މާލެ ސަރަހައްދުގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތައް އިތުރު ދެ ހަފްތާއަށް ދަންމާލައިފިއެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ލިބިދޭ ބާރުގެ ދަށުން މެއި ތިން ވަނަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތައް 14 ދުވަހަށް އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

އެ އެންގުމުގައިވާ ގޮތުން، ރޭގަނޑު 12:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގާނެއެވެ. އެކަމަކު، މައިމޫނާ މިދިޔަ ހަފްތާގައި ނެރުއްވި އެންގުމުގައި ވަނީ ހަފްތާއެއްގެ މުއްދަތަށް ކާފިއު ގަޑިއަކީ ހަވީރު 4:00 އިން ފަތިހު 4:00 އަށް ކަމަށް ކަނޑައަޅައިފައެވެ.

މެއި ތިން ވަނަ ދުވަހު އެޅި އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ލެ ސަރަހައްދުގައި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމާއި ކުޅިވަރުކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކްތައް ބަންދުކުރުމާއި ކުޅިވަރުކުޅުމާއި ކުޅިވަރުގެ މުބާރާތްތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.

އަދި ހުއްދައާއެކު ޒަރޫރީ ބޭނުންތައްކަށް ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓައިލުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުން ވެސް ހުއްޓާލަން ވަނީ އަންގައިފައެވެ.

އިންޑިއާ އިން ރާއްޖެ އަށް އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ފުރިހަމަކޮށް ޕީސީއާރު ޓެސްޓް ހެދުމާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ދަތުރުވެރިންނަށް ދޭން ނިންމި ލުއިތައް މެދުކަނޑާލުން ހިމެނެއެވެ.

ކޮވިޑްގައި މިދިޔަ 24 ގަޑިއިރުތެރޭ ތިން މީހަކު ވަނީ ނިޔާވެފައެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް އިތުރު 1،007 މީހަކު ވަނީ ފައްސިވެފައެވެ.

ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު އިތުރުވެފައިވާ އިރު މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވެސް ކޮވިޑް-19 ގެ ނަންބަރުތައް ހުރީ އެއްހާހުން މަތީގައެވެ. އެގޮތުން ދެ ދުވަހެއްގައި އެ އަދަދު 1،500 އަށް ވުރެ މައްޗަށް އެރިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮންމެ ފަސް ސުންކަކުން އެއް ސުންކު ކޮވިޑް-19 އަށް ފައްސިވެއެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 15،666 މީހުންނެވެ. މިހާތަނަށް 28،013 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފައެވެ. މި ބަލި ޖެހުނު މީހުންގެ އަދަދު 43،782 އަށް އެރި އިރު، އެޑްމިޓްކޮށްގެން ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 260 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. 👑

  ހާދަ ވަ ރުގަދަ ބާ ރެއް

 2. އަކްމެޑް

  އާމްދަނީ އެހާ ދަށް. ބޭންްކު ލޯނު ރީސްޓްރަކްޗަރ ކުރެވޭނެގޮތް ހައްދަވައިދީ

 3. ނ ގ ބ ޅ

  މައިމޫނާ އަށް ލިބޭ ބާރުގެ ބޭނުން ކޮއްގެން ކީއްވެބާ ރާއްޖޭގެ ބޯޑަރު ބަންދު ނުކުރަނީ، ނޫނީ އިންޑިއާ އިން މީހުން އައުން ނުހުއްޓުވަނީ، މައިމޫނާ އަށް ލިބޭ ބާރުން އާއްމު ރައްޔިތުމީހާ ދޯ ހަނާ ޢަރުވާލަނީ

  16
  1
 4. ަޫަު

  މައިމޫނާ އަށް ވެސް އަތް ނުފޯރާ ހިސާބު ތައް ހުންނާނެ.