23:20

އެޑްމިޓްް ކޮށްގެން ފަރުވާދޭ މީހުން ރެކޯޑް އަދަދަކަށް މައްޗަށް، މިހާރު 290 މީހުން އެޑްމިޓް

22:52

އިތުރު 1467 މީހުން ކޮވިޑަށް ފައްސިވެއްޖެ.

22:10

އައްޑޫން އިތުރު 15 މީހަކު ކޮވިޑަށް ފައްސިވެއްޖެ.

20:47

ސްރީލަންކާއަށް ދަތުރު ކުރާ އެންމެން 14 ދުވަހަށް ކަރަންޓީނު ވާން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި

18:43

ވަކި ތަރުތީބެއް ނެތި ނެގި ސުންކުތަކުން ބިދޭސީންތަކެއް ފައްސިވެ، ކެނދިކުޅުދޫއަށް އަރާފޭބުން މަނާ ކޮށްފި

17:00

ފ. ފީއަލުން އިތުރު 10 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

16:30

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު ހަތަރު ވަނަ މީހަކު ނިޔާވެއްޖެ

16:26

ތ. ގުރައިދޫގައި ކަރަންޓީނުގައި ނެތް ބަޔަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

09:58

ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން ތިންވަނަ މީހަކު ނިޔާވެއްޖެ.

09:10

ކޮވިޑް ޖެހިގެން ދެމީހަކު ނިޔާވެއްޖެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ހާހުން މަތީގައި ހުންނަތާ ފަސް ދުވަސް ފުރިހަމަ ވީއެވެ. މިއަދު ފައްސިވި އަދަދު ފާއިތުވި ދެދުވަހަށްވުރެ މަދުވި ނަމަވެސް އެއީ ޓެސްޓް ކުރި މީހުންގެ އަދަދު މަދުވުމުން އައި ބަދަލެއް ކަމަށް ވުން ވެސް އެކަށީގެންވެއެވެ. މިއަދަކީ ފާއިތުވި ފަސް ދުވަހަށް ބަލާއިރު އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.

ކޮވިޑް ކޮންްޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރަން ސިފައިން ވެސް މިހާރު ވަނީ މާލޭ މަގުތަކަށް ނިކުމެފައެވެ. ނަމަވެސް އަދިވެސް މާލޭގެ މަގުމަތިން ރައްކާތެރިކުގެ ފިޔަވަޅުތަކަށް އާއްމުން ސަމާލުކަންދޭ މަންޒަރެއް ނުފެނެއެވެ. މާސްކް ރަނގަޅަށް އެޅުމަށް މާބޮޑު ސަމާލުކަމެއް ގިނަ މީހުން ނުދެއެވެ. ކެފޭތައް ބަންދުކުރުމުން މިއަދު ކޮފީ ޓެކްއަވޭ ހިދުމަތްދޭ ތަންތަން ކައިރީ އޮތީ މީހުން ތޮއްޖެހިފައެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރެވެން އޮތީ ފިޔަވަޅުތައް ތަންފީޒު ކޮށްގެންނެވެ. އެނޫން ގޮތަކަށް ކޮވިޑް ކޮންޓްރޯލެއް ނުކުރެވޭނެއެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގޭސް

    ބައްލަވާ ސަރުކާރު އޮފީސްތަކާއި ކޯޓުތަކުންވެސް ފިޔަވަޅަކަށް ނުބަލާ މުވައްޒަފުން ގެންދޭ ވަޒީފާއަށް. އަދި އެއީ އެތަންތާގެ މީހުން ޕޮޒިޓިވް ވަމުން ދާއިރު. ދެން އަހަރެމެން މަގުމަތީގައި މަޑުކޮށްލައިގްން ތިބީމަ ގޯސް މިވަނީ. ކިހާ ދެރަމަކެއް

  2. އަލި

    ސަރުކާރު އޮފީސަތަކުގަ ނުވަތަ ސަރުކާރު ހިއްސަަ ތަންތަން މިސާލަކައް އެމްޓީ ސިސީ މވަެްޒަފުން އަބަދު ފުލްކޮއް އޮފީހުގަ ތިބެނީ ކޮވިޑެއް ހައްޖެއް ހުކުރެއްނެއް ނެތް. އެއީ މައިމޫނާގެ އޮފީހެއްތަ އަނެއްކާ. ޙުއްދަ އަބަދު ވަދެނިކުންނަން

  3. ރާއްޖޭގަި676

    50 އިން ދައް ވަންދެން މިފިޔަވަޅުގަ ތިބެގެން އަވަހައް ނިމޭނީ....