ކޮވިޑް-19 އަށް ފައްސިވެގެން މިވަގުތު ފަންސާހެއްހާ މާބަނޑު އަންހެނުންނަށް ފަރުވާދެމުން އަންނަ ކަމަށް އައިޖީއެމްއެޗްގެ ޑރ.މުހައްމަދު އަލީ މިރޭ ވިދާޅުވެއްޖެއެވެ.

މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިވަގުތަށް ބަލާނަމަ 50 އާ ގާތްކުރާ އަދަދަކަށް މާބަނޑު އަންހެނުންނަށް ކޮވިޑަށް ފައްސިވެ ފަރުވާ ދެމުން އަންނަ އިރު އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ރާއްޖޭގައި މާބަނޑު މީހުންނަށް ދެމުން އަންނަނީ ފައިޒާ ވެކްސިނެވެ.

ރާއްޖޭގައި ފަހަކަށް އައިސް، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަނީ އާދަޔާ ހިލާފަށް އިތުރުވެފައެވެ. އަދި މި ބަލީގައި ނިޔާވާ މީހުންނާއި ކޮވިޑް ފެސިލިޓީތަކާއި ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރަން ޖެހޭ އަދަދު ވަނީ އިތުރުވެފައެވެ.

ސިއްހީ ހިދުމަތްތެރިންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފަހަކަށް އައިސް ޒުވާނުން މި ބަލީގައި ހާލު ދެރަވާ މިންވަރު އިތުރުވުމުންނެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ކުޑަ ކުދިން ވެސް މި ބަލި ޖެހެމުން އަންނަ ކަން ވަނީ ފާހަގަކުރެވިފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 42،775 އަށް އަރައިފައެވެ. މި ބަލީގައި 95 މީހަކު ނިޔާވެފައިވާ އިރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 15،003 އަށް އަރައިފައެވެ. އޭގެ ތެރެއިން 290 މީހުން ތިބީ އެޑްމިޓްކޮށްފައެވެ.

މި ބަލި ޖެހިގެން ރާއްޖެ އިން މިހާތަނަށް ރަނގަޅުވެފައި ވަނީ 27،672 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރުއް

    މިހާލަތުގަ ކައުނސިލްއިންތިހާބު ބާއްވަން ހުއްދަދިނުން އެއީ ހެދުނު އެންމެ ބޮޑު ގޯސް މިކަމުގެ ޒިންމާ އއމީހުން ނަގަންޖެހޭނެ😡😡

  2. ނިކަމެތި މީހާ

    އަޅުގަނޑު އަންހެނުން ޕޮސްޓިވު ވެގެން އުޅޭތާ މިހާރު 5 ދުވަސް ވަނީ އަދި ގުޅާނުލާ ދޭންވީ ބޭސް ބުނެލަންވެސް

  3. ޖަޒީރާ 07

    މާ އެނގޭ މުހައްމަދު އަލީ

    1
    2
  4. މަ

    އަޅުގަނޑު ރިކުއެސްޓު ކުުރިން ޑޮކަށް ދައްކަން މި މަހު 5 ،8،10،11،12 އެންމެ ފަހުން ޕޮސްޓިވު ވެގެން އުޅޭތާ 3 ދުވަސް ވީއިރު ވެސް ތިބުނާ މެޑިކަލް ޓީމް އިން ގުޅާނުލާ ދޭންވީ ބޭސް ބުނެލަންވެސް. ޢެންމެ ފަހުން މިއަދު އެޑްމިޓް ކޮށް 34 ހަފްތާގަ ބޭބީ ނަގާ ހިސާބައް ދިޔުން މީތޯ ތިބުނާ އެހީތެރި ކަމަކީ. ވ ސަލާމް

  5. ޖަޒީރާ 07

    މަ އެންމެ ކަންބޮޑު ވަނީ ޑީ.އެން.އޭ އާއި ބެހޭގޮތުން މީނަގެ ރައުޔު. އެއްވެސް ކަހަލަ ރިސާރޗަކަށް ބޭސް ނުކޮށް. 🤣🤣🤣🤣