23:05

60 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް އަނެއްކާވެސް އުތުރަށް އޮރެންޖު ސަމާލުނެރެފި.

22:13

ވައިބައިރުވުމާއި އުދައެރުން އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހއ، ހދ، ށ، ނ، ރ، ބ، ޅ އަތޮޅުގެ ބައެއް ރަށް ރަށަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައި ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އެޖެންސީން ވިދާޅުވެއްޖެ.

21:47

ހުޅަނގު އައްސޭރީގައި އިސްރާއީލުން ފަލަސްތީނުގެ އިތުރު މީހަކު ޝަހީދުކޮށްލައިފި. މިހާތަނަށް ހުޅަނގު އައްސޭރިން ޝަހީދުވި މީހުންގެ އަދަދު ވަނީ ހަތަކަށް އަރާފައި.

20:53

ރާޅު އަރާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރީނދޫ ސަމާލު (ޔެލޯ އެލާޓް) މެޓް އިން ނެރެފި

20:07

ވިއްސާރައާ ގުޅިގެންނާއި ރާޅު އެރުމުގެ ދިއްދޫގައި ފެންބޮޑުވުމުން، ފެންހިންދުމުގެ މަސައްކަތުގައި އެމްޓީސީސީގެ ބައިވެރިވުން

20:06

ވިއްސާރައާ ގުޅިގެންނާއި، ރާޅު އެރުމުގެ ސަބަބުން ހޯރަފުށީގައި ފެންބޮޑުވުމުން، ފެންހިންދުމުގެ މަސައްކަތުގައި އެމްޓިސީސީން މަސައްކަތް ކުރަނީ

19:22

ރާއްޖޭގެ މޫސުންވެ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް)އިން ލަފާކޮށްފައިވާތީ އަތޮޅުތެރޭގައި އެމްޓީސީސީން ދުއްވާ ބައެއް ފެރީތަކުގެ ޝެޑިއުލަށް ބަދަލުއައުން އެކަށީގެންވާ ކަމަށް އެ ކުންފުނިން ވިދާޅުވެއްޖެ.

19:15

މޫސުން ވަރަށް ގޯސްވެ، ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ނެރުނު އޮރެންޖް އިންޒާރުގެ ވަގުތު ތިން ވަނަ ފަަހަރަށް އިތުރުކޮށްފި

19:00

ހުޅަނގު އައްސޭރީގައި އިތުރު ފަލަސްތީންގެ އިތުރު މީހަކު ޝަހީދުކޮށްލައިފި

18:53

ނ. އަތޮޅު މާފަރަށް އުދަ އަރާފައި - ފޮޓޯ: ރިއްފަތު އިބްރާހިމް
ނ. އަތޮޅު މާފަރަށް އުދަ އަރާފައި - ފޮޓޯ: ރިއްފަތު އިބްރާހިމް
ނ. އަތޮޅު މާފަރަށް އުދަ އަރާފައި - ފޮޓޯ: ރިއްފަތު އިބްރާހިމް
ނ. އަތޮޅު މާފަރަށް އުދަ އަރާފައި - ފޮޓޯ: ރިއްފަތު އިބްރާހިމް

18:50

އުދަ އަރާ ހއ.ދިއްދޫގެ ބައެއް ގެތަކަށް ފެން ވަނުން.

18:37

ވިއްސާރާގައި އިހަވަންދޫ ރައްޔިތުންނަށް ލިބިފައިވާ ހުރި ގެއްލުންތައް ބަލައި، އެކަމުން އަރައިގަތުމަށް އެމްޓިސީސީން ދަނީ ކައުންސިލާއެކު މަސައްކަތްތައް ކުރަމުން.

18:35

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަގައި ފުވައްމުލައް ސިޓީގެ މަގުތަކުގައި ފެންބޮޑުވުން ހައްލު ކުރުމުގެ މަސައްކަތުގައި ރަށު ކައުންސިލާއެކު އެމްޓީސީސީންވެސް މަސައްކަތް ފަށައިފި.

