ޏ. ފުވައްމުލަކަށް އުފަން އައިމިނަތު އަސްރާ އަށް މިއަދު އުޅެން ޖެހިފައިވަނީ ވަރަށް ހިތް ދަތި ދިރިއުޅުމެކެވެ. ވިހެއި އިރު ވެސް އަސްރާ އަކީ ބަލި ކުއްޖެކެވެ. ސިއްހީ ގޮތުން ކުރިމަތި ވެފައިވާ ވޭނުގެ ފެށުމެއް ކަމަށް އަސްރާ ބުނެފައި ވަނީ އުމުރުން 15 އަހަރުގައި ކެއްސާފަ ކަރުން ލޭ އައުމުން ކަމަށެވެ. ކަން މިހެން ދިމާވުމުން ޑޮކްޓަރަށް ދެއްކި ކަމަށާއި، އޭރު އެއްްވެސް ބައްޔެއް ދެނެގަނެވިފައި ނުވާކަމަށް ބުންޏެވެ.

ޓީވީއެމްގެ 'އިހުސާސް' ޕްރޮގްރާމުގެ ތެރެއިން އަސްރާ އާއި އޭނާގެ ފިރިމީހާ ޔާސިރު އަހުމަދު ބައިވެރިވެ، އަސަރުން ފުރިގެންވާ އަސްރާގެ ހަޔާތުގެ އުނދަގޫ ސަފްހާތަކެއްގެ ވާހަކައާއި، ސިއްހީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާއި އަޑި ގުޑަން ތަކުން އަރައި ގަތުމަށް ކޮށްފައިވާ މަސައްކަތުގެ ވާހަކަ ބެލުންތެރިންނާއި ހިއްސާ ކޮށްފައިވެއެވެ.

އެންމެ ތުއްތު އިރުގެ ވާހަަކަ ތަކުން އަސްރާގެ ހާލަތު އޭނާ ބަޔާން ކޮށްދޭން ފެށިއެވެ. އެންމެ ފުރަތަމަ ހިނގީ އުމުރުން ތިން އަހަރުގައި ކަމާއި، ކުޑަކޮށް ރޯގާ ޖެހިލިޔަސް ވަރަށް ގިނަ ދުވަސް ވަންދެން ބަލިވެ އުޅެން ޖެހޭ ކަމަށް އަސްރާ ބުނެއެވެ. ސުކޫލު ދައުރަކީ އުފާވެރި ދައުރެއް ނޫން ކަމަށް ބުނެ، އަސްރާ ކިޔައިދީފައިވަނީ ކިޔަވަން މަސައްކަތް ކުރި ކަމުގައި ވިޔަސް ތައުލީމީ ގޮތުން ބޭނުންވި ކާމިޔާބީ ހާސިލް ނުކުރެވުން ވާހަކައެވެ. 'ބުލީ'ގެ ޝިކާރައަކަށް ވީ ވާހަކައެވެ.

އަސްރާ ފޮޓޯ: މީސް މީޑިއާ

ގޮތް ނޭންގޭ ބައްޔެއް ތަހައްމަލް ކުރުމުގެ އިތުރުން، ދެ ކައިވެންޏެއް ރޫޅުމުގެ ހިތްދަތިކަމާއި، ލިބެން އުޅުނު ދަރިފުޅު ވަކިވެގެން ދިޔަ ހިތާމަވެރި ގޮތާއި، ބާކީ ވުމުގެ އިހުސާސް އަދި ކުޑައިރު ބުލީގެ ޝިކާރައަކަށް ވުމުގެ އިހުސާސްގެ އިތުރުން މީހާ ބަލިކަށިވި އެތައް ކަމެއްގެ ވާހަކަ އަސްރާ ހިއްސާ ކުރީ ވޭނުން ފުރިގެންވާ ހާލުއެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެ، ހިތްވަރު އާ ކުރަން މަސައްކަތް ކުރަމުން އެތައް ވާހަކައެެއްް އަސްރާ ހިއްސާކުރިއެވެ.

އުމުރުން އަށާރަ އަހަރު ވުމުން އަލަތު ކައިވެނި ކޮށް އަސްރާގެ ދިރިއުޅުން މާލެއަށް ބަދަލުކުރިއެވެ. ދުވަސްތައް މިގޮތުގައި ގުނަމުން ދަނިކޮށް، ހީވެސް ނުކުރާހާ ބޮޑަށް އަސްރާ ބަލިވިއެވެ. އޭރު އަސްރާ ދިޔައީ ވަޒީފާ އަދާ ކުރަމުންނެވެ. ބަލި ހާލަތު ގޯސްވެ އައިސީޔޫގައި 22 ދުވަސް ވަންދެން ފަރުވާ ދީފައިވެއެވެ. އަސްރާ ގަދަވާނެ ކަމުގެ އުންމީދު ޑޮކްޓަރުން ވެސް ނުދޭ ކަމަށް އަސްރާ ބުންޏެވެ.

"އޭރު އަސްރާއަށް ކޮށްޅަށް ވެސް ނުހުރެވޭ. ވަރަށް ފަލަކޮށް ހުރެފަ ހޮސްޕިޓަލުން ނިކުތް އިރު މީހާ ވަރަށް ހިކިފަ ހުރީ. މީހާ ވަރަށް ވީކް" އަސްރާ އަސަރާއެކު ބުނެފައި ވެއެވެ.

"އައިޖީއެމްއެޗްގައި އޮންނަތާ އެތައް ދުވަހެއް ވީ އިރުވެސް އެއްވެސް ވަރަކަށް ރަނގަޅެއް ނުވޭ. ހައްތަހާ ހާލަތު ދަނީ ދަށަށް. ދެން އަޅުގަނޑު ބުނީ އަޅުގަނޑު ބޭނުމޭ އަސްރާ ގޮވައިގެން ރާއްޖޭން ބޭރަށް ދާން. އައިޖީއެމްއެޗުން ބުނީ އެއްވެސް އުންމީދެއް ނެތޭ ދެން. އެހެންވީމަ ބޭރަށް ދިޔަޔަސް ކޮންކަމެއްހޭ ވަކި ކުރާނީ. ނަމަވެސް އަޅުގަނޑުގެ ހިތުގައި އުންމީދު އޮތީމަ އަޅުގަނޑު ބޭނުންވީ ބޭރަަށްދާން. އެންމެ ފުރަތަމަ ދިޔައީ އިންޑިޔާގެ ޓްރިވެންޑްރަމް އަށް. ގޮސް ދެއްކީމަ ބުނީ ފުއްޕާމޭގެ މައްސަލަ އެކޭ. އެމީހުންވެސް ބުނި އުންމީދެއް ނެތް ވާހަކަ. އެހިސާބުން އެމީހުން ދިނީ އެއް މަސް ދުވަހުގެ ބޭސް. ދީފައި ބުނީ އެއްމަސް ފަހުން އަންނާށޭ އަނެއްކާވެސް ދައްކަން. ދެން ދިޔައީމަ ދިނީ ހަތް މަސް ދުވަހުގެ ބޭސް. އެމީހުންވެސް އަސްލު މައްސަލަ އެއް ނުބުނޭ. ކިހިނެއްވެގެން ދިމާވި ގޮތެއް ކަމެއްވެސް އަދިއަދަށްވެސް ނޭނގެ." އަސްރާގެ ބައްޕަ ކިޔައިދިނެވެ.

އަސްރާ އާއި ޔާސިރު ފޮޓޯ: މީސް މީޑިއާ

އަސްރާ ތަހައްމަލް ކުރަމުންދާ ވޭނަށް ކުޑަ ނަމަވެސް ލުޔެއް ލިބޭނީ ހިތާއި ފުއްޕާމޭ ބަދަލު ކޮށްގެންކަން އިނގުނީ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް ދެއްކި ހިސާބުންނެވެ.

