މި އަހަރުގެ ފިތުރު އީދު ދުވަހާ ގުޅުވައިގެން އޭދަފުށީގައި ތިބި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފޭލިން އީދު ހަދިޔާ ބަހައިފި އެވެ.

ފޭލި ޖަމިއްޔާގެ ނައިބް ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ، އީދު ނަމަށްފަހު، އޭދަފުށީގައިތިބި 18 އަހަރުންދަށުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ގޭގެއަށް ޒިޔާރަތް ކޮށް އީދު ހަދިޔާ ބަހާފައިވާ ކަމަށެވެ. ހަދިޔާ ބެހުމުގައި ބައިވެރިވީ ފޭލި ޖަމިއްޔާގެ މެންބަރުންނެވެ.

ފޭލިން ބުނި ގޮތުގައި އީދު ހަދިޔާ ބަދަލު ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ސަގާފަތަކަށް ވެފައި މިފަދަ ހަރަކާތެއް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ބޭއްވުމަކީ އީދުގެ އުފަލުގައި އެންމެން ބައިވެރި ކުރުމަށް ލިބޭ ފުރުސަތެކެވެ. އަދި އެކުޑަކުދިން ބޭނުންވާ ހަދިޔާ ދިނުމަކީ އެ ޖަމިއްޔާއަށް ލިބޭ އުފަލެއް ކަމަށް ވެސް ފޭލި ޖަމިއްޔާއިން ބުންޏެވެ.

"ފިތުރު އީދުގެ އުފާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކުރަމުން އަންނައިރު، މިއީ އީދު އުފަލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންވެސް ބައިވެރިވެ ފާހަގަކުރަން ކުރިއަށް ގެންދިޔަ ހަރަކާތެއް،" ރަޝީދު ވިދާޅުވި އެވެ.

ފޭލިން ބުނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދިން ހަދިޔާގެ ތެރޭގައި ބޭނުންތެރި އެއްޗެހި ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ކިއެވުމަށް ބޭނުންވާ ތަފާތު އެއްޗެހި ހިމެނެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ފޭލިން ވަނީ ގިނަ ހަރަކާތްތަކެއް ވެސް މީގެ ކުރިން ހިންގައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޞކ

    ކުރިންވެސް ހަދިޔާ ދޭބައެއްބާ ނޫނީ ފާތުންގެ ކަމެއްބާ ވަރަށްވާހަކަ...

  2. ރަޝީދު

    ޙޮސްޕިޓލާ ސްކޫލާ ޕްރީީސްކޫލް ކުދިންނާ އުމުރުން ދުވަސްވީ މީހުންނާ ދަނޑުވެރިންނާ މަސައްކަތްތެރިން އުފައްދަން މީގެކުރިން ތަކެތި ބެހިކަން ައހަންނަށް އެގޭ.