ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އާދަޔާ މޫސުން ގޯސްވެ ގެއްލުންތައް ވަމުން އަންނަ އިރު، ހއ. ހޯރަފުށީ އެއާޕޯޓްގެ ރަންވޭ އާއި ހައިވޭއަށް ރާޅު އަރާތީ ވައިގެ ދަތުރުފަތުރު ކުރުން މެދުކަނޑާލަން ޖެހިއްޖެއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓު އޮތޯރިޓީ (އެންޑިއެމްއޭ) އިން "ވަގުތު" އަށް ވިދާޅުވީ މިއަދު ހެނދުނުން ފަށައިގެން ހޯރަފުށީ އެއާޕޯޓު ސަރަހައްދަށް އުދަ އަރަމުން އަންނަ ކަމަށެވެ. އެއާޕޯޓުގެެ އިތުރުން ހެލްތު ސެންޓަރާ ހަމައަށްވެސް އުދައިގެ އަސަރުކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިންް ވަނީ ވިދާޅުވެފައެވެ.

މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯ، އަދި ވީޑިއޯތަކުން ފެންނަ ގޮތުގައި ހޯރަފުށީ އެއާޕޯޓުގެ ރަންވޭ އާއި، އެއާޕޯޓުގެ ކުރިމަތީގައި އޮންނަ މަގަށްވެސް ވަރަށް ބޮޑަށް އުދައިގެ އަސަރު ވަނީ ކޮށްފައެވެ.

މިހާރު ފުލުހުންނާއި އެރަށު ކައުންސިލުން ގުޅިގެން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުން ކަމަށް އެ އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.

ހޯރަފުށީ ކައުންސިލް މެެންބަރު އަލީ ނަސީރު އާދަމް "ވަގުތު" އަށް ވިދާޅުވީ އެެއާޕޯޓާ ދިމާލުން އުދަ އަރަން ފަށާފައި ވަނީ މިއަދު 11:30 ހާއިރު ކަމަށާއި، ގާތްގަނޑަކަށް 1:15 ވީ އިރު ވަރަށް ބޮޑަށް އުދަ އަރާފައިވާކަމަށެެވެ. މިހާރު އެއާޕޯޓުގައި ލޮނުގަނޑު ގާތްގަނޑަކަށް ދެ ފޫޓަށް އުފުލިފައި ހުރި ކަމަށް ނަސީރު ވިދާޅުވިއެވެ.

"އުދަ އަރަން ފެށީ 11:30 ހާއިރު. އޭރު މަޑުމަޑުން އަރަމުން ގޮސް ހުކުރު ނަމާދުން މީހުން ފޭބި އިރު ވަރަށް ބޮޑަށް އުދަ އަރާފަ އޮތީ." ނަސީރު ވިދާޅުވިިއެވެ.

ނަސީރު ވިދާޅުވީ އެއާޕޯޓަށް ލޮނާއި، ގައު އެރުމުގެ ސަބަބުން ރަންވޭ އޮތީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށެވެ.

ނަސީރު ވިދާޅުވީ އެއާޕޯޓަށް އެހާ ގަދައަށް ލޮނުގެ އަސަރު ކުރަމުން އަންނަނީ އެއާޕޯޓާ ދިމާލު މޫދުގެ ލޮނުގަނޑު ދައުރު ނުވާނޭހެން ބައްދާލާފައި އޮތުމުން ކަމަށެވެ. މިއީ ފަހުގެ ތާރީހެއްގައި އުދަ އަރާ އެެއާޕޯޓަށް މިހާ ބޮޑެތި ގެއްލުންތަކެއް ލިބުނު ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޗޮމްސް

  "މިއީ ފަހުގެ ތާރީހެއްގައި އުދަ އަރާ އެެއާޕޯޓަށް މިހާ ބޮޑެތި ގެއްލުންތަކެއް ލިބުނު ފުރަތަމަ ފަހަރެވެ."

  ބަލަގަ މިއީ ކޮން އިރަކު ހުޅުވި އެއާޕޯޓެއްކަން އެނގޭތަ؟

 2. ކޮކަޑި

  ހަނދާނަށް އަންނަނީ ރަސްފަންނު މައްސަލާގައި ޑރ. މުޢިއްޒުއަށް ކުރި ޖެއްސުމާއި ފުރައްސާރަ. ފުރަތަމަ ޕްރޮޖެކްޓުވެސް ޗޮކުން. އަދިވެސް ލަދުވެތިވާން ނުވޭތޯ؟

 3. މަ

  ހޯރަފުށި ރަތްއިތުންގެ އަމިއްލަ ފައިދާއަށް ދެންތިބި ރަށްރަށުގެ މީހުންނަށް ޖެއްސުމަށް ފަރުކާރީ ހެދީމަ ވާނެ ހަ އެތި ވެފަ ތިއޮތީ.... ފަރު ބޭރުގަ ހެދި ނަމަ އަދި މާ ރައްކާތެރި ވާނެ..

