ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ފަނޑިޔާރު ޝުއައިބު ކޮވިޑަށް ފައްސިވެފައިވާ ކަން "ވަގުތު" އަށް ވަނީ ކަށަވަރުވެފައެވެ. އަދި އޭނާގެ ހާލު މާ ގޮސް ނޫން ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވަގުތުއަށް މައުލޫމާތުދެމުން ޝަރުއީ ކޯޓެއްގައި މަސައްކަތް ކުރާ ބޭފުޅަކު ވިދާޅުވީ ޝުއައިބު ފައްސިވިކަން އެނގިފައި ވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
ޝުއައިބުއަކީ ގަތުރު ޔުނިވަރސިޓީ އިން ގާނޫނާއި ޝަރީޢަތުގެ ރޮނގުން ފުރަތަމަ ޑިގްރީ 1997 ވަނަ އަހަރު ޙާސިލު ކުރެއްވުމަށްފަހު، 2006 ވަނަ އަހަރު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރ އޮފް ކޮމްޕަރޭޓިވް ލޯވް ހައްދަވާފައިވާ ބޭފުޅެކެވެ.
އޭނާ ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އޮފިސަރ ކަމާއި ހާއްސަ ގާޒީ ކަމާއި، ޢާއިލާއާ ބެހޭ ކޯޓުގެ ގާޒީކަމާއި، މަދަނީކޯޓާއި، ކުޑަކުދިންނާ ބެހޭ ކޯޓުގެ އިސް ގާޒީކަން ހިމެނެއެވެ. މީގެ އިތުރުން މަޖީދިއްޔާ ސްކޫލްގައި ކިޔަވައިދެއްވުމުގެ އިތުރުން ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްއާ، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގައި އެ މަނިކުފާނު ލެކްޗަރަރއެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވިއެވެ.
އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކޮށް މަގާމުގެ ހުވާ ކުރައްވާފައިވަނީ 2011 މާރޗް 26 ވަނަ ދުވަހުއެވެ.
ނަން ހާމަނުކޮށް ނޫހަށް މައުލޫމާތުދެނީ ކީއްވެބާ!!؟ ޝަރުއީ ކޮން ކޯޓެއްގަ އުޅޭ މީހެއް، ކޮން މަގްސަދެއްގަބާ ތި ހުރިހާ ތަފްސީލުތަކަކާއެކު ނޫހަށް މައުލޫމާތު ދެނީ.!؟
ސުޕްރީމް ކޯޓާއި ސިވިލް ކޯޓާއި ކްރިމިނަލް ކޯޓު އަދި އެހެން ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުން އެބަ ޖެހޭ ވިސްނަން. އެހާ ހަރުކަށި ފިޔަވަޅުތައް އަޅާފައިވަނިކޮށް ކޮންމެ ދުވަހަކު އެބަފެނޭ ތިޔަކުދިން ވަޒީފާއަށް ދާތަން. އެޗްޕީއޭއާއި ރައީސް އޮފީހުގެ އެންގުން މުގުރާލަާފައި އޮފީސްތަކަށް ހާޒިރުވާ މުވައްޒަފުންނާއި، އެމީހުން ހާޒިރުކުރުވާ ވެރިން ޖޫރިމަނާކުރަން ސިފައިން ނުކުންނަން ގޮވާލަން. އާންމު ރައްޔިތު މީހާ އަށް ލިބޭ ފައިސާކޮޅުން ހަމަނުޖެހިގެން އުޅޭއިރު އޭތިކޮޅު ތިޔަނަގަނީ ޖޫރިމަނާއޭ ކިޔާފަ. މިމީހުން ޖޫރިމަނާކުރޭ
އަވަސް ޝިފާ މިންވަރު ކޮށްދެއްވުން އެދި ދުއާ ކުރަން.
ހުލްޤު ރަނގަޅު އަދި ޤާބިލް ފަނޑިޔާރެއް.