ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތެއް ލިބިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް ޚިއްސާ ކުރެއްވި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އިލްޔާސް މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވާކަމުގެ މައުލޫމާތު ކުރިން ލިބިވަޑައިގެންނެވި ކަމަށެވެ. އަދި އެކަން، ރައީސް ނަޝީދަށް ހިއްސާ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އިރުޝާދުގެ ދަށުން މިނިސްޓަރު މާރިޔާއަށް ގުޅުއްވައި އެ ކަން ޚިއްސާ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވި ގޮތުގައި، ރައީސް ނަޝީދަށް ސެކިއުރިޓީ ހަމަޖައްސައިދެނީ ޑިފެންސްއިން ކަމަށް ވާތީ، ޑިފެންސް މިނިސްޓްރީއާ އެ ކަން ޚިއްސާ ކުރުމަށް ފަހު، ދެން ފުލުހުންނަށް ނުވަތަ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެ ކަން އޭނާ ޚިއްސާއެއް ނުކުރައްވައެެވެ. އަދި ފުލުހުންނަށް ވަކިން ޚިއްސާ ކުރަން ޑިފެންސްއިން އަންގާފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިލްޔާސް މި ގޮތަށް ވިދާޅުވިއިރު، މިނިސްޓަރު މާރިޔާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ފަރާތުން އެ މައުލޫމާތު ލިބިވަޑައިގަތުމުން އެ ކަން ފުލުހުންނަށް ވެސް ޚިއްސާ ކުރެއްވުމަށް އެންގެވި ކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ އިންޓެލިޖެންސަށް ލިބިފައިވާ ކަމަށް އެ އިދާރާގެ އިސް ވެރިން ވިދާޅުވެފައިވާއިރު، ފުލުހުންގެ އިސް ވެރިން ވިދާޅުވަމުންދާ ގޮތުގައި، ފުލުހުންގެ އިންޓެލިޖެންސަށް އޭގެ މައުލޫމާތެއް ނުލިބެއެވެ. އެމްއެންޑީއެފްއިން ފުލުހުންނަށް އެ ކަން ޚިއްސާ ނުކޮށް އޮތް ކަމުގައި ބެލެވި ގިނަ ފާޑުކިއުންތަކެއް ވެސް ވަނީ އިންޓެލިޖެންސްތަކަށް އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ސަރީ

    މީ އަޅެ ވާހަކަ ވިހާ ބައެއްތަ!!ހަމަލާ ދިންތާ ހަފަތާއެއް ފަހުން އަނެއްކާ އަނެއްވާހަކަ!!ކަލޭމެން ގޭމްކަން ހުންނަވަރުވކިނަން ދެކިބަލަ!!އަނެއްކާ ބަޔަކަށް ނާއިންސާފުން ކަމެއް އަޅުވައިލެވޭ ގޮތް މަގުފަހިވީ ދޯ!!އަދި ދެތިން މަސް ފަހުން ބުނިނަމަ ތިގެން!!

    30
  2. ސަރީ

    އިންސާފޭ ކިޔާފަ އަނގަނާރުވާތި ދެން ވެރިކަން ބަދަލުވީމަ!!އިންސާފު ހޯދަން ކަލޭމެން އެހެެން ގައުމަކަށް ފޮނުވަދޭނަން އެދުވަހަކުން!!އަބަދު ރައްޔިތުން ގުންބޯ ހައްދައިގެން ތިހެން އުޅެވޭނެބާ!!

    31
  3. ބޭޗާރާ

    88 ނޮވެމްބަރު 3 ގައި ދިން ހަމަލާގެ މައުލޫމާތު ލިބިފައި އޮވެގެން އެ ހަމަލާ ނުހުއްޓުވުނީމާ އެއީ ރައީސް މައުމޫން ޒިންމާވާން ޖެހޭނެ ކަމެއްކަމަށް ވަރަށް ގިނަ ޖަލްސާތަކުގައި ވަރަށް އަޑުގަދަ ބޭފުޅުން ބާރުބާރަށް އެވާހަކަ ގޮވާހެދި. ރައީސް ނަޝީދަށް ދިން ހަމަލާގެ މައުލޫމާތު ދުރާ ލިބިގެން ފިޔަވަޅު ނޭޅިގެން ނުބެލިގެން ގޮސް ހަމަލާދީ އެތައް ގެއްލުމެއް ލިބިގެން ދައުލަތުން އެތައް ޚަރަދެއް ކުރަންޖެހުނީމާ މިފަހަރު ޒިންމާވާންޖެހޭނީ ކާކުބާ؟

