ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އިސްތިއުފާ ދެއްވުމަށް ގޮވާލައި އަޑުތައް މީސް މީޑިއާގައި ގަދަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު މަޖިލީހުގެ މެންބަރަކަށް ލިބިވަޑައިގެން މިނިސްޓަރު މާރިޔާއަށް އެންގެވި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެ މެންބަރު ފުލުހުންނަށް އެ މައުލޫމާތު ޚިއްސާ ކުރެއްވުމަށް އެންގެވި ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މާރިޔާ މިހެން ވިދާޅުވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ބަޔާނެއް ނެރުއްވިއެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދަށް ހަމަލާ ދެއްވަން އުޅޭ ކަމުގެ މައުލޫމާތެއް ލިބިވަޑައިގެން އެ ކަން މިނިސްޓަރު މާރިޔާއަށް ޚިއްސާ ކުރެއްވީ އޭނާ ކަމަށެވެ. އެކަމަކު ފުލުހުންނަށް މައުލޫމާތު ޚިއްސާ ކުރައްވަން މިނިސްޓަރު އަންގަވާފައި ނުވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ނަޝީދަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބި އެކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައި ނުވާތީ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މިނިސްޓަރު މާރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. މީގެ ތެރޭގައި އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕާއި ސަޕޯޓަރުންގެ އިތުރުން އެމްޑީޕީއާއި ރައީސް ނަޝީދުގެ ބައެއް ސަޕޯޓަރުން ވެސް ހިމެނެއެވެ.

ޝިއުޒު ނަމަކަށް ކިޔާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ވަނީ، މި ކަހަލަ ސީރިއަސް މައްސަލައެއްގައި ކަންކަން ކުރަން ޖެހޭ ގޮތް ވެސް ކިޔައިދެން ޖެހެނީ ޓްވީޓާގައި އުޅޭ އާންމު ފަރާތްތަކުން ކަމަށެވެ. އެހެން ކަމުން މިނިސްޓަރު އިސްތިއުފާ ދެއްވުމަށް އޭނާ ވެސް ގޮވާލިއެވެ.

އަލީ ސިރާޖް ނަމަކަށް ކިޔާ ޓްވީޓާ އެކައުންޓަކުން ކުރި ޓްވީޓެއްގައި މިފަދަ ކަމެއް އެހެން ވެރިކަމެއްގައި ހިނގިނަމަ، ވަޒީރުގެ އިސްތިއުފާއަށް ގޮވާލެއްވުމުގައި އެންމެ ކުރީ ސަފުގައި ވެސް ހުންނަވާނީ މާރިޔާ ކަމަށް ބުންޏެވެ. ތިމާގެ އިހުމާލު އޮވެ، ރައީސް ނަޝީދަށް ހަމަލާ ދޭން އުޅޭ ކަން އެނގުމުން ވެސް މަގާމުގައި ދެމިހުންނަވަން ލަދު ގަންނަން ޖެހޭ ކަމަށް ލިޔެފައިވެއެވެ. އަދި މީހުން އިސްތިއުފާއަށް ގޮވާ އަޑު މާރިޔާއަށް އިވެންދެން ގޮވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އިިދިކޮޅު ޕީޕީއެމްގެ މެންބަރު، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ނިމެން ދެން، މިނިސްޓަރު މާރިޔާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރުމަކީ ދެފުށް ފެންނަ ތަހުގީގަކަށް މުހިއްމު ކަމެއް ކަމަށް ވިދާޅުވެފައެވެ. މިހާރު ތިލަވާ މައުލޫމާތާއި، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ތަހުގީގީ އިދާރާތަކާއި ސަލާމަތީ ޚިދުމަތުން ދެއްކި ވާހަކައަށް ބަލާއިރު، އެހެން ގޮތެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައި ވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހުގައެވެ. އެއީ އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ.ކެނެރީގެ އިން ނުކުމެވަޑައިގެން މަޖީދީ މަގުގައި މަޑުކޮށްގެން އޮތް އެމަނިކުފާނުގެ ކާރުކޮޅަށް ވަޑައިގަތުމަށް ހިންގަވާފައި ދަނިކޮށް ނީލޯފަރު ހިނގުމާއި މަޖީދީމަގު ކަންމައްޗަށް ވަޑައިގެންނެވި ތަނާ އެއްޗެއް ގޮއްވާލައިގެނެވެ. އެއީ އެ ހިސާބުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެކެވެ.

