ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް ޖަރުމަނުގެ އަސްކަރީ ހޮސްޕިޓަލެއްގައި ރޭ ފަރުވާ ދޭން ފަށައިފިއެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއަާ ގުޅިގެން އެމަނިކުފާނަށް އެންމެ ފުރަތަމަ ފަރުވާ ދިނީ އޭޑީކޭ ހޮސްޕިޓަލްގައެވެ. އެގޮތުން އެ ހޮސްޕިޓަލްގައި ކާމިޔާބު ހަތަރު އޮޕަރޭޝަނެއް ވަނީ ފުރިހަމަކޮށް ނަޝީދު ނުރައްކަލުން ސަލާމަތް ކުރިއެވެ. އިތުރު ފަރުވާއަށް އެއާ އެމްބިއުލާންސެއްގައި ޖަރުމަނަށް އެމަނިކުފާނު ފުރާވަޑައިގަތީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.
ނަޝީދު ޖަރުމަނަށް ފުރުވާލީ ފުލުހުންނާއި ސިފައިންގެ ފުރިހަމަ ސެކިރުއިޓީއަކާ އެކުގައެވެ.
ނަޝީދުގެ އަރިސް ބޭފުޅަކު "ވަގުތަށް" ވިދާޅުވި ގޮތުގައި، އަސްކަރީ ހޮސްޕިޓަލްގައި ނަޝީދަށް ފަރުވާ ދެމުން އަންނަ އިރު، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅެވެ. އަދި ޑޮކްޓަރުންގެ ފަރާތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އަސްކަރީ ހޮސްޕިޓަލްގައި ނަޝީދަށް ފަރުވާދެމުން އަންނަނީ ތަޖުރިބާކާރު ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަކުންނެވެ.
އެމަނިކުފާނު ޖަރުމަނަށް ވަޑައިގަތް އެއާ އެމްބިއުލާންސާއި ބޭސްފަރުވާގެ ހަރަދު ހަމަޖައްސާފައި ވަނީ ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސޫލް މެދުވެރިކޮށް ކަމަށް ރައްޔިތުންގެ މަޖިލިހުން ވަނީ ހާމަކޮށްފައެވެ. ދަތުރުގެ ހުރިހާ ކަމެއް ހަމަޖައްސާފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ޖަރުމަންގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ޖަރުމަން ސަރުކާރުންނެވެ.
ސައިކަލެއްގައި ބޮން ގޮއްވާލައިގެން ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔަ އިރު، އެމަނިކުފާނުގެ ހާލު ވަރަށް ސީރިއަސްއެވެ. ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވެސް ވަދެފައި ހުއްޓެވެ. އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރި ކަން އޭޑީކޭ ވަނީ ފާހަގަކޮށްފައެވެ.
ނަޝީދަށް ދިން ހަމަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށް ބަންދަށް 15 ދުވަސް ޖަހައިފައެވެ. އެ ތިން މީހުންނަކީ ހަރުކަށި ފިކުރަށް ތާއީދު ކުރާ ބައެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
ކޮން ކަމަކަށް ކޮން ކަހަލަ ފަރުވަ އެއްތަ ދެނީ.. ޒަހަމްތައް ނުފަހަ ހުރީމަ، ފަހަނީތަ؟ ލޭ މަނަ ކުރަނީތަ؟ އެތެރޭގަ އެތިކޮޅެއް އޮވެގެން ފަޅާފަ ނެގީތަ؟ ސުރުހީ އެކަނި ޖަހާލަބަލަ މއުލުމާތެއް ނެތިއްޔަ
ތި ހިގާދިޔަ ހިތާމަވެރިހާދިސާގައި ފަތުރުވެރިެއް ގެ ފައިން ލޭއަންނަ މަންޒަރު ފެނުނު އެމީހުންނަށްވި އެއްވެސް އަނިޔާއެއްގެ ވާހަ ކަ ދައް ކާވެސްނުލާ ކޮބާތޯ އެމީހުންގެ ހާލު؟؟ އިންސާފަ ކީ ވަ ކިމީހަކަށް އޮންނަ ކަމއްތޯ؟؟؟؟
ހަމަ ސީދާ ރައްޔިތުންގެ ލާރިން ތިޔަ އަޗާ ތަޅަނީ. ނިކަމެތި ރައްޔިތު މީހާ ބޭސް ފަރުވާ ސަލާން ޖަހައިގެން ކުލިނިކު ތަކުން. އެކަމަކު އަހަރުމެން ރައްޔިތުންގެ ލާރިން ވެރިން ބޭސް މަލަން ކޮޅެއް އަޅަން ވެސް ޖަރުމަނަށް. ކިހާ މޮޅު.