    41
    2
  4. Anonymous

    މާރިޔާ ވަގުތުން އިސްތިއުފާ ދެއްވާ.
    ހިތްތަކުގެ ރައީސަށް މިހެއް ހެއްދެވީމާ ރުޅިގަދަވެއްޖެ. މަޖްލީހުގައި މާރިޔާގެ އިތުބާރު ނެތް ވޯޓް ނަގަންވީ. ކުރިން އެނގުނިއްޔާ ކީއްވެތޯ ފިޔަވަޅު ނޭޅެންވީ. ނަޝީދު ފަކީރަށް ހާދަވަރެކޭ ވެފައޮތީ. ހިތްވަރު ފުޅު ގަދަވެ ފެންނަށްވެސް ްްެްްްެްްްެްްްެްްެްްްެްްްެްްްްްެްްްެްްްެްްްެްްެްްްެްްްެްްއެހުރީ. ޤާބިލުކަން ހުރި ޑިފެންސް މިނިސްޓަރަކުލާން ރ. އިބްރާހީމަށް ދަންނަވަން

    10
    11
  5. މުޙައްމަދު

    ޙިއްޞާކުރުން ހިއްސާކުރުން ⁦✔️
    ޚިއްސާކުރުން ❌

    16
    1
  6. ތުރިޕުލްައެލް

    ދެން މާރިޔާދީދީ ތިމަގާމުގަ ހުންނައް ލަދުފަހެނުގަނޭތަ

    21
    1
  7. ވަޒީރު

    ޔާމީނަށް ވެސް ޓެރަރިސްޓް ހަމަލާއެއް ރައީސް ކަމުގައި ހުއްޓާ ބަޔަކު ދޭން އުޅެގެން ސެކިއުރިޓީ ވަރުގަދަކޮށް އޭކޭ47 ހިފައިގެން ބޮޑީ ގާޑުން އުޅެންފެށީމާ ބަޔަކު ޖޯކްޖެހި. ޔާމީނަށް ސެކިއުރިޓީއިން ދިން އެޑްވައިޒް ގަބޫލުކޮށް އަމިއްލަގެ ދޫވެހިން ނުކުމެ ހިލާލީގެއަށް ދިރިއުޅުން ބަދަލުކުުރި ވާހަކަ އަޑުއެހިން. ނަޝީދު ސެކިއުރިޓީ ކަންކަމަށް ސަމާލުކަންނުދީ އަބަދު ފިލްމް ކުޅެން އުޅުނީމާ އަތަށް ގޮވާނެ. ނަޝީދަަށް ބަޔަކު ކަމެއް ކުރަން އުޅޭނަމަ މިއަދުމިފެނުން ލޫޕް ހޯލަށްވުރެެ އެތަށްތަނެއް ބޮޑެތި ލޫޕް ހޯލްތައް އޭނަ އުޅޭ ގޮތުން ފެންނަން ހާމައަށްހުރޭ

    27
  8. މުޖޫ

    ކޮބާ 3 މިލިޔަން ޑޮލަރުގެ ވާހަކަ؟

    14
  9. އައާނިނީޔާ

    އަހަރއމެންނަށްޔަގީން ތީރާވައިގެން ހިންގާ ކަންތައްގަނޑެއްކަން

    18
    2
  10. ޜޮބަޓް

    ކުރިއަށް އޮތްތަނުގައި ތިކަހަލަކަމެއް މެދުވެރި ނުވާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތް. ޑިފެންސް މިނިސްޓަރ ވަޤުތުން ވަޤުތަށް އިސްތިއުފާ ދެއްވަންޖެހޭ ވަރުގެ ކަމެއް ތިޔަ ހިނގީ،

    17
    1
  11. ރަސް

    ކުރިއަށް އޮތްތަނުގައި ތިކަހަލަކަމެއް މެދުވެރި ނުވާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތް. ޑިފެންސް މިނިސްޓަރ ވަޤުތުން ވަޤުތަށް އިސްތިއުފާ ދެއްވަންޖެހޭ ވަރުގެ ކަމެއް ތިޔަ ހިނގީ،

    15
    1
  12. ޅަތީފް

    ކަލޭމެން ހާވަގެން އުޅޭ ހަޑިއަކާ ވައްތަ ރީ ލޮލް

    29
    2
  13. ޑީމަކްރަތީ

    ބަލައިލްޔާސް މިނާގާބިލްބަޔަކައް ކޮންކަމެއްކުރެވޭނި ހަމަކުރެވޭނެ ކަމަކީ ބަދަލްދިނުމާ ޖޫރިމަނާކުރުން ދެންވާނުވައެއްނޭގުން ފުލެޓްތަކައްވެސް މުއްޓެ ދޮރެއް ނެތް އެކަމަކު އެޑްވާންފައިސާނަގަންބުނާއިރު ކޮބައިލަދު ހުރިހާވެރިން އިސްތިއުފާދީފައިގެއް ފަހުން މައްސަލަތައްބަލާނަނަ މިނިވަ ން ކޮމެސަނަކު ބޭރުގެ؟؟

    23
  14. ލބބ

    ނަސީބެއް ތިމައުލޫމާތެއް އިދިކޮޅުމީހަކައް ނޭގުނުކަން. އެހެންނޫންނަމަ އެމީހުންބޮލުގަ ވ ނުބައި އިލްޒާމް އަޅުވާނެ. އިލްޔާސައްތިކަން އެގުނުއިރު އަންނިޔައް ނޭގުނީތީ ވ ހައިރާންވޭ. އަނެއްކާ އަންނިގެ ދަރިފުޅު ބުނިހެންނޫންބާ މިވަނީ.

    30
    • ކިޔާލީމަ

      އެކަން، ރައީސް ނަޝީދަށް ހިއްސާ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އިރުޝާދުގެ ދަށުން މިނިސްޓަރު މާރިޔާއަށް ގުޅުއްވައި އެ ކަން ޚިއްސާ ކުރެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

      15
      2
  15. އިބްރާހިމް

    އެމްޑީޕީގެ ވެރިކަން ރ ނަޝީދު ޙިސާރުކޮށްފައިވާތީ އެމްޑީޕީގެ ބޮޑުންވެސް ހިތްހަމަނުޖެހިފައިވާކަން މި ޙަމަލާއިން އެބަ ކަށަވަރުކޮށްދޭ. އަނެއްކާ ނަޝީދަކީ ރާއްޖޭގެ ޝަރުޢީނިޡާމުން އޭނަގެ މައްޗަށް ޙުކުމެއް ޖެހޭނެ މީހެއްނޫނެވެ. މިހާރު އިއްވާފައިވާ ޙުކުމްވެސް ތަންފީޒު ކުރުމަށް ދިވެހި ދައުލަތް ވަނީ ނުކުޅެދިފައެވެ. ރައްޔިތުން މިވަނީ ނަޝީދުގެ ފަރާތުން ލިބިފައިވާ އަނިޔާއަށް އަމިއްލައަށް ތަންފީޒުކުރަން ޖެހިފައެވެ.

    24
  16. ހުސޭނުބޭ

    ތިމައުލޫމާތު މާރިޔާއަށް ހިއްސާ ކުރުމަށް ވުރެ ރަނގަޅުވީސް ވެމްކޯ އަށް ހިއްސާކުރި ނަމަވެސް..

    28
    1
  17. ސަމްކުޅިބޭ

    ތިޔަތަހުގީގުގައި އިލްޔާސް ލަބީބު ހައްޔަރުކުރަން އެބަޖެހޭ.

    3
    1
  18. ޢބދ

    ކިހިނެހްބާ މީނަޔަށް އެނގުނީ؟