އިސްރާއީލުން ފަލަސްތީންގެ ބިންތަކަށް ވެރިވެގަނެ، ހިންގަމުން އަންނަ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް ބަސް ބުނުމުގައި ރައްޔިތުންގެ މަޖިލިސް ފެއިލްވެފައިވާ ކަމަށް ވިލިނގިލީ ދާއިރާގެ އަމިއްލަ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅު ސައުދު ވަނީ އިސްރާއީލުން ފަލަސްތީންގެ ބިންތަކަށް ވެރިވެގަތުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓުވައި ފަލަސްތީން ރައްޔިތުންނަށް ދެމުން އަންނަ އިންސާނިއްޔަތާ ހިލާފު އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ގަރާރެއް ހުށަހަޅުއްވައިފައެވެ. އެ ގަރާރު ބަލައިގަތުމަށް ގިނަ އަދަދެއްގެ މެންބަރުން ވޯޓު ދެއްވައި މައްސަލަ ކޮމިޓީ އަށް ފޮނުވިއެވެ.

މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް އެ ގަރާރު ދިރާސާ ކުރަން ފޮނުވި ނަމަވެސް މިއަދާ ހަމައަށް އައިއިރު، އެ މައްސަލައާ މެދު މަޖިލީހުން ދެކޭ ގޮތް ހާމަކޮށްފައެއް ނުވެއެވެ. އެހެންވެ، ސައުދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

ސައުދު ވިދާޅުވީ މިދިޔަ އަހަރު ހުށަހެޅުއްވި އެ ގަރާރު، އެ ދުވަހު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ ވޯޓުން މަޖިލިހަށް ބަލައިގަތުމަށް ފަހު މަޖިލިހުން ދެކޭ ގޮތް ހާމަކުރުމުގައި މިއަދާ ހަމައަށް އައިއިރު ވެސް ނުކުޅެދިފައިވާ ކަމަށެވެ. އެހެންވެ، މިކަން މަޖިލިހުން ސާފުކޮށް ދެއްވުމަށް ވެސް ސައުދު ކުރެއްވި ޓުވީޓުގައި ވަނީ އެދިވަޑައިގެންފައެވެ.

ސައުދު އޭރު ހުށަހެޅުއްވި ގަރާރުގައި ވަނީ 1967 ވަނަ އަހަރު ފަލަސްތީންގެ ސަރަހައްދީ އިމުގެ ތެރޭގައި އެ ގައުމުގައި މިނިވަން ދައުލަތެއް ގާއިމުކޮށް އެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ރާއްޖެ އިން އަބަދުވެސް ގަބޫލު ކުރާ ކަމަށެވެ.

އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތައް ފޭރިގަނެ އެ ބިންތަކަށް ވެރިވުމަކީ ފަލަސްތީނާއި އިސްރާއީލްގެ ސުލްހަ ވެ ދެ ދައުލަތެއް ގާއިމު ކުރަން ކުރާ މަސައްކަތަށް އެޅޭ ހުރަހެއް ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

އިސްރާއީލުން ފަލަސްތީންގެ ބިންތަކަށް ވެރިވެގަތުމާއި ފަލަސްތީން ރައްޔިތުންނާ މެދުގައި ހުއްޓުމެއް ނެތި އަނިޔާ ކުރަމުން ދިއުމަކީ އިންސާނީ ކަރާމާތާއި އިންސާނީ ޝަރަފް ނަގާލުން ކަމަށާއި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމުން އެ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލަން ގޮވާލުމަކީ އިސްރާއީލްގެ އަނިޔާވެރި އަމަލުތައް ހުއްޓުވަން ކުރެވޭނެ މަސައްކަތެއް ކަމަށް ބަޔާނުގައިވެއެވެ.

ރާއްޖެ ބައިވެރިވެފައިވާ އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ، އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް ބޯނުލަނބާ މައްސަލައިގައި އެ ގައުމު ޖަވާބުދާރީކުރުވަން ބައިނަލްއަގްވާމީ މުޖްތަމައުއަށް ގޮވާލުމަކީވެސް މުހިއްމު ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

ދިވެހި ރައްޔިތުންނަކީ އަބަދުވެސް ފަލަސްތީންގެ އަޚުންނާއި އުޚްތުންނަށް ލޯބިކުރާ އަދި އަޚްވަންތަކަމާއި އުޚުތްވަތްތެރިކަން ދެމެހެއްޓުމަށް ކެނޑިނޭޅި އެތަކެއް މަސައްކަތްތަކެއް ކުރާ ބަޔެއް ކަމަށާއި މިފަދަ ހިތްދަތި ވަގުތެއްގައި ދިވެހި ރައްޔިތުން ތިބީ ފަލަސްތީންގެ އަނިޔާ ލިބެމުންދާ ރައްޔިތުންނާއި އެކުގައިކަން ރާއްޖޭގެ ރައްޔިތުން

