ކޮވިޑް-19 އާ ގުޅިގެން ގއ. ވިލިނގިލީގައި ކަރަންޓީންގައި ތިބި ދެ މީހަކު، ކަރަންޓީން މުއްދަތު ހަމަ ނުވަނީސް އެރަށު ކޯޓަށް ގޮސް ކައިވެނި ކުރި މައްސަލާގައި ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފިއެވެ.
އެ މީހުންނަކީ މިމަހު 12 ވަނަ ދުވަހު ކައިވެނި ކުރި ދެ މީހެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލާގައި ދެމަފިރިއަކު ޖޫރިމަނާ ކޮށްފައިވާ ކަމަށާއި، އެ މީހުން ޖޫރިމަނާ ކޮށްފައި ވަނީ ކޮންމެ މީހަކު 10،000 ރުފިޔާއިން ކަމަށެވެ.
އަދި އެދެ މީހުންނަކީވެސް ކަރަންޓީންގައި ތިބި ބައެއް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެ ކައިވެނި ކުރި ދެ މީހުންނަކީ މާލެ އިން ވިިލިނގިއްޔަށް ގޮސް ކަރަންޓީންގައި ތިބި ބައެކެވެ.
މީގެ ކުރިންވެސް ފުލުހުން ވަނީ ކަރަންޓީން މުއްދަތުގެ ތެރޭގައި ބޭރު ތެރެއަށް ނުކުމެ އުޅޭ މީހުން ޖޫރިމަނާކޮށްފައެވެ. އަދި ބައެއް މީހުން ހައްޔަރުވެސް ކޮށްފައި ވެއެވެ.
ވިލިނގިލީގައި މިފަދަ ހާދިސާއެއް ހިނގާފައިވާއިރު، އެރަށުން ދެ މީހަކު ފައްސިވެގެން މިހާރު އެރަށަަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.
ދެމީހުން އެކުގައި އެއް އެނދެއްގައި ނިދާލަން ހަމަ ކެއްމަދުވެގެންދޯ ތިޔަ ބޮނޑި ތިޔަބުއި ، ދެން ގޯހެއް ނޫން މުޅިއަކުންނެއް. ކައިވެނި ޕާޓީއައް ފޮރުވާފައި ބެހެއްޓި ލާރިކޮޅު އަވަހައް ސަރުކާރައްދީ ، އޭރުން ތިޔަ ލާރިކޮޅުވެސް ފެންކޮޅަކާ ނުލާވެސް ދިރުވާލެވޭނީ . ނަގުދު ފައިސާ ދޭނީ ، އޭ4ުން ކާލަން ފަސޭހަވާނީ. އަނެއްކާ ވަކި ލާރި އެއްނުހިމަނާތި ، ދިރުވާލާއިރު ތާށިވެދާނެ. 😅😅😅😅
ކެތްތެރިކަން ކުޑައީ ތިޔަކަމަށް
ސަރުކާރުގެ ސިޔާސަތުގެ ދޯހަޅިކަން މިފެނިގެންދަނީ. އެއްވިއުގަ އަކުން ގުޅިފަތިބޭއިރު މީހަކު މިވަރުކަމެއްގަ އަންނައިރު ބަލާލެވެންނީންދޭ މިއަންނަނީ ކަރަންޓީނުގަހުރި މީހެއްތޯ، ޕޮޒިޓިވު މީހެއްތޯ. މިހާވަރުވީމަ ތަންފުކެއްބޮޑުވަރު. ކޯޓުގެ މީހުންވެސް ޖޫރިމަނާކުރަންޖެހޭ.
ފުރަތަމަ ޖޫރިމަނާ ކުރަންޖެހޭނީ ބަލަންވީ ވަރަށް ނުބަލާ ކައިވެނިކޮށްދިން މެޖިސްޓްރޭޓް ނޫނީ ޤާޟީ. އެމީހުންނަކީ ވަރަށް ބޮޑު ޢަދަދުން މުސާރަ ނަގައިގެން ތިބޭ ޤަމާރުންނަށް ވީމާ ވާގޮތް!
ނަސީބެއްނު އެދެމީހުން ކުރި ކައިވެނި ބާތިލް ނުކުރިކަން
ރޯޔަލް ބޭފުޅުން ނެއް ނޫން ދެއްތޯ! ދިވެހި ރައްޔިތުންގެ ބައިތުލް މާލް ދަވާލި މީހުން އަދިވެސް މިނިވަން ކޮށް ސަރު ކާރު ހިމާޔަތުގަ! މޮޑާން ޑޭ ސަދޫމް = މާލްދީފް!