ރާއްޖެ އިން އިތުރު 1216 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ދެންމެ އެޗްޕީއޭ އިން އިއުލާންކުރި ތަފްސީލްތައް ބުނާ ގޮތުން މީގެ ތެރެއިން މިއަދު އިރުއޮއްސުމާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ފައްސިވީ 836 މީހުންނެވެ.

މިއަދު ފައްސިވިކަން އިއުލާންކުރި މީހުންގެ ތެރެއިން 1013 މީހުން ފައްސިވީ މާލެ އިންނެވެ. މީހުން ދިރިއުޅޭ އެހެން ރަށްތަކުން 201 މީހަކު އަދި ރިސޯޓަކުން އެކަކާއި ސަފާރީއަކުން އެކަކު މިއަދު ފައްސިވިއެވެ.

މިއަދު އިއުލާންކޮށްފައި ވަނީ 4500 މީހުން ކޮވިޑަށް ޓެސްޓް ކޮށްގެން ލިބުނު ނަތީޖާއެވެ.

މިއަދު 305 މީހަކު ވަނީ ކޮވިޑުން ރަނގަޅުވެފައެވެ.

ރާއްޖެ އިން ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން 259 މީހަކަށް މިހާރު ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު