ޖަރުމަން ވިލާތުންރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ބޭސްފަރުވާެގެ ކަންކަން ހަމަޖެއްސެއްވުމުން އެކަމާއި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައިދު ލަދުގަނެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު ހެނދުނު 10:45 ހާއިރު އިތުރު ފަރުވާއަށް ޖަރުމަން ވިލާތަށް ފުރާވަޑައިގެންނެވީ ޕްރައިވެޓް ޖެޓެއްގައެވެ. އ ެމަނިކުފާނު ފުރާވަޑައިގަތް ޖެޓަކީ އެއާ އެމްބިއުލާންސްއެކެވެ.
އޭގެ ޚަރަދާއި ނަޝީދުގެ ބޭސް ފަރުވާގެ ޚަރަދުތައް ހަމަޖައްސަނީ ޖަރުމަނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ކޮންސުލް ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށެވެ. އެ ކަމުގެ އިންތިޒާމުތައް ބަލަހައްޓާނީ ޖަރުމަން ސަރުކާރުން ކަމަށް ރައުްޔިތުންގެ މަޖިލީހުން ވިދާޅުވެފައި ވެއެވެ.
"މި ހަބަރު ފެނިގައި އަޅުގަނޑު ގަތީކީ އަމަށަކު ލަދެއް ނޫން". މިިކަމާއި ގުޅިގެން ދިޔާނާ ކުރެއްވި ޓްވީީޓެއްގައި ވެއެވެ.
ދިޔާނާ ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާދިނީ މި ފަސްގަނޑުގައި ކަމަށާއި،އެކަން ފަހިވެގެން ދިޔައީ ސެކިއުރިޓީ ފެއިލިންގްސް ހުރެގެން ކަމަށެވެ. އަދި އެ މީހާއަކީ "އަޅުގަނޑުމެންގެ"ރައީސެއްކަމަށްވެސް ދިޔާނާ ވިދާޅުވިއެވެ.
"ދިވެހި ސަރުކާރުން ތިޔަކަން ބެލެހެއްޓުމަށް އަޅުގަނޑު އެދެން. ދިވެހި ގައުމުގައުވެސް ގޮތަކާއި ފޮތަކާއި އިއްޒަތެއް އޮންނަންވާނެ". ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ މިގޮތަށް ވިދާޅުވިއިރު، ރައީސް ނަޝީދު ފުރާވަޑައިގެންނެވިއިރު، އެމަނިކުފާނުގެ ހަރަދުގެ ކަންކަން ހަމަޖައްސާފައިވަނީ ދިވެހި ސަރުކާރުން ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަދައްކާފައި ވެއެވެ.
ނަޝީދު ޖަރުމަނުވިލާތަށް ފުރާވަޑައިގެންނެވީ އޭޑީކޭގައި ހަފްތާއެއްހާ މުއްދަތަކަށް ފަރުވާ ހޯއްދެވުމަށް ފަހުއެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއިން ސަލާމަތްވެވަޑައިގެންނެވީ ވަރަށް ހަނިގޮތަކަށެވެ. ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ސާޖަރީތަކެއް ވެސް ހެއްދެވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދީފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ އިރާކޮޅެވެ.
އެއީކީއްވެ އިންޑިއާއިންބޭސްނުކު ރުވީމާދޯ؟
އޭނަގެ ބޭސްފަރުވާ ކަންތަށްތަކަށް ހަރަދުކުރާނެ ފައިސާއެއް މިގައުމަކުނެތް ހިލޭއެހީއާއި ދޭދޭގައުމުތަކުން ދިންފައިސާއަށްވީގޮތެއް އެއްވެސްމީހަކަށް ނޭގޭ އެހެންވުމުގެސަބަބުން ފައިސާ ޗާޕުކުރުމަށް ސަރުކާރުން އުޅުނީ މިކަމަށް ނަޝީދުފެކުޝަނާ ސަރުކާރުފެކުސަން އަތަށްގޮވީ !!!!
ދެން ދިޔާނާ އެހީ ވާން ވީ ނޫން ތޯ
މިކަން ދަންނަމީހުން އަގަބަންދުކޮއްގެން ނުތިބެ ފިސާރިކެރިގެން އެންމެން ތެދުވެ ގައުމު ހަމަމަގައް އަޅުވާބަލަ ކޮން އެމްއެމްޕީއާރުސީއެއްތާ ރާއްޖެއިން ބޭރުން އެދެނީ ތިއައްވުރެ މާނުބައި ރިސްވަތެއް މުޅި މިގައުމުގެ ސިޔާދަތު ބަދަލުކޮއްލުމުގެ އެހީ ވިސްނާ ވަގުތު ހުރެގެންދަނީ ގައުމު ސަލާމަތްކުރަމާހިގާ ރަތު އަޑުކިޔާފަ އެންމެން އެކުއެކީ އެންމެނާއެކު
ނުޖެހޭ ރާއްޖެއިން ލިބެން ހުރި ހިދުމަތެއް ޖަރުމަނުން ހޯދީމަކާ ދިވެހިންގެ ޓެކްސް ފައިސާއިން ހަރަދު ކުރާކަށް މިކޮޅުން ދިޔައިރު ހުރީ ގަދަފަދަ ކޮށް، ނިކަމެތި ރައްޖިތު މިހާ އަކަށް ވެސް ރާއްޖެއިން ލިބެން ހުއްނަ ސިއްހީ ހިދުމަތެއް ބޭރު ގައުމަކުން ހޯދަން ވެއްޖެއްޔާ ސަރުކާރުން ބުނަނީ ތިކަމަަށް ސަރުކާރުން ހަރަދު ނުކުރެވޭނެޔޭ.
