އައްޑޫ ސިޓީން އިތުރު 15 މީހަކު ކޮވިޑް-19 އަށް ފައްސިވެ، އައްޑޫ ސިޓީން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 98 އަށް އަރައިފިއެވެ.

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލުން މިރޭ ވިދާޅުވީ މިހާރު އައްޑޫގައި ކޮވިޑް ޖެހިފައިވާ 97 މީހުން އެބަތިބި ކަމަށެވެ. އޭގެތެރޭގައި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ އެންމެ މީހަކަށެވެ.

މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވެފައި ވަނީ ހުޅުދޫންނެވެ. އެރަށުން ވަނީ 52 މީހުން ފައްސިވެފައެވެ. ދެން އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ ހިތަދޫންނެވެ. ހިތަދޫން މިހާތަނަށް 27 މީހަކު ވަނީ ފައްސިވެފައެވެ. މީދޫއިން 11 މީހުން، ފޭދޫއިން ހަމީހުން މަރަދޫފޭދޫއިން އަދި ރިސޯޓަކުން އެކަކު ވަނީ ފައްސިވެފައެވެ.

އައްޑޫގައި ކޮވިޑް-19 ފެތުރެމުން ދާތީ ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އައްޑޫ ވެސް މިހާރު އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު