އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުވާ މީހުންގެ ނަންތައް ހިމެނޭ ލިސްޓު އާންމު ކުރީ، ހެކިތަކެއްގެ މައްޗަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެ ލިސްޓު އެކުލަވާލާފައި އޮތުމުން ކަމަށް އެ ލިސްޓު ދިރާސާކުރި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އިންނަވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

އެސެޓް ރިކަވަރީގެ ރިޔާސީ ކޮމިޝަނުން އެކުލަވާލާފައިވާ ލިސްޓު މަޖިލީހާ ޚިއްސާ ކުރީ މި މަހުގެ ހަވަނަ ދުވަހުގައެވެ. އެ ލިސްޓު މަޖިލީހުން ދިރާސާކުރީ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ވެސް ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީއަކުންނެވެ. ލިސްޓު ދިރާސާކުރުމަށް ފަހު، މިދިޔަ ބުދަ ދުވަހު މަޖިލީހުން ވަނީ އެ ލިސްޓު އާންމުކޮށްފައެވެ.

ލިސްޓު އާންމު ކުރުމާ ގުޅިގެން، ލިސްޓުގައި ނަން ހިމެނޭ ގިނަ ފަރާތްތަކުން ވަނީ އެ ބަޔަކާ ސުވާލުކޮށް ބަޔާން ނެގިފައި ނުވާ ތަހުގީގަކުން ލިސްޓު އާންމު ކުރުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ. މިފަދަ ލިސްޓެއް އާންމުކޮށްލުމަކީ ޤާނޫނު އަސާސީއާ ޚިލާފް ކަމެއްގެ ގޮތުގައި ވެސް ބައެއް ފަރާތްތަކުން ސިފަކުރެއްވިއެވެ. އަދި އަމާޒުވަމުންދާ ފާޑުކިއުންތަކަށް "މަތި އަޅަން" ލިސްޓެއް އާންމުކޮށްލީ ކަމަށް ބުނެ އިތުރު ފާޑުކިއުންތައް އަންނަނީ އަމާޒުވަމުންނެވެ.

ޤާނޫނީ ވަކީލު އަދި ލިސްޓު ދިރާސާކުރި ކޮމިޓީގައި އިންނަވާ މެންބަރު ހިސާން "ވަގުތު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ހިނގަމުންދާ ތަހުގީގެއްގައި ތުހުމަތުވާ ފަރާތްތަކުގެ ނަންތައް ހާމަކުރުމުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި އަދި ރާއްޖޭގައި ބަލާ މިންގަނޑުތަކެއް އޮންނައިރު އެންމެ އަސާސީ މިންގަނޑަކީ ވެސް ތަހުގީގަށް ހުރަސް ނޭޅޭނަމަ ތުހުމަތުވާ ބަޔެއްގެ ނަންތައް ހާމަ ކުރުން ކަމަށެވެ.

"ތަހުގީގީ އިދާރާތަކުން [މީގެ ކުރިން] ވެސް ހިނގަމުންދާ ތަހުގީގެއްގައި ވެސް ނަންތައް ހާމަކޮށްފައި އެބަ ހުރި، މިއީ އަލަށް ރާއްޖޭގައި ކުރި ކަމެއް ވެސް ނޫން،" ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްގެ މަޤާމު ވެސް ފުރުއްވާ އެމްޑީޕީގެ މެންބަރު ހިސާން ވިދާޅުވިއެވެ.

ހިސާން އިތުރަށް ވިދާޅުވި ގޮތުގައި، ލިސްޓު އާންމު ކުރުމާއި ނުކުރުމާ ގުޅޭ ގޮތުން ވެސް މަޖިލީހުގެ ކޮމިޓީން މަޝްވަރާ ކުރެއްވިއެވެ. އަދި އޭރު އާންމު ނުކުރުމާ ގުޅޭ ގޮތުން ބައެއް މެންބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެން، ލިސްޓު އާންމު ކުރުމަށް އާންމު ރައްޔިތުންގެ އުފެދުނު ޝައުގުވެރިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ޕަބްލިކް އިންޓްރެސްޓްގަ އަޅުގަނޑުމެން ނަންތައް ހާމަކޮށްފަ ވަނީ،" ހިސާން ވިދާޅުވިއެވެ.