17:19

މޫސުން ވަރަށް ގޯސްވެ، ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ނެރުނު އޮރެންޖް އިންޒާރުގެ މުއްދަތު އިތުރުކޮށްފި

17:10

ހއ. އިހަވަންދޫއަށް ކުރަމުންދާ ވިއްސާރާގައި އެރަށުގައި ވަރަށް ބޮޑަށް ވަނީ ފެންބޮޑުވެފައި.

16:54

ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި ހއ.އުތީމުގެ ބަނދަރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

16:38

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހދ.ދިއްދޫގެ ގެތަށް ފެންވަަނުމުގެ ސަބަބުން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހދ.ދިއްދޫގެ ގެތަށް ފެންވަަނުމުގެ ސަބަބުން ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ

16:06

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމް: ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ޅ. ނައިފަރުގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް އިން ދަނީ ހަރަކާތްތެރިވަމުން.

ނައިފަރުގައި ފެންބޮޑުވުމުން މަގުތަކުގައި ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފްއިން - ފޮޓޯ: އެމްއެންޑީއެފް
ނައިފަރުގައި ފެންބޮޑުވުމުން މަގުތަކުގައި ފެންހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފްއިން - ފޮޓޯ: އެމްއެންޑީއެފް

15:56

ށ. ގޮއިދޫ ކައުންސިލް މެންބަރު އިބްރާހިމް ރިފާޒް: ފަތްކެޔޮ ގަސްތަކަށް ވަރަށް ބޮޑަށް ގެއްލުންވި. ފަޅޯ ދަނޑަށް ވެސް ދަނޑުގެ 90 އިންސައްތަ ހަލާކުވެފައި\

"ވާރޭ ވެހެމުން ދަނީ އަދިވެސް. 5 މިނިޓު ވަންދެން ހުއްޓާލާފައި އަނެއްކާވެސް ވެހެނީ. ހެނދުނު 7 ހާއިރު ވެހެން ފެށި. މެދުކެނޑިފަ ވެހެމުން ގޮސް، ހުކުރު ގަޑީގައި ބޯކޮށްލީ. "

ގޭގެ އަށް އަސަރު ކުރިކަން އަދި ޔަގީނެއް ނޫން. ގެއްލުންތައް ބަލަމުން ދޭ ރަށުގައި ފެންބޮޑެއް ނުވޭ.

15:54

ވައިކަރަދޫ ބަނދަރު މަތިން ރާޅު އަރަނީ

15:51

15:48

ށ. ނަރުދޫ ކައުންސިލް ރައީސް އަހުމަދު އާރިފް: ވަރަށް ގިނަ ހިސާބުތަކުގައި ދެ ފޫޓަށް ވަނީ ފެންބޮޑުވެފައި. ވާރޭ ވެހެމުންދަނީ ރޭ އިރާކޮޅުން ފެށިގެން ދޭތެރެ ދޭތެރެއިން. ހެނދުނުން ފެށިގެން ހުއްޓާ ނުލާ ގޭގެއަށް ފެން ވަދެފައިވޭ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅި. އުދަ އަރާފައިވޭ ވަށައިގެން 400 ފޫޓަށް ބައެއް ސަރަހައްދުގައި އުދައެރި. އަނެއްބައި ސަރަހައްދުތަކުގައި 200 ފޫޓަށް ބަނދަރު ކައިރި އަށް ގާތަށް އަރާފައިވޭ

15:47

ރާއްޖޭގެ މެދުތެރޭގެ ބައެއް އަތޮޅުތަކަށް ވަނީ ރީނދޫ ސަމާލު ނެރެފައި. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރުނު ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ގަޑިއަކު 25 މޭލާއި، 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަަމަށް.

