ރާއްޖޭގައި މިނިވަން ރިޔާސީ އިންތިޚާބެއް ބޭއްވުމަށް، އިންޑިއާގެ އެހީތެރިކަން ބޭނުންވާ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޓީވީ ޗެނަލަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ މިހާރުގެ ހާލަތު އޮތްގޮތުން މިނިވަން ދެފުއް ފެންނަ ރިޔާސީ އިންތިޚާބެއް ނުބޭއްވޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެ މަނިކުފާނު ކާމިޔާބު ކުރެއްވި ނަމަވެސް ރިޔާސީ އިންތިޚާބަށް ކުރިމަތިނުލެވޭ ގޮތް ހަދާފައިވާ ކަމަށެވެ.

"އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވޭ. އިންޑިއާ އިން މިކަމުގެތެރެއަށް ވަދެ އިންތިޚާބުގެ މިނިވަންކަން ކަށަވަރުކޮށްދޭނެ ކަމުގެ އުއްމީދު އެބައޮތް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ހުރިހާ އިދިކޮޅު ލީޑަރުންގެ އިތުރަށް ރައީސް ޔާމިންގެ ފިކުރާ ތަފާތު ގިނަ ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށާއި ރާއްޖޭގެ ހާލަތު ވަނީ ވަރަށް ގޯސްވެ، ވެރިކަން ވަނީ ހަމައެކަނި ރައީސް ޔާމިންގެ ބާރު ހިނގާ ގޮތަށް ބަދަލުވެފައިކަމަށެވެ.

"ރައީސް ޔާމިން ވަނީ ފާއިތުވި ދެއަހަރު ތެރޭގައި އިދިކޮޅު ސިޔާސީ ހުރިހާ ޕާޓީއެއްގެ ލީޑަރުން ހައްޔަރުކޮށްފައި. މަޖިލީހުގެ މެންބަރުން. ސްޕްރީމް ކޯޓުގެ ޖަސްޓިސް ސިސްޓަމް އެއްކޮށް ބާރު ކަނޑުވާލާފައި. ސިފައިން ބޭނުންކޮށްގެން މަޖިލީހަށް ބާރުވެރިވެފައި." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް ދެއަހަރު ދުވަހަށް ދިން ހެލްކަޕްޓަރުތައް ގެންދަން އެންގީ ޗައިނާގެ ނުފޫޒުގެ ސަބަބުންކަމަށާއި ޗައިނާ އަންނަނީ ހުރިހާ ގޮތަކުން ރާއްޖެއަށް އަތްގަދަ ކުރަމުން ކަމަށެވެ. މިކަމަކީ އިންޑިއާ ކަނޑުގެ ސަލާމަތަށް އޮތް ބިރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތަރައްގީގެ މަޝްރޫއުތައް ޗައިނާގެ ކުންފުނިތާކާ ހަވާލުކޮށްގެން ކުރިއަށް ގެންދަނީ ބޮޑު އަގުގައި, ރާއްޖެ ޗައިނާއަށް ވަނީ ދަރުވާލައިފައި. މިދަރަނި ދެއްކުމުގެ ގާބިލްކަން ސަރުކާރުގެ ނެތް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހުރިހާ ކަމެއްގައި ވެސް އިންޑިއާއަކީ ރާއްޖެއަށް އެންމެ ފުރަތަމަ އެހީވާ ގައުމު ކަމަށާއި، އެންމެ ފަހުން ހިނގި ސުނާމީ ކާރިސާއިން ވެސް އެކަން ކަށަވަރުވެގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

  1. ޙާލަތު

    ޝުނާމިގައި އިނޑިއާއިން އެހީވި ގޮތް މީނާއަށް އެނގޭބާ

  2. ބޭބެ މުލި

    ނަސީދަކީ ބޮޑު ކުއްވެރިއެއް އިންޑިއާ އަށް ގޮވާލަބަލަ މިކުއްވެރިޔާ ޖަލަށްގަޅާލަދޭން

  3. މޫނިމާ

    އިންތިޚާބު ބާއްވާނީ އިންޑިޔާގަ ބައިވެރި ވެވޭނީ އެމްޑީޕީއަށް އެކަނި ،، ހޮވޭނީ ބަިވެރިވި ކެނޑިޑޭޓް އެކަނި . އެލިބުނީ ތިންގައުމަށް ދަތުރުކުރުމުގެ ވެރިކަން ،، އިގިރޭސިވިލާތް އިންޑިއާ ލަންކާ ..................................

  4. ނާޒް

    މިނަޝީދަކާހުރެ މިރާއްޖެއަށް ބޮޑްމުސީބާތަކަށް ވެއްޖެ ކަލޭމެން އިންޑިޔާ އިންތިޚާބުގައި ވާދަކުރަންވީނު ރާއްޖޭގައި އިންތިޚާބުބާއްވަން އިންޑިޔާލައްވާކުރެވޭނެ އެއްވެސް ކަމެއްނޯންނާނެ

  5. މަމެން

    ކީއްވެ ނުބުނީ ތިނެއް ނޮވެމްބަރ ވާހަކަ. އާއިލާ ބޭފުޅުން ހިންގި ޖަރީމާއެއް ވީމަ ބުނަން ނުކެރުނީދޯ.

