ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ހަގީގަތުގެ އެންމެ ފުނަށް ދާނެ ކަމަށް މަޖިލީހުގައި އެ މައްސަލަ ދިރާސާ ކުރަމުންދާ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ މުގައްރިރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ހިތަދޫ އުތުރު ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އަސްލަމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖެ ބައިބައިކޮށް ހަލާކު ކުރަން ހިންގޭ ހަރަކާތްތަކާ ދެކޮޅަށް ގައުމެއްގެ ގޮތުގައި އެންމެން ތެދުވާން ޖެހޭ ކަމަށެވެ. ހައްދުފަހަނައަޅައިދިއުމާ ދެކޮޅަށް އެންމެން ތެދުވާން ޖެހެނީ ސިޔާސީ ޕާޓީއަކަށް ޓަކައި ނޫން ކަމަށާއި ރާއްޖޭގެ އަންނަން އޮތް ޖީލުތަކަށްޓަކައި ކަމަށް އަސްލަމް ވިދާޅުވިއެވެ.

"241 ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން، ބޮމުގެ ހަމަލާގެ ހަގީގަތުގެ އެންމެ ފުނަށް ދިއުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެން،" އަސްލަމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާއެއް ދިނީ މި މަހުގެ ހަވަނަ ދުވަހުގެ ރޭ އިރާކޮޅެވެ. އެއ އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރުއްވަން ހިންގަވާފައި ދަނިކޮށް މަޖީދީ މަގާއި ނީލޯފަރު ހިނގުމާ ކަންމައްޗެއްހާ ހިސާބުން ބޮމެއް ގޮއްވާލައިގެނެވެ. މި އައިއީޑީ ހަރުކޮށްފައި އޮތީ އެ ސަރަހައްދުގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައެވެ.

އެމަނިކުފާނަށް މި ހަމަލާގައި ގިނަ ޒަޚަމްތަކެއް ލިބިވަޑައިގެންނެވިއެވެ. އޭޑީކޭގައި ހަފްތާއެއްހާ ދުވަސް ވަން ދެން ފަރުވާ ދެއްވުމަށް ފަހު، މިހާރު ވަނީ އިތުރު ފަރުވާއަށް ޖަރުމަން ވިލާތަށް ވަނީ ވަޑައިގެންފައެވެ.

މީހުންގެ ބަންދަށް ޝަރީއަތުން 15 ދުވަހުގެ މުއްދަތެއް ޖަހާފައިވެއެވެ. މިއީ މި ހަމަލާގައި އަމަލީ ގޮތުން އުޅުނު ތިން މީހުނެވެ. މި ކަމުގައި ޝާމިލްވާ އިތުރު މީހުން ހޯދުން ލަސްވާތީ އާންމުންގެ ކަންބޮޑުވުން ދަނީ އިތުރުވަމުންނެވެ. އެއީ ކުރިން ވެސް މިފަދަ މައްސަލަތަކުގައި ތަހުގީގުން ހޯދިފައި އޮންނަނީ ހަމައެކަނި އަމަލީ ގޮތުން އެކަމުގައި އުޅޭ ފަރާތްތަކެވެ. މިފަދަ ކަންކަމަށް ފަންޑު ކުރާ މީހުނާއި، ރާވާ ހިންގާ މީހުނާއި، ބާރުގަދަ ނުފޫޒުގަދަ ފަރާތްތައް ހޯދިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ހުސެން

