މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ މޭސްތިރިޔާ އަދި ކުރީގެ ނައިބު ރައީސް، އަހްމަދު އަދީބުގެ ވަކީލަކަށް އުޅުނު ނަމަވެސް ހިޔާނާތުގެ އެއްވެސް ފައިސާއެއްގައި ޖެހިފައި ނުވާނެކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ވިދާޅުވެއްޖެއެވެ.

ރިޔާސީ ލޯންޗް ކޮޅު ގޮއްވާލި މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމާއި އެކު އަދީބުގެ ވަކީލެއްގެ ގޮތުގައި ސިރާޖު އުޅުއްވީ 2015 ވަނަ އަހަރުގެ ފަހުންނެވެ. އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ އެންމެ ފުރަތަމަ ފަހަރަށް ތިލަވެގެން ދިޔަ ދުވަސްވަރުގައެވެ. މި ދެބޭފުޅުންގެ އިތުރުން އަދީބުގެ ވަަކީލެއްގެ ގޮތުގައި ދެން އުޅުއްވީ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންއެވެ. އޭނާ އަދީބުގެ ވަކީލަކަށް އެމްއެމްޕީއާރްސީގެ މައްސަލަ ތިލަވުމުގެ ކުރިންނެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ 281 މީހުންގެ ނަން ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހާ ޚިއްސާ ކުރި ގޮތަށް ވަނީ އާންމުކޮށްފައެވެ. މި ރިޕޯޓު އާންމުކޮށްފައި ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ހިމެނޭހެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީން ދިރާސާ ކުރުމަށްފަހުއެވެ.

އެސްޓް ރީކަވަރީ ކޮމިޝަނުން އެކުލަވާލި ލިސްޓްގައި އަދީބުގެ ވަކީލަކަށް މަސައްކަތް ކުރެއްވި މެންބަރު އަލީ ހުސެއިންގެ ނަން ހިމަނާފައި އޮތެވެ. ނަމަވެސް އަދީބުގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރެއްވި ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމާއި މެންބަރު ސިރާޖުގެ ނަމެއް ނެތެވެ.

މިކަމާއި ގުޅިގެން ސިރާޖް "ވަގުތު" އަށް ވިދާޅުވީ އެއްވެސް ކަހަލަ ހިޔާނާތެއްގައި އޭނާ ބައިވެރިވެފައި ނުވާނެ ކަމަށެވެ. އަދި މިއަދުވެސް ހުންނެވީ އެގޮތުގެ މަތިގައި ކަމަށް ވިދާޅުވިއެވެ. އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށްފަހު ވަކީލް ފީގެ ގޮތުގައި ކިހާ އަދަދެއްގެ ފައިސާ ލިބުނުތޯ ސުވާލުކުރެއްވުމުން ސިރާޖް ވަނީ އެ ސުވާލަށް ޖަވާބު ދިނުމަށް އުޒުރުވެރިވެފައިވެއެވެ. އޭނާ ވިދާޅުވީ ވަކީލް ފީ އަކީ މުއައްކިލާއި ވަކީލާއި ދެމެދު ސިއްރެއްގެ ގޮތުގައި އޮންނަ އެއްޗެއް ކަމަށެވެ.

"ވަކީލް ފީ އަކީ ކްލައިންޓްއާއި އަޅުގަނޑާއި ދެމެދު ސިއްރެއްގެ ގޮތުގައި އޮންނަ އެއްޗެއް. އަޅުގަނޑަށް އަދީބުގެ ފަރާތުން އެއްވެސް ހިޔާނާތުގެ ފައިސާއެއް ލިބިފައި ނުވާނެ. އަދި ހިޔާނާތުގައި ބައިވެރިވެފައިވެސް ނުވާނެ" ސިރާޖް ވިދާޅުވިއެވެ.

