ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ނިރުބަވެރި ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންނެވި އެއް ބޭފުޅަކީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، އަދި މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އިލްޔާސް އަށް އެ މައުލޫމާތު ލިބިވަޑައިގަތުމާ އެކު، އެކަން އެންމެ ފުރަތަމަ އެންގެވި ބޭފުޅުންގެ ތެރޭގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހިމެނިވަޑައިގަންނަވައެވެ.

މި ހަމަލާއާ ގުޅިގެން ނޫސްވެރިން ފުލުހުންނާއި އެމްއެންޑީއެފް އަށް ތަކުރާރުކޮށް ކުރި އެއް ސުވާލަކީ ވެސް މިއީއެވެ. ރާއްޖޭގައި މިހާ ވަރުގަދަ ބޮމުގެ ހަމަލައެއްދީ، ބަޔަކު ޒަހަމްކޮށްލި އިރު، "އިންޓަލިޖެންސް" ކޮބައިތޯއެވެ. ރައްޔިތުން އެންމެ ބޮޑަށް ސުވާލު އުފެއްދި އެއްކަމަކީ ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސަށް މިފަދަ މައުލޫމާތެއް ދުރާލައި ލިބިފައި ނެތީތޯއެވެ. ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު، ފުލުހުންނަށް ލިބިފައި ނެތް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެކަމަކު، އެކަން އެމްއެންޑީއެފް އަށް އެނގިގެން ނަޝީދުގެ ސެކިއުރިޓީ ވަރުގަދަ ކުރިން އެނގިފައިވެއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ދާދި ފަހުން ވިދާޅުވެފައި ވަނީ ތިން މިލިއަން ރުފިޔާ ޚަރަދުކޮށްގެން ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަން މީގެކުރިން މަޖިލިސް މެމްބަރަކު ވަނީ އެކަމަނާއަށް އަންގަވައިފައެވެ. މާރިޔާ ވިދާޅުވެފައިވާ ގޮތުގައި، މެންބަރު ދެއްކެވީ ސީދާ ނަޝީދަށް އަމާޒުވި ހަމަލާގެ ވާހަކަ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަޝީދަށް ދިން ހަމަލާއާ ގުޅޭ އެއްވެސް "ކްރިޑިބަލް، އެކްޝަނަބަލް އިންޓެލިޖެންސް" މައުލޫމާތެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވި ގޮތުގައި މެންބަރު އެކަމުގެ މައުލޫމާތު އެރުވުމުން ފުލުހަށް ވެސް އެކަން އެންގުމަށް އެދިވަޑައިގެންފައިވާނެއެވެ. ނަމަވެސް އިލްޔާސް ލަބީބް އެކަން ދޮގު ކުރައްވައެވެ.

އިލްޔާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އާންމުންގެ މީހެއްގެ ފަރާތުން ލިބުމާއެކު އެކަން މާރިޔާ އަށް އެންގެވި ކަމަށެވެ. ޑިފެންސް މިނިސްޓަރަށް އެކަން އެންގެވީ އިލްޔާސް ވިދާޅުވި ގޮތުގައި ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަން ޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓަރު ކަމަށްވާތީއެވެ.

ނަމަވެސް އިލްޔާސް ވިދާޅުވީ އެ މައުލޫމާތު ފުލުހަށް ނުވަތަ ޕޮލިސް ކޮމިޝަނަރަށް ހިއްސާކުރުމަށް މާރިޔާ އަންގަވާފައި ނުވާ ކަމަށެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރިން ވިދާޅުވި ގޮތުން ނަމަ، ނަޝީދަށް އަމާޒުވި ހަަމަލާއާ ގުޅޭ މައުލޫމާތެއް ފުލުހުންނަށް ލިބިފައި ނުވި ނަމަވެސް ނަޝީދަށް އަބަދުވެސް ނުރައްކާ އޮންނަ ކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ބައެއް ގާނޫނީ ވަކީލުން "ވަގުތަށް" ވިދާޅުވި ގޮތުގައި، އިލްޔާސް އެ މައުލޫމާތު ހިއްސާ ކުރައްވާފައި ނުވުމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކުށްވެރިވާނެ ކަމެކެވެ. އަދި އެ މައުލޫމާތު ސިއްރުކޮށްގެން ހުރުމަކީ ދައުވާ ކުރެވޭނެ ކަމެއް ކަމަށް ގާނޫނާ ހަވާލާދީ އެ ބޭފުޅުން ވިދާޅުވިއެވެ.

ޓެރަރިޒަމްގެ ގާނޫނުގައި ބުނެފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެ ނަމަ އެކަން މޯލްޑިވްސް ޕޮޮލިސް ސާވިސް އަށް އަންގަން ވާނެ ކަމަށެވެ.

ހަމަ އެ ގާނޫނުގައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހުއްޓުވުމުގެ މުހިންމު މައުލޫމާތެއް އެ ގާނޫނުގެ ދަށުން ނުވަތަ އެހެން ގާނޫނެއްގެ ދަށުން ލާޒިމް ކުރާ ފަރާތަކާ ހިއްސާ ނުކުރުމުގެ ސަބަބުން ޓެރަރިޒަމްގެ އަމަލެއް މެދުވެރިވެއްޖެ ނަމަ، އެފަދައިން މައުލޫމާތު ހާމަނުކުރި ފަރާތެއް އެ ކުރަނީ ކުށެއް ކަމަށެވެ.

އެ ކުށުގެ ނަތީޖާއެއްގެ ގޮތުން މީހަކު މަރުވެއްޖެ ނަމަ، އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. މި ކުށުގެ ނަތީޖާއެއްގެ ގޮތުން މީހެއްގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ލިބިއްޖެ ނަމަ އަދަބަކީ ތިން އަހަރާއި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ. މި ކުށުގެ ސަބަބުން މުދަލަށް ގެއްލުން ލިބިއްޖެ ނަމަ، ދޭނެ އަދަބުތައް ވެސް ޓެރަރިޒަމްގެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

އޭގައިވާ ގޮތުން މުދަލުގެ އަގު 500،000ރ. އަށް ވުރެ މަތިވާ ނަމަ، އެ ކުށް ކޮށްފި މީހެއްގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. މުދަލުގެ އަގަކީ 100،000ރ. އާއި 500،000ރ. އާ ދެމެދުގެ އަދަދެއް ނަމަ، އެ ކުށް ކޮށްފި މީހެއްގެ އަދަބަކީ ދެ އަހަރާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. މުދަލުގެ އަގަކީ 50،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދެއް ނަމަ، އެ ކަން ކޮށްފި މީހެއްގެ އަދަބަކީ އެއް އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެ ނޫން ހާލަތުގައި ކުށުގެ އަދަބަކީ ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ.

ބައެއް ވަކީލުން ވިދާޅުވި ގޮތުގައި މިކަން ފުލުހުންނާ ހިއްސާ ނުކޮށް އިލްޔާސް ބޭއްވެވުމަކީ އޭނާ ކުށްވެރި ވާނެ ކަމެއް ކަމަށެވެ. އަދި އެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަން ޖެހޭ ކަން ވެސް އެ ވަކީލުން ފާހަގަކުރައްވައެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ބޮމެއް ގޮއްވާލުމުގެ ސަބަބުން އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންފައެވެ. ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ދިން ހަމަލާގައި އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނާއި ދިވެއްސަކާއި އިނގިރޭސިވިލާތުގެ ރައްޔިތަކަށް ވެސް އަނިޔާ ލިބިފައެވެ.

މި ހަމަލާ ދިން ކަމަަށް ތުހުމަތު ކުރެވޭ ތިން މީހަކު ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ނަޝީދަށް ދިން ނިރުބަވެރި ހަމަލާއަަށް ފަހު، ސިފައިން ދަނީ މާލެ ތެރެ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ފޯރިމަރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. lIja

    މީނާ މިހިރީ ކުއްވެރިވެފާ..

    64
    4
  2. ޔަމް.

    މީނާ މިހިރީ ކުއްވެރިވެފާ.. ގާނޫނީ ފިޔަވަޅު މީނާއަށް އަޅަންޖެހޭ...

    60
    4
    • Angela

      މާރިޔާ އަށާ އަންނިއަށްވެސް ފިޔަވަޅު އަޅަންޖެހޭނެ އިލްޔާސް ލަބިބަށް ފިޔަވަޅު އަޅަންޏާ. އެމީހުންވެސް އެތިބީ ޕޮލިހަށް ނާންގާ.

