އިސްރާއީލްގެ ދައުލަތުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާގެ ވާހަކަތަކަށް، ރާއްޖޭގައި ކުރާ ހުކުރު ނަމާދެއްގެ ޚުތުބާއެއްގައި ހިމަނައިދިނުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަޙީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ.

އިސްރާއީލުން ފަލަސްތީނަށް ދޭ ހަމަލާތައް އަނެއްކާ ވެސް އިތުރުވާން ފަށާފައި މިވަނީ، މަސްޖިދުލް އަޤްޞާގައި ރަމަޟާން މަހު ތަރާވީސް ނަމާދަށް ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދިނުމާ ގުޅިގެން ހިނގައިދިޔަ ކުރިމަތިލުންތަކަށް ފަހުއެވެ. އެއަށް ފަހު، ޣައްޒާގެ ހާލަތު ގޯސްވެ އިސްރާއީލުން ދަނީ އިންސާނީ ކަރާމަތަށް ގޮންޖަހައި ހުއްޓުމެއްނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ.

މި ހާލަތު ހިނގަމުން ދަނިކޮށް އިއްޔެ ހުކުރު ދުވަހެއް އައި އިރު، ރާއްޖޭގައި ހުކުރު ޚުތުބާގައި މި ކަން ފާހަގަކޮށްފައެއް ނުވެއެވެ.

ރޭގެ ވަގުތެއްގައި ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮ ދުއާ ކުރަން ހިތްވަރުދީ، ދިވެހި ރައްޔިތުންގެ ހިތްތަކަށް އަޤްޞާ މިސްކިތުގެ ހަނދާންތައް އާކޮށްދީ، އަދުގެ ޖީލުތަކަށް އެ މިސްކިތުގެ މުހިއްމުކަން ބުނެދިނުން މުހިންމު ކަމަށެވެ.

"އަލްއަޤްޞާ މިސްކިތާއި ފަލަސްތީނާ ގުޅޭ ގޮތުން ހުކުރު ޚުތުބާއެއް އައުން ވަރަށް މުހިއްމު ކަމަށް ފެނޭ،" އިސްލާމިކް މިނިސްޓްރީގެ ރަސްމީ ޓްވީޓާ އެކައުންޓް ޓެގް ކުރައްވައި ޑރ.ޝަޙީމް ލިޔުއްވާފައިވެއެވެ.

އިސްރާއީލުން އިރުމަތީ ގުދުސްގެ މައްޗަށް ވެރިވެގަތީ 1967 ގައެވެ. އޭރު ހިނގި އަރަބި-އިސްރާއީލް ހަނގުރާމައިގެ ތެރެއިންނެވެ. އޭގެ ފަހުން ފަލަސްތީނުގެ ބިމަށް ވެރިވެގަންނަން އިސްރާއީލުން ދަނީ އެކި ގޮތް ގޮތުން މަސައްކަތް ކުރަމުންނެވެ. އެ ކަމުގެ ތެރެއިން ފަލަސްތީނުގެ ބިންތަކަށް ހަމަލާ ދިނުމާއި ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އެކި އަނިޔާތައް ދެމުންދެއެވެ.

މި މައްސަލައަށް ބައިނަލް އަގްވާމީ ފަރާތްތަކަށް މިހާތަނަށް ވެސް ހައްލެއް ގެނެސްދިނުމަށް ކުރެވުނު މާބޮޑު މަސައްކަތެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަައީމް

    މުއީޒު ފަހަތުގަ ސަހީމްހުރެގެން ރައީސްޔާމީން ގެ އިރުސާރާއި އެކު ގައުމު ކުރިޔައްގެންދެވޭނެ ދެވަނަ ޗޮއިސް އެކަމަކު ބޭނުމީ ރައީސްޔާމީން ހަމަ އެވަރެއްނެތް

    11
    4
  2. ނޫންނޫން

    ނޫން ނޫން. ތިހެން ނަހައްދަވާ އިނގޭތޯ. އީދު ދުވަހު އޮތީ ބޮމާއި ޓެރަރިސްޓުގެ ވާހަކަ. ދެން އަންނަ ޚުޠުބާއެއްގައި އޮންނަންވާނީ ޖަރުމަނުގެ މިލިޓްރީ ހޮސްޕިޓަލްތަކުގެ ވާހަކަ.

  3. މެޑަމް ފާތު

    ފަލަސްތީނު މީހުންނަށް އިޒުރޭލުން އަނިޔާދޭންފެށީމަ މިމީހުން ބޭނުންވަނީ މިމީހުން ޕްރޮމޯޓުވެ ނާޖާއިޒު ފައިދާނަގާ ކުޅިވަރަކަށްހަދައި ޑުރާމާކުޅުން

  4. ޡުބާ

    ބޮޑުވަގެއް ތީ