މަޖިލީހުން މިދިޔަ ބުދަ ދުވަހު އާންމުކުރި ލިސްޓުގައި މި ތިން ބޭފުޅުންގެ ތެރެއިން އަލީގެ ނަން އެކަނި އޮތުމުން ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމްވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން އަލީ ހުސައިން ވަނީ އެސެޓް ރެކަވަރީގެ ރިޔާސީ ކޮމިޝަނަށް ވެސް ހާޒިރުކޮށްފައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އަދީބު އޭނައަށް ބައި މިލިއަން ރުފިޔާ ދީފައި ވަނީ އަދީބަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީގެންނެވެ. އެއީ ޚިޔާނާތުގެ ކަމެއް އުޅޭ ކަން ނޭނގޭ ދުވަސްވަރެއްގައި އެ ފައިސާ ދީފައި އޮތުމުން، އެއީ ޚިޔާނާތުގެ ފައިސާ ކަން އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދީބުގެ ގާނޫނީ ވަކީލުކަން ކުރުމާ ގުޅޭ ގޮތުން ޝަމީމް ވެސް ވަނީ ކުރިން ވާހަކަ ދައްކަވައިފައެވެ. ޝަމީމް ވިދާޅުވެފައިވަނީ އެއްވެސް އިރެއްގައި ޚިޔާނާތުގެ މައްސަލާގައި އަދީބުގެ ވަކީލު ކަން ކުރައްވާފައިވާ ނުވާނެ ކަމަށެވެ. އޭރު ޝަމީމް ހުންނެވީ ސަސްޕެންޝަންގައި ކަމުން ވަކީލު ކަން ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.

އަދީބުގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ، ރިޔާސީ ލޯންޗުކޮޅު ގޮއްވާލި ކަމަށް ބުނާ މައްސަލާގައި ކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ. ލީކްވި ލިސްޓުގައި ޝަމީމްއަށް 3 މިލިއަން ޑޮލަރު ވަކީލް ފީގެ ގޮތުގައި އަދީބް ދީފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް ހިޔާނާތުގެ އެއްވެސް ފައިސާއެއް ޝަމީމްއަށް ލިބިފައި ނުވާ ކަމަށް ބުނެ ޕީޖީ އޮފީސްވެސް ވަނީ އޭނާގެ ދިފާއުގައި ނިކުންނަވާފައެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތުގެ މޭސްތެރިޔަކަށް ހުންނެވި އަދީބު ވިދާޅުވެފައިވާ ގޮތުގައި އެ ފައިސާ ސިޔާސީ ޕާޓީތަކަށާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނަށާއި، މަޖިލީހުގެ ބައެއް މެންބަރުންނާއި، ބައެއް ވަޒީރުންނަށާއި ޝަރުއީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންނަށް އޭނާ ދީފައިވާނެއެވެ.

މި ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވައުދުފުޅެކެވެ. އެ ކަމަށްޓަކައި ރިޔާސީ ކޮމިޝަނެއް އެކުލަވާލައްވައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހާއި، ފުލުހުން ހިމެނޭ ގޮތަށް ޖޮއިންޓް އިންވެސްޓިގޭޓިވް ކޮމިޝަނެއް ވެސް އެކުލަވާލާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޟމ

    އެހެންވީއިރު އަދީބު އަށް ވަކާލާތު ކޮށްދިނީ ދިޔާ އެއްޗެއްސައްތޯ، ފައިސާ އަށް ވެއްޖެއްޔާ އެނޫން އެއްޗެއް ނެތް އޭނަ އަތަކު،ފައިސާ ދީފަ ޑޮލަރު ގަތް މީހުންވެސް މިއަދު ޚިޔާނާތުގެ ފައިސާ ބޭނުންކުރިކަމަށް މިވަނީ، އެމީހުންގެ އަބުރު ކަތިލާއިރު ކޮބާ އެމީހުންގެ ޙައްޤު،