"ކޮޗިންގެ އަމްރިތާ އަށްވެސް ދެއްކިން ދެ ފަހަރު. ދެން އެންމެ ފުުރަތަމަ އެމީހުން ބުނީ އެއްޗެއް ބުނަން އެނގޭނީ ޓެސްޓެ ހެދީމައޭ. ބޭސް ދީފައި ބުނީ ހަމަސްފަހުން އަންނާށޭ. އައީމަ ބުނީ ހިތާ ފުއްޕާމޭ ބަދަލު ކުރަން ޖެހޭ ވާހަކަ. ނަމަވެސް އެތަނުން އެ އޮޕަރޭޝަން ކުރެވެން ނެތް ކަމަށް ބުނީ. އެއީ އަސްރާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވީމަ. އަދި ލޭގެ ޕްރެޝަރ ވެސް މާ މަތީގަ ހުންނާނީ. ދެން އެހިސާބުން ވަރަށް ދެރަވި. ދެން މާބޮޑު ފަރުވާ އެއް ކުރެވެން ނެތް ކަމަށް ބަލާފައި ދަރިފުޅު ގޮވައިގެން އަޅުގަނޑު އައީ މާލެ. އައިސް މާލޭގަ ހުރީ." އޭނާގެ ބައްޕަ ކިޔައިދިނެވެ.

ދިރިއުޅުމުގެ މި ހިސާބަކީ އަސްރާއަށް އިތުރު ވޭނަކާއި ކުރިމަތިލާން ޖެހުނު ހިސާބެކެވެ. ކައިވެނި ރޫޅުމަކަށް އައީ އިންޑިއާގައި ހުރެފަ އެނބުރި ރާއްޖެއައި ހިސާބުންނެވެ. "އޭރު ފިރިމީހާ އަސްރާ އާއި ދިމާލަށް ބުނެލި އަސްރާ އަށް ކުއްޖަކު ނުލިބޭނެ އޭ، ނުހޯދޭނެއޭ. އެކަހަލަ ބަސްތައް ބުނި. އެއީ ވަަރަށް ގަދައަށް ރުއީ ދުވަހެއް" އަސްރާ ބުނެދިނެވެ.

ދުވަސް ތަކަކަށް ފަހު ދެވަނަ ކައިވެންޏެއް ކޮށް އަސްރާ ދެކެމުންއައި ހުވަފެނެއްގައި ކުލަ ޖެހެނީ ކަމަށް ގަބޫލު ކުރެވުނު ދުވަސްތަކެއް އައެެވެ. އަސްރާއަށް ކުށްޖަކު ނުލިބޭނެއޭ ބުނެފައި ވުމުން އަސްރާ އިންތިހާއަށް ދަރިއަކު ބޭނުންވިއެވެ. ދެވަނަ ކައިވެންޏާއި އެކު ދަރިޔަކު ލިބެން އުޅޭ ކަމުގެ ހަބަރު އަސްރާއަށް ލިބުނެވެ. ނަމަވެސް، އުންމީދު ކުރި ގޮތާއި ހިލާފަ ކަންތައް މެދުވެރިވީ ދެރަ ގޮތަކަށެވެ. "ބަނޑަށް ތިން މަހުގަ އައްޑޫއިން ސްކޭން ކުރި އިރު 'ނޯމަލް'. އެކަމް ބުނީ ދެން ކުރާ ސްކޭން މާލެ ގޮސް ކުރަން. ދެން މާލެ އައިސް ކްލިނިކް އަކުން ސްކޭން ކުރީ. ބުނި އެއްވެސް ވަރަކަށް ކުއްޖާގެ ވިންދު އަޑެއް ނީވޭ ކަމަށް. ކުއްޖާއެއް ނުވެސް ފެނެއޭ. ދެން އައިޖީއެމްއެޗްއަށް ގޮސް ސްކޭން ކުރީމަ ވެސް ބުނަނީ އެހެން" އަސްރާ ބުނެއެވެ. އަލަތު ދަރިފުޅު މިދުނިޔެއާއި އަލްވަދާއު ކިޔަން މެދުވެރިވީ އަސްރާގެ އޮކްސިޖެން ކުއްޖާއަށް ނުލިބިގެން ކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