 

15:44

ވިއްސާރާގައި އިހަވަންދޫގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި - ފޮޓޯ: އަލީ ހަމްޒާން
ވިއްސާރާގައި އިހަވަންދޫގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި - ފޮޓޯ: އަލީ ހަމްޒާން
ވިއްސާރާގައި އިހަވަންދޫގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި - ފޮޓޯ: އަލީ ހަމްޒާން
ވިއްސާރާގައި އިހަވަންދޫގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި - ފޮޓޯ: އަލީ ހަމްޒާން

15:41

ހއ،މުރައިދޫ ކައުންސިލް ރައީސް: އަސްރާރު ޢަބްދުﷲ: ރަށުގައި ހައްދާފައި ހުރި ފަތްކެޔޮތަކަށް ގެއްލުން ވެފައިވޭ އާއްމުންނަށް ގެއްލުން ލިބުނު ބައެއް ގޭގެ އަށް އަސަރު ކުރި އަދި ގެއްލުމުގެ މައުލޫމާތު ސާފެއް ނުވޭ. އަދިވެސް ވިއްސާރަކުރަމުން ދަނީ.

15:40

ހއ. އުޅިގަން ކައުންސިލް: ގެއެއްގެ ފުރާޅު އެއްލާލި މަގު ބައްތީގެ ހޮޅިދަނޑިއެއް ވެއްޓުނު އުދައިގެ އަސަރު ކޮންމެވެސް ވަރަކަށް ކުރޭ ވައިގަދަ ވުމުގެ ސަބަބުން ގަސްގަހުގެ ގޮފި ބިންދައިގެން ދިއުން ކަހަލަ ކަންކަން ގިނައިން ފާހަގަކުރެވޭ. ސީރިއަސް ކަމެއް އަދި ނުހިނގާ.

15:39

މޮޅަދޫ ކައުންސިލް: ގަސްތަކަށް ގެއްލުންވެ ކުރީގެ މިސްކިތެއް ފުރާޅުން ދަނޑުތަކަށް ވަނީ ފުދޭވަރަކަށް ގެއްލުން ވެފައި. ކަރާދަނޑުތަކަށް ވެސް ގެއްލުންވި ކުރިއަށް ވުރެ ބޮޑަށް ރާޅު އަރާ.

15:36

މިހާރު އުތުރުގެ ރަށްތަކަށް ކުރަމުން އަންނަ ވިއްސާރައިގައި ވައިގަދަވެ ކުޅުދުއްފުށި ސްކޫލް ފުރާޅަށް ގެއްލުންތަކެއް ލިބިއްޖެ

15:35

މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. އުތީމަށް ލިބެމުންދާ ގެއްލުން - ފޮޓޯ: ކައުންސިލް
މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. އުތީމަށް ލިބެމުންދާ ގެއްލުން - ފޮޓޯ: ކައުންސިލް
މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. އުތީމުގެ ދަނޑުބިންތަކަށް ވަނީ ގެއްލުން ލިބިފައި - ފޮޓޯ: ކައުންސިލް
މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. އުތީމުން ބައެއް ގަސްތައް ވަނީ ވެއްޓިފައި - ފޮޓޯ: ކައުންސިލް
މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. އުތީމަށް ލިބެމުންދާ ގެއްލުން - ފޮޓޯ: ކައުންސިލް
މިހާރު ކުރަމުންދާ ވިއްސާރާގައި ހއ. އުތީމަށް ލިބެމުންދާ ގެއްލުން - ފޮޓޯ: ކައުންސިލް
ހއ. އުތީމު ބަނދަރާއި ދިމާލަށް ރާޅު އަރަނީ - ފޮޓޯ: ކައުންސިލް

15:28

ހއ. ދިއްދޫއަށް ދަނީ އުދަ ވަރަށް ބޮޑަށް އުދަ އަރަމުން.

15:26

ހއ. އިހަވަންދޫ އާއްމު މީހެއް: ރަށުގެ ހުޅަނގު ފަރާތުން އުދަ އަރާ، އެ ސަރަހައްދުގެ ހުރިހާ ގެއަކަށް ލޮނުގެ އަސަރު ދަނީ ކުރަމުން. އެރަށުގެ 40 ވަރަކަށް ގެއަށް ފެން ވަން. އެމްޓީސީސީ ސައިޓާއި ދިމާލުން ދޯންޏަކަށް އަސަރު ކުރި ލަށްވުމުގެ ސަބަބުން.

