މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގާފައިވާ ބޮޑު ހިޔާނާތުގައި ހިމެނޭ ރަށްތަކުގެ ހަމަ އަގު ހޯދުމަށް ސަރުކާރަށް ކެރޭނެ ކަމާއި މެދު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ސުވާލު އުފައްދައިފިއެވެ.

ހިޔާނާތުގެ މައްސަލަ ބަލާ އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައިސް އަހުމަދު އަސްއަދު ވިދާޅުވެފައިވާ ގޮތުންނަމަ ރަށްތައް ނުއަގުގައި ވިއްކުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ 220 މިލިއަން ޑޮލަރު ލިބެންޖެހެއެވެ. އެ އަދަދަކީ މީގެ ކުރިން އޭސީސީން ހާމަކުރި 143 މިލިއަން އިތުރު އަދަދެކެވެ.

އެމްއެމްއެމްޕީއާރްސީ މެދުވެރިކޮށް ތިން މިލިއަން ޑޮލަރުގެ އަގުހުރި ރަށްތަށް ފަސް ލައްކަ ޑޮލަރަށާއި 10 މިލިއަން ޑޮލަރުގެ ރަށްތައް އެއް މިލިއަން ޑޮލަރު ހޯދި މަހުޖަނުންގެ ނަންތައް ރިޕޯޓުގައި ހުރިކަން ފާހަގަކުރައްވައި އުޝާމް ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ އެ ރަށްތަކުގެ ހަމަ އަގު ހޯދަން ސަރުކާރަށް ކެރިދާނެތޯ ސުވާލު އުފައްދަވާފައެވެ.

އަދި ރަށްތައް އަނބުރާ ނަގަން ކެރޭނެކަމާ ދޭތެރޭވެސް އުޝާމް ސުވާލު އުފެއްދެވިއެވެ.

"އެ މައްސަލަތައް ބަލާ އެ ރަށްތަކުގެ ހަމަ އަގު ހޯދުމަށް ނުވަތަ ރަށްތައް އަނބުރާ ނަގަން މިސަރުކާރަށް ކެރޭނެ ކަމާ ދޭތެރޭ ޝައްކު" އުޝާމް ލިޔުއްވެވިއެވެ.

ރަށްތަކުގެ ހަމަ އަގު ހޯދުމާއި ގުޅޭ ގޮތުން އުޝާމް ޓްވީޓެއް ކުރައްވާފައި ވާއިރު ހަމަ އަގު ހޯދަން ހާއްސަ އޮޑިޓެއް ހަދަން ރައީސް އޮފީހުން އޮޑިޓާ ޖެނެރަލް އަށް ފޮނުވާފައިވެއެވެ. މިކަމުގެ އިތުރު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ބޮޑު ހިޔާނާތުގެ ވާހަކަ އަނެއްކާވެސް ވަރަށް ބާރަށް ދެކެވެން ފަށާފައިމިވަނީ މަންފާ ލިބުނު ކަމަށް ބުނާ މީހުންގެ ލިސްޓު މަޖިލީހުން އާންމުކުރުމާއެކުއެވެ. ލިސްޓުގައި ސަރުކާރުގެ އިސްވެރިންނާއި، މަޖިލީހުގެ މެމްބަރުންނާއި، ސިޔާސީ ދާއިރާގެ އިސް ބޭފުޅުންގެ އިތުރުން ބައެއް ކުންފުނިތައްވެސް ހިމެނެއެވެ. މި މީހުންނަށް ލިބުނު ފައިސާގެ އަދަދު ސީދާ ބަޔާންކޮށްފައެއް ނުވެެއެވެ. ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ގިނަ މީހުން ވަނީ ހިޔާނަތުގެ ފައިސާގައި ޖެހުނުކަމަށް އިންކާރު ކުރައްވާފައެވެ.