އަލަތު ދަރިފުޅު ބީވެގެން ދިޔުމުގެ ވޭނާއި އެކު ދެން އިތުރު ހިތާމައަކާއި ކުރިމަތިލާން ޖެހުނެވެ. ދަރިފުޅު ވަކިވި ދުވަހާއި ޖެހިގެން އައި ދުވަހަކީ ދެވަނަ ކައިވެނި ރޫޅުނު ދުވަހެވެ. އެ ހުރިހާ ވޭނަކަށް އަސްރާ ކެއްކުރަމުން ދިޔައީ ކުރިމަތިވާ ކޮންމެ ކަމަކީ އިމްތިހާނެއް ކަމުގައި ދެކި، ކާމިޔާބު ލިބޭނެ ކަމުގެ ގަދަ އަޒުމާއި އެކުއެވެ.

މިއަދު އަސްރާގެ ދިރިއުޅުމުގައި ހިތްވަރުދީ އުންމީދު އާކޮށްދެމުން އެ އަންނަނީ އޭނާގެ ފިރިމީހާއާއި އާއިލާ މީހުންނެވެ. ތިންވަނަ ކައިވެންޏެއް ކުރެވުނު ބައިވެރިޔަކީ އަސްރާއަށް ލިބިފައިވާ ނިއުމަތެއް ކަމުގައި އޭނާ ސިފަކުރެއެވެ. އެއްވެސް ޝަރުތަކާއި ނުލާ އަސްރާ ދެކެ ލޯބިވާނެ ނަމޫނާ ފިިރިޔެކެވެ. އަސްރާގެ ފިރިމީހާ ޔާސިރު ބުނީ އަސްރާގެ ދިރިއުޅުމަކީ ފަސޭހަ ދިރިއުޅުމަކަށް ނުވާނެކަން އެނގޭތީ ބޭނުންވީ އެހީތެރިވާން ކަމަށެވެ. އަސްރާއަށް ދިމާވާ ކޮންމެ ހިތާމައަކާއި އުފަލެއްގައި ބައިވެރިވާނެ ކަމުގެ ޔަގީންކަން ޔާސިރު އަސްރާއަށް ދެއެވެ.

އަސްރާ ބުނެފައިވަނީ ޔާސިރު އާއި ކައިވެނި ކުރުމަށް ފަހު މީގެ ކުރިން ލިބިފައިނުވާ އެތައް ހިތްހަމަޖެހުމެއް ލިބުނު ކަމަށެވެ. ކޮންމެ ކަމަކާ ކުރިމަތިލާން ޖެހުނަސް ޔާސިރުގެ އެހީތެރިކަން ލިބޭ ކަމަށާާއި، ކޮންމެ ކަމަކަށް ބޭނުން ވިޔަސް އެކަމެއް ޔާސިރު ކޮށްދޭ ކަމަށް އަސްރާ ބުންޏެވެ.

