ރާއްޖޭގެ އުތުރުގެ މޫސުން ގޯސްވެ، ވައިގަދަވުމުގެ ސަބަބުން ހއ. އުލިގަމުގައި އަލަށް ހަދާފައި ހުރި ގެއެއްގެ ފުރާޅު އެއްލާލައިފިއެވެ.

އުުލިގަމު ރައްޔިތެއް "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މޫސުން ވަރަށް ބޮޑަށް ގޯސްވެ ރަށަށް ބޮޑެތި ގެއްލުންތައް ލިބެމުން ދާ ކަމަށެވެ. އެގޮތުން ގަދަ ވަޔާއި އެކު ކުރަމުން ދިޔަ ވިއްސާރާގައި ގެއެއްގެ ފުރާޅު ރޭގެ ވަގުތެއްގައި އެއްލާލާފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އެގެއަށް ބޮޑެތި ގެއްލުންތައް ވެފައިވާއިރު، އެރަށު ދަނޑު ގޮވާން ބިންތަކަށްވެސް ބޮޑެތި ގެއްލުންތައް ވެފައިވާކަން އޭނާ ފާހަގަކުރިއެވެ..

އޭނާ ހިއްސާކުރި ފޮޓޯތަކުން ފެންނަގޮތުގައި ވިއްސާލި ފުރާޅުގެ ޓިނުތައް ވަނީ ވަރަށް ބޮޑަށް ބަޅުފައެވެ. އަދި ސީލިންގ ބޮޑެ ބައެއްވެސް ވަނީ ވެއްޓިފައެވެ.

މޫސުމް ގޯސްވެ، އުލިގަމަށް ލިބިފައިވާ އެކި ވަރުގެ ގެއްލުންތައް --

މިކަމާއި ގުޅިގެން މޯލްޑިވްސް ޑިސާސްޓާސް މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ވިދާޅުވީ ފުރާޅު ވިއްސާލި ގޭގެ ފުރާޅު ރެއިން ރެއަށް އެރަށު ރައްޔިތުން ނިކުމެ ހަރުކޮށްފައިވާ ކަމަށެވެ. އަދި އެރަށުގެ ހާލު ވަރަށް ގާތުން މިހާރު ބަލަމުން ދާ ކަމަށް ވިދާޅުވިއެވެ.

ވައިބައިރުވުމާއި އުދައެރުން އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ހއ، ހދ، ށ، ނ، ރ، ބ، ޅ އަތޮޅުގެ ބައެއް ރަށް ރަށަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެއިދާރާއިން ބުނެއެވެ. އެހެންނަމަވެސް ހުރިހާ ރަށެއްގެވެސް އާންމު ހާލަތު ރަނގަޅު ކަމަށާއި ގެއްލުންތައް ވެފައިވާ ރަށްތަކުގެ ރައްޔިތުންނާއި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުން ދާކަން ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު