ރާއްޖެެއިން ކޮވިޑް-19 ބަލީގައި އިތުރު މީހަކު ނިޔާވެއްޖެ އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން ނިޔާވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ފިރިހެނެކެވެ.

ނިޔާވެފައި ވަނީ 81 އަހަރުގެ ފިރިހެނެކެވެ. އޭނާ ނިޔާވީ މެންދަމު 02:38 ގައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މި ވަނީ 95 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ އަދަދުތައް ވަނީ އިތުރުވެފައެވެ. އެގޮތުން އިއްޔެ ރާއްޖެއިން ތިން މީހަކު ކޮވިޑް ބަލީގައި ނިޔާވިއިރު، މި މަހުގެ 14 ވަނަ ދުވަހު ފަސް މީހަކު ނިޔާވިއެވެ.

މި މަހުގެ މިހާތަނަށް ކޮވިޑް-19 ޖެހިގެން 23 މީހުން ނިޔާވިއިރު އިރު، މެއި މަހަކީ އެންމެ ގިނަ ބަޔަކު ކޮވިޑް ބަލީގައި ދުނިޔެ ދޫކުރި މަހެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މިހާރު ވަރަށް ބޮޑަށް އިތުރުވަމުން އަންނައިރު ކޮވިޑް ޖެހިގެން ނިޔާވާ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު