ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނިރުބުވެރި ހަމަލާ އާއި ގުޅިގެން އެމަނިކުފާނުގެ ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތުހުމަތުތަކެއް ކުރައްވައިފިއެވެ.

މީރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓު ވަރަށް ދިގު ކަމަށާއި، އެ ލިސްޓުގައި ޝާހިިދު ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.

މީރާގެ ލިސްޓުގައި ރައީސްވެސް އޮތްކަން ފާހަގަކޮށް އޭނާ ބުނެފައިވަނީ "މިއީ ތެދަށްވާން ބޭނުން ނޫން" ކަމަށެވެެ.

"ދެން މިއޮތީ ހޭއަރާފައި" މީރާގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ނަޝީދަށް ހަމަލާ ދީފައިވަނީ އެމަނިކުފާނު ގެކޮޅު ގ.ކެނެރީގެއިން ނިކުމެވަޑައިގެން މަޖީދީމަަގަށް ކާރުކޮޅަށް އަރަން ދިޔަ މަގުމަތީ އެއްޗެއް ގޮއްވާލައިގެންނެވެ.

ނަޝީދުގެ ދޮށީ ދަރިކަނބަލުން މީރާ މީގެެ ކުރިން ކުރި ޓްވީޓެއްގައި ވަނީ އެ ހާދިސާ ހިންގި އިރު ނަޝީދުގެ ބޮޑީގާޑުން ކޮބާތޯ ސުވާލު ކޮށްފައެވެ. ބޮޑީގާޑުންނަޝީދުގެ ކާރު ޗެކް ނުކުރީ ކީއްވެތޯ ވެސް އޭނާ ވަނީ ސުވާލު ކޮށްފައެވެ. "އަހަރެން %90 ގަބޫލުކުރަނީ މިއީ އެތެރެއިން ދިން ހަމަލާއެއް ކަމަށް." މީރާ ބުންޏެވެ.

ނަޝީދަށް ދިން ހަމަލާއަކީ ރޭވިގެން ހިންގާފައިވާ ނިރުބަވެރި ހަމަލާއެއް ކަމަށް މީރާ ސިފަ ކޮށްފައިވާއިރު އޭނާ ވަނީ ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެހަމަލާ ކުއްވެރި ކުރެއްވުމުން އެއީ މައުމޫން ރާވައިގެން ކުރައްވާފައިވާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

މީރާ ވަނީ މި ހަމަލާގައި ބައެއް އެހެން މިނިސްޓަރުންގެ އަތެއްވާކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. އެގޮތުން ޑިފެންސް މިނިސްޓަރ މާރިޔާވެެސް އޭނާގެ ލިސްޓުގައި ހިމަނާފައި ވެއެވެ.

މީރާ އަކީ މީގެ ކުރިން ވެސް އެކި ކަންކަމުގައި ސާބިތު ނުހިފޭ ވާހަކަތައް ވަރަށް ގިނައިން ދައްކަވާ ބޮޑެތި ތުހުމަތުތައް މީހުންގެ ބޮލުގައި އަޅުވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. މައިކް

    މިވެސް އޭނަގެ ބައްފާހެްން ގަޔަހިނިއަރައިގެން ތެޅޭ އެޗެއް އެފަހަރު މައުމޫނައް އަނެއްފަހަރު އިޞޫ އައް އަނެއްފަހަރު ބުނާނެތޯޗެ ލައިލާޔޭވެސް ނޫނީހިސާނޭވެސް.

    117
    3
  2. ކޮވިޑް

    މީރާ ލައިލާ " ނަޝީދު " ނަމަށް ބަލާލީމަ ނޭގޭތަ؟ " މީރާ އަކީ މީގެ ކުރިން ވެސް އެކި ކަންކަމުގައި ސާބިތު ނުހިފޭ ވާހަކަތައް ވަރަށް ގިނައިން ދައްކަވާ ބޮޑެތި ތުހުމަތުތައް މީހުންގެ ބޮލުގައި އަޅުވާ މީހެކެވެ. " މިކަމެއް؟

