ގައުމީ ދިފާއީ ބާރުގެ އަގު ހިފެހެއްޓުމަށްޓަކައި އެ އިދާރާގެ ވަޒީރަކަށް ހުންނެވި މާރިޔާ ދީދީ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ސިފައިންގޭގައި ކުރިން މަސައްކަތް ކުރެއްވި ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މާރިޔާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވަން ޖެހޭކަމަށް އިހުސާން ވިދާޅުވެފައި މިވަނީ މާރިޔާ އިސްތިއުފާ ދެއްވުމަށް ގޮވާލައި، އެ އަޑުތައް މީސް މީޑިއާގައި ގަދަވެފައި ވަނިކޮށެވެ. ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެގެން ދިޔައީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނިިރުބަވެރި ހަމަލާގެ މައުލޫމާތު ދުރާލައި މަޖިލިސް މެމްބަރަކު ދެއްވާފައި ވަނިކޮށް އެކަމަށް އެއްވެސް ފިޔަވަޅެއް ނާޅައި އޮއްވާ އެވަރުގެ ހަމަލާއެއް ދިނުމާއި ގުޅިގެންނެވެ.

އިހްސާން ވިދާޅުވީ މާރިޔާގެ އިސްތިއުފާއަށް އާންމު ރައްޔިތުން ގޮވަމުން ދާއިރު، އެކަމުން ރަމްޒުކޮށްދެނީ ޑިމޮކްރެޓިކް ނިޒާމެއް ގާއިމްވުމަށް ކައިރިވެސް ނުވާ ކަމަށެވެ.

"މިނިސްޓްރީ އޮފް ޑިފެންސްގެ ކްރެޑިބިލިޓީ ދެމެހެއްޓުމަށް ޓަކައި، މިނިސްޓަރގެ މަޤާމުން މާރިޔާ ދީދީ އިސްތިއުފާ ދިނުމަށް ގޮވާލަން ޖެހުމަކީ މިޤައުމުގައި ޑިމޮކްރަޓިކް ނިޒާމެއް ޤާއިމްވުމަށް ކައިރިވެސް ނުވާކަމުގެ ހެއްކެއް" އިހްސާން ވިދާޅުވިއެވެ.

އިހުސާންގެ އިތުރުން ވެސް ވަރަށް ގިނަ ބޭފުޅުން ވެސް ގެންދަވަނީ މާރިޔާގެ އިސްތިއުފާ އަށް ގޮވާލައްވަމުންނެވެ.

އިހްސާން ވަނީ މި ހާދިސާއަށްފަހު މިނިސްޓަރު ނޫސްވެރިންނަށް ދޮގު މައުލޫމާތު ދެއްވި ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެ ވުޒާރާގެ އިތުބާރު ގެއްލޭ އެފަދަ ކަންކަން މިނިސްޓަރުގެ ފަރާތުން ފެނިގެން ދިއުމަކީ ބަލާގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދަށް ހަމަލާ ދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ.ކެނެރީގެ އިން ނުކުމެވަޑައިގެން މަޖީދީ މަގުގައި މަޑުކޮށްގެން އޮތް އެމަނިކުފާނުގެ ކާރުކޮޅަށް ވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް ނީލޯފަރު ހިނގުމާއި މަޖީދީމަގު ކަންމައްޗަށް ވަޑައިގެންނެވި ތަނާ އެއްޗެއް ގޮއްވާލައިގެނެވެ. އެއީ އެ ހިސާބުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެކެވެ.

ނުރައްކާތެރި ރޭޒާ ފުށް ބޭނުންކޮށްފައިވާ އައިއީޑީ ގޮއްވާލައިގެން ނަޝީދަށް ދިން ހަމަލާއިން އެމަނިކުފާނަށް ގިނަ ޒަޚަމްތަކެއް ލިބިވަޑައިގެންނެވިއެވެ. އޭޑީކޭއިން ހަފުތާއެއްހާ ދުވަހުގެ މުއްދަތަކަށް ދިން ފަރުވާއަށް ފަހު މިހާރު އެމަނިކުފާނު ވަނީ އިތުރު ފަރުވާއަށް ޖަރުމަންވިލާތައް ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ލައިލާ

    މާރިޔާގެ އިސްތިއުފާ ވެގެންދާނީ އޭނާގެ ސިޔާސީ ހަޔާތުގެ ނިމުމަށް. އެހިސާބުން އައްނިއާއި ދެމީހުންގެ ގުޅުމަށް ބުރޫ އަރާނެ. އައްނި އިތުބާރު ކުރާ ދެ އަންހެން އެކްޓިވިސްޓުންގެ ތެރެއިން ދެން ވަޒީފާގައި ހުންނާނީ ހިސާން.

    11
  2. ކަނީރު

    ބަގާވާތް ކުރީއިރު އަގުއޮތީކޮންތާކު؟ ކަލޭ ހުރީ ކޮންތާކު؟ އެއްވެސްމީހަކު އިސްތިއުފާދޭން ގޮވާލިންތަ؟ އެކަން ކަލެއަށް ބަރާބަރުދޯ!

    5
    11
    • ފާއިޒު

      ކަނީރު. ދަންނަވަންތޯ! ބަޣާވާތް ކުރިއިރު އިހްސާން ސާރ މެން ނަކީ ތިޔަ ހީފުޅު ކުރައްވާ ކަހަލަ ޣައްދާރުންނެއް ނޫން. އެދުވަހި ރާއްޖޭގައި ތިބި ކޮންމެ މީހަކީ ބާޣީއެއްވެސް ނޫން.