      31
      1
  3. އަން

    އިލްޔާސް ލަބިބަށް ތިޔަ މައުލޫމާތު ފޯރު ކޮށްދިން މީހާ ވެސް ކުއްވެރިވާނެ. އެއީ އެމައުލޫމާތޫ ފުލުހުންނަށް ނޭންގީމަ.
    އމޑޕ މި ކުޅުނީ ޑްރާމާއެއް ކަން ބޮލުގައި ތެތް ކަމެއް ހުރި ކޮންމެ މީހަ ކަށް އެނގޭނެ.

    78
    3
  4. ހުދުހުދު

    ގާނޫނުހަދާ މަޖިލިސް، އާދެ! ރަށްޔިތުންގެ މަޖްލިސްގައި މި މީހުންކުރާ ކަމަކީ އަބަދުވެސް ދިމާލަކުން ލާރިގަނޑެއް ޕަކަޅާކޮށްލުމުގެ ސައްލާތަށް ކުރުމެވެ. ދެން އެމީހުންގެ ބުއްދިއަށް ހެޔޮކަމެއް އަންނާނެތޯއެވެ. ކަމެއް ދިމާވީމާ ގާނޫނު އަސާސީގެ ސަފްހާތަށް އެއްކޮޅުން އަނެއްކޮޅަށް ހާވައިގެން ނޫނީ ދަންނަ އެއްޗެއް ނެތްކަން ސާފްވީނޫންތޯއެވެ.

    18
  5. ގެރި

    މިވަގުތު ކޯޓްތަކުގެ ބާރު އޮތްގޮތުން ހަމަ ހިލާ އިލްޔާސް ލަބީބު ކުއްވެރި ނުވާނެ ތީގައި ކުއްވެރިވާނީ މާރިޔާ އެއީ މިވަގުތު ނަޝީދު ބޭނުންވާނެ ގޮތް!

    18
  6. ކަޑަ

    މާރިޔާ އާ ޖައްސާލީމަ ވާނެ ގޮތް ތިވަނީ. ދެން ކޮމިޓީން އިންޓެލިޖެންސް އޮޑިޓްކޮށް ނިމޭއިރު ކުށްވެރިވާނީ މި ބޭފުޅާ

    13
  7. އަހްމަދު

    ވީއެންމެ އަވަހަކަށް މީނާގެ މައްސަލަބަލާ! އަދި އެނާއަށް އެމައުލޫމާތު ލިބުނިގިތްވެސް ބަލަން ގޮވާލަން!

    17
    2
  8. އާދަމުގެދަރި

    އިލްޔާސް އަންނި ކާރީގައި ބުނި. އަންނިއަށް އެނގިފައި އޮތީ. އިލްޔާސް މާރިޔާ ކައިރީގައިވެސް ބުނި. ގާނޫނު ހަދަންތިބި ދެމީހުންނަށް ގާނޫނުގައި އޮތްގޮތް އެނގެންވާނެ. އަދި މާރިޔާއަށްވެސް އެނގެންވާނެ. ކަމާބެހޭ ފަރާތް، ޕޮލިހަށް ނާންގައި ތިބި އިލްޔާސްއާއި އަންނިއާއި މާރިޔާ މި ކަމުގެ ޒިންމާ އުފުލަންޖެހޭނެ.

    16
    1
  9. ނަށީދުގެ ޑުރާމާ2021

    މިހުރިހާ ލަދެއް ގަންނަން މިޖެހެނީ އަހަރެމެން ރައްޔިތުން އަހަރެމެން ވޯޓު ދީފަ ގާނޫނު ހަދާ މަޖިލީހަ މީހަކު ހޮވީމާ މިހޮވެނީ ގާނޫނުގަ ވާއެއްޗެއް ގޭނގޭ ގަމާރުން ކީއްކުރާނީ މީ މިއަދު ގައުމާ ރައްޔިތުންގެ ހާލު

    22
  10. އަލް ޢަދުލު

    އިލްޔާސް ކައިރީވެސް މީހަކު ބުނި ވާހަކައެކެވެ. މާރިޔާ ކައިރީ ވެސް ބުނީ މީހެކެވެ. ނަޝީދު ކައިރީ ވެސް އެމީހާ ބުންޏެވެ. އެހެންވީމާ ތިންމީހުންވެސް އެކަން ފުލުހުން ރިޕޯރޓް ކުރަން ޖެހޭނެއެވެ. އަދި ތިކަމުގައި ޢަމަލު ކުރަން ޖެހޭނީ ތިން މީހުނަށް ވެސް އެއް ހަމަޔަކުންނެވެ.

    20
    1
  11. ހަސަނުގެ ދަރި ލަތީފް

    " ބައެއް ގާނޫނީ ވަކީލުން "ވަގުތަށް" ވިދާޅުވި ގޮތުގައި، އިލްޔާސް އެ މައުލޫމާތު ހިއްސާ ކުރައްވާފައި ނުވުމަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކުށްވެރިވާނެ ކަމެކެވެ. އަދި އެ މައުލޫމާތު ސިއްރުކޮށްގެން ހުރުމަކީ ދައުވާ ކުރެވޭނެ ކަމެއް ކަމަށް ގާނޫނާ ހަވާލާދީ އެ ބޭފުޅުން ވިދާޅުވިއެވެ." އިލްޔާސް ލަބީބު އެކަނިތަ ކުށްވެރިވަން ޖެހެނި ހޭބަލި ވެދާނެ އޭނާ އަށްވުރެ މާ ޒިންމާދާރު މަގާމެއްގައި ހުރި މީހެއް ޑިފެންސް މިނިސްޓަރ އަކީ އޭނާ ކައިރިގައި ބުނި ، އަންނި ކައިރީގައި ބުނި އެމީހުނަކަށް އެއްވެސް ކަމެއްނުވާނެ . އިލްޔާސް ލަބީބު ކުށްވެރިވާންވީ. އެދެމީހުން ކިއްވެބާ ޕޮލިހަށް ނޭންގީ. އެމީހުނަށްވެސް އެގުގު ހިސަބުން އަންގަން ޖެހޭނެ ނޫންބާ ! މާރިޔާގެ ފަރުވާ ކުޑަކަން ހުރިވަރަކި އޭނާއަށް އެކަން އެންގީމަ އެބުނަނީ ކަލޭ ޕޮލިހަށް އަންގާލާށޭ. މީތ ޑިފެންސް މިނިސްޓަރގެ ޒިންމާ އަކީ. ހަމަ ވަގުތުން ޕޮލިހާގުޅާ އެކަމާބެހޭ މަޝްވަރާތައް ފަށާކަށް ނުޖެހޭނެބާ މާރިޔާއެއް. އެކަންވެސް ކުރަން ޖެހޭނި ލަބީބު ދޮއްތަ.

    19
    4
  12. Anonymous

    ތާހިރު ވެއްޖެނު.
    މިހާރު އިލްޔާސް ދޯ ގޯސްވީ.
    ބަލަ މާރިޔާއަށް އެންގީމޭ ބުނެފި ނޫންތަ.
    މާރިޔާ ކީއްވެތަ ނަޝީދަށް ރައްކާތެރިކަން ފޯރުކޮށް ނުދިނީ. މާރިޔާ އިސްތިއުފާ ދޭންވީ އިނގޭ. ނަޝީދަށް ހާދަ ވަރެކޭ ވެފައި އޮތީ

    17
    5
  13. އަބްދޫ

    ޑިފެންސް މިނިސްޓަ ރަށް ދެންނެވުމުން އެކަމަނާ ފުލުހުންގެ ސަމާކުކަމަށް އެކަން ނުގެނައުމަކީ ކުށެއް ނޫންބާ؟

    15
    1
  14. ޚިޔާލު 3

    އިލްޔާސް، ރ.ނަޝީދު އަށާއި މާ ރިޔާ އަށް އެންގެވި މި 3 ފަ ރާތުގެ ޒިންމާ އެބައޮތް ޚާއްސަކޮށް މާ ރިޔާގެ ޒިންމާ ބޮޑު ރ.ނަޝީދު އަށް ރައްކާތެ ރިކަން ދިނުމުގެ ޒިންމާ މާ ރިޔާ ބޮލުގަ ރ.ނަޝީދު ވެސް އެމަނިކު ފާނުގެ ސިކިއު ރިޓީ ހު ރިނެތްގޮތް ކަށަވަ ރު ކު ރަންވާނެ، އިލްޔާސްވެސް ފުލުހުންނަށާއި ރ.އިބޫއަށް ވެސް މިކަހަލަ ކަންކަމުގައި އަންގާންވާނެ މިއީ ވަ ރަށް ބޮޑުކަމެއް މުޅި ގައުމުގެ ސަލާމަތާ ރައްކާތެ ރިކަމަށް ފަ ރުވާ ކުޑަކު ރުމުގެ ކުށުން މި 3 ފަ ރާތުގައިވެސް ކުށް އޮތްކަމަށް ދެކެއް.

