22:48

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ހއ. ދިއްދޫގައި ހަތް ގަޑިއިރަށް ކާފިއު ހިންގާ، ރެސްޓޯރެންޓްތައް ބަންދު ކުރަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފި.

22:47

މާލެ ސަރަހައްދުގައި ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ މި ދަނޑިވަޅުގައި ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް އިތުރު ދެ ހަފްތާއަށް ދަންމާލައިފި.

22:23

ރާއްޖެއިން އިތުރު 1،007 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

18:39

ގއ. ގެމަނަފުށިން ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު 17 އަށް އަރައިފި

15:59

އަތޮޅު ތެރޭގެ ރަަށްތަކުން މިހާރު އެންމެ ބޮޑަށް ކޮވިޑް-19 ފެތުރިފައިވާ ކ. މާފުށިން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 500 އިން މައްޗަށް އަރައިފި

15:45

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ބަދަލުގައި އެ ވެކްސިންތައް ފަގީރު ގައުމުތަކަށް ހަދިޔާ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ގޮވާލައިފި

15:20

ފުވައްމުލައް ސިޓީން އިތުރު 25 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ

14:11

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން މިއަދު ތިން ވަނަ މީހަކު ނިޔާވެއްޖެ.

11:17

ކޮވިޑް ޖެހިގެން ދިއްދޫން މީހަކު ނިޔަވެއްޖެ، މިއީ ދެެދުވަސް ތެރޭގައި ކޮވިޑް ޖެހިގެން ރާއްޖެ އިން ނިޔާވި ހަތްވަނަ މީހާ.

00:58

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިއަދު ފަސް ވަނަ މީހަކު ނިޔާވެއްޖެ

ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ހޮސްޕިޓަލްތަކުގައި މީހުން އެޑްމިޓް ކުރަން ހުރި ޖާގަތައް އަންނަނީ މަދުވަމުންނެވެ. މިހާރު 290 މީހަކު އެޑްމިޓް ކޮށްފައި ތިބިއިރު މާލެ ސަރަހައްދުގައި މިހާރު އެޑްމިޓް ކުރާނެ މާގިނަ ޖާގަތަކެއް ނެތެވެ.

މެއި މަސް ފެށުނުއިރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ގެންދިޔައީ 161 މީހުންނަށެވެ. މިހާރު އަދަދުތައް އިތުރުވަމުންދާ ނިސްބަތައް ބަލާއިރު މިމަސް ނިމޭއިރު 400 އަށްވުރެ ގިނަ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހުން ވަރަށް ގާތެވެ. އެއީ ހޮސްޕިޓަލްތަކުގެ ޖާގަތައް ފުރި، ޑޮކްޓަރުންނާއި ނަރުހުންނަށް ނުކަތާވަރުގެ އަދަދަކަށް ވާނެއެވެ.

މިހާރު ރާއްޖޭގައި 15003 ކޮވިޑް ބަލި މީހުން އެބަތިއްބެވެ.

1467 މީހަކު ކޮވިޑަށް ފައްސިވިކަން މިރޭ ވަނީ އިއުލާންކޮށްފައެވެ. ކޮވިޑަށް ފައްސިވި 1467 މީހުންގެ 1267 މީހުންނަކީ މާލެ އިން ފައްސިވި މީހުންނެވެ. 182 މީހުންނަކީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން ފައްސިވި މީހުންނެވެ. ބާކީ ތިބި 18 މީހުން ފައްސިވީ ރިސޯޓްތަކުންނެވެ.

މިއަދު އިއުލާންކޮށްފައި ވަނީ ކޮވިޑަށް ޓެސްޓްކުރި 5037 މީހުންގެ ނަތީޖާއެވެ. ޓެސްޓްތަކުގެ އަދަދާއި ފައްސިވި އަދަދަށް ބަލާއިރު ކޮށްފައިވާ ޓެސްޓްގެ %29.12 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. އެހެންކަމުން މިއަދަކީ މިހާތަނަށް ކުރި ޓެސްޓްތަކަށް ބަލާއިރު ނިސްބަތުން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝެނީ222

    މާލޭގައި ތިބި ދައުލަތުގެ އިދާރާތަކުންވެސް ދައްކަނީ ދިމާލަށް ނުކިޔަމަންތެރިކަމާއި، ގޮތް ދޫނުކުރުމާއި، ބޯހަރުކަން. ވަރަށް ބޮޑު ބޭނުމެއްގައި މެނުވީ ވަޒީފާތަކަށް މީހުން ނުނެރޭށޭ ބުނެފައި އެއޮތީ. އެކަމަކު ހަމަ ރެގިއުލާ، އާންމު މަސައްކަތްތައް ކުރަންވެސް މުވައްޒަފުން އޮފީހަށް އެބަ ދަމާ ބަރާބަރަށް. މިކަމުގެ ހެކި އެހުރީ މާލޭގެ ކޯޓުތަކުން ފެންނަން. މިތަންތަނުން ބޯ ނުލަނބާނަމަ އާންމު ރައްޔިތު މީހާ ބޯލަނބާފާނެކަމަށް ހީކުރުމަކީ ކުށް ހީއެއް. ސިފައިން ނެރެގެން މިތަންތަނުގައި ތަޅު އަޅުވަންވީ. ރައްޔިތުން ޖޫރިމަނާކޮށް ފެލަން ވީއެއް ނޫން. އޯކޭ؟

  2. ހެހހެހެޔދރވެސސުސ

    ރައީސް މަޝްވަރާ ކުރުމުގަ. ގައުމު އޮޔާގޮއްސި. ފިޔަވަޅުތައް ހަރުދަނާ ކުރާށޭ. މާލެއަށް ތިވަރުވާއިރު ރަށްރަށުގެ ހާލަތު ވަޒަންކޮށްލަން ދަތި. މިތާކު ނެތް އެކައްޗެއްވެސް