ނުރައްކާތެރި ރޭޒާ ފުށް ބޭނުންކޮށްފައިވާ އައިއީޑީ ގޮއްވާލައިގެން ނަޝީދަށް ދިން ހަމަލާއިން އެމަނިކުފާނަށް ގިނަ ޒަޚަމްތަކެއް ލިބިވަޑައިގެންނެވިއެވެ. އޭޑީއޭއިން ހަފުތާއެއްހާ ދުވަހުގެ މުއްދަތަކަށް ދިން ފަރުވާއަށް ފަހު މިހާރު އެމަނިކުފާނު ވަނީ އިތުރު ފަރުވާއަށް ޖަރުމަންވިލާތައް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ދިވެހިސޮރު

  ދެން ކީކޭބަ ދައިތަ ބުނަނީ ؟ އިސްތިއުފާ ދެއްވާ ދައްތާ

  40
 2. ރައްޔިތުން

  އަންނީގެ ސަޕޯޓަރުން. މި ބުނަނީ މިހާރުން
  މިހާރަށް މާރިޔާ އިސްތުފާ ދޭށޭ

  42
  • ސަޕޯޓަރު

   މިކަމުގައި އަންނިވެސް އިސްތިއުފާ ދޭންޖެހޭ. އިލްޔާސްވެސް އިސްތިއުފާ ދޭންޖެހޭ. ގާނޫނު ހަދާ މަޖިލީހުގައި ތިބެގެން ހެދި ގާނޫނުގައި ޕޮލިސް އަންގަންވާނެ ކަމަށް އޮތީ. އެކަން އެނގިތިބި ދެމީހުން ކުރެ އެކަކުވެސް ޕޮލިސްއަށް އަންގާފައި ނެތުމަކީ ދެ މީހުންވެސް ގާނޫނާ ޚިލާފުވުން. މިހާރު ތިޔަ އުޅެނީ މައްކާގެ މުޝްރިކުން އަޅުކަންކުރަން ކަދުރުން ބުދު ހަދާފައި ބަޑުހައިވީމާ އެ ކާލާގޮތަށް. ގާނޫނު ހަދާފައި އެއަށް ފައިން ތިއަރަނީ.

 3. އަހްމަދު

  ތިހެންގޮވާލާއިސްިޢުފާއެއްގެއަޑު އަނހާނެމީހަކު މިސަރުކާރުތެރެއަކުނެތް

  35
 4. އަހްމަދު

  ތިހެންގޮވާލާއިސްތިޢުފާއެއްގެއަޑު އަނހާނެމީހަކު މިސަރުކާރުތެރެއަކުނެތް

  24
  1
 5. ކާފަބޭ2020

  ތިޔައީ އުސްތާޒާއެއް ކަމަކު ލަދެއްޙަޔާތެއްނެތީމަތާ ގާނޫނުއަސާސީއަށް ފައިންއަރަގެންހުރިބޭޅާ އެގާނޫނުގަ ލިޔެފަވާހުވާ ﷲގަންދީއެހުވާކޮށްގެން ވަޒީރަށްވެގެންއެހުރީ ވީމާ އިސްތިއުފާއަށްގޮވާލެއްއަދިވެސްމަދީނޫންތޯ؟ އިސްތިއުފާމައިރިއާދީދީއިސްތިއުފާ 2018ގެ ކުރީގަނަމަ މިހެންއިސްތިއުފާއަށްގޮވަން ހުންނާނީވެސްހަމަތިބޭޅާ ވީމާ އިސްތިއުފާދެއްވާފަގެއަށްވަޑަގަންނަވާ! އިންޝާﷲ ޖަވާބުދެއްވަން ޖަލުގައޮންނަންޖެހޭދުވަސް ކައިރިވަނީ އިސްތިއުފާ އިސްތިއުފާއިސްތިއުފާ!!!!!!

  27
 6. ބެއްޔާ

  މާރިޔާ ޖެހޭނީ ހަމަ އިސްތޮފާ ދެހެރޭ އިގިއްޖޭ

  28
  1
 7. ޑީމަކްރަތީ

  ބަލަސިފައިންނަކީކޮވެލި އަދި ގާނޫނުއަސާސީއައްފައިންއަރާފައި ވާއުސްތާޒާ މިސަރުކާރުން ރަޢީސް ނަސީދާވަރައް ނުގަބޫލުވާނެ ތާއިދު ބޮޑުވާތީ އިބުރާހީމު ދެންދެރަވަނީ ދެންއަންނި ވެރިކަންކުރާނޭ ކުރާނޭ؟؟

  4
  2
 8. ލލ

  އަވައްޓެރި ޤައުމު ތަކުގައި ނިރުބަވެރި ހަރަކާތް ހިންގާ އިންޑިޔާއާއި ސެކިއުރިޓީ ބަލަހައްޓަން ހަވާލު ކުރުމަކީ ވަރަށް ބޮޑު ގޯހެއް !