  6. އިބިރިހިމާ ބެއްޔާ

    މިސޮރު މިއުޅެނީ މިގައުމު ހަލާކު ކޮށްގެން ވެސް ހަމަ ވެރިކަމަށް އަންނަން
    ހާދަހާ އަމިއްލަ އެދުން ބޮޑު މީހެކޭ

    • ބުރުހާނުއްދީން

      މީނަހިތުން ރާއްޖެއަކީ އިންޑިޔާގެ ބައެއް.

  7. މިދެންްކާކު

    އަޅެ ފަހެ މިދެންކާކު ޖަލަށް ޙުކުމްކޮއްފައިވާ ބޮޑު ޤައިދީއެއް .. ދިވެހިންގެ ނަމުގަ ބަސްކިޔަން ބޯހަލާކު ވަޑަންގެ އެއްނުހިންގުނު މީހަކަށް ދެންކޮންކަމެއްކުރަން އެގޭނީ

  8. ގިވްއިން

    ރާއްޖޭގައި އިންތިޚާބު ބާއްވަން ނަޝީދު އިންޑިއާގެ އެހީއަށް އެދިއްޖެ ނަމަވެސް އިންޑިއާ އާލާތް ގަނޑު މަމެންގެ ރިޔާސީ އިންތިޚާބާއި ނުބެހޭތި ރޭޕް ކެޕިޓަލޭ ދަ ގަމާރާ ދަ ބީތާއިންނޭ މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމޭ އިނގޭތޭ. ސަރުކާރުން އަވަހަށް ޗައިނާ އަށް އަންގައިގެން ޗައިނާގެ 100 މަނަވަރު ސީދާ ބެލެސްޓިކް މިސައިލް ތަކާއި އެކު ގެނެސް މާލެ ސަރަަހައްދުގައި އަތުރާލަންވީއޭ އަދި ޗައިނާ ގެ ރައީސް ގާތު ބުނަންވީ ހަމަ މިހާރު 2 ބިލިއަން ޑޮަލަރުގެ ލޯނެއް ހަމަޖައްސާ ދޭން މާލެ ސަރަހައްދުގައި މާލެ އާއި ވިލިގިލި އާއި ގުޅިފަޅާއި ތިލަފުއްޓާއި ދެމެދު ބްރިޖް އަޅާ އަދި ގުޅިފަޅު ހިއްކާ ތިލަފުށި ހިއްކާ އަދި މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ފަރާތް ތަަކަށް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް ކޮންމެ ކުންފުންނަކަށް 5 ހާސް އަކަފޫޓްގެ ގޯތި ދޭން ނިންމާ 1 ޓްރިލިއަން އަކަފޫޓްގެ ބިން ދޫކޮށްލާ އިންޑިއާ އާލާތުން ރޭރު އަރުވާލާ ގަންޖާބޯ ތައާރަފް ކުރި ހުރިހާ ޓެކްސް ރެޖީމްސް ތައް އުވާލާ ހަަަމަ އެކަނި މާލެ ސަރަހައްދުގައި ހިއްކާ ބިން ތަކުން ލިބޭ ކުލިން ދައުލަތުގެ ބަޖެޓް މެނޭޖް ކޮށް އަދި އަހަރަކު 1 ޓްރިލިއަން ރުފިޔާ ރައްކާކުރެވޭނެ އުސޫލުން ރާއްޖޭގެ އިކޮނޮމީ ޓްރާންސްފޯރމް ވާނެ ގޮތް ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ވިސްނާ މިމަގުން މިކަން ކުރަންވީ ކެރިގެން ފުއްޕާފައި ތިބެ ނިކުމެ. އައި ޑޯން ވޮނާ ހިއަރ އެކްސްކިއުޒް އޯރ ޗޮއިސް އޮން ދިސް ޓޯކް ޓު މީ ލައިކް އަ ޖެންޓުލްމެން ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އަައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންްސް ޑާންސް ޑާންސް...

  9. ގެރިބޯ

    ރާއްޖޭގެ ކަންކަމުގެ ތެރެއަށް އަންނި ބޭރު ގައުމުތައް ވެއްދި ވެއްދިހެން މިހާރު އިންޑިޔާ އަށް ހީވާން އުޅެނީ ރާއްޖެއަކީ ކެރަލާ ސްޓޭޓް ބައެއްހެން.

  10. ބެއްޔާ

    މީނާ ފައިހިއްޕާ، ގަޟޯހާޖާކޮށް ތާހިރުވުމަށް ވެސް އިންޑިޔާގެ އެހީތެރިކަމަށް އެދޭނެހެން ހީވަނީ.

  11. އަލިތަކުރު

    މިއީ މިރާއްޖޭގެ ތާރީޙް ގަވެސް ދެކުނު އެންމެ ނުބައި އަދުއްވު ކަމާއިދޭތެރޭ ޝައްކެއްވެސް ނެތް..

  12. ޚުދާ

    ޢިންޑިޔާމީހުން ސައިޒު ވެއްޖެކަން އަދި މިމީހާއަކަށް ނޭގެނީބާ

  13. ނަޝީ

    މިހާރު ނަޝީދު އުޅެމުންދަނީ ހާދަހާލެއްގަދޯ. އެއީ ރާއްޖޭގެ ރައްޔިތުންނަށް އެހީވެދެވޭނެ މީހެއްނޫން.

