ތ. އަތޮޅުން މިމަހުގެ 9 ވަނަ ދުވަހު ނެގި ބައެއް ސުންކު (ސާމްޕަލް)ގެ ނަތީޖާ އަދިވެސް ނުލިބޭތީ އާއްމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.
އެކަމާއި ގުޅޭގޮތުން "ވަގުތު" އަށް މައުލޫމާތު ދެމުން ނަން ހާމަކުރަން ބޭނުން ނުވާ އާއްމުންގެ މީހަކު ބުނީ އެ ދުވަހު އެ އަތޮޅުން ނެގި ސުންކުގެ ތެރެއިން މިހާތަނަށް 30 ވަރަކަށް މީހުންގެ ސުންކުގެ ނަތީޖާ ނުލިބެއެވެ.
އޭގެ ތެރޭގައި ބަލި ޖެހިފައިވާ މީހަކާއި ބައްދަލުވެގެން އެކަހެރިވެ ތިބި މީހުންނާއި، ބަލި އޮތްތަނަކުން ރަށަށް ދަތުރުކުރުމަށް ފަހު ކަރަންޓީނުވެ ތިބި މީހުން ހިމެނޭ ކަމަށް އޭނާ ބުންޏެވެ.
ވަރަށް ގިނަ ފަހަރު މައުލޫމާތު ސާފުކުރަން ގުޅައިގެން ވެސް ކަމާއި ބެހޭ އެއްވެސް އިދާރާ އަކުން އެ ސުންކުތަކުގެ ނަތީޖާ ނުލިބެން ޖެހޭ އެކަށީގެންވާ ސަބަބެއް ބުނެދެވިފައި ނުވާތީ އެކަމާއި އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"އައިޖީއެމްއެޗްއިން ވިދާޅުވި ސާމްޕަލް ނެތޭ. ޕޮލިސް ސައިޑުން ވެސް ބެލިން އެ މީހުން ވެސް އެ ޕްރޮސެސް ކުރޭތޯ. ފަހުން އެތަނުގެ އިސް ފަރާތަކުން އެންގި ހުޅުމާލެ އަށް ފޯވަރޑް ކުރިކަން. އައިޖީއެމްއެޗްގެ އިސް ފަރާތެއްގެ ފަރާތުން އެނގުނީ ހުޅުމާލޭގައިކަން ސާމްޕަލްތައް ހުރީ. އެކޮޅަށް ގުޅީމަ ބުނީ އޭގައި ހުރީ އައިޖީއެމްޗްގެ ކޯޑަށްވީމައި ސާމްޕަލް ޕްރޮސެސް ނުވެއޭ. މިކަމުގައި އެޗްޕީއޭ އިން ޖަވާބެއް ނުލިބޭ. އެފަހުން ނެގި ސާމްޕަލްގެ ނަތީޖާ އެބަ ލިބޭ. އިތުރަށް ކަންތައް ކުރަންވީ ގޮތެއް، ދާންވީ ތަނެއް ނޭނގޭ. މިހާރު 20 ދުވަސް ވަނީ ބައެއް މީހުން ކަރަންޓީނުގައި." އޭނާ ބުންޏެވެ.
އެ އަތޮޅުގެ ރަށްރަށުން އޭގެ ފަހުން ނެގި ސުންކުތަކުގެ ނަތީޖާ ވެސް ލިބިފައިވާ އިރު އެ ނަތީޖާތައް ނުލިބޭތީ ގިނަ އާއްމުންގެ ކަންބޮޑުވުން ހުރި ކަމަށް އޭނާ ފާހަގަކުރެއެވެ. މިކަމާއި މެދު އަދި އެޗްއީއޯސީގެ ބަހެއް ނުލިބެއެވެ.
ފަހަކަށް އައިސް ބައެއް އެހެން ރަށްތަކުން ވެސް ކޮވިޑަށް ޓެސްޓް ކުރާ މީހުންގެ ނަތީޖާ ލިބުން ލަސްވެގެން ޝަކުވާ ކުރުން ވަނީ އިތުރުވެފައެވެ.
