ރާއްޖޭގެ އުތުރުގެ ރަށްތަކަށް އާދަޔާ ހިލާފަށް ވައި ގަދަވެ، ހއ.ހޯރަފުށީ އެއާޕޯޓުގެ ބިއްލޫރި ދޮރުތައް ވެއްޓި ތަޅައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ ނުސީދާ އަސަރު ރާއްޖެއަށް އަންނަނީ ކުރަމުންނެވެ.

ހޯރަފުށީ އެއާޕޯޓަށް ގެއްލުންތައް ލިބިފައި ވަނީ އިއްޔެ ހަވީރު އެވެ.

މިކަމާއި ގުޅިގެންއެ ރަށު ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ޝާކިރު "ވަގުތު" އަށް ވިދާޅުވީ މި ހާދިސާ ހިނގަން މެދުވެރިވީ މޫސުމް ގޯސްވެ، އާދަޔާ ހިލާފަށް ވައި ގަދަވުމުގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއާޕޯޓުގެ އެރައިވަލް އަދި ޑިޕާޗާ ދޮރު ވަނީ ވެއްޓި ތަޅައިގެން ގޮސްފައެވެ. އަދި އެއާޕޯޓުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކްގެ ސީލިންގްވެސް ވެއްޓިފައިވާ ކަމަށް ވިދާޅުވިއެވެ.

ހޯރަފުށީ އެޔާޕޯޓުގެ ދޮރުތަކަށް ލިބިފައިވާ ގެއްލުން --

ވައި ގަދަވުމުގެ ސަބަބުން އެއާޕޯޓަށް ލިބުނު މި ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް މިއަދު ފައްޓަވާނެ ކަމަށް ޝާކިރު ވިދާޅުވެފައިވެއެވެ. ނަމަވެސް މަރާމާތުގެ މަސައްކަތްތައް ފެއްޓެން އަންނަނީ މޫސުމް ރަނގަޅުވުމުން ކަން އޭނާ ފާހަގަކުރެއްވިއެވެ.

ކަނޑު މަޑުވެއްޖެ ނަމަ ކުޅުދުއްފުށީގައި ތިބި އެމްޓީސީސީގެ ޓީމެއް ހޯރަފުއްޓަށް އަންނާނެ ކަމަށްވެއެވެ.

"ވައިގަދަވުމުގެ ސަބަބުން އެއާޕޯޓްގެ އެރައިވަލް އަދި ޑިޕާޗާ ދޮރު ވެއްޓިފަ ވަނީ. އެކޮމޮޑޭޝަން ބްލޮކްގެ ސީލިންގުން ބައެއްވެސް ވެއްޓިފައިވޭ. ވަގުތީ ހައްލެއް ހޯދުމަށް މިހާރު ވާނީ އެ ސަރަހައްދުގައި ފެންސެއް ޖަހާފައި. އެއީ ވައި އެޅުން ހުއްޓުވުމަށްޓަކައި. ކަނޑު މަޑުވެއްޖެ ނަމަ ކުޅުދުއްފުށީގައި ތިބި އެމްޓީސީސީ މީހުން އައިސް މަރާމާތު ކުރުމުގެ މަސައްކަތް ފަށާނެ." ޝާކިރު ވިދާޅުވިއެވެ.

ޝާކިރު ވިދާޅުވި ގޮތުން މި ފެންސް ޖަހާފައި ވަނީ އެރަށު ބަދަރު މަސައްކަތް ކުރަން އައިސް ތިބި އެމްޓީސީސީގެ މުވައްޒަފުންނެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ވިދާޅުވީ، ރާއްޖޭގެ ހުޅަނގު އުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށްއޮތް 24 ގަޑިއިރު ތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އޭގެ ފަހުން ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ސަރަހައްދުގައި ހާއްސަކޮށް އުތުރާއި މެދު ރާއްޖޭތެރޭ ވައިގަދަވެ ކަނޑުތައް ވަރަށް ގަދާވެނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިބްރާހިމް

    ހާދަ ބަލިކަށިކޮށޭ މި ސަރުކާރުން ހޯރަފުށީ އެއަރޕޯޓް ހަދާފަހުރީ. ހޯރަފުށީ ރައްޔިތުންނަށް އޯކޭތާ މިގޮތްވެސް.

    8
    1
    • ޒައިކް

      އޮޔާ ވަޔަށް ވުރެއް ގަދަ އެއްޗެއް ހުރޭތަ؟؟ ގުދުތަރީ ކަންކަން ވެސް ސިޔާސީ ކުރާތި

      1
      1
  2. ޣ

    ޢަވަސް އަރުވާލަފައި ކަން ކުރުމުން ވާގޮތް ފެނޭތޯ

    6
    1
    • ޏަލލލ

      ޢަވަސްކޮށް ކަންކުރަން ދަންނަ މީހުން ކޮށްފަ ހުރި މަސައްކަތް ބަލައި އެމީހުން ކައިރިން ލަފާހޯދި ނަމަ ސޯޓު ނުބޭލުނީސް

  3. ބޯގޯސް

    ރައިސް ޔާ މީނުއާ ދި މާލައް ފެލުނު އެ މްޑީޕީ މަރު މޮލުތައް މިއަދު ކޮބަތަ ފެނޭތަ ލޮލް ކުޅުދުއްފުށި އެއަރޕޯޓައް ޖޯކުޖެހި މަރު މޮލުތައް ފެނެތާ ފެނެތާ ޕަކާސް ސޯލިބެ

  4. ޑޮންޑޮންކަތީބު

    ހެހެހެ"" ހޯރަ"" ފިޔަގަނޑުގެނަމޫނާ އެއާޕޯޓް ފިޔަގަނޑުފުލެކްސިބަލްވާގޮތަށް ފުލެކްސިބަލް ނުވާތީ ވެއްޓެންދިމާވި ......
    މިސަރުކާރުން ފަށަޢިނިންމި ހަމައެކަނި މަސަށްކަތް....މ.ޓ.ސ.ސ އަށްރެކޯޑު ފައިދާ؟؟؟؟؟؟؟
    💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🤪ބޮޑުފައިދާ
    (ރަޢްޔިތުމީހާ ވަނީބިކަ)

  5. ޢަބްދުﷲ

    ހޯރަފުށި އެއާޕޯޓުގެ ދޮރުތައް ވެއްޓި ބޮޑެތި ގެއްުލުންތަކެއް

    މިވަރުން ދަންޏާ މިކަންވެސް ކަނޑާލާނީ ކުރީގެ ސަރުކާރަށް.