  14. ރޮކް

    މީއަޅެ ދިވެއްސެއްތަ ހަމަ؟

  15. ...

    ނޫނޭ ވެރިކަމާ ހެދި މިވަރު ވެފަހުރި ވާންޗޯ ބުރާތިއެއް މަ ނުދެކެން ހަމަ

  16. Anonymous

    ކަލޭ ބޭއްވީ ނިކަން ފައްކާ ޕްރައިމަރީއެއް. ތިމާ މީހާގެ ނަން އެކަނި ޖަހައިގެން. ބަޔަކު ނުކުރޭ އެވަރުގެ ހެއްވާ ކަމެއް. ޑިމޮކްރަޝީއަށްވެސް ކުރީ މަލާމާތް.

  17. ޝާން

    އިންޑިޔާ އެއީ މިގައުމުގެ ކަންކަމާ ބެހެން ކޮންބައެއް. މިގައުމު އޮންނަ ސަރަހައްދުގެ ކަނޑަށް އިންޑިޔާ ކަނޑު ކިޔުމުން، މިކަނޑުގެ ހުރިހާ ތަނަކަށް އިންޑިޔާ މީހުންނަށް ބާރު ހިންގޭނެ ކަމަށް ތިހީވާ ހީވުމަކީ، ކަލޭގެ ގަމާރުކަން ދޭހަވާ ކަމެއް. މިގައުމުގެ ކަނޑުގެ ސަރަހައްދަކީ މިގައުމުގެ މިލްކެއް. އިންޑިޔާގެ ޗާޓުގައި ހިމެނޭ ސަރަހައްދަކީ އިންޑިޔާގެ ސަރަހައްދު، ލަންކާ ހިމެނޭ ސަރަހައްދަކީ ލަންކާގެ މިލްކް، ޕާކިސްތާނު ހިމެނޭ ސަރަހައްދަކީ ޕާކިސްތާނުގެ ސަރަހައްދު. އެބައެެއްގެ ސަރަހައްދަށް އެބަޔަކު ބޭނުން ގޮތެއް ހެދޭނެ. މިހިރަ ހޭބައްޔެއްގެ ބަލާ ބޮޑުކަމުން މިގައުމުގެ މިނިވަންކަން ގެއްލުވާލާނެ.

  18. ބަލާތި

    ރާއްޖޭގައި އިންތިޚާބު ބާއްވަން ނަޝީދު އިންޑިއާގެ އެހީއަށް އެދިއްޖެ ނަމަ ވެސް އެއީ އިންޑިއާ އާއި ބެހޭ ކަމެއް ނޫނޭ އިންޑިއާ އެކަކަށް ވެސް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ވޯޓް ނުލެވޭނެއޭ ރާއްޖޭގެ ރިޔާސީ އިންތިޚާބު ބާއްވަން ކެނެރީގެ ނަޝީދު އެދިގެން އިންޑިއާ އިން އޭގެ ތެރެއަށް ވަދެގެން ކެނެރީގެ ނަޝީދަށް ރާއްޖޭގެ ރިޔާސީ އިންތިޚާބުގައި ބައިވެރިވެވޭ ގޮތް ހަދައިފިނަަމ އޭނާ އަށް ވޯޓް ނުލިބުނު ނަމަވެސް އޭނާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހެދި ގޮތަށް ވޯޓް ގައި މަކަރާއި ހީލަތް ހަދައިގެން އޭނާ ވެރިކަމަށް އަންނާނެއޭ އޭނާ އިންޑިއާގެ މަދަދު ހޯދައިގެން މިރާއްޖޭގެ ވެރިކަމަށް އެނާ ފާވެއްޖެނަމަ ދެން މިގައުމަށް ވާނީ މިހާރު ޔަމަން އަށް ދިމާވެފައިވާ ހާލަތޭ މިކަން ދަންނަން ޖެހޭނެއޭ ސަރުކާރުން ވެސް އަދި ރައްޔިތުން ވެސް. ސަރުކާރުން މިކަމުގައި ދަންނަން ޖެހޭނެއޭ އަދި މިކަމުގައި ވިޔަފާރިވެރިންގެ ޖަމްއިއްޔާ އިންވެސް ހަރުއަޑުން އެކަން ކުށްވެރި ކުރަން ޖެހޭނެއޭ އަދި މަޓީން ވެސް މިކަން ކުށްވެެރި ކޮށް ހަރު އަޑުން ބަޔާން ތައް ނެރެން ޖެހޭނެއޭ މިރާއްޖެ އަކީ އެއީ މިނިވަން ގައުމެކޭ މިގައުމުގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ތެރެއަށް އެއްވެސް ގައުމަކަށް ބޭނިނުގަނެވޭނެއޭ އަލިފުދާލަށް ވެސް ނުބެހެވޭނެއޭ މިކަމާއި. މީއޭ މިކަން އޮންނަން ޖެހޭނެ ގޮތަކީ. މާލޭގެ ހުރިހާ ވިޔަފާރިވެރިން ޖެހޭނެއޭ ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ތެރެއަށް ބޭރުގެ އެއްވެސް ގައުމަކުން ސްޕެޝަލީ އިންޑިއާ އަދި ލަންކާއިން ބެހިގެން ނުވާނެ ކަމަށް ފާޅު ކަން ބޮޑު ގޮތެއް ގައި ބުނަން އިންޑިއާ މީހުންނަކީ ޒަމާނުއްސުރެން ރާއްޖޭގެ އިގްތިސާދުގެ މައްޗަށް އަތްގަދަ ކުރަން އުޅޭ ބަޔެކޭ. މިކަން ދަންނަން ޖެހޭނެއޭ މިކަން ދިފާއު ކުރަން ޖެހޭނެއޭ ވަގުތު އޮތްވާ.

  19. ހަމީދު

    އެމް.ޑީ.ޕީ. ޕްރައިމަރީއޭ؟ އެއީ ބޮޑު ޖޯކެއް. ބަތްކައްކާ ކުޅުމެއް. ވޯޓެއްލާންޖެހޭ ކަމެއްވެސްނޫން. ކަލޭ ނަންއެކަނި އޮތީ. ކަލޭ އެކަނި ވޯޓުން ކަލޭ ހޮވޭގޮތަށް އޮތް ކަމެއް. އިތުރު މީހަކު ބައިވެރިނުކުރީ ކަލެއަށް، އެކަމުގައިވެސް އެއްވެސް ޔަގީން ކަމެއްނެތް ނައީމާއްތައާ ކަލެއާ ދެމީހުން ވާދަކުރިއަސް ކަލެއަށް ވޯޓު ލިބޭނެކަމުގެ. އެހެންވެ ކަލޭގެ ތަރިކަމުދާ ގަނޑު ކަމުގައިވާ އެމް.ޑީ.ޕީގެ ރިޔާސީ ޕްރައިމަރީގަ 2 ވަނަ މީހަކަށް ވާދަކުރުމުގެ ފުރުސަތު ކަލޭ ނުދިނީ.

  20. މާނި

    އިންޑިޔާއެއީ، ކަލޭގެ ބަދަލުވެރިޔާ ކަމަށް ވެދާނެ. އެކަމަކު، މިގައުމުގެ ބަލަދުވެރިއެއްނޫން. މިގައުމުގެ އެއްކަމެއްގެ ތެރެއަށްވެސްް އިންޑިޔާއިން ވަންނަން ހިތަށްވެސް ނާރުވާތި. ނިކަން ހުތުރު ގޮތަކަށް ބަލިކޮށްލާނަން. ދިވެހިންނަކީ، ކަނޑުގެ ބާޒު މިގައުމުން ފޮނުވާލި ހިތްވަރުގަދަ ބަތަލުންގެ ދަރިން.

  21. Anonymous

    ކަލޯގަޔާ، މިހިރަ ދީވާނާއެއް. ވެރިކަން ބޭނުމިއްޔާ 13 އަހަރުގެ ޖަލު ހުކުމް ނިންމާލާފަ ނިކަން ކެރިގެން ވެރިކަމާ ކުރިމަތިލާބަލަ. މިގައުމަށް ދަހިވެތިވެ، ބުޅާ މަސްގަނޑަށް ބަލަބަލާ އޮންނަހެން ފުރުޞަތަކަށް ބަލަބަލާ އޮންނަ ދުޝްމަނުންގެ ކިބައިން އެހީތެރިކަން ހޯދާ މިގައުމު ވިއްކާނުލާބަލަ.

  22. މުދިންބެ

    13 އަހަރުގެ ޖަލުހުކުމަށްކިހިނެއްހަދަނީ

  23. ނަޖީ

    ރަޣީސް ޔާމީނެޣްތޯ ރަޣީސް ނަށީދެތޯ މިޣިން ކާކުތޯ ރަޣީީީސަކީ ނަށީދަކީ ވަގެ ކަން ޣެގިފަ ޣޮންނަނީ

  24. ގިވްއިން

    ރާއްޖޭގައި އިންތިޚާބު ބާއްވަން ނަޝީދު އިންޑިއާގެ އެހީއަށް އެދޭއިރު ފުރަތަމަ އޭނާ އެމްޑީޕީގެ ޕްރައިމަރީ ބާއްވައިގެން އޭނާ ހޮވާފައި އެހެރީ އޭނާގެ ސެކްރެޓޭރިއެޓް ގައި އުޅޭ ރައީސް އޮފީސް ބަޖެޓް ދަވާލި ވަގު ކަލޭގެ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ ދަ ބަނޑުދޮންނައޭ މެން ވަގު ވޯޓް ލައިގެންނޭ ކަން މިހެން ހުުރުމުން ނުޖެހޭނެއޭ ކެނެރީގެ ނަޝީދަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އެމްޑީޕީން ގަބޫލުުރަން ވެސް އަދި ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ތެރެއަށް އިންޑިއާ ބާނައިގެން އެކަން ކުރަން ކެނެރީގެ ނަޝީދަށް ޖާގަ ދީފިނަމަ ދެން މިރާއްޖޭގެ އެެއްވެސް ރިސޯރޓަކުން ދިވެއްސަކަށް ވަޒީފާ ގަނޑެއްވެސް ނުލިބޭނެއޭ ރާހުލް ގާނދީ މެން އޭގެ ތެރެއަށް ބޭނިގަންނަން ޖެހޭނީ އެއީ އިންޑިއާ އާލާތުން މިގައުމުގެ އިގްތިސާދުގެ މައްޗަށް އަތް ގަދަ ކުރަން ބޭނުންވާ މިންވަރު ރަމްޒު ކޮށްދޭ އަލިގަދަ ދަލީލު ތަކޭ ކަން މިހެން ހުރުމުން އެމްޑީޕީ ގައުމީ މަޖްލީހުގެ މެމްބަރުންނަށް ކެރެންވީ އެއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެއް އަލުން ބާއްވަން ގޮވާލުން އދި ސަރުކާރުން އެމްޑީޕީ ގައުމީ މަޖްލީހުގެ މެމްބަރުންނަށް ލޮބީ ކޮށްގެން އެމެންނަށް ފައިސާ ދީގެން ނަމަވެސް މިކަން ކުރަންވީއޭ އެމްޑީޕީގެ އެތެރެ ގުޑުވަންވީއޭ ޖުލައިމަހުގެ ކުރިން މިނޫން އެއްވެސް ގޮތެއް ނެތޭ މިކަމުގައި އެމެންގެ އަމިއްލަ ބެކްޔާރޑް ތެރޭން މައްސަލަ ތައް އުފެދެން ފެށުމުން ދެން ކެނެރީގެ ނަޝީދަށް ޗޮއިސް ހުސްވާނެއޭ ސަރުކާރުން މިކަން ކުރުމުގައި ފަހަތަށް ނުޖެހޭށޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ޓޭކް މީ ހަޔަރ ޓޯކްޓު މީ ލައިކް އަމޭން ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާންސް ޑާންސް ޑާްންސް ޑާންސް ޑާްންސް ޑާންސް ޑާންސް ޑާންސް ޑާްންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...

