ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަން ވައުދުވި އައްޑޫ ސިޓީ ސްކުއެއަރ އަލުން ހަދާ ކޯއްޓޭއަށް ޤައުމީ ދިދަ ނެގުމަށް ވެފައިވާ ވައުދު މިއަދު ފުއްދަވާ، އައްޑޫ ސިޓީ ސްކޮއާ ސަރައްހައްދު ތަރައްގީކޮށް އެ ތަނުގައި މިއަދު ދިދަ ނަގައިފިއެވެ.

ސިޓީ ސްކޮއާގައި ދިދަ ނަންގަވައި ދެއްވީ އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

ރައީސް ޞާލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އައްޑޫ ސިޓީ ސްކޮއާ ތަރައްޤީކޮށް އެތަނުގައި ބޮޑު ދިދަ ނަގަން ވައުދުވި ނަމަވެސް ވައުދު ފުއްދުނުއިރު މިއަދަކީ ރައީސް ޞާލިހްގެ ވެރިކަމުގެ 908 ވަނަ ދުވަހެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ނޮވެމްބަރު 11 ވަނަ ދުވަހު ބޭއްވި ޖުމްހުރީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދިދަ ނެގި ފަހުން އެއްފަހަރު ދިދަ ބަދަލު ކުރުމަށް ފަހު ދިދަ ދަނޑީގެ ބޭނުމެއް ކޮށްފައި ނުވެއެވެ. ސްރީލަންކާގެ ޑިވެލޮޕް އިންޓަ ޕްލޭން އިން ސަޕްލައި ކުރި 78.6 ފޫޓްގެ ދިދަ މިދިދަ ދަނޑި ގެނައުމާއި ޖެހުމަށް އެފަހަރު 1.1 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ.

ބޮޑު ދިދަދަނޑި ހުހަށް ހުންނަތާ ގިނަ ދުވަސްތަކެއްވީ ފަހުން ދިދަ ދަނޑި ވެއްޓިދާނެ ކަމުގެ ބިރު ހީވުމުން ރައީސް ޔާމީންގެ ވެރިކަމުގައި ދިދަނޑި އެތަނުން ނެގިއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. ހަޔަސިންތް

  އައްޑޫ ގަ އުޅޭ ރަތްޔަތުން ކާނެކަމެއްނެތް ދިދަނެގުނީމަ

  96
  • ޖަޒީރާވަންތަ ކެހެރި ނުފަޅަ ޖަނަވާރު

   ރައީސް ކިޔަންވެސް ފަކުރުގަނޭ

  • ޚާރު

   ތަރަގީ އާއި ތަނަވަސް ކަން ތީ .... 2023 ގަ ވޯޓް ދީ ދެން

 2. ރެފްރީ

  ތިޔަނިމުނީ. ތިއޮތީހު ރިހާކަމެއްނިމިފަ.. ލޯކަލްއިންޔިޚާބުގެކު ރިން ތިޔަދިދަނެގުނުނަމަ އައްޑޫއަތޮޅުންއެކަނިވެސް އަންނިއަށް އެންހާސްގޮނޑި ހަމަކޮށްދިނީސް !!

  62
  6
 3. 100ނޫނީ1000

  އެމަކުނުފާނު އިތުރުފުޅެއް ނުހައްދަވާ 100ޔަށް އެކަނި ސުމެއް އިތުރު ކޮއްލެއްވީ އެހެންވީމަ އައްޑޫ ރައްޔިތުން ހަމަ އަތުގަ ހަންދާވަރަށް އަތްޖަހަންވާނެ.
  ސާލިހް އަޅެ ލަދެއް ހަޔާތެއްވެސް ނެތީހަމަ ގަމާރުކަމުންތަ؟

  38
  1
 4. އައްލާ ގެ ނިހާދު

  މި މިސިޓީ އަށް ވީ
  ވައުދު ފު އްދާ ނިމުނީ ތަ

  55
 5. ފޮނި ބައިސާ

  އައްޑޫ މޮޔަ. ދިދަ ނެގުނީމަ ކޮން ފައިދާއެއް އޮތީ

  66
  1
 6. ކަޑަ

  އައްޑޫ މީ ސޭކުން އުޅޭ ރަށެއް. ހޮވާފަ ތިބި މެމްބަރުން، ކައުންސިލަރުންނަށް ބަލާލީމަވެސް އެނގޭ

  39
 7. ލޯބިވާ ވަޠަން

  ތީ ތިކަހަލަ ތަންތަނަށް ދިދަ ނަގާ ގޮތް ތަ؟ ދިދަ އަކީ ގައުމުގެ މިނިވަންކަމުގެ ރަމްޒު. އެއީ ފޮށައެއްހެން އޮޅާލައިގެން ގޮސް ނަގާ އެއްޗެއް ނޫން. މޭޔަރ ކަމުން ވަކިވުމުގެ ކު ރިން ދިދަ ނަގަން ތިކަން ކު ރިއަސް ތިކުރީ އަނެއް ކޮސް ކަންތައް.

  35
 8. ބަގުޑި

  އެހެންވީމާ ތިޔަ 100 ދުވަހުގެ ވައުދު ސޯލިހު އަވަހާރަވިދުވަހަކުންވެސް ހަމައެއް ނުވާނެތާ ތިޔައީ ލޯންގުލާސްޓިން ވައުދެއްތާ އެހެންމީހުން ވައުދުފުއްދަނީ ހާލަތާ ވަގުތާ އަޅުވާފަ މިކަހަލަ ގަމާރުވެރިއެއް ދުނިޔެއިން ބޭރުންވެސް މަށެއްނުދެކެން

  31
 9. ކާފަބޭ2020

  ފުރުވާލެވުނީމަ އެކަމުގެއުފަލުގައިތޯ؟

  28
 10. ބުރަކި

  ލާޓުދަގަނޑު ޖެހި މޮރެސްބީ އަށްވުރެ ދިދަދަނޑި ޖެހި މޮރެސްބީގެ ވައުދު ފުރިހަމަ.

  27
 11. ހުސޭނުބެ

  ޔާމީނު ޖަލަށްލާ އޭ ރުން ފު ރިހަމަ ވާނެ

  14
  5
 12. ބީރުމީހާ

  ތަރައްޤީކޮށް އެތަނުގައި ބޮޑު ދިދަ ނަގަން ވައުދުވި ނަމަވެސް ވައުދު ފުއްދުނުއިރު މިއަދަކީ ރައީސް ޞާލިހްގެ ވެރިކަމުގެ 908 ވަނަ ދުވަހެވެ.

  24
 13. ޢިއްތިހާދު

  ޢިބޫނޫނީ ނެއްކޮސްގޮވާއިގެން ވެރިކަމެއްލިބުނު މީހަކު މިދުނިއެއަކު 23 ވީހުގަ ވައުދުވާނެދިވެހިން އިރައްގެންދަން ފެންލޯރިއެއްގަ ކޮންކަމެއްކުރެވުނީ ރައްޔިތުން ނިކަމެތިވީ ސިއްހަތު ރަނގަޅު ޒުވާނަކުހޮވިނަމަ މިވަރެއްނުވާނެ މިހާރު ވަރުބަލީވީ މުޅިގައުމު ލޮކްޑައުން ކޮއްލަނީ ހެނެދުނު ހޭލާފިނަމަ 4 ޖަހާއިރު އެނދުގަ ދެންއެވީ ރައްޔިތުންވެސް އާމްދަނީ ހޯދުންހުޓާލާ ދެއައްދޮވެލާ ނިދަން ދެންއެއްމެ ރައްޔިތުންނައްމުހިއްމު ވުޒާރާ ހެލްތްމިނިސްޓަރީ ކުރީޒަމާނުގެ ރެލީބައިސިކަލެއް މެންދުރު ނުވަނީސް ޗޭނުކެޑޭނޭ ރނަޝީދު ރުޅިމަޑު އެބޭފުޅާގެ ހިއްވަރުން ގެނާވެރިކަމެއް ނިދަންމިއަރަ ކައްވުރެ ހާލުބޮޑު 3 އަހަރުވީ 100 ވަރަކައް މީހުންކުރި ހިޔާނާތެއްގެ ތަހުގީގެއް ނުކުރެވުން ހެދުނީ ފޮޓޯ ފުރޭމެއް ދުނީއޭގެ ފެންވަރުގެ ރިޕޯޓެއެއް މަރުކޮމިޝަން ކޮވިޑައް މާލޭ ސަރަހައްދުގަހަދާފަހުރި އެތައްސަތޭކަ އިމާރައްތައް ކޮންކުރިޓް ހަލާކުވެދަނީ ނިމިފަ ހުރިތަނެއްނަމަ ކޭބަލެއްނެއް ފުލުހުން ސިފައިން ފުލެޓްތައް ހަދަން ހަވަލުވާނެ ބަޔަކުނުވި ލިބުނު ބައެއްފަރާއްތައް ދުނިޭގަތިބިހެނެއްވެސް ހީނުވޭ ޕުރޮޖެކްޓައް 10 އަހަރު ހުޅުމާލެ2ވަނަފެސް އެއްއަހަރުތެރޭނިއްމާލީ ބަޔަކު

  16
  2
 14. ސުވަދީބު

  ތިއީ ސުވަދީބު ސަރުކާރެއް އައްޑުގައި އުފަންވުމުގެ ފެށުން. ތިޖެހީ އެ ދިދަ ނަގާނެ ދަނޑި.

  23
  4
 15. ޙުސްދދ

  މިލިއަނުން ހަރަދު ކޮއްފަ އައްޑޫ މީހުނައް މަގުމަތީގަ ހިނގާބިިނގާ އުޅެވޭގޮތް ހެދިނަމަ މާރަނގަޅެއް ނޫންތަ؟
  ކކ ކީއް ކުރާ ބޮޑު ދިދައެއް!