    24
    1
  2. ނަައީމް

    ސަމީއައް ތިޔާގެން ރެހެވިއްޖެނަމަ ދެންތިބި މީހުނައް ނުހައްގުންއަބުރުކަތިލުމުގެ ބޮޑުބަދަލެއް ނެގުމުގެ ފުރުސަތު ބޮޑު ވިސްނަވާ ގައުމުކުރިޔައް ގެންދަވާ އިތުރު ފައިސާ އަބުރާ އަނެއްކާ ހުކުމަކުން ވަކިވަކި ބޭފުޅުންނައް ދޭންޖެހުމަކީ ރޯމާދުވާލު ސަރުކާރު ބީތާކޮއްލުން ފުޑުފުޑުކޮއްލުން ރައްޔިތުން ވިސްނަވާ ވިސްނަވާ ހެއްލުމަކީ ގެއްލުމެއް އަމާންސީދާ މަގު ކުރިމަތީގާ އޮއްވާ އެހެންމަގެއް ހިޔާރު ނުކުރައްވާ ރައީސްޔާމީން އާއި މިގައުމު ހިންގަން ހަވާލު ކުރައްވާ އަދިވެސް ހިކުމަތްތެރި ވިސްނުންތެރި ކަމާއި އެކު އަޅުގނޑުމެންގެ މި ގައުމު ކުރިޔައް ގެންގޮސްދޭނެ ވެރިޔަކީ ރައީސްޔާމީންކަން ކަށަވަރު ރައްޔިތުން މިހަމުގާ ކެރިގެން ކުރިޔައްދަމާހިގާ ގައުމުގެ ހައްގުގަ

    21
    3
  3. ކޮވިޑް

    ބަލަ ސިރާޖު ޤާނޫ ވަކީލަކަށް ވީމަ ހީފޫޅު ކުރައްވަނީތޯ އެހެން މީހުނީ ގަމާރުންނޭ ކެކެކެކެ. ބަލަ ޔާމީން އެކައުންޓަށް ޖަމާކުރި ކަމަށް ކިޔާ ފައިސާ ، ޑޮލަރު، ގެ ކޮންމެ ނޫޓެއް ގަ ހިޔާނާތުގެ ނުވަތަ އެމްއެމްޕީއާރުސީ ޖަހާފަ ހުރީތޯ ހުކުމް ކޮށްފަ އެހުރީ؟ ތި ފެޅެނީ ދެން ދާނީ ފަޅައިގެން އިންޝާ ﷲ،

  4. ޙާސިންޖީ

    ސާބަހޭ މޫސަަސިރާޖް ތީ އިޚްލާސްތެރި ތެދުވެރިއެއް ތިގޮތުގައި ކުރިޔަށްދާ ތެދުވެރިންނަށް ހެޔޮ ރަނގަޅު ގޮތްތައް އަބަދުވެސް ﷲ މެދުވެރިކުރައްވާނެ

  5. ކާފަބޭ2020

    އެހެންމީހުނަށްދިނީމަޚިޔާނާތުގެފައިސާ ތިމާއަށްލިބުނުތަކެއްޗަކީ (ދިޔާތަކެތިއެޅިދަބަހުންލިބުނު) އެއީ ހަލާގޮތުގައަދީބުހޯދިތަކެތި ދުފާއެއްޗިއްސޭނުކިޔާ! ތިމާއަށްލިބުނީޙަލާލުތަކެތިނަމަ ރައީސްޔާމީނު މިހާރުންމިހާރަށް މިނިވަންކުރަންޖެހޭނެ! ސަބަބަކީ ލޯންޑަރކުރެއްވިކަމަށް ދައުވާކޮށްހުކުމްކުރިފައިސާ މިހާރުވެސްހުރީ ސަރުކާރުގެބާރުގެދަށުގަ ވީމާ ކޯޓަކުންއެފައިސާއަކީ ޚިޔާނާތުންހޯދާފަވާފައިސާކަމަށް ކަނޑައަޅާފަނުވާއިރު އަދި އެސްއޯއެފްގެއެކައުންޓުތަކުގަހުރީ ޚިޔާނާތުގެފައިސާކަމަށް އެއްވެސްކޯޓަކުންކަނޑައަޅާފާނުވާއިރު ފާސިގެއްގެހެކިބަހަށް(މަގާމެއްގެދަހިވެތިކަމުގަ) ކުރިހުކުމަކަށްވާތީ މިހާރުންމިހާރަށް ރައީސްޔާމީނު މިނިވަންކުރަންގޮވާލަން! އޭމީސްތަކުންނޭ! ޖަވާބުދާރީވާންޖެހޭ ދުވަހާމެދުބިރުވެތިވާށެވެ.