ޚިޔާނާތުގެ ތުހުމަތު އޮތް މީހުންގެ އެ ލިސްޓު އާންމު ކުރަން ނިންމީ ބަލަން ޖެހޭ އިތުރު މިންގަނޑުތައް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ. މި ގޮތުން ތުހުމަތު ކޮށްފައި ވަނީ އެކަށޭނަ ހެކި އޮތުމުން ކަން ޔަގީން ކުރެވުނު ކަމަށް ހިސާން ވިދާޅުވިއެވެ.

"ރިޔާސީ ކޮމިޝަނުން މައުލޫމާތު ސާފުކުރިން، ހަތަރު ދާއިރާއެއްގެ ހެކިތަކުގެ މައްޗަށް ފެތޭ ބަޔެއްގެ ނަންތައް ލިސްޓުގަ އޮތީ، ޑިޖިޓަލް އެވިޑެންސް، ފޯން ކޯލްސް، ޓެކްސްޓް މެސެޖަސް، ބޭންކް ރެކޯޑްސް، ބައިވަރު ނަންތަކެއްގެ ތެރެއިން މި ހަތަރު ހެކި ވެސް ހަމަވެގެން ލިސްޓަށް އައިސްފައި އޮތީ،" ހިސާން ވިދާޅުވިއެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިސްވެ ހުރެ ހިންގި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ހިމެނޭ މީހުންތައް ދަނީ އެ ކަމަށް އިންކާރުކޮށް އަދި ލިސްޓުގެ ސައްޚަ ކަމާ މެދު ސުވާލު އުފައްދަވަމުންނެވެ.

ލިސްޓުގައި ނަން ނެތް ބައެއް ސިޔާސީ ބޭފުޅުން ވެސް ގެންދަވަނީ ކޮމިޝަންގެ ތަހުގީގާ މެދު ސުވާލު އުފައްދަވަމުންނެވެ. ދެ އަހަރާއި ބައި ވެގެން އައިއިރު ވެސް ތަހުގީގުގެ ބޮޑު ބައެއް ފުރިހަމަ ނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.

ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކުގެ ތެރެއިން މަގާމުތަކުގައި ތިބި ފަރާތްތައް މަގާމުތަކުން ދުރުވުމަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މީސް މީޑިއާގައި ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ކޮވިޑް

    އަނިޔާ އިންސާނިއްޔަތާ ހައްޤު ހައްޤު ގޮވަމުން މަގުތަށް މަތީ ދުވި ކަމަނާވެސް ދޯ؟ މާދަމާ ކަމަނާގެ ނަން އޮންނަ ތިފަދަ ލިސްޓެއް އައީމަ ލޯފާމާ ދިމާ އަށް ދޯ ދުއްވައި ގަންނާނީ ؟އޭރައް އަނެއްކާ އަނިޔާ އިންސާނިއްޔަތާ ހައްޤު ހައްޤު ގޮވަން ފަށަން ވީ ދެއްތޯ؟ ހިޝާން އަކަސް ތީތި ހަމަ ކަޑަ،

    39
    1
    • ބުރާންތިސް

      މިހާރު ތިވީގޮތުން ދެން އެއްމެ ރަނގަޅުވާނީ ތިމައްސަލަ ނުބަލައި ދޫކޮށްލުން. އެއީ ލިސްޓް އާއްމުކުރުމުން އެތައްބައެއްގެ އަބުރު ގެއްލިއްޖެ.
      ދެން ހަދަންވީ ގޮތަކީ 200 އެތައް މީހުންނަށް ގެއްލުނު އަބުރުގެ ބަދަލަށްވާ ފައިސާ ދޭން ތައްޔާރުވާންވީ.
      ކިބެބްޖެހޭ އަދަދު މައްސަލަ ޖެހުނު ލިސްޓްގައި ހުންނާނެ.

      11
      2
  2. އިބްރާހިމް

    ޢަބުރު ކަތިލާ ބިލް އަނެއްކާވެސް އެކްޓިވްކުރަން ބޭނުންތޯ ޙަސަން ލަތީފާއި ، އަލީ އާޒިމާއި އަދިވެސް މި ލިސްޓްގައިވާ އެމްޑީޕީ މެމްބަރުންގެ ކައިރިން އަހާލަން ބޭނުންވޭ.