    99
    • ބުރޯ

      އޮންގޮއިން މައްސަލަ އެއްގަ ވަރަށް ގިނަ ސަސްޕެކްޓްސް ހުންނާނެ. އެހެނޭ ކިޔާފަ ވަކި މީހަކަށް އިނގިލި ދިއްކުރުމަކީ ވަރަށް ނާތަހުޒީބު ކަމެއް. މީރާ އެބަ ޖެހޭ މެންޓަލް އެސެސްމަޓްއެއް ހަދަން. ސާބިތު ނުހިފޭ ވާހަކަ ދެއްކުމަކީ ހަމަބުއްދި ސަލާމަތުން ހުރި މީހަކު ކުރާނެ ކަމެއް ނޫން. ތިހެން ވީރުން ތިޔަ ލިސްޓުގައި އަމިއްލަ ބައްޕަވެސް ހިމެނެން ޖެހޭނެ.

      43
  3. ޙ

    ޢޭނަކޯޓަށް ހާޒިރުކުރުވާ އޭނަމީހުންގެ ބޮލުގަތުހުތު އެޅުވިގެންނުވާނެ

    93
    1
  4. ޙުސޭނު

    " މީރާ" ތި ކަމާއި ގުޅިގެން 3 ފަހަރު 3 ގޮތައް ތި ވާހަ ކަ ދެއް ކީ ދެން އެއްވެސް ވާހަ ކައެއް ގަބޫލެއް ނު ކުރާނަން.

    93
    1
  5. ޙައްޕު

    ބޯ ހަމަނުޖެހޭ ދަރިއެއްތީ.އަމިއްލަ ޕާޓީ ހަލާ ކުކވުން ނޫން ކަމެއް ތި ކަމަ ކުން ނުވާނެ

    94
    2
  6. ވާނުވާ

    މީހުންގެ ސަމާލު ކަން ހޯދަން އުޅުނަސް މިދެން ބޮޑުވަރު
    މީނަ ދައް ކާ ވާހަ ކަތަ ކުން މީނަގެއަގު ވެއްޓުން ނޫން ކަމެއް ނުވެ

    94
    3
  7. އައްޔަ

    މިހަމަލާގެ އަޑި ހޯދިއްޖެނަމަ އެވުންގާތީ ރާއްޖޭގެ ތަހްގީގު އޮފީސް ތަކަށް މިދިޔަ 12 އަހަރު ތެރޭގައި ހޯދުނު އެންމެ ބޮޑު ކުރިއެރުން ކަމަށް. އޭގެ ސަބަބުން އަފްރާޝީމް މައްސަލައާއި ކަނޑެއް މެދެއް ނޭގޭ އެތަައް ބޮޑެތި މައްސަލައެއްގެ ތޮށިގަނޑުނޮޅި ގަސްގަނޑު ހާމަވާނެ ކަމަށް ބެލެވޭ. ޝާހިދު މިމައްސަލާގައި ސަައިލެންޓްކޮށް ހުރުން، ބަހެއް ނުކިއުން. ސަރުކާރުން އިންޑިއާގެ އެހީތެރިކަމެއް ތަހްގީގަށް ނުހޯދުން. އިންޑިއާގެ ވެސް އަޑުމަޑުވުން. މިސަރަހައްދުގައި އެކްސްޓްރިމިސްޓުން އުފައްދާ އެމީހުން އޮޕަރޭޓް ކުރުވާގޮތް ނަޝީދަަށް ވަރަށް ފަރިތަކަމާއި އެކު އެނގޭނެ. އިންޑިއާގެ ގޭމްތައް ހުންނާނެ ގޮތް ވެސް އެގޭނެ. ނަޝީދަށް 98 ޕަސެންޓް އެނގޭނެ މިކަންއަންނާނެ ދިމާލެއް މޫގަނޑާއި އެކު

    32
    2
  8. ސާމް

    މިއޮތީ ބޮޑު ތުހުމަތެއްކޮއްފައި. ނިކަމެއްޗެއްނަމަ ވަގުތުން ޕޮލިހަށް ހާޒިރުކޮށް ހަންދަމާލާނެ. ކެރޭނެބާ މިމައްސަލަ ބަލަން. ކެރޭނެބާ.