15:22

އދ.ދިއްދޫއަށް ކުރަމުންދާ ވިއްސާރައިގެ ތެރެއިން - ފޮޓޯ: ފާރިޝް އަބްދުﷲ

މިއަދު މެންދުރު 1:00 އިން ފަށިގެން އދ. ދިއްދޫއަށް މެދުނުކެެނޑި ދަނީ ވާރޭ ވެހެމުން.

15:20

ހއ. އުތީމު ކައުންސިލް: ބަނދަރުގެ ހުޅަނގު ފަރާތު ފައި ކަށި ރޫޅިއްޖެ. އަދި ދެ ނެރުބައްތި ވަނީ ހަލާުވެފައި. ރަށު ބަނދަރަށް އުރާ ދަނީ ގެއްލުންތަކެއް ވަމުން. އެރަށު ކައުންސިލުން ބުނީ، އެރަށުން 10 ރުށް ވެއްޓިފައިވާކަމަށް. އަދި ރަށް ވަރަށް ބޮޑަށް ގިރަމުންދާ ކަަމަށާއި، ހުރިހާ ދަނޑުތަކަކަށްހެން ގެއްލުންވެފައިވާ ކަމަށް. އަދި އެރަށު ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށްވެސް މައުލޫމާތު ދިން.

15:15

މޫސުން ވަރަށް ގޯސްވެ، ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޜް)އިން އޮރެންޖް އިންޒާރު ނެރެފި

15:07

އެންޑީއެމްއޭ: މިދިޔަ ބުދަ ދުވަހު ފުވައްމުލަކަށް ކުރި ވިއްސާރައިގައި ފެނުގެ އަސަރުކުރި 270 ގެއަކަށް ގެއްލުންވެ އެމްއެންޑީއެފްގެ ފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށް ދީފައި. އަދި ފެން ހިންދުމުގެ އޮޕަރޭޝަން އިއްޔެ މެންދުރު 2:00 އާއި ހަމައަށް ކުރިއަށް ގެންގޮސްފައިވޭ.

15:07

އެންޑީއެމްއޭ: މިދިޔަ ބުދަ ދުވަހުގައި އައްޑޫއަށް ކުރި ވިއްސާރައިގައި ފެންބޮޑުވި 176 ގެއަކަށް އެމްއެންޑީއެފް އިން އެހީ ފޯރުކޮށް ދީފައިވޭ. އަދި ރޭ 10:00 އާއި ހަމައަށް ފެންހިންދުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވޭ.

15:05

އެންޑީއެމްއޭ: ށ. ކޮމަންޑޫގައި ފެންހިންދުމުގެ ކައުންސިލުން ކުރަމުންދާކަމަށް ރިޕޯޓްކޮށްފައިވޭ.

15:05

އެންޑީއެމްއޭ: ހދ. ކުޅުދުއްފުށީ ގެއެއްގެ ފުރާޅެއް ވަނީ އެއްލާލާފައި އެމްެއެންޑީއެފް އަދި ފުލުހުންގެ އިތުރުން ކައުންސިލާއި ގުޅިގެން ވަގުތީގޮތުން ވަނީ ފުރާޅެއް އަޅާދީފައި.

15:04

އެންޑީއެމްއޭ: - ހއ. ހޯރަފުއްޓަށް ގަދަވަޔާއި އުދައަރައިގެން ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް ރަށު ކައުންސިލާއި ފުލުހުން މަސައްކަތް ކުރަމުން އެބަދޭ. އިތުރު އެހީތެރިކަން ބޭނުން ވެދާނެ ފަދަ ހާލަތަކަށް އެމްއެންޑީއެފް އިން ވަނީ ތައްޔާރުވެފައި.