    33
    1
  3. އިބްރާ

    ރައީސް ސާލިހާއި ނަޝީދުގެ ނަން ލިސްޓުން އުނިވެފައިވަނީ އަދީބާއި އެކު ހެއްދެވި އެގްރިމެންޓްގައި އެ ދެބޭފުޅުންގެ ނަން ނުގެންނަގޮތަށް އެއްބަސްވެފައިވާތީތޯ ސުވާލު އުފެދޭ. މަވޯޓާ ވިދާޅުވެފައިވަނީ ނަޝީދު އެންގެވި ގޮތަށޭ ކަންތަށްކުރީ. އަނެއްކާ އިބޫސާލިހުވެސް ވޯޓްދެއްވާފައިވަނީ އަދީބު ބޭނުންވާގޮތަށެވެ.

    37
    1
  4. ޑީމަކްރަތީ

    މިއަދީބު ކަހަލަ ރައްޔަތުންގެ ފައިސާއިން ހިޔާނާތެރިވެފައިވާމީހަކު ދައްކާވާހަގަބޫލުކުރާނީވެސް މޮޔައަކުމިނުބައި އަދީބު ވަގުތުން ވަގުތައް ކުޑަގޮޅި މިނުބައި ނުލަފާ ކަލޭގެ ބުނާ މީހުންނަކީކުއްވެރިޔަކަން ވާނަމަ ދެންކޮބައި އަދުލާ އިންސާފު؟؟؟ދެންތިބީ ތިބީ ހަމަބުއްދީގަތަ؟؟

    25
    1
  5. ބޯކިބާ

    ތަހުޤީޤް ނުނިމެނީސް ލިސްޓު އާންމު ކުރި ކުރުމަކީ، ކަމަނާ ހެއްދެވި ގޯހެއް! ތިޔަ މައްސަލައިގައި ކަމަނަގެ މަސްލަހަތު ވޭ! އަދީބު ޖަލުގައި އޮތްއިރު، އަދީބުގެ ލޯޔަރރކަށް ވެގެން މިލިއަނުން މިލިއަނުން ޑޮލަރު ނުނަންގަވާކަން ރައްޔިތުން އަށް ކަމަނާ ޔަޤީންކަން ދޭން ކެރިވަޑައިގަންނަވާ ތޯ؟ ޕީޖީ ޝަމީމްގެ ނަން އޮތްއިރު ކަމަނާގެ ނަންނެތީ ކީއްވެ ބާ؟ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމާ ޚިލާފަށް، އަދި ޖޭއެސްސީގެ މެމްބަރަކަށްވެ ހުރެ މުޅި ތަހުޤީޤް ހަރާބު ކުރީ ކަމަނާގެ ދައުރެއް އޮވެގެންކަން މިއަދު ރައްޔިތުން ޤަބޫލު ކުރޭ!

    29
    1
  6. ރާއްޖެ

    މިމީހުން ގާނޫނު ކިޔަވައިގެން ތިބި ވަރުން މިމީހުންނަށް ހީވަނީ މިމީހުންނަށް ވުރެ މޮޅު ބައެއް ނެތޭ.

    28
  7. ޢަލީ

    އަމިއްލަ މީހާގެ ބަޔާނެއް ނެގުމެއް ނޯވޭތޯ..... ދެން ތިދެއްކި ހެކިތަކަށް ބެލުމަށްމަހު މުޅި މުޖުތަމަޢު އެމީހަކީ ކުއްވެރިޔެކޭ ނިންމަން އެއީ ޤާނޫނުގައި އޮންނަ ގޮތްތޯ! މަޖިލީހުގެ މެމްބަރުންގެ ނަންތައް ލިސްޓުގައި އޮވެ، ކޮމެޓީގައިވެސް ތިބުން މަސްލަޙަތު ފުށުއަރާ ކަމެއް ނޫންތޯ! ކޯޓަށް މައްސަލަ ދާއިރު، ޖޭ.އެސް.ސީ ރައީސް އަކަށް ކަމަނާ އިންނެވުން އެއީ ޝަރުޢީ ދާއިރާގެ މިނިވަންކަމާ ދޭތެރޭ ރައްޔިތުން ސުވާލު އުފައްދާނެ ކަމެއް ނޫންތޯ! ކަމަނާ އިދިކޮޅުގައި ހުރި ނަމަ ރައްޔިތުންނަށް އެނގޭ ކަމަނާ ތިކަމާ ދައްކަވާނެ ވާހަކަ. ވަރަށް ސަލާމް

    27
  8. ޙަހަހަހަހަހހަހަހ

    ފިތުނަވެރިކަމުގެ އެޖެންޑަ19
    މަކަރާ ހިލަތާ ވައްކަުގެ އެޖެންޑަ 19
    ޒީރަޯ ޓޮލަރެންސް.

