ނ. ކެނދިކުޅުދޫގައި ވަކި ތަރުތީބެއް ނެތި ސުންކުތަކުގައި ބިދޭސީންތަކެއް ފައްސިވެ، ރަށަށް އަރާ ފޭބުން މަނާ ކޮށްފިއެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް އަލީ ސަމީމް "ވަގުތު" އަށް ވިދާޅުވީ، ބިދޭސީން ފައްސިވެފައިވަނީ އެރަށުން ވަކި ތަރުބެއް ނެތި ނެގި 75 ސުންކުގެ ތެރެއިން ކަމަށެވެ. އެގޮތުން ތިން ބިދޭސީންތަކެއް ފައްސިވެފައިވާ ކަމަށް ސަމީމް ވިދާޅުވިއެވެ.

މިއާއި އެކީ އެރަށުން ފައްސިވި މީހުންގެ އަދަދު ވަނީ 14 އަށް އަރާފައެވެ.

ސަމީމް ވިދާޅުވީ، އެރަށުގައި ބަލި ފެތުރެން ފަށާފައިވަނީ އެރަށުން މާލެ ދަތުރު ކުރާ ބޯޓަކުން މީހަކު ފައްސިވުމާއި ހިސާބުން ފެށިގެން ކަމަށެވެ.

މި ހާލަތުގައި ރަށުގެ ހާލަތު ގޯސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް ވެސް އެބައޮތް ކަމަށް ސަމީމް ވިދާޅުވިއެވެ. އެހެން ކަމުން ރައްޔިތުން ބޭނުންވާ އެހީތެރިކަމާއި ބަލި އިތުރަށް ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވޭނެ ކަންކަމާއި ބެހޭ ގޮތުން މިއަދު ޓާސްކް ފޯހާއި ސިއްހީ މަރުކަޒާއި ކައުންސިލުން މަޝްވަރާ ކޮށްފައިވާ ކަމަށް ސަމީމް ވިދާޅުވިއެވެ.

ސަމީމް ވަނީ ކަމާއި ބެހޭ އިދާރާތްތަކާއި ކައުންސިލުން ނެރެމުން އަންނަ ބަޔާންތައް ރަނގަޅަށް ކިޔައި އެއަށް އަމަލު ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ފަރުދީ ޒިންމާއަދާ ކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ. އަދި މި ހާލަތުގައި މާސްކު އަޅައި މަޖުބޫރު ހާލަތުގައި ބޭރަށް ނުދިއުމަށް ސަމީމް ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮރަލް

    ލިޔެކިއުން ހުރިތޯ ބަލާލަ ބަލާށެވެ.

  2. މަރީ

    ހަޤީޤަތް އޮޅުވާލައިގެން އަލީ ސަމީމްއަށް ވާހަކަ ދެއްކިދާނެ.
    ބިދޭސީން ތަކެއް ނޫން ފައްސި ވީކީ ހަމައެކަނި. މާލެ ދަތުރު ކުރާ ދޯނި ބޭފުޅާ ކޮންމެ ފަހަރަކު މާލެއްލަށް ފައިބާ މާލެ ކުޑަކޮއްފަ ރަށަށް ދަނީ. ރަށަށް ގޮސް މުޅި ރަށިގެ ހުރިހާ ތާކަށް ދޭ . އެމީހާ ފައްސިވެގެން ނެގުނު ސާންޕަލް ތަކެއް ފައްސިވީ. އިނގިއްޖެ.

    3
    1
  3. އެދުރުބެ

    "މަރީ" ކަލޭ ކައިރިއަށްތަ މާލެ ދަތުރު ކުރާ ދޯނީގެ ބޭފުޅާ މާލެ ފައިބާ މާލެ ކުޑަކޮށްފަ ދަނީ.. ކޮންމެ ކަމެއްގައިވެސް އެއްބަޔަކު ބަލަނީ ފިތުނަ ފަސާދަ އުފައްދަން.. މިކަމުން އަރައިގަނެވޭތޯ ބަލަނީކީ ނޫން.. މީހަކާ ޖެހިފަ ހުއްޓަސް ތީ ބޮޑުވަރު.. އަލީ ސަމީމް އެއް ނޫން ދޮގު ހަދައިގެން ވާހަަކަ ދައްކަނީ "މަރީ" ވާހަކަ ދައްކަނީ ދޮގު ހަދައިގެން މީހުންނަށް އޮޅުވާލަން

  4. އެދުރުބެ

    މަރީ ކަލޭ ކައިރިއަށްތަ މާލެ ދަތުރު ކުރާ ދޯނީގެ ބޭފުޅާ މާލެ ފައިބާ މާލެ ކުޑަކޮށްފަ ދަނީ.. ކޮންމެ ކަމެއްގައިވެސް އެއްބަޔަކު ބަލަނީ ފިތުނަ ފަސާދަ އުފައްދަން.. މިކަމުން އަރައިގަނެވޭތޯ ބަލަނީކީ ނޫން.. މީހަކާ ޖެހިފަ ހުއްޓަސް ތީ ބޮޑުވަރު.. އަލީ ސަމީމް އެއް ނޫން ދޮގު ހަދައިގެން ވާހަަކަ ދައްކަނީ މަރީ ވާހަކަ ދައްކަނީ ދޮގު ހަދައިގެން މީހުންނަށް އޮޅުވާލަން