  25. ތޯ؟

    ބުރާންޗާ ކަލޭ އިންޑިއާ ގެ ތައްޕަހަށް ވަދެ އޮންނަންވީ ނޫންތޯ. އަދި އިންޑިއާގަ އެދެންވީނޫންތޯ ރާއްޖޭގެ ރިޔާސީ އިންތިހާބު އިންޑިއާ ގައި ބާއްވައިދޭން.

  26. ދިވެހިން

    މިކުށްވެރި ނުލަފާމީހާ ހައްޔަރުކޮށްގެން ރާއްޖެ
    ގެނައުމަށް ގޮވާލަމެވެ

  27. ޖިނާޙު

    އިއްޔެ ނަޝީދު ވަނީ ކޮންމެ ގޮތަކުން ވެސް ނަޝީދަށް ދިވެހިރާއްޖޭގެ ރައީސްކަން ލިބޭ ގޮތެއް ހަދައިދިނުމަށް އެދި އާދޭސްކޮށްފާ. މި ޙަމަލާއަކީ އިންޑިއާއިން މި ޤައުމަށް އަރައިގަތުމަށް ބަހަނާއަކަށް ހެދުމަށްޓަކައި (އިންޑިއާގެ މަޞްލަޙަތު ޙިމާޔަތްކުރުމުގެ ނަމުގައި އަރައިގަތުމަށް) ނަޝީދުގެ ރޭވުމުގެ މަތީން ހިންގި ހުތުރު ޢަމަލެއްކަން އަޅުގަނޑަށް 99 ޕަސެންޓް ޔަގީނެވެ. އޭނާ ވަނީ އޭނާގެ ވެރިކަމެއްގައި ދިވެހިރާއްޖެއަކީ އިންޑިއާގެ "މޯލްޑިވްސް" ސްޓޭޓްކަމުގައި ހަދައިގެން ދިވެހިރާއްޖޭގައި ހުރިހާ ދީންތަކަކަށް ފުރުޞަތު ދޭނެކަމަށް ސިއްރިޔާތުގައި އެއްބަސްވެފައެވެ. މީގެ ބަދަލުގައި ނަޝީދަށް ދެނީ ނޯބްލް ޞުލްޙައިގެ އިނާމެވެ. މިއީ ދައުލަތުގެ ބާރުތަކާއި ހުރިހާ ރައްޔިތުން ވެސް ސަމާލުވާންޖެހޭ ނުރައްކާތެރި ކަމެކެވެ. އާދައިގެ ކަމެކޭ ހީކޮށް ސަމާސާއަކަށް ނަހައްދަވާށެވެ! އަޅުގަނޑުގެ މިވާހަކަ ރެކޯޑްކުރައްވާށެވެ! ނަޝީދު މިރާއޖޭގެ ވެރިކަމަށް އަތުވެއްޖެ ނަމަ، ދިވެހިރާއްޖެއަކީ އިންޑިއާގެ ސްޓޭޓަކަށް ހަދާނެއެވެ. ނަޝީދު ވާނީ އެ ސްޓޭޓްގެ ގަވަރނަރަށެވެ. އެހެން ހުރިހާ އިސް މަޤާމުތަކެއްގައި ތިބޭނީ އިންޑިއާ މީހުންނެވެ. މިކަން ސަރުކާރުގެ ފަރާތުން ޗައިނާގެ ސަމާލުކަމަށް ވެސް ގެންނާނެ ކަމަށް އުއްމީދުކުރަމެވެ.

