ކޮވިޑް ޖެހިގެން މިއަދު ރާއްޖެ އިން ތިންވަނަ މީހަކު ނިޔާވެއްޖެއެވެ.

މިހާރު ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 90 އަށް އަރާފައެވެ.

މެއި މަހަކީ ރާއްޖެ އިން ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން ނިޔާވި މަހެވެ. ހަމައެކަނި މެއި މަހު ވެސް ކޮވިޑް ޖެހިގެން ރާއްޖެ އިން 23 މީހަކު މިހާތަނަށް ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ދެންމެ ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ބުރީގައި ފަރުވާ ދެމުން ގެންދިޔަ 86 އަހަރުގެ މިއަދު 09:05 ގައި ނިޔާވެފައިވާކަމަށެވެ.

މިއަދު މީގެ ކުރިން ކޮވިޑް ޖެހިގެން ނިޔާވީ ދެފިރިހެނުންނެވެ. އެއީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ 86 އަހަރުގެ މީހަކާއި 64 އަހަރުގެ މީހެކެވެ.

އެޗްޕީއޭ އިން ވިދާޅުވީ 86 އަހަރުގެ މީހާ ނިޔާވީ ރޭ 02:24 ގައި ކަމަށާއި 64 އަހަރުގެ މީހާ ނިޔާވީ މިއަދު ހެނދުނު 06:30 ގައި ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ތިމާމެންގެ އަމިއްލަ ބޭނުމަށް ފަރުވާކުޑަ ކޮށްލި މީހުން ޒިންމާނަގާ. ފިޔަވަޅު އަޅަން ތިބި މީހުން ލަދުވެތި ވާންޖެހޭ. އިންޑިޔާގައި ގަދައަށް ބަލި ފެތުރިގެން އުޅޭކަން އެނގިތިބެ ހެސްކިޔާފައި މީހުން ގެނެސް މިތަނަށް ބަލިފަތުރަން ފުރުޞަތު ދިނީ. މިސަރުކާރަށް ބަލަދު އަރާފައި އޮތްބައެއްހެން ހީވަނީ އިންޑިޔާ މީ.

    53
  2. ނޯވޭ

    މަރުވާން 64 އެހާ މުސްކުޅި އެއް ނުން މިހާރަށް ބަލާ އިރު! ގާސިމް މެން އެތިބީ 70އިން މަތި ވެފަ އެކަމް ވ ގަދަފަދަ!

    29
    3
    • ސަނާ

      މަރުވާނީ ކޮންއިރަކު ކިހިނެއް ކޮން އުމުރެއްގައި ކަމެއް އެއްވެސް މީހަކަށް ނޭގޭނެ ގަދަފަދަ މީހަކު ވެސް ހަމަ ކުއްލި އަކަށް މަރުވެ ދާނެ ބަލިމީހާ ކިތައްމެ ދުވަހަކު ވެސް މަރުނުވެ އޮވެދާނެ.

      17
  3. އަލީ ޖަނާބު

    އެމްޓީ ސީސީ ގެ މުވައްޡަފުން މިބައްޔައް ހުށަހެޅި ބޮޑު ބިރުވެރިކަމަކައް ނުދަނީން ވެރިން ހޭލަން ޖެހޭ. ޢިބޫ މައިމޫނާ މިކަން ބަލާދަިބަލަ.

    10
  4. ބަދަންއަލީ

    އެހެން މީހަކަށް ބްލޭމް ކުރާނެކަމެއްނެތް މާލޭމަގުތަކާ ފިހާރަތައް ބަލާލީމަ އިނގޭނެ މައްސަލައަކކީ ކޮބައިކަން