އިސްރާއީލާއި ފަލަސްތީނާ ދެމެދު ހަމަނުޖެހުން ބޮޑުވެ، އިސްރާއީލް ސިފައިން ގެންދަނީ ފަލަސްތީންގެ ވެރިރަށް ޣައްޒާގައި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގައި ފަލަސްތީންގެ 100 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަހުމަދު

    ކަލޯ ލިސްޓްގަ ނަން އެބައޮތްތޯ؟

    3
    4
  2. ތެދު

    👍

    3
    1
  3. ޢަގީލަންބާ

    އަހަރުމެންނަށް ރަނގަޅީ ތި ކުކުޅު ކޮށި ތެރޭ ނިކަމެތި ފަލަސްތީނުގެ ރައްޔަތުންގެ ވާހަކަ ނުދެއްކިއްޔާ. ހުސް ރޯނު އެދުރުން ތިބޭތަނެއް. ފައްޓާނީ ފަލަސްތީނުގެ ވާހަކައިން. ނިމޭނީ އެކަކު އަނެކަކަށް ވަގަށް ގޮވާފަ

    7
    1
  4. ާއަހްމަދު

    އިންޑިޔާ ކަހަލަގައުމެއްނަމަ މަޖިލިސް އެލާޓްވާނެ

    10
    1
  5. ދުންތަރި

    ޔަހޫދީން ތާއީދުކުރާނީ ޔަހޫދީންނަށް ތިޔަބުނާ މަޖިލީހަކީ ލާދީނީ ބަޔަކު ކޮންޓްރޯލްުރާ ސިޔާސީ ހަރުގެއެއް ލާދީނީކަންކަމަށް ހިތްވަރުދޭނީ އިސްލާމްދީނަށް ނަސްރުދިނުމަކަށް އަހަންމިއްޔަތުކަމެއް ނޯންނާނެ މީ ވަރަށް ސާފުކޮށް އެނގޭކަމެއް ތިޔަބުނާ ސިޔާސީ ހަރުގޭގެ މުއްލާއަކީ އިސްލާމްދީނުގެ ޢަދުއްވެސް ދެން ވާނެގޮތް ނިކަން ދެކެބަލަ

    12
    2
  6. ނުރަބޯ

    ބަލަ ކަލޭ މޮޔަވީތަ ފަލަސްތީނަކީ ދިވެހި ރާއްޖޭގެ އަވަށެއްތަ؟

    1
    18
  7. ބަރުގޮނު

    އިސްރާއީލާ ދެކޮޅަށް އެއްޗެއް ބުނަން މަޖްލިސް މިހާރު އަދި މާބޮޑަށް ފަހަތު ފަޔަށް ބަރުވާނެ. މަޖްލިސް ގެ ރައީސަށް އަސްރާއީލު ގެ ޕާލަމެންޓްން އޮތީ ދަޢުވަތެއްވެސް ދީފައި. ފަލަސްތީނުންވެސް ދަޢުވަތު ދީފައިވޭ. މިކަމުގައި ފަލަސްތީނަށް ހިގައްޖެ ނަމަ އިސްރާލު ރުޅި އަންނާނެ. އިސްރާއީލަށް ނުދިޔަ ނަމަ އިގިރޭސީން ރުޅި އަންނާނެެ. އިގިރޭސީން ރުޅި އަންނަ ކަމެއް ކުރާކަށް ނަޝީދަކަށް ނުކެރޭނެ.

    11
    1
  8. ތެދު

    ކަލޭވެސްތީ ފެއިލްވެފަހުރިމީހެއް ލާދީނީ ބައިގަނޑުފަހަތުން ދުވަނީ

    1
    4
  9. ފާތުމަ އެޅި ވަގު މިސްކިތް

    ބަސް ބުނެގެން ކު ރެވޭނީ ކޮންކަމެ އް . ޢިޒް ރޭލް އަށް އެމްއެންޑީ އެފް ގެ ފައުޖެއް، ސައުދުގެ ކޮމާންޑަ ރ ގެ ދަށުގައި ފޮނުވަން ވީނު