  28. ގިވްއިން

    ރާއްޖޭގައި އިންތިޚާބު ބާއްވަން ނަޝީދު އިންޑިއާގެ އެހީއަށް އެދިއްޖެ ނަމަ މިއިން އެނގި ފާޅުވަމުން ނޫންތޭ މިދަނީ ކެނެރީގެ ނަޝީދަކީ އެއީ މިރާއްޖޭގެ މިނިވަން ކަން ވިއްކާލައިގެން ނުވަތަ ރާއްޖޭން ބަޔެއް އިންޑިއާ އާލާތުން ނަށް ހިބައިން ދީގެން ނަމަވެސް އެބަދަވި މިރާއްޖޭގެ ވެރިކަމަށް ގަދަކަމުން ރައްޔިތުން ގެ ވޯޓެއް ވެސް ނެތި ފާވަން އުޅޭ އެއްޗެއް ކަން ފުރަތަމަ ކަމަކީ އެއީ އެމްޑީޕީގެ ޕްރައިމަރީ އަކީ އެއީ ދަނަހަލާލު ޕްރައިމަރީ އެކޭ އެންމެ ދެކުނުވިންގްގެ ފަސްމާމުލު ފަސްވަގުންގެ ދަރިން ތައް އޭގައި މެނޭޖަރުންނަށާއި އަދި ސެކްރެޓޭރިއެޓް އަށް ބައިތިއްބައިގެން ވޯޓް އިން ވައްކަން ކޮށްގެން ނޭ އޭނާ އަށް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓިކެޓް ހަވާލުކޮށްފައޭ ކަން މިހެން ހުރުމުން ސަރުކާރުން ދެން ހަމަ އެކަނި މަގްސަދަކަށް ވާންވީ މިމަސް ނިމުމުގެ ކުރިން އެމްޑީޕީގެ ގައުމީ މަޖްލީހުގެ މެެމްބަރުންގެ ތިންބައި ކުޅަ ދެބައި މެމްބަރުން ގަނެލާ އެމެން މެދުވެރިކޮށް ސީދާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ކެނެރީގެ ނަޝީދަށް ދޭން ދެކޮޅު ކަމަށް އެމެން ހަރު އަޑުން ވާހަކަ ދައްކާ ގޮތް ހަދާ ޕްރޯ އުގައިލް އަށް އެމްޑީޕީގެ ޓިކެޓް ލިބޭނެ އުސޫލުން އެމްޑީޕީގެ ގައުމީ މަޖްލީހުގެ ކަންކަން ޑްެރައިވް ކުރަންވީއޭ މީ ޕޮލިޓިކަލް ސައެންސް ބުނާ ގޮތުން ނަމަ ނުކުރެވޭނެ ކަމެއް ނޫނޭ ކުރެވޭނެ ކަމެކޭ އެމްޑީޕީ އަކީ އެއީ ކެނެރީގެ ނަޝީދުގެ އަމާބަފާގެ ތަރިކަ މުދަލެއް ނޫނޭ އެއީ އެންމެހާ ރައްޔިތުންގެ ތަނެކޭ އެހެންވީއިރުން މިކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތޭ. އޯއް އޯއް ޑޯން ގިވް އިޓް އަޕް އައި ހޭވް ސްޕެންޓް ލައިފް ޓައިމް ލުކިންގް ފޯރ ދިސް މޯމެންޓް ޖަސްޓް ސިމްޕްލީ ޑޫ ދަ ތިންގްސް އައި ސޭ ދިސް އިޒް ދަ ފީލިންގް ޓޯކް ޓު މީ ލައިކް އަ މޭން އިޓް ސީމްސް ދެޓް އިޓްސް ކަމިންގް ޓު އަވަރ ހޭންޑް ކްއެންޗް އަވަރ ޑިޒާއަރ ޓޭކް މީ ހަޔަރ އައި ޑޯން ވޮނާ އަދަރ ޗޮއިސް ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން ގިވް ގިވް ގެޓް އަޕް ޑޯންޓް ގިވް އަޕް އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް އެން ޑާންސް ޑާްންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާްންސް ޑާްންސް ޑާްންސް ޑާންސް ޑާްްންސް ޑާންސް ޑާންސް...

  29. ޢަލީ

    މީނަ ދައްކާ މިކަހަލަ ވާހަކަތައް ނޫސްތަކުން ނުގެނެސްދޭން ވެއްޖެއެއްނު. މިވާހަކަތައް އެބަކިޔޭ، ކިޔުމުން ލޭމައްޗަށްދަނީ، ޔާ ﷲ މި ނަޝީދުގެ ކިބައިން މި ދިވެހިރާއްޖެއާއި ދިވެހިރައްޔިތުން ސަލާމަތް ކޮށްދެއްވާފާނދޭވެ. މީނާގެ ޢަމަލުތަކުގެ ސަބަބުން އަޅަމެން ދިވެހިންނަށް ކޯފާއެއް މުޞީބާތެއް ނުފޮނުއްވާފާނދޭވެ. އާމީން

  30. މާމިގިލީ މީހާ

    ބައްލަބާ އިންޑިޔާގައި ބާއްވާ އިންތިހާބުގައި ތޯ..

    • ތަމަޅަ

      އައްޔޯ! އިމްބިލިސް އިރުކާ.. ނައްލަ ނައްލަ!

