ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ގެންދިޔަކަމަށް އެއްބަސްވާ ދިޔާއެއްޗެހީގެ ތަފްސީލް ލިބެން ޖެހޭކަމަށް ކުރީގެ ނައިބުރައީސް ޑރ،މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްްޖޭގެ ގާނޫނުހަދާ މަޖިލީހުގެ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އާޒިމް ފާޅުކުރެއްވި ވާހަކަ ފުލުހުން ވަގުތުން ތަހުގީގުކުރަން ޖެހޭ ކަމަށެވެ. އެ ވިދާޅުވާ ދިޔާއެއްޗިހީގެ ތަފްސީލް ލިބެެން ޖެހޭޭ ކަމަށާއި، ބޮޑެތި ކުއްތަކުގެ ވާހަކަ ސަމާސަޔަކަށް ހެދިގެެން ނުވާނެ ކަމަށް ޖަމީލްްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

އާޒިމްގެ ވާހަކަތަކަށް ބަލާއިރު ބެލެވެނީ އަދީބު އަތުން އާޒިމް ގެންދެވީ ބަނގުރާ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

 

އާޒިމް 2014 ވަނަ އަަހަރު އަދީބަށް ކުރެއްވި މެސެޖުތަކެއް ވަނީ ލީކުވެފައެވެ. އެ މެސެޖުތައް ލީކުވެފައިވާއިރު، އެއީ ސައްހަ މެސެޖުތަކެއް ކަމަށާއި، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އަދީބު އެމްއެމްޕީއާރުސީން ދައުލަތަށް ލިބެން ޖެހޭ ފައިސާތައް ބަހަމުން ދިޔައިރު އަދީބާއި ގާތް ގުޅުމެއް އޮންނާނެ ކަމަށް އާޒިމްް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

ލީކުވި މެސެޖްތަކުގެ ތެރޭގައި ވަރަށް ގިނަ ފަހަރު ބައްދަލު ކުރަން ބޭނުން ވެގެން އާޒިމް އަދީބުގެ ގާތު އެދިފައި އެބަހުއްޓެވެ.

މިގޮތުން އަދީބުގެ ގާތް، ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް (ހާމިދު ސޭޓު)ގެ ގެއަށް ވެސް ވަރަށް ގިނައިން ގޮސްފައި ހުންނާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. މެސެޖްތަކުން އެނގޭ ގޮތުގައި އޭގެ ތެރެއިން އެއް ބައްދަލުވުމަކަށް ދަބަހެއް ހިފައިގެން އައުމަށް އަދީބު އާޒިމަށް އަންގަ އެވެ.

ނަމަވެސް އާޒިމް ވިދާޅުވީ އެއީ ފައިސާ އަޅަން ގެންދަން އުޅުނު ދަބަހެއް ނޫން ކަމަށާއި އެއީ އަބްދުﷲ ޖަލީލް (ކޭންސޭޓް) އަށް ހަދިޔާއެއްގެ ގޮތުގައި އަދީބު ދެއްވި "ދިޔާ އެއްޗެއް" އެޅުމަށް ގެންދިޔަ ދަބަހެއް ކަމަށެވެ.

އަދީބު އަތުން އެއްވެސް ފައިސާއެއް ލިބުނު ކަމަކަށް އާޒިމް އެއްބަހެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ބު ރޯ

  އަހަ ހަރެން އަތުގައި އެއިރު މިނެ ކިރާނެ އެއްޗެއް ނުގެން ގުޅޭތީވެ ދިޔާ އެއްޗެ ހީ ގެ ތަފުސީލު ދެވޭކަށް ނެތް@ ފަ ހަރެއްގައި އޭނާ ވިއްކި އެއްޗެ ހީގެ ރެކޯރޑު ހުރެދާނެ

  6
  1
 2. ‐ ދޮން ބިސް

  އެއިރު އަދީބު އަތުގައި ލާރި ގަނޑު ފިޔަވައި ދިޔާ އެއްޗެ ހި ވެސް ގެން ގުޅުނުއތަ؟

 3. ނިއު

  ރެޑްބުލް ކޮޅެއް ބަނބުރަލޭ ބުނާކަށް ނެތިން

 4. ޢިއްތިހާދު

  އެއީ ބުރޯ ދުއްވާލި ހޮޑު އެގެންދިއައީސާފުކުރަން މާވަހަރެއްތޯބަލަން .

 5. Anonymous

  މިހާރު ޖަމީލު މެން ދައްކާ ވާހަކަ މީހުންބަލައެއް ނުގަނެއޭ ތިތިބީ އިނދެޖެހިފަ

  7
  20
 6. ސޭކުސްތާނު

  ދިޔާއެއްޗެހި އަޅަން ފުޅި، ދަޅު ގެ ބަދަލުގައި ދަބަހެއް؟ މުޅޯއްޓާ، ސުތުލި ގޯންޏަށް ޑޮންޑޮން ފުޅިތައް ހިލޭކުރި ދަނގެތީ ސޭކުންގެ ވާހަކަވެސް އަޑު ނާހަނީބާ!

  10
 7. ބުރާންތި

  ދިޔާ އެއްޗެހީގެ މައްސަލާގައިވެސް ކުއްވެރިވާނީ ޔާމީން.
  މިމައްސަލާގައި ފިޔަވަޅު އަޅާނީ ކޯޓަކުން ނޫން. އެކަން ކުރާނީ ރައްޔިތުންގެ މަޖިލިހުން.
  މަޖިލިހުގެ %80 އަކީ މޑޕ. ވީމާ މިވާނީ ސިޔާސީ ޕާޓީއަކުން ބަލައި ފިޔަވަޅު އަޅާ މައްސަލަޔަކަށް.
  ނަތީޖާއަކަށްވާނީ އިދިކޮޅު ހުރިހާ މީހުން ކުއްވެރިވުން، އަދި މޑޕ ތެރޭން ބަރުލަމާނީ އަށް ތާއީދު ނުކުރާ މީހުން ކުއްވެރިވުން..

  10
  2
 8. ހުސޭނުބޭ

  ދިޔާ ޑޮލަރުކޮޅެއް ގެންދިޔައި! ދެން މަ ކައިރީ ނާހާތި އަދީބު ޑޮލަރު ދިޔާކުރީ ކިހިނެއްތޯ!

 9. ނިއްކުރި

  މީ ދެން ކޮން ހައިސިއްޔަތަކުން ވާހަކަ ދައްކާ މީހެއްތަ

  2
  5
 10. އާޒިމް

  އެއީ ބުރޯމެންގޭގަ ހުރި ޒަމްޒަމް ފެންފޮދެއް ބޭހަކަށް ގެންދިޔައީ.. ވ.ވެދުން