އިސްރާއީލުން ޣައްޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގެ އަސަރު ކޮށްފައިވާ ފަރާތްތަކަށް "މޯލްޑިވްސް ވޭވް" އިން އެހީތަކެތި ފޯރުކޮށްދީފިއެވެ. މޯލްޑިވްސް ވޭވް އަކީ އަތުކުރީ ގަޑީގެ ދިވެހި ފުރަތަމަ ބްރޭންޑެވެ.

މޯލްޑިވްސް ވޭވް އިން ބުނީ އެކުންފުނިން ސްޕޮންސާކުރި އެހީގެ ތަކެތި ޣައްޒާގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) މެދުވެރިކޮށް ކަމަށެވެ.

 

View this post on Instagram

 

A post shared by Maldives Wave (@maldiveswave)

މޯލްޑިވްސް ވޭވް އިން ވަނީ ޣައްޒާގެ އާއިލާތަަކަކަށް އެއްމަސް ދުވަހަށް ފުދޭވަރަށް ކާބޯތަކެތި ހަދިޔާކޮށްފައެވެ.

މޯލްޑިވްސް ވޭވް އިން މިހާރު ވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ވޭވް ފައުންޑޭޝަން އުފައްދާފައެވެ. މޯލްޑިވްސް ވޭވް އިން ގަންނަ ކޮންމެ ގަޑިއެއްގެ އަގުގެ %3 އަކީ މޯލްޑިވްސް ވޭވް ފައުންޑޭޝަނަށް ހަދިޔާ ކުރެވޭ ފައިސާއެވެ.

މޯލްޑިވްސް ވޭވް އިން ބުނީ އެކުންފުނީގެ ފައުންޑޭޝަނުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނީ ހަމައެކަނި ރާއްޖޭގެ ފަރާތްތަކަށް ނޫންކަމަށާއި ފައުންޑޭޝަނަލްގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

މޯލްޑިވްސް ވޭވް ފައުންޑޭޝަނުން ކުރިއަށް އޮތްތަނުގައި ވެސް ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނަން. ހާއްސަކޮށް ދުނިޔޭގެ އެހި ސަރަހައްދުތަކުގައި ފަގީރުކަން ތަހައްމަލު ކުރަން ޖެހިފައިވާ ފަރާތްތަކަށާއި ރެފިއުޖީންނަށް ވެފައިވާ ފަރާތްތަކަށާއި ސިއްހީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށާއި ކުޑަކުދިންނަށް އަޅުގަނޑުމެން އެހީތެރިކަން ފޯރުކޮށްދެމުން ދާނަން." މޯލްޑިވްސް ވޭވްގެ އޮފިޝަލަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހިންގެ ފުރަތަމަ އަތުކުރީ ގަޑީގެ ބްރޭންޑުން ކުރިއަށް އޮތްތަނުގައި ވެސް އިތުރަށް ދިވެހިން ފަހުރުވެރިކޮށްދިނުމުގައި ދެމިއޮންނާނެ ކަމަށެވެ.

މޯލްޑިވްސް ވޭވް އަކީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލުވެފައިވާ ބްރޭންޑެކެވެ. މި ބްރޭންޑުގެ ގަޑިތަކަކީ ދިވެހި އެކި ކަންކަމާ ގުޅޭ ޑިޒައިންތަކަށް ތައްޔާރު ކޮށްފައިވާ ގަޑިތަކެވެ. މީގެ ތެރޭގައި "ވެލާ ސީރީޒް" އާއި "ބޮޑު ބެރު ސީރީޒް" އަދި "ރަންބޮލި ސީރީޒް" ހިމެނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. މިޙަރު

  އެހީއަކީ ފޮޓޯނަގާ ނޫސްތަކައް އަރުވާފަ ދޭންޖެހޭ އެއްޗެއްނޫން. ދެއްކުންތެރިކަން ފާޅުނުކޮއް އެހީ ދީބަލަ

  1
  13
  • ކުރުނބަ

   ކަލޯއަށް އަދި ނުވިސްނެނީ. އެއްބައިފަހަރު އެހީ މިގޮތްގޮތަށް ދިނުމުގެ ބޭނުމަކީ ދެންހުރި މީހުން މިފަދަ ރަނގަޅު ކަންކަން ކުރަން އިންސްޕަޔަރކޮށް ހިތްވަރުދިނުން.

  • މޮޔަނުވޭ

   ސަދަގާތަކީ ފާޅުގަވެސް ދޭއެއްޗެއް. ދީން ނޭންގޭ މީހުން ވާހަކަ ނުދައްކާ!!! މޯލްޑިވްސް ވޭވަށް މާތްﷲ ބަރަކާތް ލައްވާށި! ما شاء الله

 2. ޔާﷲ

  ތިފަދަ އެހީތެރިކަން ފޯރުކޮށްދެއްވާ އެންމެހާފަރާތްތަކަށް މާތްﷲ ރިޟުޤްތަނަވަސްކޮށްދެއްވާ ފަލަތީނަށް ނަޝްރު ދެއްވާންދޭވެ. އާމީން:

  18