ރ ނަޝީދު ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޚިލާފްވެގެން އަދަބުދިނުމުގެ ޤާބިލްކަން ދިވެހި ދައުލަތުގައި ނެތެވެ. ރ ނަޝީދުގެ ފަރާތުން އަނިޔާ ނުލިބޭ ދިވެއްސަކުވެސް ނެތެވެ. ވީމާ ރ ނަޝީދުގެ ފަރާތުން ޙައްޤުހޯދުމަށް އެމީހަކު އަމިއްލައަށް މަސައްކަތްކުރުން ނޫންގޮތެއް އެބައޮތްތޯއެވެ؟ މިހާރުވެސް އެމަނިކުފާނަށް އިއްވާފައިވާ 13އ ޖަލުޙުކުމް ވެސް ތަންފީޒް ކުރުމުގެ ޤާބިލްކަން ދިވެހި ދައުލަތުގައި ނެތެވެ.
ހެޓިލަރަށް ފަރުވާދޭންޖެހޭނީ ޖަރުމަނުގައެވެ.
ބޭކާރު މީހެއް
މިހާރު ތިޔަ ދޭ ޚަބަރުގެ ސައްޚަކަމާއި މެދު ސުވާލު އެބަ އުފެދޭ. އޭނާ ރާއްޖެއިން ފުރި އިރު ރޭޒާފުއްތައް އަދިވެސް ނުނެގިހުރީތަ އެހާ ސީރިއަސްކަމައް ތިޔަބުނަނީ ޖަރުމަނައް ގެންދިޔައިރު. ހީވަނީ ބޮލައް އެރި ރޭޒާފުއް އަދިވެސް އެބަހުރިހެން އެތާގަ ތާށިވެފަ.
ރާއްޖޭގަ އިސްލާމުން އުޅެނީ ޕޕމ އަދި ޕނސ ގައެކަނި ކަމައް ހީކުރުމަކީ ގޯހެއް.
ދޯން މީހުން މީނަ އާ ހެދި ހާދަ ވަރެއް ހުރެ އެވެ.
އަދިވެސްގަބޫލެއްނުކުރަންތަ އަންނި ވެރިކަމައްގެންނަން މިހިފަނީ ކީއްވެކަން މިފަރުވާތަކުން އެހެރަގެންދަނީ އެގެމުން ކޮންމެ ފުރާނައަކީ މާތްވެގެންވާ އެއްޗެއް މިހަލޭގެ މިކަންކުރަނީ ދިވެހިންނައްގޮންޖަހާފަ
ޙަރުކަށި ފިކުރުގެ ބަޔަކު ލައްވާަކުރުވިޔަސް ތީ ހަމަ އެމްއެމްޕީރސީ ގެ ކަންތަށް ފަޅާއަރުވަން އަންނި އުޅޭތީ ދިން ހަމަލާއެއް..ބޮލުގެ ބޭނުން ކޮއްގެން ވަރަށް ރަނގަޅަށް ރާވާގެން ހަރުކަށި މީހުން ވެސް ރުޅި އަންނަ މީހެއް ވީމަ އެ މީހުން ބޮލަށް ޗިޕް ޖަހާގެން
އަހަރުން ނަކު ނޫޅެން ތިޔައީ މާ މުހިންމު މީހަކަށް ވެގެނެއް. ރަނގަޅީ ތިޔަ ބަލާމުސީބާތުން އަވަހަށް ސަލާމަތްކަން ދެއްވާ ގައުމަށް ހަމަޖެހަމަޖެހުން ދެއްވުން. މި ގައުމުގެ މުޅިދުވސް ދުއްވާލައަފި މި ކެނެރީ ފީކުދާނު
މިފަހަރު މަ ކަރުހެދި މައިބަދަ ބޭސްކުރާތި ހަދާން ކޮން. ފޭ ކު ހަދާން ދަނޭ..... މޮޔަވަނީ ވެރި ކަމާހެދި