެ ގެޔަށް ވައިން ފަސާ ހަލާލެއްނޫނޭ ކިޔައިގެން އެއްވެސް މީ ހަކު ހަޅެލެވި އަޑެއްވެސް ހަމަ ކަމަނާ ނައަހާތޯ

    60
    39
  4. ފިލްމް

    ކުރިއަށް ނިކުންނަށް އޮތް ފިލްމުގެ ނަމަކީ"އެ ލިސްޓު"

    93
    4
  5. މާ ޕިންކް

    ކުލަ ޖެހިގެން މާވަރަކަށް އުޅުނީ މިހެންވެ ދޯ!!!ޗީ ޗީ...

    41
    32
  6. ސަމާ މާލެ

    ކައިފަ އޮތީމާ ލިސްޓްގަ ނަން އޮންނާނީ. މިހާރު ނޫނެކޭ ބުނިޔަސް. ބުޅާ މަސްގަނޑު ދަމާ ވީދާ ކާހެން ކައިފަ ތިޔަ އޮތީ. ރީއްޗެކަށް މީހުންގެ ނަމެއް ލިސްޓަކު ނުޖަހާނެ. 5 މާމުލިންގެ ވަގުތަކުގެ ނަންތައް ލިސްޓްގަ އޮތީ..

    47
    49
  7. އަލްޖިބްރާ

    ނުބައި ނުލަފާ ކަމެއް ކޮށްފަ އެކަމަށް އެއްބަސްވީ ކާކު ؟

    63
    28
  8. Anonymous

    އޭ ވަގުތަކާ ކަމުން ރެކެން އުޅޭނެ ޖާގައެއްނެތް އެހެރީ ފައިސާޖަމާކުރި ތިވަގުންގެ އެކައުންޓު ނަމްބަރުތައްފެންނަން އަނގަތިއަރުވަނީ

    47
    20
  9. އެމަންޖެ

    ނަޝީދެއް އޮޅުވައެއް ނުލާނެ ތިޔައީ ސައްހަ ލިސްޓެއް ، ނަޝީދު ބޭސްފަރުވާޔައް ޖަރުމަނައްވެސް އެދިޔައީ ދައުލަތުގެ އެއްމެ ލާރިޔެއްގަވެސް ޖެހިނުލާ ، ރަނގަޅުވާނީ އޭނާ އަނބުރާ މިދިވެހި ފަސްގަނޑަ ނާދެވިއްޖާ.

    50
    19
  10. Anonymous

    ނަހުލާގެ "އެ ހިޔާނާތް"

    30
    7
  11. ޝަރީފާ

    ގައިމު ތި ލިސްޓަކު މަގޭނަމެއް ނެއް މަ އެފައިސާ ކޭނަމަ ޔަގީނުންވެސް މަގޭ ނަންވެސް ތިޔަ ލިސްޓްގައި އޮތީސް.

    45
    3
  12. ޟަޙީ

    ކެންޕޭނަށްވެސް ބޭނުންކޮށްފަތި އޮތީ އެލާރި. ހެޔޮއެދިގެންދޯދޭމީހަކު ދީފައެއޮތީ. ނިހުލާވެސް އެލާރި ކާފަރިއޮތީ . ޖަލަށްލާ މިޙާރު

    24
    8
  13. ޝެލަރީ

    ހައްހައް ލަދުން ބޯހަލާކު ދެން ފެންނަހާމީހެއްގާތު އަހާ ނަހޫ ކިޔާހޭ ރިހާކުރު ފުޅިނެގި މީހާވެސްބުނީ އަތުގައިހިފީމައޭ އެނގުނީ ފުޅި އަތުގަ އޮތްކަންވެސް ދޯ ރަށްޔިތުން

    29
    3
    • ޫުހ

      ދެންކޮންހާ ވާހަކައެއް ދައްކާކަށް...އަހަރުމެން މިއުޅެނީ މުސާރައިގެ ބޭރުން 10 ރފ އެކަުންޓަށް ޖަމާވިއަސް އެ އައިގޮތެއް ބނުބެލިގެން. މިލިއަނުން ރފ ޖަމާވީމަ ހިތަށް ނޭރިދޯ އެއްވެސް އެއްޗެއް.

      16
      4
  14. ޙާމަ

    ތިކަމަނާގެ ނަން ހިޔާފްލެޓް ލިބުނު ލިސްޓް ގައިވެސް އޮތް..

    27
    1
    • ާޙަސަން

      ހިތުން ޕޫޖަބަޓް...ކެކެ.ކީކޭ ދެންބުނާނީ..ފޫހި އަންހެނެއް.އަދި މިހާރު މާފޫހިވެއްޖެ.ކަލޭނޭ ނޭންގި ހުއްޓާ މިލިއަނުން މީހެއްގެ އެކައުންޓަށް ފައިސާތަކެއް ވަންނާނެތަ.ހަދާ ދޮގު.ކާކު ކަލޭ ދައްކާ ވާހަކަ އަޑުއަހާނީ.. ތިމާވަރުގެ މީހަކު ނެތިގެން އުޅުނީ..