ޔާސިރުގެ މަންމަގެ ދުލުން އަސްރާ ދެކެ ޔާސިރު ވާ ލޯބި ކޮންމެވެސް ވަރަކަށް ބުނެދިނެވެ. އަސްރާއަށް ކަމެއް ވެއްޖެނަމަ ޔާސިރުއަށް ވާނެ ގޮތެއް ވެސް ނޭންގޭ ކަމަށް މަންމަ ބުނެއެވެ. "އަޅުގަނޑުގެ ދަރިފުޅަށް ކޮންމެ ފަދަ ގޮތެއްވެސް ވެދާނެ ކަންނޭންގެ އަސްރާއަށް ކަމެއް ވެއްޖެއްޔާ. އަޅުގަނޑުގެ ދަރިފުޅު ވަރަށް ލޯބިވޭ އޭނަ ދެކެ. އަސްރާ ދެކެ ޔާސިރު އެވާ ލޯތްބަކީ އެއީ އަޅުގަނޑަށް ބުނެދޭން ވެސް ނޭންގޭ އެއްޗެއް" ޔާސިރުގެ މަންމަ ބުނެއެވެ. އޭގެ އިތުރުން އަސްރާ ދެކެ އެހާ ލޯބިވާ ފިރިއަކަށް ޔާސިރު ވީތީ އެކަމާ އުފާވެ ފަހުރުވެރިވާ ކަމަށް ބުނެއެވެ. ހަތަރު ވަނަ ފަންގިފިލާއަށް ޔާސިރު އަސްރާ އަރުވަނީ އުރާލައިގެން ކަމަށް މަންމަ ބުނެއެވެ. "އުރައިގެން އަރުވަނީ. އުރައިގެން ބާލަނީ. އެވަރު ކަމެއް ހިއެއް ނުވޭ މިޒަމާނުގަ މީހަކު އަނބިމީހާއަށް ކޮށްދޭނެ ހެނެއް. އެހެންވީމަ ފަހުރުވެރިވަން ހަމަ އެވަރުގެ ފިރިއެއް ﷲ އަސްރާއަށް ދެއްވީތީ. އެއީ އަޅުގަނޑުގެ ދަރިއަކަށް ވާތީ އެކަމާ ވަރަށް އުފާވޭ" ޔާސިރުގެ މަންމަ ކިޔައިދިނެވެ.

އަސްރާގެ ބަލި ޑައިގްނޯސް ކުރެވިފައިވަނީ Eisenmenger syndrome އަށެވެ. މިއީ ހިތުގައިވާ އުނި ކަމެއްގެ ސަބަބުން ހަށިގަނޑުގައި ލޭ ދައުރުވުމުގެ މައްސަލަތަކެއް ދިމާވާ ކަމެކެވެ. ޔާސިރު އަސްރާގެ ބަލީގެ މައުލޫމާތު ހިއްސާ ކުރަމުން ބުނެފައިވަނީ އުފަންވީ އިރުވެސް ހިތުގެ ދެ ޗެމްބާ ދޭތެރޭގައި ހޮޔެއް އިން ކަމަށެވެ. ކުޑައިރު އެކަން ދެނެގަނެވިފައި ނެތުމުން މިހާރު އުނދަގޫ ތަކަކާއި ކުރިމަތިލާން ޖެހިފައިވަނީ ކަމަށް ޔާސިރު ބުނެެއެވެ. އަސްރާގެ މި ހާލަތުގެ ސަބަބުން ފުއްޕާމެއަށް ދަނީ ވަރަށް ބޮޑަށް ގެއްލުން ވަމުންނެވެ. އެންމެ ފަހުން ޑޮކްޓަރުން ހިއްސާކޮށްފައިވާ މައުލޫމާތުގައި ބުނެފައިވަނީ އަސްރާގެ ވާތް ފަރާތު ފުއްޕާމޭ 80 އިންސައްތަ ފެއިލް ވެފައިވާ ކަމަށެވެ. އޮކްސިޖެން މެޝިނުގެ އެހީގައި ނޭވާލަމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް އަސްރާގެ އުންމީދަކަށް ފަނޑުކަމެއް ނާދެއެވެ.

ކޮންމެ ދުވަހަކު ވެސް އާ ހިތްވަރަކާއެކު ދިމާވާ ކޮންމެ ގޮންޖެހުމަކާއި ކުރިމަތިލަމުން އަންނަނީ ގުނަވަން ބަދަލުކޮށް، އެހެން މީހުންނެކޭ އެއްފަދައިން ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅުމަށް ދެކެމުން އަންނަ ހުވަފެންތައް ބިލާހަކަށް ވެދާނެކަމަށް އަސްރާ ގަބޫލު ނުކުރާތީއެވެ.

