މޫސުން ވަރަށް ގޯސްވެ، ހާލަތު އިތުރަށް ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ނެރުނު އޮރެންޖް އިންޒާރުގެ މުއްދަތު އިތުރުކޮށްފިއެވެ.

މެޓް އޮފީހުން މިއަދު އުތުރަށް ފުރަތަމަ އިންޒާރު ނެރުނީ މިއަދު މެންދުރު 15:15 ގައެވެ. އެ މުއްދަތު މިއަދު މެންދުރު ފަހު 5:00 އަށް ވަނީ ހަމަވެފައެވެ. މީގެ އިރުކޮޅެއް ކުރިން މެޓް އިން ވަނީ އިތުރު އިންޒާރެއް ނެރެފައެވެ.

މީގެ އިރުކޮޅެއް ކުރިން މެޓް އިން ނެރުނު އިންޒާރުގައި ބުނެފައި ވަނީ، ހއ. އަތޮޅުން ފެށިގެން ޅ އަތޮޅުގެ ރަށްތަކާއި ހަމައަށް މޫސުން ވަރަށް ގޯސްވާނެ ކަމަށެވެ.

އެގޮތުން މި ސަރަހައްދުތަކުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށާއި، ގަޑިއަކު 34 މޭލާއި، 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދާވެނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައި ވެއެވެ.

އަދި ކަނޑުތައް ގަދަވެ، ބައެއް ރަށްތަކަށް ރާޅު އަރާފާނެ ކަމަށް ލަފާ ކޮށްފައި ވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރަގައި ބައެއް ރަށްތަކަށް ދަނީ ގެއްލުންތައް ވަމުންނެވެ.