ނިރުބަވެރިކަމާ ދެކޮޅަށް އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަގުތަށް" ވިދާޅުވީ ފުލުހުންނާއި ސިފައިން ގުޅިގެން އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މި ހުރިހާ އެންމެންނަކީ ވެސް ދިވެހިން ކަން އެނގިފައިވެއެވެ.

އެނގިފައިވާ ގޮތުގައި، މި ހަތް މީހުންނަކީ ވެސް އެ ސިޓީގައި ހަރުކަށި ފިކުރު ފަތުރައި، އެކަމުގެ ތެރޭގައި އުޅޭ ބައެކެވެ.

ނިރުބަވެރިކަމާ ދެކޮޅު އޮޕަރޭޝަނެއް އައްޑޫގައި މިއަދު ކުރިއަށް ގެންދާ އިރު، މި މަހުގެ ހަ ވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ބޮމެއް ގޮއްވާލުމުގެ ސަބަބުން އެމަނިކުފާނަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންފައެވެ. ސައިކަލެއްގައި ބޮމެއް ހަރުކޮށްގެން ދިން ހަމަލާގައި އެމަނިކުފާނުގެ ތިން ހަށިފާރަވެރިންނާއި ދިވެއްސަކާއި އިނގިރޭސިވިލާތުގެ ރައްޔިތަކަށް ވެސް އަނިޔާ ލިބިފައެވެ. މި ހަމަލާ ދިން ކަމަަށް ތުހުމަތު ކުރެވޭ ތިން މީހަކު ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ނަޝީދަށް ދިން ނިރުބަވެރި ހަމަލާއަަށް ފަހު، ސިފައިން ދަނީ މާލެ ތެރެ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ފޯރިމަރަމުންނެވެ. ހާއްސަކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނިރުބަވެރި ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުންނާއި ސިފައިން ދަނީ ހާއްސަ އިސްކަމެއް ދީގެން އެއާޕޯޓު ހުންނަ ސަރަހައްދު ބަލަހައްޓަމުންނެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަސީރާ

    މާލަސްވެސް ވެއްޖެ ، އަދިވެސް ވަރަށ ްގިނަ ސްކޫލަށް ނުފޮނުވާ މީހުން ވެސް ވަރަށް ގިނަ. ވެކްސިން ނުޖަހާ ކުޑަ ކުދިންވެސް އެހާ ގިނަ. ހިރާ ސްކޫލަށް މިހާރުވެސް ވައްދާ ވެކްސިން ނުޖަހާ ކުދިން

    11
    11
  2. އަލްޖިބްރާ

    ސާބަސް ސިފައިންނާއި ޕޮލިހުންނަށް!! ފަށްފަށުން ޝުކުރިއްޔާ ތިޔަ ކު ރައްވާ މިންނެއް މަސައްކަތައް. ތިހައްދުފަހަނައެޅި ޓެ ރަ ރިސްޓްބައިގަނޑު ހައްޔަ ރުކު ރަން މާ ލަސްވެސް ވެއްޖެ. ދަ ރިން ސްކޫލަށް ނުފޮނުވާ ބޮލަށް ވިހަލާ މީހުންވެސް ހައްޔަ ރުކުރާތި

    6
    8
  3. ޅޮޖީ

    ކޮބާ ދީނަށް މަލާމާތް ކުރާ މީހުން ހޯދަން ވީމާ ކޮރު ވެފަ ކަނުދޯ

    9
    3
    • ޢަހުމަދުވަގާރު

      ޢެމީހުން މީހުން މަރާބާ.އެމީހުން ނަށް އޮންނާނި ބޮޑެތި ބަލި ތަކުގަ ނިމި ދިޔުމެއްނު

      • ތެދު

        މިދުނިޔޭގަ ކުރެވޭއެއްމެބޮޑު ފާފައަކީ ﷲއާއި ރަސޫލާއަށް އުރެދުން އެއަށްފަހު އެހެންފާފަތައްއައްނާނީ..ދީނުގެ ހުކުންތައްނޭގިތިބެ ކޮމެންޓް ކުރުމުން ތިކުރެވެނީފާފަ...! ދީނުގަ ހައްދުފަހަނައެޅުމުން އަދަބުދެވެންވާނެ އެއީ ހަވާރިޖުންގެ އަގީދާ..!
        ދެރަކަމަކީ ﷲއުރެދޭމީހުން އިއްޒަތާގަދަރުގަ ބޮޑެދިވަޒީފާތަކުގަ.!! ވައިޔާޒްބިﷲ.. އެގޮތައްކަންތައްކުރުމުން ﷲގެކޯފާ އައިސް ގައުމުހަލާކުވެދާނެ..

  4. އޭރުމީހާ

    ތިހިސާ ބަށް ތިދިއައީ މާ ބޮޑަށް ދޫކޮށްލުމުގެ ނަތީޖާ، ތިކަމުގައި މައުމޫން ގެންގުޅުނީ ހަރުދަނާ އުސޫލެއް، ދީނީގޮތުން ހައްދުފަހަނައަޅައިދާ ފުރުސަތު ނުދޭނެ އޭރަކު..