 

15:03

އެންޑީއެމްއޭ: އުތުރުގެ ބައެއް އަތޮޅު ތަކަށް އުދައަރަމުންދާ ކަމުގެ ރިޕޯޓްތަކެއް ވަނީ ލިބިފައި. މިގޮތުން ހއ. ހޯރަފުށި، ހއ. އުލިގަމު، ހއ. ތުރާކުނު، ހއ. ދިއްދޫ އަދި ށ. މިލަންދޫ، ށ. ފުނަދޫ، ށ. ކޮމަންޑޫ އަށް އުދައަރަމުންދާ ދާކަމަށް.

15:01

ވައިކަރަދޫ އަށް މިއަދު އުދަ އަރަނީ. --- ފޮޓޯ: އަހުމަދު ވަހީދު

15:00

ވާދޫ އަށް ކުރަމުންދާ ވިއްސާރަ. --- ފޮޓޯ: ވާދޫ ލައިވް

14:59

ރ. ވާދޫގައި ހުރި ގަހެއް ވެއްޓިފައި. -- ފޮޓޯ: ވާދޫ ލައިވް

14:57

ރ. ވާދޫ އަށް އުދަ އަރަމުންދާ އިރު، އިންޖީނުގޭ ކުރިމަތީގައި ހުރި ގަހެއް ވެއްޓިފައިވާ ކަމަށްވޭ.

14:56

ހއ. ދިއްދޫ އަށް އުދަ އަރަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

14:56

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އާދަޔާ މޫސުން ގޯސްވެ ގެއްލުންތައް ވަމުން އަންނަ އިރު، ހއ. ހޯރަފުށީ އެއާޕޯޓްގެ ރަންވޭ އާއި ހައިވޭއަށް ރާޅު އަރާތީ ދަތުރުފަތުރު ކުރުން މެދުކަނޑާލަން ޖެހިއްޖެ.

14:55

ހއ. ދިއްދޫ އަށް ވެސް ވަރަށް ބޮޑަށް އުދަ އަރަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި.

14:55

ހއ. ހޯރަފުށި އެއާޕޯޓަށް އުދަ އަރައި ގެއްލުން ލިބިފައި.

14:54

ހއ. ހޯރަފުށި އެއާޕޯޓަށް އުދަ އަރައި ގެއްލުން ލިބިފައި.

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެން ފަށައިފިއެވެ.

އުތުރުގެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ގެއްލުމެއް ވަމުން އަންނަނީ ހއ. ހޯރަފުއްޓަށެވެ. އާދަޔާ ހިލާފަށް ވައި ގަދަވެ އެއާޕޯޓުގެ ބިއްލޫރި ދޮރުތައް ވެއްޓި ތަޅައިގެން ގޮސްފައިވާ އިރު، އެއާޕޯޓު ހުރި ސަރަހައްދަށް ވަރަށް ބޮޑަށް ވަނީ އުދަ އަރަން ފަށައިފައެވެ.

މިހާތަނަށް އައިއިރު، އުދަ އަރަމުން އަންނަ ރަށްތަކުގެ ތެރޭގައި ރ. ވާދޫ، ހދ. ވައިކަރަދޫ ހިމެނެއެވެ.

މީގެއިތުރުން ހދ. ކުޅުދުއްފުއްޓަށް ގަދަ ވަޔާއެކު ކުރި ވިއްސާރައިގައި އެ ރަށު ގެއެއްގެ ފުރާޅު އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ފުރާޅަށް ގެއްލުން ލިބިފައިވާތީ އެމްއެންޑީއެފް އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެއިތުރުން ބައެއް އެހެން ރަށްރަށަށް ވެސް ގެއްލުންތައް ދަނީ ލިބެމުންނެވެ. ވިއްސާރައާ ގުޅިގެން ރަށްތަކަށް ލިބެމުން އަންނަ ގެއްލުންތަކާއި ރަށްތަކުގެ ފޮޓޯ ހިއްސާ ކުރަން ބޭނުންވާ ނަމަ، 7907173 އަށް ފޮނުވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

އިތުރު ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު