ގައުމީ ދިފާއީ ބާރު އަދި އެންމެ މަތީ ސަލަމާތީ ޚިދުމަތާ ގުޅުން ހުރި ކަމެއްގައި ވެފައިވާ އިހުމާލެއްގެ އޮޑިޓެއް ނިމެންދެން އެ އިހުމާލަށް ފިޔަވަޅު ނާޅާ މަޑުކުރުމަކީ އިތުރު އިހުމާލަކަށް ފުރުސަތު ދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ވައްޑެ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހަމަލާ ދިނުމުން އެމަނިކުފާނުގެ ސެކިއުރިޓީ ބަލިކަށިވި ގޮތުގެ މައްޗަށާއި އިންޓެލިޖެންސަށް މައުލޫމާތު ނުލިބުނު މައްސަލައަށް އޮޑިޓެއް ހެދުމުގެ މަސައްކަތް ފެށުމާ ގުޅިގެން، ކުރެއްވި ޓްވީޓެއްގައެވެ.

ވައްޑެ ވިދާޅުވީ، އާދައިގެ އިދާރާއެއްގެ އިހުމާލަކަށް އޮޑިޓެއް ހަދައި ނިމެންދެން ފިޔަވަޅު ނަޅާއި މަޑު ކުރެވުނަސް އެންމެ މަތީ ސަލާމަތާ ގުޅޭ ކަމެއްގައި ވެފައިވާ މިފަދަ ބޮޑެތި އިހުމާލުތަކަށް އޮޑިޓެއް ނިމެންދެން ފިޔަވަޅު ނާޅައި މަޑު ކުރުމަކީ އިތުރު އިހުމާލަކަށް ނޫނީ ނުވާނެ ކަމަށެވެ.

"އިތުރު އާ އިހުމާލަކަށްވެ، އިތުރު އާ ގޯހެއް ހިންގާން އޮންނާނެ ޖާގައަކަށް ވެދާނެ ކަމެއް،" އެމްޑީޕީގެ އެ މެންބަރު ލިޔުއްވާފައިވެއެވެ.

ވައްޑެ މިހެން ވިދާޅުވެފައި މިވަނީ، ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް އެ ކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް އަންގަވާފައިވާ ކަން ތިލަވެ އެ ކަމާ މެދު ފިޔަވަޅެއް ނާޅާ ހުރުމުން މާރިޔާއަށް ފާޑުކިއުންތައް ވެސް އަމާޒުވެފައިވަނިކޮށެވެ. މާރިޔާގެ ފަރާތުން ފުލުހަށް އެ ކަން ޚިއްސާ ކުރައްވާފައި ނެތުމުން އެކަމަނާގެ އިސްތިއުފާގެ އަޑުތައް ވެސް ވަނީ ގަދަވެފައެވެ.

ރައީސް ނަޝީދަށް ހަމަލާއެއް ދިނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. އެއ އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން ހިންގަވާފައި ދަނިކޮށް މަޖީދީ މަގާއި ނީލޯފަރު ހިނގުމާ ކަންމައްޗެއްހާ ހިސާބުން ބޮމެއް ގޮއްވާލައިގެނެވެ. މި އައިއީޑީ ހަރުކޮށްފައި އޮތީ އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައެވެ.

އެމަނިކުފާނަށް މި ހަމަލާގައި ގިނަ ޒަޚަމްތަކެއް ލިބިވަޑައިގެންނެވިއެވެ. އޭޑީކޭގައި ހަފްތާއެއްހާ ދުވަސް ވަން ދެން ފަރުވާ ދެއްވުމަށް ފަހު، މިހާރު ވަނީ އިތުރު ފަރުވާއަށް ޖަރުމަން ވިލާތަށް ވަނީ ވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮވިޑް

    ޓްއިޓަކުން ވައްޑޭގެ ޒިމްމާ އަދާ ކުރެވުނީތޯ ؟ ކީއްވެތޯ އިތުބާރު ނެތްކަމަށް ހުށައަޅަން ނުކެރިގެން ތި އުޅެނީ؟ ފުރަތަމަ ތިމާ މީހާ ކޮއްގެން ހުރި ހުވާމަތިން ހަނދާން ކޮށްލާފަ ތި ލާދީނީ ބައިގަނޑު ތެރެ އިން ނުކުމެބަލަ، އޭގެ ފަހުން ނޫނީ ލާހިކެއްނޫން ފުރިމަ ޒިމްމާ އަދާ ކުރާކަށް، ޑްރާމާ ގޮސް މީހެއްގެ ފުރާނަޔާ ހަމަ އަށް ވިސަނާލަބަލަ؟