    4
    1
  6. Anonymous

    ސިރާޖަށް ދޭިނީ އޭނަގެ މުސާރަ ސްލިޕުގަ ޖަހާފަ އިން ފައިސާތަ. ސިރާޖަށްވީމަ އެއް އެކައުންޓަކުން ނަގާފަ ވަގުދައިސާއާ ސައްހަ ފައިސާވަކިވޭ. އެކަމަކު ރައީސް ޔާމީން އެކައުނޓަށް އެސްއޯ އެފްގެ ޗެކެއް ޖަމާވުމާއކު އަމިެްލަފައިސާއާ މިކްސްވެ މުޅި އެކައުންޓް ތަޣައްޔަރުވެއްޖެ. އެއްމިލިއަން ނަގާ ސަރުކާރު އެކައުންޓަކަށް ޓްރާންސްފަރ ކުރުމުންވެސް އެތަޣައްޔަރުކަން ނުފިލިއޯ!!! އަޅެ އަނިޔާވެރިކަން ތިވަރު ބޮޑެއްނޫންތައަޅޭ. ކަލަެމެން ނިކަން ހެއްދެވި ފަރާތަަަް ބިރުވެތިވެބަލަ. އެތައް ބައެއްގެ ބަދު ދުއާއަާް ބިރުވެތިވެބަލަ. އަނިޔާ ލިބިފައިވާ މީހާގެ ދުއާ ﷲ ތައާލާ އިޖާބަކުރެއްވުން އަވަސްވާނެކަން ހަނދާން ކޮށްބަލަ!!!

  7. ރޯނު އެދުރު

    ޚިޔާނާތުގެ ފައިސާގެ ނޫޓުތަކުގެ ޑިޒައިން، ސައިޒް މިކަހަލަ ކޮންމެސް އެހެން ނޫޓުތަކާއި ތަފާތު ގޮތްތަކެއް ވާކަމަށް މިހާރު ޤަބޫލުކުވެނީ. އެންމެންވެސް މިބުނަނީ ތިމްނަމެންނަށް ލިބުނީ އެފައިސާއެއްނޫނޭ. ގައިމު ވަކިކުރަން އެނގޭތީ ދޯ އެހެން އެބުނަނީ. ފައިސާ ނެގިމީހާ އެފައިސާ ނަގައިގެން ހުރިހާ ޚަރަދެއްކުރީ އެންމެނަށް. ޚިޔާނާތުގެ ފައިސާގެ ނޫޓު ދެނެގަންނާނެ ގޮތް އަޅުގަނޑުމެންނަށްވެސް އަންގާލަދެއްވުން އެދެން. އެކަކުއަތުން އަނެކަކުއަތުން އައިސް މިހިސާބައްވެސް އަތުވެދާނެތީ.

  8. އިބްރާހީމް

    އަރަތެއްމީ. އަދީބު އަތުގައިހުރީ ވައްކަންކޮށްގެން ނަގާފައިހުރިފައިސާ. މައިންބަފައިންގެ މުދަލުން ވާރުތަވެގެން ލިބުނު އެންމެ ލާރިއެއްނެތް. އެކަމަކު ސިރާޖާއި ޝަމީމަށް ލިބުނީ ޙައްގު ގޮތުގައި އަދީބު ގެ ފައިސާ. އަދީބަކީ މީހަކަށް ސައިތައްޓެއް ދެވޭނެ ވަރުނެތް މީހެއް. މުޅިންވެސް ވަގުފައިސާ ގެންގުޅު މީހަކު ރަގަޅު ފައިސާ މި ސިރާޖާއި ޝަމީމަށް ދެވުނުގޮތެއް ބަލަންވެސް ތަޙުޤީޤެއް ތިޔަ މަޖިލީހުން ހިންގަބަލަ. މިލިއަނުން ފައިސާ ނަގައިގެން އެއީ ސައްޙަ ފައިސާއޭ ބުން ލިސްޓްގައި ހިމަނާފައި ނެތަސް އެއީ ވަގުފައިސާކަން ތިދެމީހުންނަށް ރަގަޅަށް އެގިތިބެ ވަކީލުކަން ކޮށްދިނީވެސް ވަރަށް ބައިވަރު މިލިއަނުން ވަގުރުފިޔާ ނަގައިގެން.