ރާއްޖޭގެ ހޮސްޕިޓލް ތަކުގަ މަސައްކަތްކުރާ 90% މީހުންނަކީ ވަރައް ފަރުވާކުޑަ ބައެއް އެތަނަށް ދާމީހާ ޖެހޭނީ އާދޭސްކުރަން ދެރައީ ކަމެއް ރަނގަޅުކުރަން ނޫޅެ ގައުމުގެ ވެރިމީހާވެސް އެމީހުންނަށް ސަނާ ކިޔާތީ
މިމަހުގެ 9 ވަނަ ދުވަހު ދެއްވަދޫ އިން ނަގާފައިވާ ސާމްޕަލްތަކުގެ ނަތީޖާވެސް އަދި ނުލިބޭ. އެޗްޕީއޭ ފަރުވާ ކުޑަކަމުން ހައްދު ފަހަނަ އަޅައިފި
ލ. އަތޮޅު ހިތަދޫއަށްވެސް ވަނީ މިމައްސަލަ ވަރަށް ބޮޑަށް ފާހަގަ ކުރެވިފައި. ނަތީޖާ ނުލިބި ގިނަ ދުވަސްވީމަ ކޮންމެ މީހަކުވެސް ރުޅި ގަދަވާނެ
ލ.އަތޮޅުގަ ވެސް ނުލިބޭ 9 ވަނަ ދުވަހު ސާމްޕަލްގެ ނަތީޖާ އެއް
އިސްދޫގަ 5 ވަނަ ދުވަ ހު ނެގި ސާމްޕަލް ވެސް ނުލިބޭ
ތި މީހުންނަށް ހަމަ އެކަނި އިގޭނީ ކަރަންޓީން ކުރަން އެކަނި. ދެން އޭގެ ފަހުން އެ ލިޔުން ހޯދަން ވެސް ޖެހޭނީ ތި މީހުން ކައިރީ އާދޭސް ކުރަން.
މާވަށުގަ ވެސް ބަލި ވ ބޮޑަށް އެބަ ފެތުރޭ. އަލާމާތްތައް ފެންނަ މީހުން ބައިވަރު. އަމިއްލަ އަށް ބޭސް ގަނެގެން ކަނީ ދެން. އޮންލައިންކޮއް ޑޮކްޓަރަށް ޑޮކްޓަރަށް ނުދެއްކި ޓެސްޓު ނުކުރެވޭ.. ކިޔާނެ ދުލެއް އަހާނެ ފަރާތެއް ނޭނގޭ
މާވަށުގަ ވެސް ބަލި ވ ބޮޑަށް އެބަ ފެތުރޭ. އަލާމާތްތައް ފެންނަ މީހުން ބައިވަރު. އަމިއްލަ އަށް ބޭސް ގަނެގެން ކަނީ ދެން. އޮންލައިންކޮއް ޑޮކްޓަރަށް ޑޮކްޓަރަށް ނުދެއްކި ޓެސްޓު ނުކުރެވޭ.. ކިޔާނެ ދުލެއް އަހާނެ ފަރާތެއް ނޭނގޭ. ނަތީޖާ ލިބުން ވެސް އެހާލަސް. ނަތީޖާ ލިބެންދެންވެސް ގެއަކު މަޑެއް ނުވޭ ގިނަ މީހުން.
ކަންކުރަންނޭގޭ ބަޔަކާ ކަންކަކަންކުރަން ހަވާލުކުރުމުގެކުރިން ނުވިސްނާނަމަ އަބަދުވެސް ވާނީ މިހެން ރައްޔިތުން ފައިސާއައްވޯޓް ވިއްކާލާފަ ދެންނިކުމެ ތިޔަ ސިކުވާކުރަނީ ހަވަލުކުރުމުގެ ކުރިން ވިސްނާލަބަލަ މި ކުރެވެނީ ކިހާވަރެއގެ ކަމެއްކަން ހަމަ ހުރިހާ އުދަގުލަކާއި ތުރަލެއްވާނީ ނިކަމެތި ރައްޔިތުންނަށް މިހާރު މި ދިވެހިރާއްޖޭގާ އާމްދަނީއެއް ހޯދޭނެ ގިނަ ދޮރުތައް ބަންދުވެއްޖެ ހަމައެކަނި ވަޒީފާތަކުގާ އުޅޭމީހުން ފިޔަވާ ދެންނެތް ޔަގީނުން އެއްލިބޭނެ ފަދަ އެގޭމީހެއް މިބުނީ އާންމު މަސައްކަތްކުރާ މީހުންގެ ވާހަކަ