އަސްރާ އަށް ހިތްހަމަޖެހުމެއް ލިބެން އަންނަނީ ހިތާއި، ފުއްޕާމޭ ބަދަލު ކޮށްގެންނެވެ. ގުނަވަން ބަދަލު ކުރިކަމުގައި ވިޔަސް، ދިރިހުރުމުގެ އުންމީދު ޑޮކްޓަރުންނާއި ސިއްހީ މާހިރުން ދީފައިވަނީ އެންމެ މަދުވެގެން އެއް އަހަރު ދުވަހެވެ. މިހާރުގެ ދިިރިއުޅުމަށް ވުރެ ފުރިހަމަ ސިއްހަތެއްގައި ހުރެ އެންމެ ދުވަހެއް ދުނިޔޭގައި ހޭދަ ކޮށްލަން އިންތިހާއަށް އަސްރާ ބޭނުންވެއެވެ. ޔާސިރު ވެސް ބޭނުންވަނީ ބަލިން ސަލާމަތްވެ އެހެން މީހުންނެކޭ އެއްފަދައިން ދިރިއުޅުމުގެ ބާކީ ދުވަސްތައް އަސްރާ ހޭދަކުރާ މަންޒަރު ދުށުމެވެ.

އަސްރާގެ ދިރިއުޅުން މިހާރު ބަރޯސާވެފައިވަނީ ނޭވާލުމަށް ބޭނުންކުރާ އޮކްސިޖެން މެޝިނާއި، ކޮންމެ ދުވަހަކު ކަމުން އެގެންދާ ބޭސްތަކުގެ މައްޗަށެވެ. އޮކްސިޖެން މެޝިން ކުޑަ ދަބަހެއްގައި ހަށިގަނޑުގެ އެއްބައިހެން ގެންގުޅެމުންދާއިރު، އެއީ ފަސޭހަ ދިރިއުޅުމަކަށް ނުވާނެކަން ޔަގީނެވެ. އިންޓަވިއު ކުރިޔަށް ދިޔައިރު ނޭވާ ލަމުން ދިޔަ އަޑު ބެލުންތެރިންނަށް އިވިގެން ދިޔައެވެ.

އަސްރާއަށް ބޭނުންވާ ބޭސް ހަމަ ކޮންމެ ފަހަރަކު ވެސް ގެންނަން ޖެހެނީ ރާއްޖެއިން ބޭރުންނެވެ. ބޭސް ނުލިބިއްޖެ ނަމަ މީހާ ވަރުދެރަވެ، އެނދުން ނުތެދުވެވޭ ވަރަށް ހާލަތު ދަށްވާ ކަމަށް އަސްރާ ބުނެދެއެވެ.

މި ދަތި ދިިރިއުޅުމުގެ ދުވަސްތައް ގުނަމުންދާ އަސްރާއަށް މިއަދު ބޭނުންވަނީ އާންމުންގެ އެހީތެރިކަމެވެ. މާލީ ގޮތުން އެހީތެރިކަމެއް ފޯރުކޮށްދެވެން ނެތްނަމަ، އަސްރާއަށް ކޮށްދޭ ހެޔޮ ދުޢާ އަކީ ވެސް އަގުހުރި ހަދިޔާއަކަށް ވެގެން ދާނެއެވެ.

އަސްރާ އަށް އެހީވާން ބޭނުންވާ ފަރާތްތަކުން:
އެކަންޓުން ނަން: އައިމިނަތު އަސްރާ
‎އެކައުންޓް ނަމްބަރ (ރުފިޔާ) : 7730000142133
‎އެކައުންޓް ނަމްބަރ (ޑޮލަރު) : 7730000256391

އަސްރާގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު އޮޅުންފިލުވުމަށް: 7795796

ނޯޓް: އަސްރާގެ ބައްޕަގެ ބަސްދީގަތުމަކީ 2019 ވަނަ އަހަރު 'ވަގުތު' އަށް ދީފައިވާ ބަސްދީގަތުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮވިޑް

    ހެޔޮ ރަޙުމައި ލައްވާށި. ތި ޕޮރްގްރާމް ބެލިން ހިއްފަޅައިގެން ދާވަރުވޭ، މާތް ﷲ ގެ ހެޔޮ ރަޙުމަތުން އަސްރާ އަށް ލިބިފައި ތިހުރީ އަސްރާ ބުނާ ގޮތުން ނަމަ ހަމަ ޖަވާހިރެއް، ހުރިހާ ފިރިހެނުން ވެސް ޔާސިރު ( އަސްރާގެ ފިރިމީހާ) ހަމަ ނަމޫނާ އަކަށް ބެލުން ރަނގަޅު،