    12
  2. ސައީދު

    މާރިޔާ އިސްތިއުފާ

  3. ޠަންޑާ

    ރައީސް ނަޝިދަށް ހަމަލާ ދެވުމުގައި އިހުމާލުވި ފަރާތް މަގާމުން ވަކި ކުރުމަކުން މިކަމެއް ނުނިމޭ. ނިރުބަވެރި އަމަލުތައް ހުއްޓުވަން މަޖިލީހުގެ ތެރެއިންވެސް ސަލާމަތީ ޚިދުމަތްތަކަށް އެއްބާރުލުން ދޭނެޖެހޭ. ރައީސް ނަޝީދު ދިރި އުޅުއްވަ ގެ ހުންނަ މަގުގަ ޕާކް ނުކުރެވޭގޮތް ހަދާދިނުމަށް ސިފައިން އެދުމުން އެކަމެއް ނުބެލުނު. މަޖިލީހުން ސިޓީ ކައުންސިލް ހާޒިރުކޮށް މިކަން ސާފުކޮށްބަލަ.

    • Anonymous

      ބަލަ އިނޮސެންޓުންގެ ދުވަސްދުއްވަންތަ ކަލޭ ހިތްވަރުދެނީ؟؟ ތިއީ ސީދާ ލާއިންސާނިއްޔަތު.. އިހުމާލުވާމީހާ މަގާމުން ދުރުކުރުމަކީ ރައީސްއަށް އޮތް ބާރެއް. އެކަމަކު އޭނާ ބަހައްޓާފަ އެތާ ތިބި ހެޔޮލަފާ އިހްލާސްތެރިން ބޭރުކުރުމުގެ ނުބައި ރޭވުމުގަ ކަލޭމެން ތިއުޅެނީ....

  4. މަބޭ

    ކަމެއްދިމާވީމަ މިހުރިހާވާހަކަޔެއް މިދައްކަނީ އޭގެކުރިން ކަނންކަންރަންގަޅުކުރާކައްނޫޅޭނެ އަދި ކުރިޔަކަވެސްނުދޭނެ.

  5. ހުސެން

    އިހުމާލުވި ފަރާތްތަކަށް އެންމެ ހަރުކަށި އަދަބު ދޭން ޖެހޭ

  6. Anonymous

    ވައްޑެމެން ޖާހިލުންނަކަށް ޖަަްޓިސް ގާއިމެއް ނުކުރެވޭނެ. އަލީ ރއ ވިދާޅުވެފައިވަނީ 100 ކުއްވެރިން ދޫވުމަށްވުރެ މުހިންމީ 1 އިނޮސެންޓަށް ނުވަތަ މައުސޫމް އަށް އަދަބު ނުދެވުމޭ!! ހަމަމިމޭރުމުން އިންގިރޭސި ޖޫރިސްޓް ވިލިއަމް ފްރެންކްލިން އަދި ބްލެކް ސްޓޯންވެސް ބުނެފައިވަނީ މައުސޫމަކަށް ނުހައްގުން އަދަބު ދެވުން މާ ގޯހޭ 100 ކުއްވެރިން ދޫވެގެން ދިއުމަށްވުރެ.. މިއީ އަދާލަތު.. ޖަސްޓިސް.
    އެކަމަކު ގާނޫނު ހަދަން ނުކުމެ މިތިބެނީ އަނިޔާވެރި ޖައްބާރުން. ކުށްވެރިވުމެއްނޫން މިމީހުންނަށް މުހިންމީ.. ދަމާކޫތާފަ ގެންގޮސް އަނދަގޮނޑިޖެއްސުން. މިފަދަ މުޖުތަމައަކަށް ހަލާކުނޫން ކޯންޗެއް ދެން އޮންނާނީ؟؟

  7. އާދަމުގެދަރި

    ތަންތަނަށް ތަންދޮރުނުދަންނަ ގަމާރު ކޮސް މީހުން ހޮވީމާ ކޮންމެ ދުވަހަކު ހޭލުމާއެކު ބާރަށް ހަޅޭއްލަވާނެ. ދަންނަކަމެއް ނުދަންނަކަމެއް ދުނިޔޭގައި ނޯންނާނެ.

  8. ޙަސަނާ

    ފުރަތަމަ ވަހީދު އިސްލާމްދީނައްފުރައްސާރަކުރި މައްސަލަބަލާބަލަ ކެރޭނެތަ ގޮވާލަން މިގައުމުގަ އިސްލާމްދީނާ ރަސޫލާއައް ބަދުބަސްބުނުން ހުއްޓުވާށޭ ހުރިހާ ފިތުނައެއްގެ އަސްލާކީ ލާދީނީ ގުރޫޕު.....ލާދީނީ ބައިގަޑު..