ހިޔާނާތުގެ ފުރިހަމަ ތަހުގީގެއް ނުހިންގިދާނެ ކަމަށް ބުނެ ރިޔާސީ ކޮމިޝަނަށް ވެސް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޏނ

    ތިޔަ ފައިސާ ދެން ހޯދަން ދަޢުވާކުރަން ޖެހޭނީ ޖަންކްޝަންތައް ގޮވައިގެން، ތި އެންމެފަހުން ޖަމާވިކަމަށް ވަނީ ޖަންކްޝަންތަކަށް

  2. އޮޅުދޫ

    ޤަސްދުގައި، ތިޔަ ތަހުގީގު ހަރާބުކުރި ބަޔަކު ހަރާބުކުރީ ތިޔަ ފައިސާ ނުހޯދަންވެގެން! އެމީހުން އަކީ ބޮޑެތި މުޖުރިމުން!

  3. ރައްޔިތުން

    ތިޔަ ފައިސާ ހޯދާނެ ގޮތަކީ ތިޔަ ވައްކަން ކުރި ހުރިހާ މީހުން ރާއްޖޭގެ ބޮޑު ފަޅުރަކަށް އަރުވާލާނީ އަދި އެމީހުންގެ މައްސައްކަތަކަށް ހަދަންވީ އެރަށުގައި ދަނޑުގޮވާންކޮށްގެން ލިބޭ އާމްދަނީ އިން އެމީހުންނަށް ދެވޭ މުސާރަ ކަނޑާފައި ހުންނަ ހުރިހާ ފައިސާ އެއް ދައުލަތުގެ އާމްދަނީ އަށް ވައްދަންވީ. އެމީހުން އެރަށައް އަރުވާލާފައި ބޭއްތިއްބޭނީ 50 އަހަރަށް އަނބިދަރިންނާއެކު. މިގޮތަށް ހަދައިގެން އެފައިސާ ލިބޭނީ އަދި އެމީހުން މަސްދޯނިފަހަރުގައި މަހަށްދިޔަސް ޚަރަދު އަދި މުސާރަ ކަނޑާ ލިބޭ ފައިސާ ދައުލަތަށާް ނަގާނީ އެކަކަށްވެސް ގެއްލުމެއް ދޭނެ ކަމެއްނެން. އޭރުން މުޅިން އާ އިންކަމެއް ލިބޭނެ. 50 އަހަރުގެ ކުރިން ގުދުރަތީ މަރަކު ނިޔާވެއްޖެ ނަމަ އެމީހާ ކިބައިން މާފުކުރެވޭގޮތަށް.

  4. ކޮވިޑް

    އުޝާމް އަޅު ގަނޑު އެދެން މަޖިލީހަށް ގަރާރެއް ލާން، މިހާރު ރާއްޖޭގަ ހުރި ހުރިހާ ރުފިޔާ އެއް ފޮރެންސިކަށް ގެންގޮސް އެ ބަލަން ، ކާކު ގެ އެކައުންޓް އެއްގަ ހުރި ރުފިޔާ އަކު ތޯ ހިޔާނާތް. ނުވަތަ އެމްއެމްޕީއާރްސީ ގެ ހިޔާނާތު ގެ ފައިސާ މިހެން ޖަހާފަ ހުރިތޯ ބަލަން މަޖުބޫރު ކޮށް؟ މިނޫން ގޮތެއް ނެތެއްނު.، ލިސްޓް ގަ 200 އެތަށް ބަޔަކު އެކަމް އެމްއެމްޕީއާރްސީ ފައިސާ އެއްނޫން ، ކިހާބޮޑު ތެދެއް މީ.

  5. ސައިސް

    ތިލިސްތްގަ ނަންއޮތްމީހުން ހުރިހާވަޒީފާ އަކުން ވަކިކުރޭ ޢެޜުން ރީގެ އަސްހަގީގަތް ފެންމާތިވާނީ. އެޔައްފަހު ނަޝީދު މިަގއުމުން ބެރުކުރޭ

  6. ރައްޔިތުމީހުން

    ހަރުމުދަލާ ބޭންކުގަ ހުރި އެއްޗެއް ސީޒް ކޮއްލީމާ ކޮންމެސް ވަރެއްވާނު..

    ގޯތިގެދޮރާ އެޕާޓްމަންޓްތައް ގަނެލާފަ ވިއްޔާއެހުރީ އެލާރިން..

  7. ރެފްރީ

    އުޝާމުގެ މިނޫންފޮޓޯއެއްޖަހާބަލަ !!