23:16

ކޮވިޑް ވެކްސިން ހޯދަން އިސްރާއީލްގައި ރާއްޖެ އިން އެދުނުކަން އަދި އެނގިފައެއް ނެތް - މަބްރޫކް

22:57

ކޮވިޑަށް ޓެސްޓް ކުރި މީހުންގެ އަދަދު އާދަޔާއިހިލާފަށް މަދުވެއްޖެ.

22:22

އިތުރު 741 މީހުން ކޮވިޑަށް ފައްސިވެއްޖެ.

19:05

ރާއްޖޭގައި މާބަނޑު އަންހެނުންނަށް ފައިޒާ ވެކްސިން ދޭން ފަށަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ތައްޔާރުވެއްޖެ

17:12

ކޮވިޑް-19 ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ ދިވެހި ފިރިހެނަކު ނިޔާވެއްޖެ

17:01

އިންޑިޔާގައި ކޮވިޑް-19 ޖެހިގެން "މަރުވި" އަންހެނަކު އަންދަން ތައްޔާރުކޮށްފައި އޮތްވާ ހޭއަރައިފި

14:14

ކޮވިޑް-19 ޖެހިގެން ހަފްތާއެއްގެ ތެރޭގައި އިންޑިއާ އިން މަރުވި މީހުންގެ އަދަދު 30،000 އާ ގާތްކޮށްފި.

13:30

 

11:04

ފާއިތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކ. ހިންމަފުށިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 300 އަށް އަރައިފި.

09:30

ކޮވިޑް ޖެހިގެން 30 އަހަރުގެ އަންހެނަކު ނިޔާވެއްޖެ.

03:34

ރާއްޖެެއިން ކޮވިޑް-19 ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ

ކޮވިޑް-19 އަށް މިއަދު ރާއްޖެ އިން ފައްސިވީ 1007 މީހުންނެވެ. މިއަދަކީ މިމަހުގެ 09 ވަނަ ދުވަހަށް ފަހު އެންމެ މަދު އަދަދެއްގެ މީހުން ފައްސިވިކަން އިއުލާންކުރި ދުވަހެވެ. ނަމަވެސް މިއަދަކީ މިމަހު ވެސް ދެވަނަ އަށް އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރި ދުވަހެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 3159 ސުންކެވެ. މިމަހު އެންމެ މަދު އަދަދެއްގެ މީހުން ކޮވިޑަށް ޓެސްޓް ކުރީ މިމަހުގެ 07 ވަނަ ދުވަހުއެވެ. އެދުވަހު ކޮވިޑަށް 3153 މީހުންނެވެ. މިއަދުގެ ތަފާސް ހިސާބަށް ބަލާއިރު ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން %31 މީހުން ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިއީ ކޮވިޑަށް ކުރާ ޓެސްޓްތަކުގެ ތެރެއިން މިހައި މަތީ އިންސައްތައެއްގެ މީހުން ކޮވިޑަށް ފައްސިވި ފުރަތަމަ ދުވަހެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތައް އިތުރު 14 ހަފްތާއަށް ދިގު ދައްމާލަން މިއަދު އަނެއްކާވެސް ވަނީ ނިންމާފައެވެ. އެހެންކަމުން މިމަހުގެ 29 ވަނަ ދުވަހާއި ހަމައަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް ދިގު ދެމިގެންދާނެއެވެ. ކޮވިޑް ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އަދި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވަމުން އަންނަކަމަކަށް ނުބެލެވެއެވެ.

ކޮވިޑް އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފަރުދީޒިއްމާ

    ކޮވިޑް-19 އަށް މިއަދު ރާއްޖެ އިން ފައްސިވީ 1007 މީހުންނެވެ. ކޮވިޑް ޑެސްޓްހެދީވެސް ހަމަ 1007 މީހުން ކަމަށްވާއިރު ޓެސްޓް ކުރި މީީހުންގެ އަދަދު އިތުރުކުރިނަމަތާ އެގޭނީ މިއަދަކީ މިމަހުގެ 09 ވަނަ ދުވަހަށް ފަހު އެންމެ މަދު އަދަދެއްގެ މީހުން ފައްސިވިކަން އިއުލާންކުރި ދުވަސްކަން އެގިގެން ދާނީ ކަން އޮންނަ ގޮތައް ކަންކުރުމަށްފަހުގައެވެ.

    1
    1
  2. ދިހަރޭ ރެއްކާ

    14 ހަފްތާ އަށް ދަންމާލީމަ 29 އަށް ހަމަވާނީ ކިހިނެތް؟

  3. ހުސެން

    ނޫސްވެރިން ވެސް ނުކުމެ ބަލާބަލަ ކިއު ތަކުގަ ތިބި މީހުން ގެ އަދަދުތަކާ ނަތީޖާ ލިބޭ ދުވަސްތަ.އޭރުން ތިކަހަލަ ސުރުހީ އެއް ނުލިޔާނެ.