    13އަހަރުގެ ޖަލު ހުކުމް ތަންފިޒު ކުރޭ. ޙުރިހާ ނު ބައެ އް ގެ ވެރިން

    ޢިސްތިއފާދި

    28
  9. Anonymous

    ކޮންތާކު އޮތް ހެއްކެއް؟ ހުސް ދޮގު މަކަރުވެރި ބުންޏާ ބުންޏޭ އަށް ނެރުނު ލިސްޓެއް. ހިސާނުގެ މައްޗަށް ދުނިޔޭގަ އޮތިއްޔާ އޮތް ކުށަކަށް މީހަކު ލައްވާ ޝަފަހީ ހެކި ހޯފިދާނެ. ކުޑަބފައިސާ ކޯަކާ ސަރުކާރު ވަޒީފާއެއް ނުވަތަ ޖަލުހުކުމް ގޭބަންދަށް ބަދަލުކޮށްލަން ޖެހޭނީ!!!

    20
  10. Anonymous

    ޕަބްލިކް އިންޓްރެސްޓާ އެއްވަރަށް ފަރުދީ މަސްލަހަތު ހިމާޔަތް ކުރަންޖެހޭނެ. ކްރިމިނަލް މައްސަލަތަކުގަ. ޔޫޑީއެޗްއާރް އިން ހިމާޔަތްކުރާ އެންމެ ބޮޑު މަސްލަހަޔަ ކީ ކްރިމިނަލް އޮފެންސްއެއް ގައިނަމަ އިންޑިވިޖުއަލް ރައިޓްސް. ޕަބްލިކް އިންޓްރެސްޓް ގާނޫނު އަސާސީގައިވެސް ހިމެނޭނީ އެޑްމިނިސްޓްރޭޓިވް ނިންމުންތައް ނިންމުމާއި ކްރިމިނަލް ލޯ ހެދުމުގައި.
    ހިސާނުމެން ކިޔެވި ޒަމަނުގައި އިންޓަރނޭޝަނަލް ލޯ ނުކިޔަވާތީ ނޭނގެނީ. ނޫނީ ގަސްދުގައި ތި ދޮގުހަދަނީ.

    23
    • ގާނޫނު

      މީނާ ދަންނަނީ ގާ ނޫނާއި އަންދާ ގާނޫނު. މީ ހަގީގީ ގާނޫނު ދަންނަ މީހެއް ނޫން. ގާނޫނު ދަންނަ ކަމަށް ހެދިގެން ނުކުމެގެން އުޅޭ ފިތުނަވެރި ފަސާދަ އުފައްދާ މީހެއް.

      • Anonymous

        ގާނޫނު އަސާސީގެ 2 ވަނަ ބާބަކީ ފަރުދީ ހައްޤު. ބައިނަލް އަގްވާމީ ގާނޫނުތަކުގައި ހުންނަނީ ފަރުދީ ހައްޤު. ދައުލަތުގެ ޒިންމާއަކީ ޕަބލިކް ންއިންޓެރެސްޓް. އެއީ ފަރުދުންގެ މިނިވަންކަން ރުބާންކޮށްފައެއްނޫން. އަހަރެމެން ވާހަކަ ދައްކާނީ ތެދުވާހަކަ. ދޮގުހެދުމަކީ ރީނދޫ ބާގައިގެ މީހުންގެ ޝައިޠާނީ އަމަލެއް.

  11. ސުންކޫ

    ނައިޓަށް ރަށަށް، ޤާނޫނީ ވަކީލަކަށް ވެހުރެ ޤާނޫނީ އާއްމު މަފްޙޫމްތަކާއި ޚިލާފަށް ވާހަކަ ދެއްކީމާ ވަރަށް ދެރަ، ކުށެއް ކޮށްފިނަމަ، އަދަބު ދިނުމަކަށް ޤާނޫނު ފަސްނުޖެހޭނެ ނޫން ތޯ، ރަގަޅަށް ތަޙުޤީޤު ކޮށް ޝަރީޢަތަށް ފޮނުއްވާ ޝަރީޢަތުން ނޫންތޯ ކުށް ސާބިތުވޭތޯ ނޫވޭތޯ ކަނޑައަޅާނީ، ދެރައީ ވަކި ބަޔަކު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާތަން ފެންނާތީ.