 4. ތެދު

  ކޮބާ ޓްރާންސްޕޯޓް މެޑަމް...އަވަސްއަރުވާލާފަ ރަށުގަ އެއަރޕޯޓްއަޅަން ތެޅުނީ...އޭރުވެސް އިނގޭ ގިރާސަރައްދެންކަން...!!!؟ ޔާމިން އަޅަންއުޅުނީ ދިރާސާކޮއްފަ ކައިރީގަ އޮތް ރަށުގަ...

 5. އަލީ ރިޔާޒު/ހޯރަ

  ގުދުރަތީ ކާރިޟާތަކަކީ އެއްވެސް މީހަކަށް ބާރުފޮރުވޭނެ ކަންކަމެއްނޫން.އެކަމު ތިމާވެއްޓަށް އަންން ބަދަލުތަކުން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅޭނެއެވެ.މިއަދު ހޯރަފުށި އެއާރޕޯޓަށް ދާ މަގު ކޯޒުވޭއެއް ގޮތަށް ނުހެދީމަ ލޯމަށްޗަށް ފެންނަމުން ދާމަޒަރުން އިބުރައް ހާސިލް ކުރަށްޖެހެއެވެ.އަމާބުނީތީ ފަރަށްދާ އުސޫލުން އީއައިއޭ ހެދީމަވާގޮތް މިއަދު މިފެންނަނީ.

 6. އަހުމަދު

  މާފިނޮޅުގަައި އެއަރ ޕޯޓް ނޭޅުމުގެ ހިތި ނަތީޖާ އިހަވަަންދޫ މީހުންނަށް ދުއްތުރާ ކުރަން ހޯރަފުށީ މެންބަރު އަހުމަދު ސަލީމް ގަތް ގަނޑުގެ ހިތި ނަތީޖާ ތިޔަ ފެންނަނީ ކުރިންނަމަ ބުނާނެ މުއިއްޒު ވިއްޔޭ މިހާރު ދެން ކިޔަންވީތަ ސޯލިހު ވިއްޔޭ ސަލީމް ވިއްޔޭ ނުވަތަ އައިޝާ ވިއްޔޭ

  8
  1
 7. އަހުމަދު

  ކޮންމެ ދުވަހަކު މިސަރުކާރަށް ބަލާ މުސީބާތަކާއި ކުރިމަތިވޭ ގުދުރަތުގެ ފުރިހަމަ ކަން އިހަވަންދޫ މީހުންގެ ހިތުގައި ޖެއްސުން ފެނޭތަ..... އެމީހުން ރޮއްވާފައި މެންބަރު ސަލީމް އާއި ގާސިމްގެ އަނބި ގޮއްޔެ އައިޝާ ފެނޭތަ ވާގޮތް... ޑަބަލް ޚަރަދު ކުރަން ތިޔަ ޖެހުނީ
  މާފިނޮޅުގައި އެއަރޕޯޓް އަޅިނަމަ..މާރަނގަޅު ވީސް އަދި ސަލީމަކީ ތިމާވެށި ކިޔަވައިގެން ހުރި ބޮޑު މުރައްބީ އެކޯ ފެނޭތަ ސައްލޭ .... އަދި ފޮނި ކެނޑިޔޭ އެންމެ އަވަހަށް އެއަރޕޯޓް އަޅާ ސަރުކާރެކޭ ކިޔާފައި

  6
  1
 8. ކާފަބޭ2020

  ޢީއައިއޭހެދީ ސައްލެ ރިޕޯޓުލިއުނީ ސައްލެ ރިޕޯޓުގެންދިޔައީ ސައްލެ އެރިޕޯޓުބަލައިގަތީ ސައްލެ ގޮތްނިންމަންލަފާދިނީ ސައްލެ ވީމާ މުޅިއޮޑީގަނިއޮތީ ސައްލެގެދެފައި ރައިއްޔަތުންނުކުމެއަހާބަލަ ރަށުދެމީހުންވެގެންތިޔަކުރީކީއްތޯ؟ ދެބައްޖަހާތުނޑިއަކަށް ހޯރަ ތިރިކުރާއިރުއެސޮރުވެސް އޮޔާވައިބަލައިގެންތިރިކުރާތީ ނުދެކޭބަޔަކު ކުރާކަމެއްވާނީ....

  2
  1