ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މި ބަލި ޖެހިގެން ނިޔާވެފައިވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއާއި އެކީ ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 93 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދު ވަނީ ފާއިތުވި މަދު ދުވަސްކޮޅެއްގެ ތެރޭގައި އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނި ވެސް ރާއްޖެއިން ފަސް މީހަކު ވަނީ މި ބަލި ޖެހިގެން ނިޔާވެފައެވެ. އެގޮތުން ހިމެނެނީ އެއީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ގެންދިޔަ 86 އަހަރުގެ މީހަކާއި 64 އަހަރުގެ މީހެއްގެ އިތުރުން، ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދިޔަ 86 އަހަރުގެ މީހަކާއި އައިޖީއެމްއެޗްގެ އީއާރްއަށް އިއްޔެ މެންދުރު ގެންދިޔަ 78 އަހަރުގެ މީހެއްގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ 63 އަހަރުގެ އަންހެނެކެވެ.

މިއީ މިމަހުގެ ތެރޭގައި ރާއްޖެއިން ޖެހިގެން ނިޔާވި 20 ވަނަ މީހާއެވެ. އަދި މިއަހަރަށް ބަލާނަމަ، ބަލި ޖެހިގެން މަރުވި 42 ވަނަ މީހާއެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހޭ މީހުންގެ އިންސަތަ ވެސް ވަނީ ބޮޑު ތަނުން އިތުރު ވެފައެވެ. އެގޮތުން ފާއިތުވި 6 ދުވަހު ރާއްޖެއިން ފައްސިވި މީހުންގެ އަދަދު އުޅެނީ 1،000 މަތީގައެވެ. އިއްޔެ އެކަނި ރާއްޖެއިން 1،467 މީހަކަށް ބަލި ޖެހި، ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 43،775 އަށް އަރާފައެވެ.

މި ބަލި ޖެހުނު މީހުންގެ ތެރެއިން 27،672 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިހާރު ބަލި ޖެހިގެން 15،003 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 290 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަސްވާނު

    މިހާރު މިހާލަތަށް ރާއްޖެ އައިސް އޮތްވާވެސް އަވަށްޓެރި އިންޑިއާގައި 1 މަސްދުވަހަށްވުރެ ގިނަދުވަހު ގޮސްހުރެފަ އައިމީހަކު ދިޔައީ އެއާޕޯޓުން ސީދާ ގެއަށް. ކޯޗެއް ބެލެނީ، މިޤައުމު ހިންގަން އެގޭ ބޭފުޅަކަށް ހުންގާނު ދެއްވާފަ ރީތިގޮތުގަ އިސްތިއުފާ ދެއްވާފަ ގެއަށް ވަޑައިގަންނަވާ.

    42
    5
    • ކަމަނަ

      ފަރުދީ ޒިންމާވެސް އޮންނާނެ ކޮންމެ މީހެއްގެ ފަހަތުގައި ޕޮލިހެއް ނުބެހެއްޓޭނެ
      ރައީސްމީހާ ކޮންމެ ކަމެއްގާ ގީސް ނުކުރޭ ކަންތަކާ ހަވާލުވެފައިތިބޭ ރޯނު އެދުރުން ބޭރުކުރަންވީ

      12
      23
      • ފަރީދު

        ބަލަގަ އަނގަ ފުޅާކޮށްފައި ފަރުދީ ޒިންމާއޭބުނާއިރު ރައްޔިތުމީހާ ކެއްތެރިކަމާއެކު އަނގަމަތީގަ ފޮތިބަނދެގެން ގޭގެބަންދުގައި ކިހާދުވަހަކު ތިބެއްޖެތަ؟ އެކަމަކު މިހާތަނަށް ވެސް ސަރުކާރުގެ ހަރުދަނާ ޒިންމާދާރުކަމެއް ނުފެނޭ ކޮވެޑާ ގުޅިގެން ރައްޔިތުންނަށް ހެވެއްއެދިގެން ކުރާއެއްވެސްކަމެއް ނުފެނޭ ކުރާކަމެއްކުރަނީ މިސަރުކާރު ދެމެހެއްޓުމަށް ދެން ކުރާކަމެއް ކުރަނީ ގެރިމޯދީ ރުއްސުމަށް އިންޑިޔާއަށް ހެޔޮއެދިގެން

        13
        3
  2. މުހީދު

    މީ ހޭބަލިވެފައޮތް ސަރުކާރެއްތަ އަޅެ😷