ދިޔާނާ ތިހާ ލަދުގައްނައްޔާ ފިރިކަލން ކާރީ ބުނަގެން ހަރަދު ހަމަޖައްސަން ވީ ނޫން ތޯ
ބޭސްކުރާނީ ދިވެހި ސަރުކާރުންނޭ ބުނީމަ ކަލޭ ނިކުމެ އަގަފުޅާކުރާނީ ނަޝީދުއަށް ބޭސްކުރަން ރައްޔިތުންގެ ފައިސާއިން އިސްރާފު ކުރީއޭ ! މީހެއްގެ، ބައެއްގެ އަގައިގާ މަލަމެއް ނޭޅޭނެ ! އެހެންނޫނަސް ބައެއް ދިވެހިންނަކީ ހަމަ ވަރަށް ގޮތެއް ފޮތެއް ނެތް ބައެއް !
ޖަރުމަނަކީ ބޭސްވެރިކަމުގަ ދުނިޔޭގެ 1 ވަނަވީމަ މަރައް ބިރުން އެތަނައް އެދިޔައީ.
ޖާބިރު އާއި ދިޔާނާމި ދެއަނގަ ދެދޫ އޮންނަ ދެމީނުން
ކަ މަނާ ފިޔަވައި ތި ލަދު އެހެން މީހަކު ގަތްކަ މަށް އެނގިފައި ނުވޭ
ކަމަނާ ކިތަންމެ ސަނާ ކިޔަސް ސްޕްރީމް ކޯޓްގެ ފަނޑިޔާރަކަށް ނުލާނެ
ހެޑްލައިނަކަށް އަ ރާލީނުން. ބޭކާރ ރު ވާހަކައެއް.
މާބޮޑައް ލަދުގަނޭ ޖާބިރް ތެޅޭ ވައްތަރުން
ބުނާ ގޮތް ހަދާ މީހެއް ނޫނެވެ. ސިއްރު މަޝްވަރާ އަކަށް ދިޔައީ ކަމަށް ވެދާނެ އެވެ.
ދެން ކީއްތަވީ. ކަލޭ ލަދުން ހުރެގަ. ކަލެއަކީމިހާރު މީހެއްނޫނޫ އިނގޭތޯ
އަންނި އަށް އޮންނަނީ ޖަރުމަނު ވިލާތުގެ އާސަންދަ ، އެެހެންވީމަ އެ ފުލައިޓުވެސް ފޮނުވީ
އަހަރެމެން މާ ލަދުގަނޭ ކަލޭގެ ފިރި ޖާބިރު ތެޅިބޭލޭގޮތުން.. ސިކުނޑި ހަމަޖެހޭ މީހެއްތީވެސް ސުވާލު އުފެދޭ އެތަކެއް ފަހަރު. ޖާބިރުގެ ބޮލައް ބޭސްކުރަން ޖަރުމަނައް ކަލޭވެސް ދިޔުމައް ނަސޭހަތްތެރިވަން. ނަޝީދުވެސް އެދިޔައީނުން.. އޭނާގެ ސިކުނޑިތޮރުފިފަ ހުރިތޯވެސް މިފަހަރު އެމީހުން ލައްވާ ޗެކްކުރުވަންވާނެ.
ތެދެއް ތި ކަން ކުރަންވާނީ ދިވެހި ސަރުކާރުން. ތިޔައިން ދޭހަވަނީ. ސަރު ކާރުން ދެވޭ ރައް ކާތެރި ކަން ކަނޑާލީ ކަމަށް
ސޯޝަލް މީޑިއާގެ އަބަދުވެސް ފެންނަނީ ކިޑްނީ، ކެންސަރ ފަދަ ބޮޑެތި ބަލިތައް ތަހައްމަލްކުރަމުންދާ މީހުން އެހީއަށްއެދި ސަލާންޖަހާ މަންޒަރު. އެކަންފެނިފަ އަޅުގަނޑު ހަމަގައިމުވެސް ދެރަވެ ހިތައް އެއްޗެހިއަރާ. ފޯރުންތެރިކަން ހުންނަގޮތުނ ދިޔާނާގެ އަމަށަކު ދެރައެއްނުވޭތޯ މިކަމާ.
އޭނެއަށް ކަމައްވިތަ، ހަމަ ސްޓެންޓު. ޢޭޑީކޭ އިން ކުއްޖަ ކު ބުނީ މީ ވަރަށް ޑްރާމާ ކުޅެން މޮޅުމީހެކެވެ. މީނައަށް އެއްވެސް ކަމެއް ނުވޭ. 2 ތިން ތަނަ ކުން ހަންމަށާގެން ގޮސް ހުރި.
ޠިހިން ހޮނިތުންވެފައި ތިބެންޏާ ޖާބިރު ކަޓާނެ
އޭ.ޑީ.ކޭ އިން އޮޕަރޭޝަން ކޮށް ބޭސްކުރީ ކޮން ޤަވްމެއްގެ ޚަރަދުގައި.