ސުޕްރީމް ކޯޓާއި މަޖިލީހުގެ ބާރުތައް، ގަރާރުން ހިފަހައްޓާ ބައިތައް އުނިކުރުމަށް 38 މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.

މި ގަރާރު ފާސްކޮށްފައިވަނީ މިއަދު ހަވީރު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާގައެވެ. މި ޖަލްސާގައި ޖުމުލަ ތިން ހުށަހެޅުމަކަށް ވޯޓަށް އަހާފައިވާއިރު، ބަހުސް ކުރުމުގެ ފުރުސަތުވެސް ދީފައިވެއެވެ. އެހެންނަމަވެސް، ޖަލްސާގައި ދިގު ބަހުސަކަށް ގޮސްފައެއް ނުވެއެވެ.

މިއަދު ވޯޓަށް އެހި ހުރިހާ ހުށަހެޅުންތަކެއްވެސް ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާއިރު، ޖަލްސާގައި އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިވެފައިނުވާކަން ފާހަގަކޮށްލެވެއެވެ.

މި ޖަލްސާއަކީ ޤަވާއިދުތަކާ ހިލާފު ޖަލްސާއެއްކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވާއިރު ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ބުނެފައިވަނީ، މި ކަނޑައަޅާފައިވާ މަޖިލީހުގެ ޤަވާއިދުތަކުގެ ތެރެއިން ބާއްވާ ޖަލްސާއެއްކަމުގައެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ދޮށިމޭނާ

    ހޫމް ތީތި ސަޅިޔެ

  2. Anonymous

    ހޫމް ތީތި ސަޅިޔެ

  3. މާނާ

    މީށަރުކާރެއްތަ. ބޮޑު ގޭންގެއް ހިންގާހެން ހީވަނީ.

  4. ާބޫސުފުޔާން

    ފައްކާ ފައްކާ

  5. Anonymous

    ސާބަހޭ ރައީސު ޔާމީން، ކަނައަތުން ވާއަތަށްވެސް އިތުބާރު ނުކުރެވޭނެކަންން އެނގިގެންދިޔަ ސުޕްތިންކޯޓުގެ ޖަޖުން ޢައްދާރު ވީގޮތުން، ވީމާ މަނިކުފާނަށް ފަސޭކަމާއިއެކު ރައްޔިތުންނަށް މަންފާހުރިގޮތިކަށް ދައުރު ފުރިހަމަކުރެވޭންއޮތީ ހަމަ ތި ދެބާރުވެސް މަނިކުފާނުގެ އަތްޕުޅާށް ނަންގަވައިގެން، ގުޑް އައިޑިއާ

  6. ާފާތުން

    ގަދަ. ދެންމިއުޅޭ އިދިކޮޅޭމެން އެކި ގޮތްގޮތައް ޤާނޫން މާނަ ކުރަމުންގެންދާނެ. ޢެކަކަށްތުރެ އަނެކަކު މޮޅުވާނެ މާނަކުރާ ގޮތް. ޢިދިކޮޅޭމެން ކަޑަވާނެ. ދެން އަތްޖަހާ...?????

  7. ވަގުރައިސް

    ތި ކުއްލި ހާލަތު ބަލައިގަންނަނީ ދަރުބާރު ފެކްޝަން އެކަނި. މަވެސް ނުކުންނާނަން ދެން

  8. އަން އިން އުން

    ޝުކުރިއްޔާ...؟

  9. ފާތިމާ

    ސާބަސް މިޔަދު މަޖިލީހުގަ ބައިވެރިވި ހުރިހާ މެބަރުންނަށް ތީ ދިވެހި ހިތްވަރުގަދަ ދަރިންތަކެއް . ދިވެހި ރާއްޖޭގެ ޢިއްޒަތްތެރި ރަޢީސުލު ޖުމްހޫރިއްޔާ އަބުދުއްﷲ ޔާމީން އަބުދުލް ގައްޔޫމް އަށް ނުހަނު އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން ދިވެހި ގައުމައްޓަކާ ތިވަޑައި ގަންނަވާ ގުރުބާނީއައް ޝުކުރިއްޔާ ރައީސް ޔާމީން އަށް.
    ??????????

  10. އަން އިން އުން

    ޝުކުރިއްޔާ!

  11. ބަރުގޮނު

    " ކަޑައެޅިފައިވާ މަޖުލީހުގެ ޤަވާޢިދުތަކުގެ ތެރެއިންނޭ " މިބުނަނީ ، ރުމާލު 2 ޖަގަހައޭ ނުބުނަން ވެގެންދޯ..؟

  12. ??????

    އަދި ވެސް ކުޅޭތި ގޮތް ނޭގޭ އެއްޗިއްސާ ކޮބާ ރެވުނު މޑޕ ގޮވަނީ އަތަށް?? ގޮވާފަ ހުރީ ވެސް އަތަށް ??ދެން ގޮވާނީ މެދުން ބަލަން މިތިބީ
    އައްދޮ އަލިފާން ދަނޑި ގޮވަނީ ގޮވަނީ ??

  13. އުހުނަ

    ރަނގަޅު. ބަޔަކު ގައުމަށް ގައްދާރުވެ ޚިޔާނަތްވަމުންދާ މިދަނޑިވަޅުގައި ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކުރުން މުހިއްމު.

  14. ދިރާސަތު ވަލް މައުނަ

    ދަގަނޑު ކަނޑާނީ ދަގަނޑުން ގޭނގު ކަޑާނީ ގޭނގުން ފާޑު ފާޑު އެއްޗިއްސޭ ކިިޔާގެން ސަލާމތް ވާނެ ކަމަށް ހީކުރީތެ.އަލިފާން ކާންދޭނަން ރީއްޗަށް

  15. ޜަސީދު

    މިޔަދުގެ ހާލަތާ އިންޒާރު ތަކާއެއް ކޮއްވެސް ވޯޓު ދިން މީހުން ނައް ހަމަބުނަން ޖެހެހާނީ ސާބަހޭ މަަރުހަބާއޭ