ފޮޓޯ:ރާއްޖެ އެމްވީ

މާލެގައި އަންހެނެއްގެ ސައިކަލް އިން މީހެއްގެ ގައިގައި ޖެހި ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފިއެވެ.

ADS BY SHEESHA

މިހާދިސާގައި އެކްސިޑެންޓްވީ ބިދޭސީއެކެވެ. އަދި އޭނާއަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާކަމަށް ވެއެވެ. ތަޅައިގެންދިޔަ ފިހާރައިގެ ބިއްލޫރިގަނޑު ކައިރީ ގިނައަދަދަކަށް ލޭ ހުއްޓެވެ. އެނގިފައިވާގޮތުގައި މި އެކްސިޑެންޓްގައި ބިދޭސީމީހާގެ ގައިގެ އެކި ތަންތަން ކަފައިގެން ގޮސްފައިވެއެވެ. އެއީ ބިދޭސީ މީހާ ގައިގައި ސައިކަލުން ޖެހި ވިއްސައިގެން ގޮސް އޭނާ ބިއްލޫރިގަނޑު ފަޅާލައި ފިހާރަތެރެއަށް ވަނުމުގެ ސަބަބުންނެވެ.

މަންޒަރުދުށް މީހަކާ ހަވާލާދީ "ރާއްޖެއެމްވީ" ގައި ބުނެފައިވަނީ އެ ހާދިސާ ހިނގީ ބޮޑުރަސްގެފާނުން ހެންވޭރުގައި ހުރި "މާލް" ނަމަކަށް ކިޔާ ފިހާރައެއްގެ ކައިރީގައިކަމަށެވެ.

މީގެ އިތުރުން އެ ފިހާރަ ދޮރުމަތީގައި ހުރި ސައިކަލް ދުއްވާލުމަށް އެ އަންހެން މީހާ ސްޓާޓްކޮށްލުމާ އެކު ސައިކަލް ކޮންޓްރޯލުން ނައްޓައި ކުރިމަތީގައި ހުރި ބިދޭސީ މީހާގެ ގައިގައި ޖެހި އޭނާ ވިއްސައިގެން ދިޔައީ ކަމަށެވެ. އަދި އެ މީހާ ގޮސް ޖެހުނީ ފިހާރައިގެ ދޮރުގައި ކަމަށެވެ. އަދި ބިއްލޫރި ދޮރު ތަޅައިގެން ގޮސް އެ މީހާ ފިހާރަ ތެރެއަށް ވެއްޓުނު އިރު އޭނާގެ ހަށިގަނޑު އެކި ތަންތަން ވަނީ ޒަހަމްވެފައެވެ.

މި ހާދިސާގައި ޒަހަމްވި ބިދޭސީ މިހާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ. ނަމަވެސް ސައިކަލް ދުއްވަން އިން އަންހެން މިހާ އަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް މަންޒަރު ދުށް މީހާ ބުނި ކަމަށް "ރާއްޖެއެމްވީ" ގައި ބުނެފައިވެއެވެ.

މިހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 8:00 ހާއިރުއެވެ.

 

ADS BY ASTERS

22 ކޮމެންޓް

 1. "އަންހެނެއްގެ ސައިކަލް އިން މީހެއްގެ ގައިގައި ޖެހި..."

  ރަނގަޅު ގޮތަކީ "އަންހެނެއްގެ ސައިކަލުން މީހެއްގެ ގައިގައި ޖެހި...."

 2. ސިގްނަލް ބޭބެ

  ފިރިހެނުންނަށް ހަޖަމެއް ނުކުރެވޭނެ އަންހެނެއް ސައިކަލް ދުއްވަންޔާ. މިތާ ކޮމެންޓްތައް ބަލާލާފަ ދެން ހީވަނީ އަންހެނުން ސައިކަލު ދުއްވުމުންހެން ގިނައިން ރާއްޖޭގެ އެކްސިޑެންޓްތައް ވެފަަހުރީ. އެންމެންނަކީވެސް އިންސާނުން. ކޮންމެ މީހަކަށްވެސް ވެދާނެ ކަމެއް މިއީ.

 3. ބައެއްމީހުނަށް ނުވިސްނޭތީ މައްސަލަޔަކީ!