    55
    1
  9. ކެކެކ

    ކޮސް ގޮވުމުގައި މީނާ ވަކީ އޭނާގެ ބައްޕައަށް ދުލެއްނުދޭ.

    62
    1
  10. ާަަައަލީ

    މޮޔަ ކުއްޖެއްދޯ

    53
    • މަރީނާތު

      24 ގަޑި އިރު ހަމައިގަ ހުންނާކަށް ނުޖެހޭ

  11. އާދަނު

    ވާނުވާގައި ހުރެގެން އެންމެންގެ ބޮލުގައި ތުހުމަތު އަޅުވާތި..އަދަބެއް އަހުލާގެއް ނެތަސް ބޮޑުވަރުތީ..

    51
  12. އިދުރީހު

    މީނަ ކޮމެ ވާހަކައެއް ދެއް ކިއަސް މީނަ ތަނަ ކައް ހާޒިރު ކޮއް ތަހުގީގެއް ހިންގޭނެ ފެންވަރެއް މިސަރު ކާރަ ކުނެއް މީ އާންމު ރައްޔިތަ ކު ދައް ކާވާހަ ކައެއްނަމަ މިހާރުގެންގޮސް އުލުބައިންދާފިސް
    މިސަރު ކާރުގައޮންނާނީ މޮޅުމީހުންނައް ބޮޑުއިންސާފު

    46
  13. ފަތަށްސީލާ

    ތިޔަބުނާ މީރާ އަކީ ގުރާދުއަށް ގެންދަންވެފާ ހުރި ބޮޑުމޮޔައެއް. މޮޔަޔަކު ދައްކާ ވާހަކަ ނޫސްވެރިން އެލިޔަނީވެސް އެމީހުންގެ ގަމާރުކަމުން.

    37
  14. ހުސެން

    ތިމިންޖެއަށް ރަނގަޅު އެއްގޮތެއްވެސް ނޯންނާނެ. ޝަކުވާފުނީގަ، ބުލޭމްގޭމް. އެކަކު ކުއްވެރިކޮށްފަ އަނެކަކު ކުއްވެރިކުރުމުގަ.

    43
  15. އަލީ

    މީރާއޭ މިކިޔާ ނަޝީދުގެ ދަރިޔަކީ އަދަބު އަހުލާގުގެ އެއްވެސް މިންވަރެއް ލިބިފަ ނެއް މީހެއްކަން އިންގޭ އުޅުމައްބަލާލީމަވެސް. އެވަގުތު ދުލައް އައި އެއް ބުނެ ދޫކޮއްލުމަކީ މީނަވެސް ވަރައް ފަރިތަކަމާއެކީ ކޮއްއުޅޭކަމެއް.

    40
  16. ޝަރީފާ އިސްމާޢިލް

    ޓުވިޓާގައި ހަޅޭ ފަޅޭއްޖަހައި، އައުގުރާނާ ގޮވަމުންދާއިރު، ހަމައިގައި ތިބޭ މީހުންގެ ލިސްޓްގައި ދަރިކަބަލުން ހިމެނޭތޯ ބެލުން މުހިއްމު

    44
  17. ހުސޭނުބޭ

    ފޮޓޯގަނޑު ބަލާލާފައި ހީވަނީ ދެމީހުން މަޝްވަރާކުރަމުންދަނީ އެކަމާހެން!

    26
  18. ހައިހާ

    ސިޔާސީ މީހުންގެ އަންހެން ދަރިންގެ ތެރެއިން އެންމެ ރަނގަޅު ތަރުބިއްޔަތެއް ދެވިފައިވާކަމަށް ފެންނަ މަންޒަރުތަކުން ގަބޫލްކުރެވެނީ ރައީސް ޔާމީންގެ ދަރިކަނބަލުންނަށް.

    70
    1
  19. މީރާ ކަލޭވެސް ނެތް ބައްޕަ ގާތުގައި!