  21
  1
 16. ބޭރުމީހާ

  މައުމޫނުގެ ވެރިކަމުގައިވެސް ތިފާޑަކަށް، އަތޮޅުގޭ ކުރިމަތީގައި “އަތޮޅު ވެހި” އޭކިޔައި ފާރުބުރިތަކެއް ރާނައިގެން އުޅުނެވެ. އޭރުވެސް އައްޑޫމީހުން ގުނބޯ ހެއްދީއެވެ. މިހާރުވެސް އެސޮރުމެން އެތިބެނީ ގުނބޯ ހެއްދިފައެވެ.
  އައްޑޫ މީހުން ޚާއްޞަކޮށް މަރަދޫ މީހުން އެމްޑީ ޕީ އަށް އެހާ ތާއީދުކުރަނީ އެމްޑީޕީ ގެ މޮޓޯއަކީ ޑިކްޓޭޓަރުންގެ އުސޫލު ނެގެ ހެއްޓުމެވެ. ޤާނޫނަކީ އެމީހުންނަށް ބޭނުން އެއްޗެއް ނޫނެވެ. މީގެ މިސާލަކީ އެމީހުން ހިންހަމަ ނުޖެހޭކަމެއް ދިމާވާއިރަށް އެމީހުންގެ ހުރި ގަދަބަދަވިކަމާއި ހަރުކަށިކަން ދައްކައެވެ. ފުލުހުންނާ ހިންހަމަ ނުޖެހުނިމާ އެމީހުންނާ ތަޅާލަން ބޭނުންވިއެވެ. ވެރިކަން ވެއްޓުނީމާ އައްޑޫ ގޫބައްޑާމެން ލައްވާ ކޯޓުތަކާއި ފުލުހުންގެ ތަންތަން އަންދާލީއެވެ. މިފަދަ ކިތަންމެ މިސާލެކެވެ. އައްޑޫގެ ގިނަބަޔަކު ބޭނުންވަނީ އެމީހުން ބޭނުންވާ ކޮންމެ ގޮތަކަށް އުޅުމެވެ. ރާބޯން ބޭނުންވީމާ އެކަން ކުރަންވީއެވެ. ފާހިޝް ކަންތަށް ކުރަން ބޭނުންވީމާ އެކަންތަށް ކުރަންވީއެވެ. ހުޅުޖަހަންވީމާ ހުޅުވެސް ޖަހަނީއެވެ. މިގޮތަށް އިޅެން ބޭނުންވާތީއެވެ. މިހިރީ މުޅިން ޤާނޫނީ އިމުން ބޭރު ކަންތައް ތަކެވެ.

  18
  1
  • އޭނާ

   އައްޑޫ މީހުން އެކަނިތަ ނުބާކަންތައް ކުރަނީ؟ އެހެން ރައްތަކުގެ މީހުން މާނުބައި ! ރާބުއިމާ اللهނަހީ ކުރެއްވި ހުރިހާކަމެއް މާބޮޑަށް ކުރޭ އެކަމަކު އައްޑޫމީހުން މޮޔަ އެހެނީ ނުވިސްނޭ އެމްޑީޕީ އަށް ސަޕޯޓް ކުރާމީހުން ގިނަކަން !

 17. މީހާ

  100 ދުވަސް ތެރޭގައ ކުރާނަމޭ ބުނި ކަމެއް މިޔަދ ކުރެވުނީމަ، އެއަށް ކިޔާނީ ވައުދު ފުއްދައި ނުދެވުމޭ! ސިޔާސީ ވީމަ ތެދާއި ދޮގު ވަކިނުވަނީ؟

  21
 18. ސސ

  އައްޑޫ ގޫބައްޑާ މެން ދިދަނަގަނީ ވައުދު ފުދުނުވަރީ ވާރޭކޮޅެއް ވެހިލާއިރަށް ގޭގައި ފެންގަޑު، ވެދާނެ ޖަޒީރާ ދިރިއުޅުން ކަމަށްވެސް ! ރުހޭ ލޮލަކަށް އައިބެއް ނުފެންނާނެ !

  14
  1
 19. ނާދިރާ

  އައްޑޫ މީހުން ހެވި ދިލިފަ.

  15
  1
 20. ބުރާންތި

  ބައިކުޅަނދު މީހުން އުޅެތަނެއްގައި ތިވަރުކމެއްކޮށްދިނީމަ ބާކީ އޮތް 2 އަހަރު އެއްޗެއް ނުދިނަސް ދިދަ ދަނޑިކައިރީ ތިބެދާނެ.

 21. މުކި

  ދައުރު ހަމަވާނެބާ މިވަރުން ދަންޏާ؟

 22. ބަޅ

  ޢައްޑޫއަށް ގެންނަން ޖެހޭ ހުރިހާ ތަރައްްގީއެއް ގެނެސް ތިނިމުނީ. ޢިތުރު ކަމެއް ދެން ބޭނުމެއް ނުވާނެ.

 23. ރަދީފް

  ތިއޮތީ އައްޑޫ ތަރައްގީވެ ހުރިހާކަމެއްް ނިމިފަ.ދެން އަތް ޖަހާ.މި އަތޮޅުގެ ރައްޔަތުންގެ ލަދު ކޮބާ ހޭ ހިތައް އަރާ.