  3. ޟމ

    ދިފާޢީ ބާރަށް ޖޯކުޖެހި މީހަކު ދިފާޢީ ބާރުގެ ވެރިއަކަށް ލީމަ މީވާނެ ގޮތް، މާދަމާ ސަރުކާރާ އިދުކޮޅަށް މީނަ މަސައްކަތް ކުރަންހޭ ދުވަހަކު އަނެއްކާވެސް ސިފައިން ވާނީ ހަމަ ފިދަނަ ތަކަކަށް

    12
    1
  4. ސަނީޒާ

    އިހުސާނު މާރިޔާގެ މަގާމައް ޝައުގު ހުރިހެން ހާދަ އެބަ ހީވެޔޭ.

    3
    9
  5. ދިވެހި ތާރީހުން

    މާރިޔާ އާއި އަދި ސަމާލުވެސް އިސްތިޔުފާ ދޭންޖެހޭނެ އެދެފަރާތައްވަނީ ދުރާލާ އެމައުލޫމާތު ހިއްސާކުރެވުނުކަމައް ވަނީ.

    11
    1
  6. ދޮންބެ

    މިފަދަ ހާލަތެއްގައި، މިނިސްޓަރުގެ އިސްތިއުފާއަށް ގޮވުމަކީ، ޒިންމާދާރު ކަމެއް ނޫން! ތަހުގީގު ކުރަނީ ފުލުހުން، ސިފައިންއެއް ނޫން! ވީއިރު އިސްތިއުފާ ދޭންޖެހޭ ސަބަބަކީ ކޮބައިތޯއެވެ؟

    17
    • ފާއިޒު

      ވަރަށް އެނގިފަ ތި އޮތީ. ނަސީބެއް ނުން ދޮންބެއަށް ތަޙުޤީޤު ކުރަނީ ކޮންބައެއްކަން އެނގުނުކަންވެސް. އެކަމަކު ސެކިއުރިޓީ ބަލަހައްޓަނީ ސިފައިން ދޯ. އިލްޔާސް ލަބީބުވެސް އޭނާއަށް ލިބުނު މައުލޫމާތު ހިއްސާ ކުރެއްވީ ހޯމް މިނިސްޓަރަކާ ނޫން. ޑިފެންސް މިނިސްޓަރާ. ދޮންބެ އަށް ވެސް ހަމަ ކޮމެންޓެއް ކުރެވިއްޖެއްޔާ އެވީ ދޯ.

  7. ސސ

    ގައުމެއްގައި ހާދިސާއެއް ހިގާއިރަށް އެންމެ ފުރަތަމަ އެގައުމެއްގެ ރައީސުތޯ އިސްތިއުފާ ދެނީ ؟

    3
    10
  8. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާދުރައްދޭ

    ދިވެހި ރާއްޖޭގެ ސިފައިންގެހަޔާތުގައި މިހާތަނައް އުފެދުން އެންމެކާމިޔާބު މިލަޓަ ރީ ކޮމާންޑަ ރ ކެޕްޓަން އަލީ އިހުސާން ސާ ރ އަކީ އެމެ ރިކާގެ 30އަހަ ރުގެ ގައުމުންބޭ ރުގެ އެއްވެސް މީހަކަށް ނުގެންދެވުން ކޯހުން އެންމެމޮޅުދަ ރިވަ ރަށް އިހުސާން ސާ ރ ވުމީދިވެހިގައުމު ފަހު ރުވެ ރިވާންޖެހޭކަމެއް މާ ރިއާ ފޭލްވީކަން ވަ ރަށް ރަގަޅަށް ހާމަވެއްޖެ ހަވަހަށް އިސްތިއުފާދީ

    15
    1
  9. މާރި ޔ

    ނުދޭ ނަން!

    3
    4
  10. ބާގިރު

    ބަލަ އަންހެނުންގެ ކަންކަމާއުޅެންހަދައިގެން މާރިއާއައް އަސްލުޓްރެޓް އެސްޓިމޭޓެއްނުކުރެވޭ.. ކޮން ވުމަންސްޕަވާއެއް މިއަދު.. ކިހާދެރަދޯ

    5
    1
  11. ލޮލް

    މިދެން ކާކުތަ

    4
    2
  12. ޚިޔާލު 3

    ޑިފެންސް މިނިސްޓަ ރަކަށް ހުންނަވަންވާނި ކެ ރޭ ދު ރުވިސްނޭ ގާބިލު މީހެއް ރައްޔިތުންނާއި ގައުމުގެ ދިފާޢުގަ ބަގާވާތެއް ކު ރަންޖެހުންސް ހަނގު ރާމައެއް ކު ރަންޖެހުނަސް އެކަން ވެސް ކު ރެވޭވަ ރު ގާބީލު ކަން ހު ރުން މުހިއްމު.

  13. ވިލޭ

    100% ރަގަޅުވާހަކައެއް އިންތަޒާރުކުރަނީ އިސްތިޔުފާގެ އަޑައް

  14. ޅ.ނޫރާނީއާގޭ

    ވަރައްއެދޭކަމެއް

  15. ޔާމިން

    މާލަސްވެއްޖެ މިހާރު ވަކިކުރޭ

  16. މީރާ ނަޝީދު

    އަގަގަޑު ފެނުނަސްފޫހިވޭ

  17. ލައިލާ

    ޖެހޭނީއިސްތިއުފާދޭން ދެންލަލަލާ