    13
  15. ހޫމް

    މި ދިވެހި ރާއްޖޭގަ އެއްވެސް ކަމެއް ނުވާނެ ތިން ހަތަރު އިދާރާ ދޭތެރެ ނުދުވެ. މާރިޔާއަށްވެސް އިނގިފަ ތިއޮތީ، އެހެންވީމަ އޭނަވެސް ކުއްވެރިވާނެތާ ޕޮލިހަށް ނޭންގީމަ! މީގަވެސް ކުއްވެރި މިވީ އެންގި
    މީހާ. ޚިޔާނަތުގެ ލިސްޓްވެސް އެކުލަވާލި މީހުން. ވަރަށް ސާފު؛ ކުއްކުރާ މީހުންނަށް ޙިމާޔަތް، އަނިޔާ ލިބޭ މީހާގެ އެއްވެސް ހައްޤެއް ނޯވޭ ތި ޤާނޫނުތަކަކުން ލިބޭކަށް

    11
  16. ސަޅި

    މާ ރިޔާ ވެސް ޕޮލިހަށް އަންގަން ޖެހޭނެ.އިލްޔާސް ވެސް އަންގަން ޖެހޭނެ.ތިޔަ ބާވަތުގެ މައްސަލަ ކަމާބެހޭ ފަ ރާތަށް އަންގަން ޖެހޭނީ ލިޔުމަކުން.

    10
  17. Anonymous

    މިހާރު މިކޮމެންޓް ތައް ކިޔާލީމަ މިގޮއްވި މީހާ
    މާރިޔާ ކައިރީ ނުބުނެެ ގޮއްވައިގެން ކުށްވެރި ވާނެހެން އެބަހީވޭ.

    16
  18. ޖަދުވަލު19

    ބައެއްގާނޫނީ ވަކީލުން ވިދާޅުވަނީ އެމައުލޫމާތު މާރިޔާއަށް އެނގިފައި އޮވެ މާރިޔާ އެކަން ފުލުހުންނަށް ނާންގާ ހުރުމުން އިލްޔާސް ކުށްވެރިވެ މާރިޔާ ކުށްވެރި ނުވާނެކަމަށް. ހާދަފައްކާ ގާނޫނީ ވަކީލުން ތަކެކޭދޯ؟ ބަލަ މާރިޔާއަށްވެސް އެއޮތީ އެނގިފައޭ. މާރިޔާވެސް ފުލުހުންނަށް އަންގަންޖެހޭނޭ. އެކަމަކު އެކަންނޭންގުމުން މާރިޔާ ކުށުން ބަރީއަވޭ. އެއީ ގާނޫނުއަސާސީއަށް ކޮޅުފައިން އަރާފާ ހުރީމާތޯ؟

  19. ރަދީފް

    މީނަ ހިފާ ހައްޔަރުކުރަން ޖެހޭ.

    1
    1
  20. ޔާމިން

    ލަބީބުގެމައްސަލައެއްނެއް އެއޮތީއެންގިފާ މާރިޔާއިސްތިޔުފާ

    2
    1
  21. ރައްޔިތުން

    ސިފަވަނީ ، 6 ވަނަ ޢަލީ ރަސްގެފާނު ޝަހީދުކޮށްލި އިރު އެރަސްގެފާނާ ކުރިމަތި ކުރުވި އެހާދިސާމަތިން- އެކަމަކު އޭގެ އިތުރުން އަޑި ނުބައި މަކަރުވެރިކަން އިންތިހާޔަށް ގޮސްފައިވާ ކަމެއްގެ ތެރެއިން އައި ގަމެއްގެ ގޮތުގައި، ރައީސް މުޙައްމަދު ނަޝީދުގެ ހަމަލާސިފަވޭ.

  22. ސައިސް

    ކަލޯޔާތީ ހުސް އެމީހުނަގެ ޜެވުން. ނަޗީދު އިސަތިހާރުވާން މަވަރުގެމީހެއްނެތޭ،ރައިތުންމޮޔަހައްދަން

    2
    2