ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު ހަތަރު ވަނަ މީހަކު ނިޔާވެއްޖެ އެވެ.
ކޮވިޑް ޖެހިގެން މިއަދު ނިޔާވި މީހާއަކީ އުމުރުން 78 އަހަރުގެ ފިރިހެނެކެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން އެ މީހާ ނިޔާވެގެން ކޮވިޑަށް ޓެސްޓު ހެދިއިރު އެ ބައްޔަށް ވަނީ ފައްސިވެފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ، އެ މީހާއަކީ އައިޖީއެމްެއެޗްގެ އީއާރްއަށް މިއަދު މެންދުރު ގެނައި މީހެއް ކަމަށާއި، އެ މީހާ ނިޔާވެފައި ވަނީ މެންދުރު 12:48 ގައި ކަމަށެވެ،
މިއަދު މީގެ ކުރިން ކޮވިޑް ޖެހިގެން ނިޔާވީ ތިން ފިރިހެނުންނެވެ. އެއީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ 86 އަހަރުގެ މީހަކާއި 64 އަހަރުގެ މީހެެއްގެ އިތުރުން، ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ 86 އަހަރުގެ މީހެކެވެ.
މެއި މަހަކީ ރާއްޖެ އިން ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން ނިޔާވި މަހެވެ. ހަމައެކަނި މެއި މަހު ވެސް ކޮވިޑް ޖެހިގެން ރާއްޖެ އިން 24 މީހަކު މިހާތަނަށް ނިޔާވެއްޖެއެވެ.
މިހާރު ރާއްޖެ އިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 91 އަށް އަރާފައެވެ.
އިރުއިރު ކޮޅާލިޔާނެ ތަފުސީލް އަންނަނީ އޭ ތިޔަލިޔޭ އެއްޗެއް ނުވިސްނޭ
މީހުން މަރުވަނީ ރަގަނޅަން ފަރުވާ ނުދެވޭތީ، ގޭގައި ކަރަންޓީން ކޮށްފަ ތިބޭ މީހުންނަށްނާއި ކޮންޓެކްޓް ވެފައި ތިބި މީހުންގެ މައުލޫމާތު ދިނުމައް ތަކުރާރުކޮށް އެޗް.ޕީ.އޭށް ގުޅިއަސް ފޯނުވެސް ނުނަގާ އެކަމަކު 1676 މިއީ އެމަޖެންސީ ނަމްބަރު، އެކަމަކު އެޗް.ޕީ.އޭއިން ނޫސްތަކަން މައުލޫމާތު ދެމުން ދާއިރު ބުނާނެ މިހާރު އެތައްސަތޭކަ މީހުންނަށް މިދަނީ ފަރުވާ ދެމުން ނޯ، އެކަމަކު ގޭގައި ކަރަންޓީން ކުރުމަށްފަހު ބޭސް ނުދޭތާ ހާލު ބަލަން ގުޅާވެސް ނުލާނެ.
މަރުވާކޮންމެ މީހަކު ކޮވިޑް. ޢުމުރަށް ބަލާއިރު ރާއްޖޭގައި މަރުވާ މީހުންގެ ޢުމުރުގެ މީހުން. ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން އުފައްދަން މަރުވާ އެންމެވެސް ކޮވިޑް ލިސްޓަށް ލެވިދާނެ.
2020ގެ ކުރީގެ ވިހާ މަރުވާގެ ތަފާތު ހިސާބު ބަލާލުން ރަގަޅު.
މުސްލިމު މި އެންމެތަކުންގެ ފުރާނަތަކަށް ހެޔޮ ރަޙްމަތްލައްވާ ސުވަރުގެ މިންވަރު ކުރައްވާށި. އާމީން.
މީހުން މަރުވާ ވާހަ ކަ ސަރު ކާރުން ނުދައް ކައެއްނު. ހަރާމް ކޯރު ސަރު ކާރެއްމިއޮތީ. މުޅިގއުމަށް އިންޑިއާ ކޮވިޑު ގެނެސް ފަތުރާލަފަ ތިބި ހަނުު!
انا الله و انا إليه راجعون
މިދައުލަތުގެ ވެރިން މިއަދުހިތައްއަރާނެ ލޯކަލްކައުންސިލް އިންތިހާބައް އެހާބޮޑެތިލުއިތައް ނުދެވުނުނަމަޔޭ އަދި އިންޑިޔާގެ ކަރަންޓީން ޓުވަރިސްޓުންނައް މިގައުމުހުޅުވާނުލެވުނުނަމަޔޭ.
ކެރަފާ ނަސީމް އިސްތިއުފާ ދެންޖެހޭ...ކޮބާ މަޖިލިސް
ޢޭނާ ޖަވާބު ދަރީ ކުރުވަންޖެހޭ
ނަސިމަކީ އިޒްރައިލް ދައުލަތެއް ކަމަށް އދ ގައި ވޯޓް ދިންމީހާ....ފަލަސްތިނަށް މިހާރު ލިބޭ ގެއްލުމާ މަރުތަކުގެ ޒިންމާ ވެސް އޭނާ އުފުލަންޖެހޭ
ކެރަފާ ނަސީމް ކޮބައިހޭ....
ޢަމީން އެމަގަމުގާ ހުރިނަމަ އެމްޑިޕި މީހުން
ޥަރެއް އަރުވަލަނެ