މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގާފައިވާ ބޮޑު ހިޔާނާތުގެ މޭސްތިރިޔާ، އަދި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު، ޕީޕީއެމްއަށް އެކި ފަހަރުމަތިން ދީފައިވާ ފައިސާތަކަކީ ހިޔާނާތުގެ ފައިސާ ކަމުގައި ނުބެލެވޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 281 މީހުންގެ ނަން ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާ ޚިއްސާ ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީން ދިރާސާ ކުރުމަށްފަހު ކޮމިޝަނުން މަޖިލީހާ ހިއްސާކުރި ލިސްޓު ވަނީ މި ހަފްތާގެ ބުދަ ދުވަހު އާންމުކޮށްފައެވެ.

އެ ލިސްޓުގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ގިނަ މެމްބަރުންނާއި، ޕާލިމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުންގެ ނަން ހިމެނިފައިވެއެވެ. އަދި އެކޯލިޝަންގެ ތެރޭގައި ހިމެނޭ ޕީޕިއެމް އަދި ޕީއެންސީގެ ދެ ލީޑަރުންގެ ނަންވެސް ހިމެނިފައިވެއެވެ. ނަމަވެސް އަދުރޭ "ވަގުތު" ވިދާޅުވީ އެމްއެމްޕީއާރުސީގެ އެއްވެސް ފައިސާއެއް، ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށާއި، އިދިކޮޅު ކޯލިޝަނަށް ލިބިފައި ނުވާ ކަމަށެވެ.

އަދުރޭ އާއި އަދީބު އޭރު ޕީޕީއެމްގެ ނައިބު ރައީސްކަމުގެ މަގާމުގައި ތިއްބެވިއެވެ. އަދުރޭ ވިދާޅުވާ ގޮތުގައި އޭރު އޭނާ ގެންދެވީ ޕީޕީއެމްގެ އިދާރީ ހުރިހާ ކަމެއް ބަލަހައްޓަމުންނެވެ. އަދި އަދީބު ގެންދެވީ ޕާޓީގެ މާލީ ކަންކަން ބަލަހައްޓަވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ހިޔާނާތުގެ ތުހުމަތުތައް އިދިކޮޅު ކޯލިޝަންގެ ގިނަ މެމްބަރުންނަށް ކުރެވިފައި އެވަނީ ޕާޓީގެ އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އަދީބުގެ އަތުން ފައިސާ ހޯދާފައިވާތީ ކަމަށެވެ. އަދި އަދީބު އަތުން އޭރު ހޯދާފައިވާ ފައިސާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނޫންކަން ފާހަގަކުރައްވަމުން ވިދާޅުވީ އެއީ ރައީސް ޔާމީންގެ ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުުމަށް ހެޔޮ އެދޭ ފަރާތްތަކުން ދީފައިވާ ފައިސާ ކަމަށެވެ.

"ދައުލަތުގެ ފައިސާއިން ވައްކަން ކުރީ އެމްޑީޕީގެ މެމްބަރުންނާއި އަދީބްއާ ގުޅިގެން. އެހެންވެ މިއަދު އެހުންނެވީ ގޭގަ އަރާމުގައި. އަދީބް މިހާރު އެ މައްސައްކަތް ކުރައްވަނީ އިދިކޮޅު މީހުންވެސް މި ދަލުގައި ޖައްސައިގެން ބައްދަން. އެކަމެއް ނުވާނެ. ރައީސް ޔާމީނަކަށް ވެސް އަދި އަޅުގަނޑަކަށްވެސް، އަދި ޕާޓީއަކަށްވެސް އަދީބްގެ ފަރާތުން އެއްވެސް ހިޔާނާތުގެ ފައިސާއެއް ލިބިފައެއް ނުވޭ" އަދުރޭ ވިދާޅުވިއެވެ.

އެ ލިސްޓުގައި އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ގިނަ މެމްބަރުންގެ ނަންތައް ހިމަނާފައިވަނީ ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ފަނޑުކޮށްލުމަށް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެއީ ބައެއްގެ އަބުރު ކަތިލުމަށް ނެރިފައިވާ ލިސްޓެއްކަން ފާހަގަކުރެއްވިއެވެ.

އަދުރޭ ވިދާޅުވީ އެ ލިސްޓަކީ ސައްހަ ލިސްޓެއް ކަމުގައި ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެ ލިސްޓުގައި ނަން އޮވެގެން އިދިކޮޅު ކޯލިޝަންގެ އެއްވެސް މެމްބަރެއްގެ ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ކުރީ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި 12 ވަޒީރެއްގެ ނަން އެ ލިސްޓިގައިވެއެވެ. އަދި ޕީޕީއެމްގެ ޓިކެޓުގައި މިހާރު މަޖިލީހުގައި ތިއްބެވި ހަތް މެމްބަރެއްގެ ނަމާއި ކުރީ ދައުރުގައި މަޖިލީހުގައި ތިއްބެވި ގިނަ މެމްބަރުންތަކެއްގެ ނަން އެބަ އޮތެވެ.