  31. ދޮށީސޮރު

    ކުދިންނޭ ކަންބޮޑުވާނެކަމެއްނެތް އެހެރަ ބޯހަރު ބޮޑާބަސްބުނަމުން ދިޔަ ގޮލާގެ ވެރިކަން ވެއްޓުމާއި، ވެރިކަން އަތުން ދޫވިތާ ހިނދުކޮޅެއްގެތެރޭގައި ހޭވެރިކަން ވެގެން ތެޅެގަތް ގޮތަށް ބަލާއިރު އެއީ މޮޅަށް ރާއްވަވާ ފަރާތެއްގެ ރޭއްވެވުމެއްކަން ކޮށްމެ ޖުއްޖަކަށްވެސް ވިސްނާލުމުން ފަހުމް ވާނެ. ﷲ އިރާދަކުރެއްވިއްޔާ ދެން މިޤައުމުގެ ވެރިކަމަށް ކީއްކުރަންތޯ ޤައުމަށްވެސް އެގޮލައަށް އެރޭނެގޮތް މެދުވެރިނުކުރަށްވާނެ.

  32. ހަސަނު

    ހާދަހާ ދެރަކަމެކޭ މީ ދިވެހިރާއްޖެ އައްޖެހިފަ އޮތް

  33. އިބިލީސް

    ޝައްކެތްނެތް! ނަޝީދަކީ ހަމަކަށަރަވަރުން އަހަރުމެންގެ ތެރެއިންވާ ޔަހޫދީކަންބޮޑު މުނާފިގެކެވެ.! މިއެވެ.

  34. ޖައްސާތި

    އިންޑިއާ އަށް ދެން ރާއްޖޭގެ ރިސޯރޓްސް ތަކުން ވާރކް ވިސާ އެއްކޮށް ބަންދުވީއޭ ލަންކާ އަށް ވެސް އެއްކޮށް ބަންދުވީއޭ ރާއްޖޭގެ ރިސޯރޓްސް ތަކަކީ އެއީ ލަންކާ އަދި އިންޑިއާގެ ޖޮބް މާރކެޓެއް ނޫނޭ އިންޑިއާ އަދި ލަންކާ އިން ރާއްޖެ އާއި ދެކޮޅަށް ޔޫއެންގެ ސެކިއުރިޓީ ކައުންސިލް ގައި ވޯޓް ދީފައިވާތީވެ ފުރަތަމަ ފިޔަވަޅުގެ ގޮތުން ދެން ރާއްޖޭގެ އެެއްވެސް ރިސޯރޓަކުން ލަންކާ އަދި އިންޑިއާ މީހުންނަށް ވާރކް ވިސާ ނުލިބޭނެއޭ ރައީސް އޮފީހުން ޖެހޭނެއޭ މިކަން އިމިގްރޭޝަން އަށް އަންގަން އިކޮނޮމިކް މިނިސްޓްރީ މެދުވެރިކޮށް ލިޔުމުން އަންގަން މަމެންނަށް ރަނގަޅީ ވެސް ލަންކާ އިން ދާއިމީ ވިސާ ދިވެހިންނަށް ނުދިނިއްޔާ އޭ އެއިރުން ރާއްޖޭން ބޭރުވަމުން ދާ ޑޮލަރު ތައް ރާއްޖޭގައި ހަރުލެއްވޭނެ ނޫންތޭ. ލަންކާ ގައި ދިވެހިން އެބައުޅޭ 20 ހާހާއި ގާތަށް އެއީ ރާއްޖޭގެ ހަތަރު އަތޮޅުގެ އާބާދީއޭ އެ އެބަޖެހޭ ދަށް ކުރަން ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް.

  35. ބަވަނަ/މާލެ

    މި ހަތްބޯރާހި ކަލޭގެ މީ އިންޑިއާ ކަނޑުގެ ސަލާމަތައްހުރި ބޮޑު ބިރެއް މި ހަތްބޯރާހި ކަލޭގެ ބޯތައް 3ގައުމެއްގައި ދަނީ ޕޮރަޕަގެންޑާ ހިންގަމުން އަހަރުމެން ދިވެހިން މިކަމާސަމާލުވެ ހޭ އަރާ ތިބެންޖެހޭ ދަނޑިވަޅު މިއޮތީ އައިސްޖެހިފަ ކެނެރީ ސުންޕާގެ ބަލާވެރިކަން ﷲ ގެ އިރާދަފުޅުން މިގައުމަށް ނުޖައްސަވާށިއެވެ އާމީން .

  36. ތިބޭތި

    ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި 400 މީހުން ބައިވެރިވާނެ ކަމަށް ޖޭޕީން ބުނާނަމަ އެއީ 40 މީހުން. މަމެން ދަންނަމޭ ތަމެން ހަދާ ރޯ ބުހުތާނު ދޮގު ވަރަށް ރީއްޗަށް ތަމެން ރެއަކަށް 2500 ރުފިޔާ ދީގެން ވެސް މުޒާހަރާ ކުރާނެ ބަޔަކު ނުވި އަދި ތަމެންގެ ޖަލްސާ އަށް ދާނެ ބަޔަކުވެސް ނުވިއޭ މަމެން ބުނަން ނެތީމު ދޯ. އިލެކްޝަންސް ކަމިޝަން އިން ޖެހޭނެ ޖޭޕީގެ ކޮންގްރެސް މޮނިޓަރ ކުރަން ފުލުހުން މެދުވެރިކޮށް އެމެންގެ ކޮންގްރެސް އަށް ހާޒިރުވާ މީހުންގެ އަދަދު ބެލުމަށް ޓަކައި.