    ބައްޕަ ހިމާޔަތް ކުރުމުގައި ކަލޭވެސް ނެތީމެއްނު! ދެން އެހެންބައެއްގެ ވާހަކަ ދެއްކެން އެބައޮތް ހެއްޔެވެ؟ މަޢުލޫމާތަށްޓަކައި ބުނެލަން އޮތީ، ކިތަންމެ ޖޭ ވިޔަސް، މިހާރު ރާއްޖޭގެ ވެރިކަމުގައި ހުރީ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެއީ ކަލޭގެވެސް އަދި ކަލޭގެ ބައްޕަގެ ވެސް ރައީސް އެވެ. ހަޖަމް ޕްލީޒް!

    28
  20. ސަކޫން

    މީ ރާއަކީ ބުއްދި ހަމަ ނުޖެހޭ މޮޔަ މަންޖެއެއް . އެމަންޖެ ދައްކާ ވާހަކަ ގަބޫލު ކު ރުމަކީ ވެސް މޮޔަ ކަމެއްް. އެ މަންޖެ އަށް ހީވާ ކަހަލަ ތޯއްޗެ ތިމަން މަންްްޖެ އަކީ މިހާ ރު ވަ ރަށް ހަ ރުދަނާ ސިޔާސީ ސަޚްޞިއްޔަތެއް ކަމަށްް

    23
    1
  21. ސަމާއަހުމަދު

    މިގައުމުގައި ލިބެންނުޖެހޭ، ވާންނުޖެހޭ މީހުންނަށް ދަރަޖަދެނީ ހަމަ ނޫސްވެރިންނާ އާންމުރައްޔިތުން. ދީނީ ހަރުކަށި ފިކުރުތަށްވެސް ފެތުރެނީ ފެންވަރު ނެތް މީހުން މާގަދަބަޔަކަށް ހަދައިގެން ޕްރޮމޯޓްކުރާތީ ނޫސްތަކުން. މިހާރު ރޯނުފިލާ ހުރި ކުރީގެ ރައީސެއްގެ ދަރިޔަށް "ވިދާޅުވީޔޯ". ދެންކީކޭ ބުނާނީ. މާދަން ނޫންކަންނޭނގެ މިފަދަ އިންޓަނެޓުން އަނގަ ހަލުވި ކުދިން މިތާގަ އެމީހުންގެ ޕްރޮޕެގެންޑާ ފަތުރަންފަށާނީ. ވިސްނަބަލަ!

    22
  22. ޢަދުރޭ

    ނަޝީދުގެ ފިތުނައިގެ ސަބަބުން ޤައުމުގައި ތިބި ކަންކަމަށް ޤާބިލް ހަރުދަނާ މީހުންގެ އަބުރުވެސް މިދަނީ ކަތިލެވެމުން

    13
    1
  23. މޮޅަމީރާ

    ހިނދުކޮޅު ހުންނަ މީހެެއްތަ މީ؟ ދެފަހަރު އެކައްޗެއް ނުކިޔާ

  24. ޢަގީލަންބާ

    އެ ޓްވީޓް ގަ އޮތީ ހަނޑުލުގެ ވާހަކަ

  25. އިބްރާ

    ރާވައިގެން ނަޝީދުގެވެސް ބައިވެރިވުމާއިއެކު

    8
    1
    • ބޯހަލާކު

      އެއީ ހަމަސީދާ މީރާގެ ރޭވުމެއް އަގަލުކުޑަވެސް ތީބޮޑުވަރު ވ

  26. ޖީއެސްއެމް

    ބައްޕާފުޅުގޮަތަށް ގިނަ ފަހަރު މޮޔަގޮވާ މަންޖެއެއް ތިއީ!

  27. ކިޔާހުވާ

    އަދިކިރިޔާ މިއިނގެނީ (މީރާ) ޖީއެސްޓީ ނަގާވުޒާރާޔައް މީރާ މިކިޔާގޮތް ދަރީގެނަންދަމަހައްޓާން ވިސްނާލީމަ މިއިނގެނީ މިޓެކުހަކީ އަސްލު ޔަހޫދީން ނަގަމުން އަންނަ އެއްޗެއްކަން އިސްލަމީ ތާރީ ޙުންއެނބައެނގޭ ކީއްތޯ ކުރާނީ