  9. މޫސަ

    އެހެން މީހުނަށް އަދީބު ދިން ފައިސާގަވެސް " މިއީ ހިޔާނާތުގެ ފައިސާ" މިހެން ލިޔެފައެއް ނެތް. އެ ދުވަސްވަރު އެއްވެސް ކަމެއްގައި އަދީބު އަތުން ފައިސާ ނަގާފައިވާނަމަ އެއީ ހިޔާނާތުގެ ފައިސާ ކަމަށް ބެލުމުގެ ފުރުޞަތު އޮންނާނެ.

  10. އެމަންޖެ

    އަދީބު އައް ވަކާލާތު ކޮއްދެނީ ހިލޭސާބަހައް.

  11. ސުންދުސީ

    އަދީބަކީ މަކަރުވެރިއެއް ފާޑެއްގެ ސިޔާސީފަންޏެއް އޭރު އޭނާވަރެއްނެތިގެން ފެންނަހާބަޔަކަށް ގޯސްކަންކަން ކުރުމަށާ ނުވީތާކުން ފިލްމުކުޅޭ ޅަކުދިންނަށްވެސް އެތައްލައްކަޔަކުން އޭނަގެލާރި ކަމަށް ހަދައިގެން އެމްއެމްޕީއާރުސީގެ ފައިސާބެހީ ދެން ވަކީލުންނަށްނުދީހުންނާނެތަ

  12. Anonymous

    ކޮންމެ މީހަކަށްވެސް އަދީބު ފައިސާދިނީ އެމީހަކު ކުރި މަސައްކަތަށް ވީމާ ޚިޔާނާތްތެރި އެކަކުވެސް ނުހުންނާނެ.

  13. ރިޒާ

    ހާމާން: ފިރްޢަވްނުގެ ވަޒީރަކަށް އުޅުނަސް އޭނާގެ ނުބައި ޖަރީމާ ތަކުގަ ބައިވެރިނުވަން

  14. ޝަރުމަން ، އައްޑޫ ، ޕެންސިލްވިލާ

    މީ ވ ވައި މީހެއް

  15. ޝ

    ވ ވ ވ ވައި މޭހެއް

  16. ދުންމާރި

    ބަލަ މިހިރަ ފެންނަ ރޯނު އެދުރު ގަމާރާ ފައިސާގަ ލިޔެފަހުރޭތަ މީ ހިޔާނާތްތެރިވިފައިސާއޭ ނޫނީ މީ ވަގަށްނެގި ފައިސާއޭ އެހެން ލިޔެފަހުންނަނަމަ ކަލޭ ބަރީއަވީސް އަދީބު ދައުލަތުގެ ފައިސާ ވަގަށްނަގައިގެން އެ ކަލޭމެނަށް ދިނީމަ އެވަނީކޮން ފައިސާއަކަށްތަ؟ އަދީބަކީ މަހުޖަނެއްތަ؟ ލާދީނީ އެމްޑީޕީ ވީމަ ހިޔާނާތައްނުވެފަ އެހެންބަޔަކުވީމަ ހިޔާނާތަށްވާ ގޮތެއް ނުވިސްނޭ ލާދީނީ އެމްޑީޕީ އަޑީގަ އޮވެގެން އަދީބުލައްޗާ ހުރިހާ ޖަރީމާއެއް ހިންގީ މީ ވަރަށް ސާފުކަމެއް ޔާމީނު ވެރިކަމުން ނުބޭލިގެން ފުރާނަ ދުއްވާލައިގެންވެސް ވެރިކަމުން ބޭލުމަށް ހުރިހާ ޖަރީމާއެއްހިންގީ ލާދީނީ އެމްޑީޕީ އަޑީގަ އޮވެގެން އެއީ ވަރަށް ސާފުކަމެއް

  17. ޖާބެ

    ކެމްޕެއިންކުރަން ޙަރަދުކުރިކަމައްވޭ ވ.ސާފު ހިލޭސާބަހައްތޯ ވަކީލުކަންކުރީ

  18. ޖަބެ

    ދިޔާތަކެތި އޯ ، ހުސް ވަގުން