 4. ޢަސްލު އަންހެނުން އުފާކަންނޭންގެ ވާންވީމިހެން ހެޑިންޖެހީމަ އާމުކޮއް އަންހެނުން އަތުން މިކަހަލަ ކަމެއް ނުވާތީ އަންހެނެއްކަން ފާހަގަ ކޮއްފައި އެވަނީ!

 5. އަހަރެން ބަލަން ވީހާވެސް ބޮޑަކަށް އަންހެނެއް ދުއްވަން އިން ސައިކަލެއް ކއިރިން އޯވަރޓޭކު ނުކޮށްވޭތޯ. ގިނަ އަންހެންވެރިން އުޅޭނީ ސައިކަލު ކަނބާފަ. އެމީހުން ކައިރީ ސިގުނަލަީވެސް ނެތް އެއްޗެއް. ނަސީބެއް ތަންކޮޅެއް މަޑުން ދުއްވާކަން.

  • ޢަންހެނުން ސިގުނަލް ނާޅާ ވާހަކަ ދައްކާއިރު ކިތައް ފިރިހެނުންބާ ސިގުނަލް އަޅައިގެން ގަވާއިދާ އެއްގޮތަށް ދުއްވެނީ؟ ވަރަށް ވާހަކަ ދެން މިއީ.

 6. އަންހެން ސައިކަލަކުން ފިރިހެން ހައްޓެއްގައި ޖެހި އެކްސިޑެންޓްވީ

 7. ާަކޖގޗ××ޗޗވ

 8. އަންހެނެއް ވިޔަސް ފިރިހެނެއް ވިޔަސް އެކްސިޑެންޓެއް ވެދާނެ ދޯ؟އިންސާނުން ވީމަ ދޯ؟

 9. ޕޮލިސް އަންހެން ކުއްޖެއް ސައިކަލް ދުއްވަންއިނީ ފަހަތަށް ބިޑިއަޅާކަށް ޕޮލިހުންނެއް ނޫޅޭ ލައިސަންސް އޮތްތޯވެސް އަހާނުލާ

 10. ޢެހެން އެކްސިޑެންޓްތައް ފިރިހެނެއްގެ ސައިކަލުން ޖެހިގެންވާއިރު ފަލަސުރުހީގައި ފިރިހެނެއްގެ ސައިކަލުން ޖެހިގެން ހިނގި އެކްސިޑެންޓެކޭ ނުލިޔަނީ ކީއްވެ؟

 11. އަންހެނުން ނަށް ވާނެ!؟

 12. އަންހެނުންނަށް ސައިކަލް މަނާކުރޭ ތިކަން ހައްލުވާނެ. ކަނބަލުން ސިގްނަލްވެސް ވަރަށް މަދުން ނޫނީ ނުދޭ ގޯޅި އަޅާއިރު

 13. ގިނަ އަންހެނުން ސައިޑް ލައިޓް ވެސް ނުޖައްސާ ގޯޅި އަޅަނީ. އެކަމަކުވެސް ތިމަންނަމެން ފިރިހެނުންނާއި ހަމަ ހަމަ ކަމަށް ދައުވާ ކޮށްގެން ތިބެނީ. ލޮލް. ގެޓް ވެލް ސޫން ބޮންދު.

  • ނަން މުހިއްމެއްނޫން

   ސިގްނަލް ނުޖައްސާ ގޯޅިއަޅާ ފިރިހެނުން މަދެއްނޫން. ސިގްނަލް ޖައްސައިފިއްޔާ ނިވާލަން ވެސް ހަނދާން ނުހުރޭ ގިނަފަހަރު.

 14. ތިމީހުން ލާރި އޮތީމަ ކުލަކުލަިގެ ސައިކަލު ގަނެގެން 4ސް ފައިން ދުއްވާނީ ވެސް ގިނަފަހަރަށް،، ބޯހަލާކު....

 15. އަބަދުވެސް ހަމައިގާ ހުރެގެން އުޅަނދު ފަހަރު އޮޕަރޭޓްކުރަންވާނީ

 16. ޢަންހެނަކު ދުއްވި ނުވަތަ ދުއްވަންއިން ސައިކަލަކުން މީހެއްގެ ގައިގާޖެހި ހިގި އެކްސިޑެންޓެއްގައި ފިހާރައެއްގެ ބިއްލޫރި ގަނޑު ތަޅައިގެން ހިގައްޖެ

 17. މިޙަބަރު ލިޔުނު މީހަަކަށް ހަމަ ސަލާމް