  10. ސަވީލް

    ކިހިނެތްތޯ ލާދީނީ ހިތްތަކެއްގެ ވެރިންތަކަކައް ކެރޭނީ އިސްރާއީލާ ދެކޮޅައް ގަރާރުތަކެއް މަޖިލީހުން ފާސްކޮއްލަން. އެބަޔެއް ގެ އެޖެންޓުކަން ކުރާބަޔަކައް ނުކެރޭނެނޫންތޯ. ދައްކާވާހަކަ. މިއީ ދިހެވީން ދަންނަ ހަގީގަތެކޭ. މިތާއޮތީ ނަސާރާއިންނާއި ޔަހޫދީންނާއި ހިންދޫއިންނާއި ގުޅިގެން އުޅޭ ސަރުކާރެއް. އިސްލާމްދީނަކީ މި ވެރިންނައް މާމުހިންމު އަދި ގަދަރުވެރިކުރުވާ އަދި ފަޚުރުވެރިވާ އެއްޗެއް ނޫން. ކުރާ ކޮންމެ ކަމެއްގައި މިސަރުކާރުން ޖެއްސޭތޯބަލަނީ ލާދީނީ ކުލަ. ދެން މިވެރިންގެ ހިތުގައި ފަލަސްތީނުގެ މުސްލިމުންނައް ވަކި އިތުރުކުލުނެއް ހުންނާނެތަ މުސްލިމުންނައް ވެގެން. ނުހުންނާނެ.. ހުންނާނީ ޣައިރު މުސްލިމުން ދެކޭގޮތައް ހިއުމަނިޓޭރިއަން ކުލުނޭ ކިޔާނީ. ހަގީގަތުގެ އެ އެއްވެސް ނުހުރޭ.

  11. ފައިސަލް

    ބަނގުރަލުގެ އާވިއަރުވަމުން މަަޖިލީހައް އަންނަ މެމްބަރުން ތިބޭ ތަނެއްގައި ކިހިނެތްތޯ އިސްލާމީ ގައުމުތަކުގެ ދިފާއުގައި ގަރާރު ފާސް ކުރަން ކެރޭނީ.

  12. ޝިޔާމާ

    ގަރާރައް ވޯޓުދީފަ ގޮސް ގަރާރު ކަރުދާން ބޮޑު ތިޖޫރީއަށްލާފަ ވަގައް ތަޅުލާފަ ބާއްވާ. އޭރުން ގަރާރު ހެދީމޭ ބުނެވޭނެނުން. އެކަމަު ދުނިޔޭގެ އެއްވެސް ބައިނަލްއަގްވާމީ މީޑިޔާއަކައް ގަރާރު ނާރުވާތި. އިސްތިހާރު ނުކުރާތި. އެހެން ހަދައިފިއްޔާ ޔަހޫދީން ރުޅިއަތުވެދާނެ މިތާތިބޭ އެމީހުން އެޖެންޓުންދެކެ. އެހެންނުން.

  13. އަޙްމަދު

    ނަކޮވާ ވަގާ
    ރައްޔިތުންގެ ފައިސާ ވަގަށް ބަނޑުގަ އަޅައިގެން ތިހުރީ ސަލާމަތް ވާނެކަމަށްތަ؟ ކަލޭ ލަދެއް ނުގަނޭތަ ރައްޔިތުންގެ ކުރިމައްޗަށް އަރާ ވާހަކަ ދައްކަން
    ތަޢުލީމެއް ނެތް ތިކަލަ މީހުން ލަދެއް ނުގަންނާނެ ކަން އިނގޭ

  14. ނާޅި

    ދުނިޔޭގައި ފިތުނަ ފަސާދައިގެ އެންމެ އަޑީގައި ސިއްރުން މަސައްކަތް ކުރާ ބަޔަކީ އިގިރޭސިން، އެމީހުންގެ ގޮޑިކޮއްކޮ ސަރުކާރު ތަކާއި ބައިވެރިން ފަލަސްތީނުގެ ވާހަކަ ނުދައްކާނެ، އަބަދު އިސްރާއީލް ހިމާޔަތް ކުރަން އުޅޭނީ، އިސްރާއީލަކީ ޔޫރަޕްގެ ނަހަލާލު ދަރިއެއް އިންގިރޭސިން އަޑީގައި ތިބެގެން އުފެއްދި ޓެރެރިސްޓު ޖަމާއަތެއް އިސްރާއީލް އަކީ !

  15. ކޮވިޑް

    މަނިކުފާން މި ލާދީ ބައިގަނޑު ވެރިކަމަށް ގެންނަން ފޫގަޅާފަ ނުކުތް އިރު މިކަން ނޭންގޭތަ؟ މަނިކުފާން ކުޅެދޭ ތޯ ވެސް އެއްޖެދޯ ބަލަން؟މަނިކުފާން މެން ޖާނާ މާލުން ގްރުބާން ވެގެން މި ބައިގަނޑު ވެރިކަމަށް ގެނައީ. ސީދާ ލާދީނީ ސަރުކާރު ދެން އިޒްރޭލާ ދިމާ އަށް ތި މަޖިލީސް ( ކަސޯޓީ މަޖިލީސް ) އަށް އެއްޗެކޭ ކިޔޭނެތަ؟