ކޮވިޑް ޖެހިގެން ރާއްޖެ އިން 30 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ ކޮވިޑް ޖެހިގެން 30 އަހަރުގެ އަންހެނަކު ނިޔާވީ ރޭ ފަތިހު 04:30 ގައި ކަމަށެވެ. އޭނާ އަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ މީހެކެވެ.

މިއީ ކޮވިޑްގައި ރާއްޖެ އިން ނިޔާވި އެންމެ އުމުރުން ހަގު މީހާއެވެ.

މިއީ ރޭ 00:00ގެ ފަހުން ކޮވިޑްގައި ނިޔާވި ދެވަނަ މީހާއެވެ. ރޭ މެންދަމު ވަނީ އުމުރުން 81 އަހަރުގެ ފިރިހެނަކު ކޮވިޑްގައި ނިޔާވެފައެވެ.

ރާއްޖެ އިން ކޮވިޑަށް މިހާރު ފައްސިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުން ހިމެނޭ ކަމަށް އެޗްޕީއޭ އިން ވިދާޅުވެއެވެ. މިދިޔަ ހަފްތާގައި އެޗްޕީއޭ އިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ %40 އަކީ އުމުރުން 40 އަހަރުން ދަށުގެ މީހުންނެވެ.

ކޮވިޑުން ރައްކާތެރިވެތިބުމަށް ވެކްސިން ޖެހުމަށާއި، ބަލިން ރައްކާތެރިވުމަށް ކުރަން ޖެހޭ ކަންކަމަށް ސަމާލުވެ ތިބުމަށް ޑޮކްޓަރުން ދަނީ ކެނޑިނޭޅި އިލްތިމާސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ޙުސައިން

  މިކަމުގައި ފުރިހަމަ ޒިންމާ ސަރުކާރުން މަގަން ޖެހޭނެ އިންޑިޔާ މީހުން ގެނެސް އަޅާލީ ރާއްޖެ

  50
  3
 2. ނަސޭހަތް.

  ކޮންމެ މަރަކަށް ދިރިތިބީންނަށް އޭގައި ކޮންމެވެސް ސަބަބެއް އޮންނާނެ. އެކަމަކު އޭނާ އެމަރުވީ އެކަމަށް އޮތްވަގުތު ޖެހުމުންކަމަށް ގަބޫލުކުރަންވީ.. ( ތިމާގެ ގާތްމީހަކު މަރުވެއްޖެކަމަށް ވަނީނަމަ ވިސްނަންވީ ތިމަންނާއަށް އަށްވެސް އަންނާނެ މަރުގެ އިންޒާރެއްކަމަށް، ދެންއޮތީ ތިމަންނާކަމަށް، ހަމައެއާއެކު އަމަލްތަށް ސީދާކުރުމާއި ﷲގެ މަގަށް ފުރިހަމައަށް ރުޖޫއަވުމާއެކު އެމަގުގައި ގާއިމްވެ މަރަށް ތައްޔާރުވުން)

  42
 3. ޒާ

  ތިބުނާ ފެސިލިޓީގާ ފަރުވާ ކުރުމަށްވުރެން ގޭގަ އަމިއްލައަށް ފަރުވާދިނުންވެސް މާރަނގަޅުވާނެ. އެތަނަކީ އެއްވެސް އަޅާލުމެއް ލިބޭތަނެއްނޫން.

  58
  7
  • ނަސީރު

   ތިޔަ ބުނީ ހަމަ ވަރައް ރަނގަޅައް، މަގޭ އަނބި މީހާވެސް ފައްސި އެކަމް ނުގެންދާނަން އެތަނަކައް، އިރާދުކުރެއްވީތީ އަދި ވަރައް ރަނގަޅު .

   29
   1
  • Anonymous

   ވަރަށް ފަރުވާކުޑަ ފެސިލިޓީ އެއް ކަމަށް އެތަނަށް ދާ އެތަށް ބަޔަކު ބުނޭ.! ކަމަކަށް އެދި އާދޭސް ކުރާ ތާ އެތަށް އިރެއް ނުވަނީސް އެއްވެސް އެހީތެރިކަމާއި ނުލިބޭ!! ހެޔޮނުވާނެ އެކަނި ބަލިމީހަކު ތިޔަ ތަނަށް ފޮނުވަން!

   26
 4. ސުވާލަކީ؟؟؟؟

  ސުވާލަކީ، ނިޔާވި 30 އަހަރުގެ އަންހެން މީހާ އަކީ، ބޮޑު ބައްޔަކަށް ފާރުވާކުރާ މީހެއް ހެއްޔެވެ؟ ނުވަތަ ރަނގަޅު ޞިއްޙަތެއްގައި އުޅެމުންދިޔަ މީހެއް ހެއްޔެވެ؟

  44
  1
  • އިބްރާހީމް

   މި ސުވާލުގެ ޖަވާބު ލިބުން ވަރަށް އެދެން. ޕްރެސް އެއް އޮތިއްޔާ މި ސުވާލުކޮށްލަދޭތި!

   17
   • މަ

    ހަ ކުރު ބަލި މީހެ ކޭ އެބައޮތް އެހެން ނޫހެއްގަe

  • ޒަކީ

   ތި މަޢުލޫމާތު ނުދޭނެ. އޭރުން މީހުން ބިރު ނުގެންނެވޭނެ

   19
   • ޖޖ

    ބޮޑު ބައްޔެއްގަ އުޅޭ މީހެއްކަން އެކުވެރިންނަށް އެނގިފައެއް ނެތް

 5. ސޯޅަ

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ‎

 6. އަންނި

  ސުވާލަކީ، ނިޔާވި 30 އަހަރުގެ އަންހެން މީހާ އަކީ، ބޮޑު ބައްޔަކަށް ފާރުވާކުރާ މީހެއް ހެއްޔެވެ؟ ނުވަތަ ރަނގަޅު ޞިއްޙަތެއްގައި އުޅެމުންދިޔަ މީހެއް ހެއްޔެވެ؟

  މިސުވާލުގެ ޖަވާބު އަޅުގަނޑު ތިޔަ ބޭފުޅުންނާ ހިއްސާ ކޮއްލަ ދެއްވާނަން.

 7. ޤީލް

  މިވަރަށް މިޤައުމުން ކޮވިޑް ބަލީގައި މީހުން މަރުވަމުން ދާނަމަ މީހުން ހުސްވެދާނެ، އެޗް.ޕީ.އޭ ހޭލަން ވެއްޖެއެއްނު. ބަލިޖެހުނީމަ ފަރުވާ ދިނުމުގެ ބަދަލުގައި މަރުވާ އަދަދު އިޢުލާން ކުރާ ބަޔަ ކަންނުވެ ފަރުވާ ދޭންއުޅެބާ...

 8. އަންނި

  ހަކުރު މައްސަލަ ހުންނަކަމައްވަނީ އިތުރު ކަމެއް އިނގިފައެއްނެތް.