    78
    1
  2. ﷲގެ އަޅާ

    ޑޮ ކްޓަރުން ގެ ލަފާ ދިމާނުވެވެސް ދޭ . ސިސްޓަރ ﷲއަށް ޒި ކުރު ކުރުން(އެންމެ މާތް ޒި ކުރަ ކީ ކީރިތި ގުރުއާން ކިޔެވުން) ގިނަ ކޮށް ނަމާދު ސުންނަތް ތައްވެސް ކުރެވުނު މިންވަރަ ކުން ކުރުން ވަރަށް ބުއްދިވެރި . ކޮންމެ މީހަ ކީވެސް ﷲގެ ހަޒްރަތައް ރުޖޫޢަވާން ޖެހޭ މީހެއް. އެ ކަމަށް ތައްޔާރު ވެގެން ހުންނަ މީހާ އަ ކީ އެއްމެ އުފާވެރި މީ ހާ. ބުރުގާ އެޅުންވެސް ވަރަށް ބުއްދިވެރި . ހެޔޮ އެދޭ އުޙްތް.

    105
    2
  3. ާއަހުމަދު

    އުޚްތާއަށް އަށް ބުނެލަން އޮތީ އަވަހަށް އައުރަ ނިވާ ކޮށް މާތްﷲ އަށް ބިރުވެތިވެ ތައުބާވެ އެ ކަލާންގެއަށް ގިނަގިނައިން ދުއާ ކުރާށޭ.....
    މާތް ﷲ އިރާދަ ކުރެއްވިއްޔާ ކަން ކަން ރަނގަޅު ވާނޭ..
    ދުއާ އަ ކީ އެ އުޚްތާ އަށް މާތް ﷲ އަވަސް ޝިފާ އެއް މިންވަރު ކޮއްދިނުން.

    ާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާާ

    35
    2
  4. ކިސްރާ

    ބަލިވީމަ ބުރުގާ ނަގާފަ ތުންފަތުގަ ބައިފޫޓައް ކުލަހާކައިގެން ޢައުރަ ނިވާނުކޮށް ހުރުންތޯ ބުއްދިވެރީ؟ ތެދުމަގު ދައްކަވައި އަވަސްޝިފާއެއް މިންވަރުކުރައްވާށި!

    23
    7
  5. އައިޝާ

    ކޮންމެ ނަފުސަކީވެސް މަރުގެ ރަހަލިބޭނެ ނަފުސެއް. ދާއިމީ ވަޒަނަކީ ޢާޙިރަތް...ސުވަރުގެ ނޫނީ ނަރަކަ...މިދުނިޔެއަކީ އެންމެނަށްވެސް ވަގުތީ ތަނެއް... ދާއިމީ ވަޒަން މަތިން ހަނދާން ނައްތާނުލށ... ދާާއިމީ ވަޒަނަށް ތައްޔާރުވާ ތަނަކީ މިދުނިޔެ.. މިދުނިޔޭގަ ލިބޭ މަދު ދުވަސްކޮޅު.. އެހެންކަމުން ދިގު އުމުރެއް ދެއްވާ ގިނަ ހެޔޮކަންތައްކޮށް އާޙިރަތް ބާއްޖަވެރިކުރުމަށް މަސައްކަތްކޮށް އައުރަ ނިވާކުރުމަށް ނަސޭހަތްތެރިވެ ހެޔޮދުއާ ކުރަން

    9
    1
  6. ފާތުމަ.

    ބަލިހާލަތު ހުރި ގޮތުން ބުރުގާ އަޅައިގެން އުޅުން ފަސޭހަނޫން ވީނަ ނަގަަފަ އެހުރީ. މިދިޔަ އަހަރާ ޖެހެންދެންވެސް އޭނަ އުޅުނީ ބުރުގާ އަޅައިގެން. ނޭގޭ ވާހަކަ ނުދައްކާ.