އަދީބު ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ސިޔާސީ ޕާޓީތަކަށާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނަށާއި، މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ވަޒީރުންނަށާއި ޝަރުއީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނަށް އޭނާ ދީފައިވާނެއެވެ. ނަމަވެސް މި މައްސަލާގައި މިހާތަނަށް ދައުވާކޮށްފައި ވަނީ ތިން ފަރާތެއްގެ މައްޗަށެވެ. އެއީ އިދިކޮޅު ކޯލިޝަންގެ ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްއާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖަރު އަބްދުﷲ ޒިޔަތުގެ މައްޗަަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ސަރު ކާރު

    މިހާރު ތި ބޭފުޅާ އަށް އެ ލާރި މަތީ ގައި ޓިނު ޖެހިދާނެ! ގޮތް ނިންމާމާނީ ކޯޓުން

    23
    12
  2. ފައިސާ

    ކޮއްމެ ރައްޔިތަ ކަށް ހައެއްކަ މިލިއަން ރުފިދޭންވީނު އެވަރަށް ޗާޕު ކޮށްގެން. ތިއެއްމެންވެގެން އެ ކަމަށް ގާނޫނެއް ފާސް ކޮށްބަލަ. ރައްޔިތުން ނަށް ކަމެއް ކޮއްދެންޔާ އެކަމާ އުޅެބަލަ. އެހެންނޫނީ ދެން ރައްޔިތުން ނަށް ނެތެއްނު އެއްވެސް ފައިދާއެއް.

    16
    2
  3. ދޮން ބަބުރު ސޮރު

    ވަގުންނަށް ލިބުނީމަ އެވަނީ ޚިޔާލަކަށް ނޫންކަމަށް، ދިވެހިރައްޔިތުން ހޭއަރާ މިދެގުރޫޕުގަ މިތިބީ ބޮޑު ވަގުން، މިހެން މިގައުމު ދަވާލަން މިދެގުރޫޕަށް ވެރިކަން ދޭންވީ ކިހާ ދުވަހެއް ވަންދެންތޯ

    22
    7
  4. މަރީ

    ޙިޔާނާތުގެ ފާސާވާނީހަމަ ހިޔާނާތުގެ ފާސާޔަށް

    27
    1
  5. ޙެހެ

    ހިޔާނާތަކީ ކޮބައިކަން ނޭނގޭ މިހަކު ތިހެން ބުނީމަ ހައިރާނެއް ނުވޭ.

    30
    5
  6. ޢަބްދުﷲ ސަޢީދު ބ.މާޅޮސް/ޒަމާނީހައުސް

    ޙަރާމްއެއްޗެއް ކައިގެން އުފެދޭ މަސްކޮޅެއް ލޭފޮދެއް ސުވަރުގެއަށް ނުވަންނާނެތެވެ. ނަރަކައަކީ، ވޭންދެނިވި ޢަޒާބުލިބޭ ތަނެކެވެ.

    12
    1
  7. މިހާރު ވާގޮތަކީ....

    މިވާގޮތަކީ، އެހެން މީހުން ލާނީ ގުއި، އަދުރޭމެން ވެއްޖިއްޔާ ފައިބާނީ ޖަވާހިރެވެ. ފިޠުނަފަސާދަ ޢާއްމުވާނީ މިވަރަކަށެވެ!

    6
    1
  8. ޝަރީފާ

    ޢަދީބު ބަހާލީ އަދީބުގެ މުސާރައިގެ ފައިސާތަ؟ ބަލަ އަދީބު ކަލޭމެންނަށް ދިނީ އަހަރެމެން ނި ކަމެތިންގެވެސް ފައިސާއިން ދިވެހި ހުރިހާ ރައްޔިތުންގެ ފައިސާއިން ބަލަ މަށަ ކީވެސް ނި ކަމެއްޗެއް ކަމުގައި ވީނަމަވެސް މި ދިވެހި ފަސްގަނޑަށް އުފަން ދިވެއްސަ ކީމު. ބަލަ އެފައިސާއިން މަށަށްވެސް ބައެއް ހައްގުވާނެ ވީމާ މަގޭ ބައި މަށަށް ވީ އެންމެ އަވަހަ ކަށް ދިނުމަށް ސަރުކ ކާރުގެ ހުރިހާ މުއައްސަސާތް ތަ ކަށް ގޮވާލަން.

  9. ލާރިދޯޅު

    ވައް ކަމާ ހިޔާނާތް އެއީ އޮންނަ ކަމެއް ކަން ނުދަންނަ ބަޔަހަކަށް ހިޔާނާތުގެ ފައިސާ ނޭނގުންތިއީ ހައިރާން ވާންޖެހޭ ކަމެއްނޫން

    7
    2
  10. ބަކުރުބެ

    އަދުރޭ! އެޓިނުތަކޯ؟ މާޅޮހުން ނެގި ރަންފަށާ ހުނިގޮނޑިޔޯ؟ ހަމަ އަޖައިބު އަންތަރީސް ވެއްޖެ

    7
    1
  11. ނަައީމް

    ތިޔަހުރިހާމިހުންޖަލައްލާފާ ރައީސްޔާމީން ނެރެބަލަ އެމަނިކުފާނުގެ ކުށެއް އެއްވެސްކޯޓަކައް ނުދެއްކުނެއްނު

    6
    7
  12. އަލީ

    މިހިރަބުރާންޗާ ދެންއެފައިސާވާނީ ލިއްލާހައްޓަކާ އަދީބުދިން ފައިސާކަމުގައިތަ

    8
    2
  13. ކެލާ އާރިފް

    އަމައްޔާއި ، މަންމާފުޅު އަދުރޭ ތަ އެހެންބުނީ

    4
    1
  14. SARUBATH

    ހަތަރެސްކަން ހަމަވީ! ދެން ތި މައްސަލަ ބަލާނެ ގޮތެއް ބުނެބަލަ! މިހާރު ފުރަތަމަ ބަލަންވީ މި ތަޙުޤީޤު ފަނިކޮށް ހަރާބުކޮށް ލިސްޓް އާންމުކުރި މީހުންގެ މައްސަލަ! ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމާ ޚިލާފަށް މިލިސްޓް އާންމުކޮށް ތަޙުޤީޤަށް ހުރަސްއެޅި މީހުންނަށް ފިޔަވަޅު އެޅުމަށް ގޮވާލަން! އެމީހުން ޤަޞްދުގައި މި ތަޙުޤީޤު ފަނިކުރުމުގައި ފޮރުވިފައިވާ ބޭނުމެއް އޮންނާނެކަން ޔަޤީން!

    3
    2
  15. އަލި ދީިދީ

    ބޭނުން ކޮންމެ ވާހަކަ އެއް މިއަދު ވިދާޅު ވެވިދާނެ ، އަހަރެން ޕޕ އެމް ،މެންބަރެއްގެ ގޮތުން ލަދު ގަންނަން

    7
    5
  16. ގުޅީދޮހޮކޮ

    ެެއެއީތެދެއް އަދީބު ދިންފައިސާ އަކީ ޚިޔާނާތުގެ ފައިސަކަމަކަށް ނުބެލެވޭނެ އެއިރުގާވެސް މިހާރުގާވެ ގަބޫލު ކުރަނީ އެމް އެމް ޕީއާރުސީ ދަވާލާގެން އެތަނުން އަދީބުއާއި ރައީސް ޔާމީނުއާއި،ދެމީހުންނެގި ފައިސާކަމަށް

    7
    2
  17. ޙައްޕު

    ދިވެހި ރާއްޖޭގެ އެއްވެސް ތަނަ ކުން ދިވެއްސަ ކު ނަގާ ފައިސާ އެހެންވީމަ މައްސަލައަ ކަށްނުވާނެ.މީވެސް ދެން ލީޑަރެއް.މީ މިމީހުންގެ ފެންވަރު!!!

    3
    2
  18. ސަލިބޭ

    ހިޔާނާޠުގެ ފައިސާ ބޭނުންކުރިކަމަށް ވާނީ އެކަން އެގިހުރެ އެފަަަައިސާ ބޭނުން ކުރިނަމަ

    5
    4
  19. ހުދުއަބިމީހާވެސްނުބަލާނެ

    އަދުރޭތިހުރީއެދުމާއިގެންހާވަދަރެކޭ
    އަޖީއަބުއަކީދުނިޔޭގަހުރިއެންމެމުންަސަމީހާދޯ

    1
    1
  20. މުތީއު

    ކަލެއަށް ކިޔަނީ އަބުދުއް ރަހީމް ކަމެއް ވެސް ކަލެއަކަށް ނޭނގޭނެ

  21. ޙައިރާން

    ޢަދީބު ލާރި ދިންއިރު އެމީސްމީހުން ގާތު ބުނިބާ މިއީ ތިމަންނަ ނަހަމަގޮތުގަ ހޯދާފަ ހުރިލާރިއޭ ބުނިނަމަ އެކަކުވެސް ނުހޯދާނެ ކަންނޭނގެ ހައްހައް