    22
    1
  12. ޝިއުނާ މޮރިޝަސް 2

    ތީ ގައި ގަނައީ ހަމައެކަނި ފާސިގެއްގެ ބަހަށް ހިމެނިފައިވާ ނަންނަން

    22
    1
  13. ސައީދު

    އިންޑިވިޖުއަލް ޕްރައިވަސީއަކީ ޔޫރަޕިއަން ޔޫނިއަންގެ ހިއުމަން ރައިޓްސްއާއި، އައިސީސީޕީއާޜް އާއި ޔޫޑީއެޗްއާރްއާއި ހުރިހާ އިންޓަރނޭޝަނަލް.ލޯއިންނާއި ދިވެހިރައްޖޭގެ ގާނޫނު އަސާސީ 2008 އިން ރައްކާތެރިކޮށްދޭ މަސްލަހަތެއް. އެއްވެސް މީހެއްގެ ފަރުދީ މިނިވަންކަމަށް ހުރަސްއެޅެ ގޮތަށް ދައުލަތު ހޯދާ ހެތްކަކީ ނޮންއެޑްމިސިބްލް ޓު ކޯޓްސްގެ ގޮތުގައި ބައިނަލް.އަގްވާމީ މައްސަލަތަކުގައި ކަނޑައަޅާފައިވާ ގާއިދާއެއް. ބައެއްގެ ފުރާނައަށް ގެންލުންނުވާ ކަމެއްގައިނަމަ އިންޑިވިޖުއަލް ރައިޓްސް ޕްރިވެއިލްވާނީ. ކްރިމިނަލް މައްސަލަތަކުގައި. ހެކި ހުންނަންޖެހޭނެ އޮންދަ ބެލެންސް އޮފް ޕްރޮބަބިލިޓީއަށް. އެއީ ތަހްގީގު ހިންގުމަށް ފެށުމަށް ކޯޓަށް ހުށަހެޅުމަށް ހުއްދަކުރާ މިންވަރު.

    17
  14. އުއްތަމަ އުސްތާޛް

    ހިސާނު ތި ކިޔަނީ ދުފާއެއްޗިހި ދުފާއެއްޗިއްސޭ

    23
  15. ކަނަމަނަ

    ތުހުމަތު ތައްއޮތީ ހިސާނުގެ އަގައިގައި

  16. އާދަމުގެދަރި

    ތުހުމަތޭ ކިޔާފައި ރެކިއެއް ނުގަނެވޭނެ. ތުހުމަތޭ ކިޔާފައި މީހެއްގެ ނަން ޖަހާފައި ހޭވެސް އަހާނުލައި ތަހްގީގެއް ނެތި ނަމެއް ހާމަ ނުކުރެވޭނެ. ހެކިހުރެގެން ހާމަކުރަންވާނީ. ތިޔަ ކޮމިޓީގައި ތިބި އެންމެން ތިކަމުގެ ޒިންމާ އުފުލަންޖެހޭނެ. މާމޮޅު ބަޔަކަށް ވެގެން ބަޔަކު މީހުންގެ އަބުރަށް އަރައިގަތީ އެއްވެސް ޖެހިލުމެއް ނެތި. އަދީބު އަތުން މީހަކު ލާރި ހޯދުމަކީ އަދި ޚިޔާނާތެއްގައި ބައިވެރިވެރިވުމެއް ނޫން. ހަގީގީ ޚިޔާނާތުގެ ބައިވެރިން ތިބީ އޭރު އޮތް މަޖިލީހުގައި އެމްޑީޕީގެ ތެރޭގައި. ފައިސާއަށް ވޯޓު ވިއްކީ އެމީހުން.

  17. މާމީ

    ދެން ކޮބާތަ ތިހުރިހާ އެންމެންއް ތިފައިސާ ދިން މުލު ވަގު؟ އެއީ މިހާރު ކާފޫރު ކޮޅެއްދޯ..

  18. ލލ

    ތުހުމަތެއް ވުމަކީ ކުށެއް ސާބިތުވުންތޯ މީހުންގެ އަބުރައް އަރައިގަނެ ނިޒާމުން ބޭރުވާން !

    11
  19. ސސ

    ދެން ކޮބައިތޯ ވެންޓިލޭޓަރުގެ މައްސަލަ އެވެސް ހާމަކޮށްބަލަ!

    10
  20. ނާޅި

    ސިއްރުން ހެކި ހޯދުމަކީ ޤާނޫނާއި ހިލާފު ހެކިތަކެއް !