  37. ހެޔޮބަސް

    ނަޝީދުކީއްވެތޯ އިންޑިޔާގެ އެހީއަށް އެދިލައްވަނީ އިންޑިއާއަކީ
    ރަގަޅުގައުމެއްނޫންކަން އިންޑިއާގެރޭޕްކުރާފަރާތްތަކަށް އިންސާފުނުލިބި އެކަން ނުހުއްޓު
    ވޭތީއެގޭ އެންމެފުރަތަމަ އިންޑިއާގައިހިންގާ ރޭޕްކުރުމުގެކަންތަކާ ރޭޕްކުރުމަށްފަހުމަރާލާ
    ހާދިސާ ހުއްޓުވުމަށް އިންޑިއާގެކަމާބެހޭ ފަރާތްތަކުގައި ނަޝީދުއެދިލެއްވުންމުގައިދެކެން ނަޝީދުއަކީ އަމިއްލައެދުމެއްނެތް އިންސާނީއަށްޓަކާ މަސައްކަތްކުރައްވާބޭފުޅެއްކަމު
    ގައިވާނަމަ ރާއްޖޭގެއިންތިޚާބުބާއްވަން އިންޑީއާގެ އެހީތެރިކަމަށްއެދިލެއްވުމަށްވުރެ ކުޑައެއްބޮޑެއްނުބަލާރޭޕްކުރުމަށްފަހު މަރާލާމައްސަލަމާބޮޑު ކަމުގައި ދަންނަވަން މިއީ
    އަހަރެންގެ ޚިޔާލް ހަސަދަވެރިކަމެއްނެތި އިންސާނީ ހައްޤްތަކަށް ބެއްލެވުން ރަގަޅު
    ކަމުގައިދެކެން

  38. ްްްްޤައުމު

    ނަޝީދު ހޭބުއްދިފިލާ ހުރިވަގުތެއްވީމާ މިކަހަލަ ކަނޑުކޮސްވާހަކަވެސް ދައްކާނެ.

  39. ނުރަބޯ

    އިންޑިއާ އަށް މިހާރު އެނގޭނެ މިގައުމު ކިތައްމެ ކުޑަޔަސް މިގައުމަށްވެސް އިންޑިއާގެ މުގާބިލް ގައި ކުރެވޭނެ ކަންކަން ހުންނާނެ ކަން. އެހެންވީމާ އެމީހުންގެ ޕަޕެޓް ކެރަފާ ނަޝީދަށް ވެރިކަން ދޭން ބޭނުންވިޔަސް އެކަމުގައި އިންޑިއާ އަށް ކުރެވޭނެކަމެއް ނެތްކަން.
    އދ ގެ ސަލާމަތީ މަޖްލީހުގެ ގޮނޑި ރާއްޖެއަށް ލިބުނަނުދޭން އިންޑިއާ ކުޅުނު ނުބައި ދައުރަށް ޓަކައިވެސް އިންޑިއާ އަށް ރާއްޖެއިން ފިލާވަޅެއް ދޭންޖެއެވެ.

  40. ޖޮއްބެ

    ދިވެހިރާއްޖޭގައި އިންތިޚާބެއް ބާއްވަން ނުވަތަ އެހެންވެސް ބޭނުމެއް ގައި ބޭރުގެ އެހީ ބޭނުންވާނަމަ އެކަމަށް އެދޭނީ ދިވެހި ދައުލަތުން ނެވެ. ކެރަފާ ނަޝީދަކީ ދިވެހި ދައުލަތުގެ އެއްވެސް މަގާމެއްގައި ހުރި މީހަކަށް ނުވާއިރު، އޭނާ އަށް އެފަދަ ކަމަކަށް ގޮވައެއް ނުލެވޭނެ އެވެ. އެހެންކަމުން އޭނާގެ އެ ގޮވާލުމަކީ ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ނުފޫޒު ފޯރުވުން ނޫންކަމަކަށް ނުވާނެއެވެ.

  41. އިންސާނާ

    ބަލަ ކަލޯ ކަލޭ މޮޔަވަނީ ކަލެއަކައް ނޭނގެނީތަ ކަލޭ ތީ ކިއްވެރިއެއްކަން ނޫނީ ބަޔަކު ބިނެވެސް ނުފެނީތާ މިކަހަލަ ރޯނު އެދުރުން ވެރިކަމާ ހެދީ މިއުޅެނީ

  42. އަލީ

    ގޯނިބޭކުޑއަލީ ބުނާހާގޮތެއް އިންޑިޔާސަރުކާރަކުން ނުހަދާނެ! ދިވެހިރާއްޖެއަކީ މިނިވަން ގައުމެއްކަން މި ގެރަބުއްޖައް ނުވެސްއެގެނީތަ!

  43. އަބްދުއްލާ

    ވެރިކަމާ ދަންޖެހުނަސް މިވަރު ތަންފުކެއްބޮޑު .މީނަ ގެ ތަސްވީރު ފޮހެލަ ދޭނެ މީހަކުވެސް ނެތީތަ ؟ތަސްވީރު ފޮހެގެންވެސް ގައުމަށް ހަމަޖެހުމެއް ގެންނަން އެބަޖެހޭ

  44. ނޯވޭ

    ކައެ އަރައިފިއްޔާ އެއްމެން ތިބޭނީ ބަޑައްޖެހިފަަ!