      15
      6
    • ޠޮޮސުފު

      ޥަގުން ވައްކަން ކުރަަނި

  15. ކަލްޓް

    ބަލަ މަވެސް ތިޔަ ލިސްޓް ދެކެފިން، މަގޭ ނަމެއް ތިޔަކު ނެތް! ހަމަ ހުރެފަކާ ނަމެއް ނާރާނެ ދޯ ތިޔަ ލިސްޓަކަށް، ތިފައިސާ ގަ ކަބުލޭގެ ތިހިރީ ހޭކި އޭގެ އުފަލާ ލައްޒަތު ގަ ބީހި ފޮނި މީރުކަން ލިބިގަނެފަ. އަންހެން ވެރިން އެއްބަސް ވާނެ ތަ. ވަގު ފިރިން ގެން ގުޅޭ އަންހެނުން ވެސް އެއްބަސް ނުވޭ ރެޑް ހޭންޑް ކޮށް ހިފީމަ ވެސް!

    24
    2
  16. އަމީދު

    ނަހުލާ ދެން ލިޔާ ވާހަކައަށް ކިޔަންވީ.. 'އެ ޚިޔާނާތް'..

    24
  17. ގާދިރު

    އަޅުގަނޑު ތިކަމަށް ފިލްމެއް ހަދާނަން

    10
    3
  18. ނނ

    ދެންކޮންހާ ވާހަކައެއް ދައްކާކަށް...އަހަރުމެން މިއުޅެނީ މުސާރައިގެ ބޭރުން 10 ރފ އެކަުންޓަށް ޖަމާވިއަސް އެ އައިގޮތެއް ބނުބެލިގެން. މިލިއަނުން ރފ ޖަމާވީމަ ހިތަށް ނޭރިދޯ އެއްވެސް އެއްޗެއް.

    10
  19. ސަނާ

    ބަލަ ކޮމިޝަނުން އެބުނަނީ އެއީ ތަހްގީގު ނުނިމި އޮތް ލިސްްޓެކޭ . އީވާ އަންނި ނެތްް ވަގުތު މެޑެލް ޖަހަން ވެގެން ހޭބުއްްދި ފިލާފަ އިނދެގެން
    ލިސްޓްް ހާމަކޮށްގެންްް އުޅެނީ . ގިނައީ ފައިސާ ލިބުނު މީހުން ތޯއްޗެ. ޕާޓީގެ ފަރާތުން ކެމްޕޭނަށްް ފައިސާ ދިނީމަ ކާކުތަ ތަހްގީގު ކުރަނީ ކޮންގޮތަކުން ކާކުދިން ފައިސާއެއްްްތޯ
    އިންޑިއާއިން ފައިސާ ދިނޯ ދެހާސް އަށާރައިގެ ކެމްޕޭނަށްް އަދީބު ރީދޫ ކުދިންނަށްވެސް ފައިސާ ދިނޯ އެމީހުން ބެލިބާ ކިހިނެއް އަދީބު ހޯދި ފައިސާއެއްތޯ ވެސް.

    8
    3
  20. ނަހުލާ

    ދެންދޭ ކައިރިގަ ތިގެންގުޅޭ ކުދިންލައިގެން "އަސްތާ މަވެސް މީ ވަގެއް" މިނަމުގަ ފިލްމެއް ހަދަން. ރފ ކޭމީހުންގެ ނަން ލިސްޓްގަ އޮންނާނީ. "

    13
    5
  21. ވާނުވާ

    ވަގަކު ވައްކަން ކޮއްފަ ބުނާނެތަ ވައްކަން ކުރީމޭ....ތީ ހަމަ އެކަހަލަ ކަމެއް..

    12
    1
  22. ތަރާނާ

    ރީތި ރީތި ހިނިތުން ވުން ވަރަށްސަޅި

    5
    3
  23. އަހުމަދު

    ކެންޕޭނުގަ ރައްޔިތުން އަތުން ވޯޓް ގަންނަން ތިފައިސާ ހަރަދުކުރި މީހުންވެސް ހޯދަންޖެހޭނެ.

  24. ޚަމަނަަ

    ކަމަނަާ އަށްނުވެސް އެނގި ހުއްޓާ ތިހުރިހާ ކަމެއްތިވަނީ ފިލްމުތަށްހެދި ފިލްމުތަށް ކުޅެވި އެއިންލާރިލިބި ދެވަނަ ފިލްމެއްކުޅި އަދި އެއަށްވުރެ ފޯރި ގަދަބެ އެހެންނޫވާނީ މިތިބީ ހުސް ގުބޯ ގުބޯ

  25. ފަސީހު23

    ދެންވެސް ލިބޭހާ ފައިސާއެއް، މީ ކޯއްޗެއްތޯ ނުބަލާ އެކައުންޓަށް ޖަމާނުކުރާތި.

  26. ހަމިއްޓޭ

    ނުވެވުނު ޚިޔާނަތް
    އެޚިޔާނަތް
    ފިލްމީޚިޔާނަތް
    އަސަރުގަދަ ޚިޔާނަތް

    ފިލްމެއް ހަދާލަން ރަނގަޅު ނަންތަކެއް

  27. ހުސުނުހީނާ

    މިހާރުދެން މ.މ.ޕ.ރ.ސ އަޑުއެހި މީހަކުވެސް ނުހުންނާނެ ދޯ