  21. މައިކް

    މިގައުމުގެ ގައްދާރުންމީ

    11
  22. ޖހގފދ

    ބާކައުންސިލް އިން މީނަގެ ޓެސްޓެއް ހަދަން އެބަޖެހޭ. ހަމަ އަސްލަށްވެސް ގާނޫނީ ވަޚިލެއްތޯ ބަލަން އެބަޖެހޭ.. ގާނޫނުން ހިމާޔަތް ކުރަނީ ފަރުދީމިނިވަންކަން. ދައުލަތުގެ މަސްލަހަތައްވުރެ އިސްވާނީ ޕަބްލިކް އިންޓެރެސްޓް. އެހެންވީމަ ދައުލަތުން ހަދާ ގާނޫނާއި. އެޑްމިނިސްޓްޜޭޓިވް ލޯސްގައި އިސްވާނީ ޕަބްލިކް އިންޓެރެސްޓް.
    ރައީސް ޔާމީނުގެ މައްޗަށް ހެކިނެތި ހުކުމް ކުރީވެސް ދޮގުތުހުމަތަކަާް. ފާސިގެއްގެ އެކަނި ހެތްކަށް. ޕަބްލިކް އިންޓެރެސްޓޭ ކިޔާފަ. ކަޅެމެން ނިކަން ﷲ އަށް ބިރުވެތިވެބަލަ. އެނގިތިބެ ނުބައި ހުކުމް ކުރާ ގާޟީދާހުށީ ސީދާ ނަރަކައަށް ކަމަށް ހަދީޘްގައިވަނީ. އެއީ ބަދަލުހިފުމާއި ފަރުދުން ހައްގުނިގުޅާ ގަނެވޭތީކަމަށް ގަބޫލެއް ނުކުރެވޭތަ؟

  23. މަރުބަލި

    ކެރެންޔާ ނިކަން އުތުރު ތިލަފަޅުގެ އެއްބަސްވުން ރައްޔިތުނައް ހާމަ ކޮއްލަ ބަލަ ނުލާހިކު ޕަބުލިކް އިންޓުރެސްޓު މި ކަމުގައި އެބައޮތެއްނު .

    13
  24. ލޯޔަރު

    ލިސްޓަށް އުނި އިތުރު ގެނެސް ބޭނުންނަމެއް ޖަހައި ބޭނުން ނަމެއް ކަޑައޭ ޢާއްމު ކުރި ކުރުމަކީ މަޖުލީހުގެ ޒިއްމާދާރު ކަމެއް ނެތް ކަމާއި ތަންދޮރު ނޭނގޭ ކަމުގެ ސާބިތު ދަލީލެކެވެ. ފުރިހަމަ ހައްޤެކެވެ. އަދި ކީއް ހެއްޔެވެ؟ ކޮމިޝަނުގެ އުފަންކޮށްފައިވާ ލިސްޓަކީ އެއްވެސް ކަހަލަ އަސާސެއް ގެ މައްޗަށް އެކުލަވާލާފައިވާ ލިސްޓެއް ނޫންކަން އިތުރު ހެއކެއްނެތި އޜގައިވާ ލިއުންތަކުން ސާބިތު ވެއެވެ. އެހެނަސް އަދި އެހެނަސް އެ ލިސްޓްގައި ވާ އެއްވެސް މީހެއް ގެ ނަމަވެސް ނުވަތަ އެޑްރެގަށް ބަދަލު ގެނައުމީ، އަހަރު ތަކަށް ބަދަލު ގެނައުމީ އަކީ ކާރދާށް ބަދަލު ގެނަުމާއި ނުވަތަ ފޮހެލައި އިތުރު ބަސް ތައް ލިސްޓްގައި ލިއުމަކީ މަޖުލީހަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަން ކަން ކުރި މެންބަރުން އެކުރީ ވަރށްބޯޑު ކުށެކެވެ. މިކުށުގައި ތިޔަ ޙިސާނުވެސް ހިމެނޭ އެވެ.