  15
 9. ކޮވިޑް

  މިނިސްޓަރ ކަން ލިބުނު އިރު ވެސް އިސްތިއުފާ ދޭންވެފަ ހުރި މީހެއް މަރިޔާ އަކީ. މިނިސްޓަރ ކަން ދިން މީހާ ހަށް ނޭގޭތަ އޭނަގެ ކުރިމަތީގަ އޭ މި ޤައުމުގެ ޤާނޫނު އަސާސީ މައްޗަށް ކޮޅު ފައިން އެރީ؟ފިންދަ ނަށް ގޮވީ ، ސޯ ދެން ކޮން އިސްތިއުފާ އެއްް؟ ނުދޭތި އިސްތިއުފާ،،،،،،

 10. Anonymous

  މަޖްލީހުގައި އިތުބާރު ނެތް ވޯޓް ނުނަގަނީސް އަވަހަށް ވަގުތުން ވަގުތައް އިސްތިއުފާ ދެއްވާ.
  މާރިޔާގެ ލަދުފުޅު ހުރިއްޔާ މިހާރުން މިހާރަށް އިސްތިއުފާ ދީފިސް. ގޮތެއް ނުހުރެވިއްޔާ. ޤާބިލުކަން ނެތީމާ ވާގޮތް.
  ތިޔަ އިލްޔާސް ވެސް އަދި ތަންކޮޅެއް އަވަހީ ތިޔަވާހަކަ ދައްކަން. ނަޝީދު ފުރައިގެން ދިޔައީ މާ ހާމަ ކުރަން މިހުންނަނީ

 11. Ahmed

  މާރިޔާ އިސްތިއުފާ ދޭ ކައް ނުޖެހެ. ވީ އާރް ވިތް މާރިޔާ

  1
  4
 12. ސޯޓޭ

  ހަމަ މޭރީ މަގާމުން ވަކިކުރަން ކުޅެލި މޮޅު ދުރާމާއެއް

 13. ބިންގޯ

  މާރިޔާ ހަމަބިމަށް ތިރިވާހެން، ނިދަން އޮންނައިރު ހީވާން ފަށައިފިދޯ. ތިމާޔަށް މީހުންނާދިމާލަށް ގޮވި އެއްޗެހީގެ އަޑުތައް އަލުން އިވެން ފަށައިފި ދޯ. ބޮޑާ ކަމާ ކިބުރުވެރިކަން ނޫން ކަމެއް ކާލޭގެ ގަޔަކުނެއް. ނޫސްވެރިން ގެ ބައްދަލު ވުމުގަ ކަލޭ މަސައްކައްކުރީ ކަލެޔާ ކަލޭގެ ގެނެރަލުންގެ ހުށިޔާރު ކަމުގެ ވާހަކަ ދައްކަން. ހުސިޔާރެއް ނުވެވުނު އިންގޭތޯ.

 14. ބޯހަލާކު

  އިޙްލާސްތެރިކަމެއް ލަދެއްހުރިއްޔާ އިސްތިއުފާދީ

 15. ބޯޖަލީލު

  ޒިންމާ އަދާނުކުރެވޭ ބައިސާ ކަނޑަނީ ވަރުކޮޅަށް ތުންފަތުގައި ކަނޑި ހާކައިގެން މާ ޅަވެގެން މިއުޅެނީ ތިއޮތީ އަތަށްގޮވާފައި އިސްތިއުފާ އިސްތިއުފާ ކޮބާ ނޫސީން ...

 16. އާދަމުގެދަރި

  މިކަމުގެ މަޢުލޫމާތު ލިބި އަންގަންވާ ފަރާތަށް، ޕޮލިހަށް ނާންގައި ތިބި އިލްޔާސް، އަންނި، މާރިޔާ އިސްތިއުފާ ދޭންޖެހޭނެ. ޤާނޫނު ހެދި މަޖިލީހުގައި ތިބި އަންނިއާއި އިލްޔާސްއަށް އެމީހުން ހެދި ގާނޫނުގައި އޮތް އެއްޗެއް އެނގެންވާނެ. އެއާ އެއްގޮތަށް އަމަލުކުރަންވާނެ. ގާނޫނު ހަދާ މީހުން ގާނޫނަށް އަމަލުނުކުރާނަމަ އިސްތިއުފާ ދޭންޖެހޭނެ. މިކަން އެނގުމުން މާރިޔާ އަޅަންޖެހޭ ފިޔަވަޅު އަޅާފައި ނުވާތީ މާރިޔާވެސް އިސްތިއުފާ ދޭންޖެހޭނެ.