މިދިޔަ މަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެނަކު ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.

ފުލުހުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ ހދ. ނޮޅިވަރަންފަރު މޯނިންގ ސަން މިސްބާހް މުހައްމަދު ކަމަށެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް އެެދޭ ކަމަށާއި، އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ އެ މައުލޫމާތު 3322111 އަށް ނުވަތަ 9631696 އަށް ގުޅައި ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

ފުލުހުން ވިދާޅުވީ، އޭނާއަކީ ހިކި މީހެއް ކަަމަށާއި، އޭނާގެ ލޮލުގެ ކަޅިއަކީ ކަޅު ކުލަ ކަމަށެވެ. އަދި އޭނާގެ އިސްތަށިގަނޑުގައި ހުންނަނީ ކަޅު ކުލަ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސުވާލު

    ކޮންރަށަކުން ގެއްލުނީ؟ މާލެއިންތަ؟

  2. ހައިރާން

    މިދިޔަ މަހުންނޭ؟ މި ދިޔަ މަހުގެ ކޮންދުވަހަކުބާ؟ މިހާ ދުވަސްވީއިރު މިކަން ނޭނގިއޮތީ ކީއްވެބާ؟

    4
    1
  3. ޢަލީ

    ޢޭނާ ނޭފަތަކާއި ދެލޯވެސް ހުރެެވެ. ޢަދި ބޮލުގެ ދެފަރާތުގައި ދެކަންފަތް ހުރެއެވެ.

  4. ޕޮގުބާ

    ނުހޯދޭނެ ލޮލުގެ ކަޅި ބަދަލު ކުރެވޭނެ ލެންސް ލައްވައިގެން ބޯ ރަތް ކުރެވޭނެ އެހެންވީމަ ނުހޯދޭނެ