  25. ކަންބުލޮ

    ހިސާންއަކީ އަބްލޯގާޒީ ހައްޔަރުކުރުމުގެ ހުރިހާކަމެއް އެމްއެންޑީއެފްލައްވާކުރުވުމުގަވެސް ގާނޫނީލަފާލިޔެ އެމްއެންޑީއެފް ލޯޔަރް ޒުބައިރުއައް ފޮނުވިބޭފުޅާ

  26. އަގީގު

    ހިސާން ނުބުނަންތަ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އާރުލާ ކަހަލަ ވާހަކައެެއް. އެމައްސަލާގައި އަނގަމަޑުން ލައިގެން ހުންނަންޔާނު ދަރިކަލުން މީރާ ކޯފާވާނެ. ބޮލުގައި ތުހުމަތު އަޅުވާނެ

  27. އޭކު ސަވާލް

    އޭ ހިސާނޫ!!! ލިސްޓަށް އުނި އިތުރު ގެނެސް ބޭނުންނަމެއް އުނިކޮށް ބޭނުންނަމެއް އިތުރުކޮށް ކޮމިޝަނުގެ ލިސްޓް ކޮށާ މަށާ ހެދުމަށްފަހު ޢާއްމު ކުރި މައްސަލަ ދިފާއޫ ކުރާނަމޭ ހިތާ ތެދުވީ ހެއްޔެވެ؟

  28. ކާފަބޭ2020

    ސުލޫކީމައްސަލަ އުފަންކުރުވާހިސާނުއެވެ. ތިޔައުފައްދާމައްސަލައިގެ އެއްވެސްބޭނުމެއްނުހިފޭނެދުވަހާމެދު ވިސްނާށެވެ. އެދުވަހުއެހީތެރިވާނެ ބިޓުންނެއް ނުތިބޭނެއެވެ. އެދުވަހު ބަދަލުދޭންޖެހޭމީހުނަށް ބަދަލުދެމުންގޮސްދޭނެއެއްޗެއް ނެތުމުން އެމީހުންގެފާފަތައްބޮލުއަޅަންޖެހޭދުވަހު އެހީވާނެމީހެއް ނުހުންނާނެއެވެ. ހަމަނަފްސީނަފްސީއެވެ.

  29. އިތުރު މިތުރު

    އަހަރުމެން ދިވެހި ރައްޔިތުން ހިތްވަރާއެކު ކަނޑައޅައި ސާބިތު މިއުޅެނީ ކޮމިޝަނުގެ ލިސްޓަކަށް މަޖުލީހުން ބަދަލުގެ ނުގެނެވޭނެ ކަމަށެވެ. މިކަން ދިފާއޫ ކުރަން ދައްކާ ވާހަކަ ތަކަކީ ޤާނޫނީ އުންޞުރެއް ނެތް ބަޔަކު ދައްކާ ވާހަކަތަކެވެ.

  30. އީމާ

    ރިޔާސީވައުދަކުން ކޮށްފައޮތް ހިޔާނާތެއް ނުނެގޭނެ ސޯލިހުއާއި އަންނީގެ ނަން ހިޝާން އިސްވެހުންނަވައިގެން ވަނީ އުނިކޮށްފަ މިއަށްވުރެބޮޑު ހިޔާނާތެއް ނެތް މިއީ ތިޔަކޮމިސަނުގެ ސައްހަކަމާމެދު ހިޔާލު އުފެދިފައިވާކަމެއް އ. ދ ގެ މިނިވަންކޮމިޓިއަކުން ތިމަށްސަލ ބަލަންޖެހޭ.

  31. އިންސާފް

    ތަހުގީގަށް ހުރަސްއަޅައި، މީސްތަކުންގެ ޢަބުރު ކަތިލާފައިވާތީ، ކަމަނާ އިސްތިއުފާ ދޭންޖެހޭ! ޖުޑީޝަރީވެސް ހިސޯރުކޮށްގެން ތިޔަހެން ބޮޑު ގޮނޑީގައި ވެޑުވިގެނެއް ނުދެވޭނެ! ހަމަ މިހާރު އިސްތިއުފާ ދީ! ކޮބައިތޯ ތިޔަ ކިޔެވި ގާނޫނު! މިހާރު މިގައުމުގައި އޮތީ ކޮން ރައްކާތެރި ކަމެއްތޯ؟

  32. ލޯބިވާ

    އިންސާނީ ހައްގުތަކާއި މިނިވަންކަމުގެ ނަމުގައި ގޮވި ފަތިވަތިވަރު ކޮބައިތޯ؟ ކަލެއާއި ކަލޭގެ އައުވާނުން ވަނީ ނުލަފާ ޖައްބާރު ޖާހިލުންގެ ތެރޭގައި، އަދި ފަސާދަކުރާ މީހުންގެ ތެރޭގައި....

  33. Manuscript

    ހިސާނޫ ހުސައިނޫ އަށް ދަސްކޮށްދޭންޖެހެނީ ތިޔަ ވިދާޅުވި ލިސްޓަކީ މަޖުލީހުގެ މިލްކަކަށް ނުވާ ލިސްޓެކެވެ. އެއީ އެހެން ފަރާތެއްގެ މިލްކެކެވެ. އެހެންކަމުން އެ ލެތުމަށް އުނި އިތުރު ގެނެސް އާއްމު ކުރުމަކީ މަޖުލީހަށް ކުރެވޭނެ ކަމެއް ނޫނެވެ. ޙަމަ ނޫނެވެ.

  34. އަލް ޢަދުލު

    ތިޔަ ލިސްޓަށް އުނިއިތުރު ގެނެސް އާއްމުކުރި ހުރިހާ މެންބަރުން ތިޔަވަނީ ގޮޅިއަކަށް ފެތިފައެވެ. އަވަހަށް ނުވަތަ ލަހުން ނަމަވެސް މި މައްސަލަ ބެލުމަށް މިޤައުމު ތެދުވާނެއެވެ. ތިޔަ ކުށްވެރި ޢަމަލު ދިފާއު ކުރަން ހިސާނުމެން ދައްކާ ވާހަކަތަކަކީ ޤާނޫނީ ތަރަޙައިން ބޭރުގައި ދައްކާ ވާހަކަތަކެވެ.

  35. Anonymous

    ޔަޤީނުންވެސް ތި ފައިސާ ކޭ މީހުން އެނގޭނެ ދުވަހެއް އެބައޮތް. މިއަދު މަށޭ މަށޭ ނޫނޭ ކިޔަކިޔާ ތިބެވިދާނެ.
    ޤިޔާމަތްދުވަހުން ކޮންތާކަށްބާ ވަންނާނީ.
    ތިހެން ގޮވާ މީހުންވެސް ހުންނާނީ ތިކަމުގައި ހޭކިފަ

  36. ހަސަނު

    "ޕަބްލިކް އިންޓްރެސްޓްގަ އަޅުގަނޑުމެން ނަންތައް ހާމަކޮށްފަ ވަނީ،" ހިސާން ވިދާޅުވިއެވެ.
    ހިސާން ދެއުޅިއެްނުވާވާހަކަ ނުދައްކާ. ކަލޭގެ ތިޔަ ޤާނޫނީވަކީލުކަމުގެ އެއްވެސް އަގެއްނެތް. މުޅި ރައްޔިތް އެއްކޮށް އެދުނީމަ ނުކެރުނު އިންޑިޔާ އާއެކު ވި އެއްބަސްވުންހަމކުރާކަށް.

  37. އުސްމާނުބެ

    މަންޖޭ ، އަދި ހަމަ ހޭގަތޯ ތިހުންނަވަނީ ، ގާނޫނީ ވަކީލް ކަމުގެ ސަނަދު ނަންގަވައިގެން... ދަޑިވަޅު ބަލާފަ މިޅުކަމެއް ކޮއްލަން ރައްޔިތުން މޮޔަގޮއްވަން ކުރުވިކަމެއް. ރައްޔިތުން ގެ ފައިސާއިން މުސާރަނަންގަވައިގެން ކޮންކަމެއް ވަނީ....
    ތިޔަބުނާ އުސޫލުން އަހަރުމެންނައް ތުހުމަތު ކުރެވިދާނެ ތިތާތި ތިބީ ހުސްވަގުންކަން... އެހެން ނޭ ކިޔާފަ ކަލޭމެން ވަގުންނައްވޭތަ؟؟؟؟؟
    ހުސް އަމާބުނީތީ ފަރައްދާ އުސޫލުން ކަނަކަން ނިންމަން އިގޭ ބައެއް ނޫނީ ނެއް ތިތާގަ

  38. ދުންމާރި

    ދެން ތިޔަކަހަލަ ބަހަނާ ދައްކައިގެން ލާދީނީ އެމްޑީޕީގެ ހުރިހާ މުޖުރިމުން ސަލާމަތްކުރާނެކަން އެނގޭ ތީ ކޮން ބައެއްކަން މިޤައުމުގެ ރައްޔިތުންނަށް ވަރަށްސާފު

  39. ބަތަލާލ

    ގާނޫނީފުއްގަނޑު މޮޑެވިދާނެ ބޭނުންގޮތަކަށް މިއަދު މަޖުލިސް އަތުގަ ވެރިކަން އަތުގަ، މިއަދު ހުރިހާކަމެއްވެސް އިންސާފުންދާނީ ދެއްތޯ ،