  ހެނދުނު ހޭލާށެވެ.ހެލިފެލިވާށެވެ.ނަޟީދު ބުނީ ހިކޭށޭ ކަންނެތް ކަން ފިލުވާށޭ

  27
 2. ރައްޔިތުމީހާ

  މިވެސް ތަހުގީގީ އިދާރާއެއް އުތަ

  30
 3. ނަައީމް

  ބާކީ 1 އަހަރު އަނެއްކާ ކޮމެޓީ އާވާނެ ތިޔަބުނާ ފުނެއް ނުވަތަ މީތަރު ބުނެބަލަ މާދަނަ ކަމާނުބެހޭ މީހަކު ހައްޔަރުކޮއްފާ ބުނާނެ ފުނައްދެވުނީއޭ ނުވަތަ އިސްތިއުފާއޭ ބަލަ މީކަލޭމެންގެ ހާލު ގަޓުހުރި ވެރިމީހާ ގެނެބަލަ ކެރިގެން ތިޔަހުރިހާކަމަކާ ކުރިމަތިލާނެ ދެންނުވވާނެ ކަލެމެނަކައް

  27
  1
 4. ވޭޓް ލޮސް

  ކަލޭ ވޭޓް ލޮސް ކްލާހުގެ އެންމެ އަޑިޔަށް ދޭބަލަ. އޮސްޓްރޭލިޔާއިން ފޭކް ސެޓުފިކެޓު ޕުރިންކޮށްގެން އައިސް ބަލާބަލާ. އެކޮޅަށް ގޮސް މަސްތުވުން ނުން އެހެން އެއްވެސް ކަމެއް ނުކުރޭ

  23
  2
 5. ސސ

  އަސްލަމް ބޮޑު ދުންމާރި ފުމެނީ ތިމީހުން ދައުލަތުން ވަގަށް ނެގި ފައިސާ ހޯދަންވީ !

  29
 6. ޑިމޮކްރަޓިސްޓް

  ބޮމުގެ ހަމަލާއަށް ތާއީދުކުރަނީއެއްނޫން. ރާއްޖެ ފިތުނަކޮށް ބައިބައިކުރަން ރާއްޖެއަށް މިގެނޭ ޑިމޮކްރަސީއަށް ތާއީދެއް ނުކުރަން. ޕާޓީސިސްޓަމެއް ގެނެސްގެން މުޅި ރާއްޖެ ބައިބައިކޮށް ފިތުނަކުރިއިރު، އަސްލަމް އެވާހަކަ ނުދައްކާ އެހެން ވާހަކައެްް ދައްކާއިރު ކަލޭގެ އިހުލާސްތެރިކަމާ މެދު ޝައްކުއުފެދޭ.

  33
 7. ޛަނޫން

  ޢަސްލަމް މީގެ ކުރީން ޔާމީނަށް ދިން ހަމަލާގައި ބައިވެރިވި މީހުން ދޫކޮށްލައި އެމައްސަލަ އަލުންުރާޖާކުރާނީއޭ ބުނެ ޚަބަރެއް ނުވޭ
  ޥަރަށް އިންސާފްވެރި

  15
 8. ރަދީފް

  ސްކޫލެއް ހިންގަން ނޭނގުނު މީހަކަށް ކުރެވޭނެ ތަހުގީގެއް އޮންނާނެތަ؟ އެއީ ކުރެވޭނެ ކަމެއް ނޫން.ކަލޭ އަދިވެސް ބަލަންވީ އަންނަ ދައުރުގަ ގޮނޑި ލިބޭނެ ގޮތެއް އޮތް ތޯ.ކަލޭގެ ލަދު ކޮބާ؟/ ވ.ވެދުން

  18
  1
 9. އައްޑޫ ގުއިބައްޑާ

  އޭ އައްޑޫ ގޫ ބައްޑާ. ބޮމުގައެއް ނޫން ދާންވީ . ޑރ އަފްރާޝީމް އަލީގެ މަރު މައްސަލަ ދާންވީ. ކަލެމޭން ވެރިކަމަށް އައި ޔާމީނު އޭ ކިޔާފަ. މިހާރު ކޮބާ އެކަން މަރުކޮމިޝަނަށް ދަޢުލަތުގެ ލާރި ހޭދަ ކުރި އިރު ފުލުހުން ހާމަ ނުކުރާއެއްޗެހި ހާމަކޮށްލީ . ދަޢުލަތުގެ ލާރި ބޭކާރު ގޮތުގަ ހޭދަކުރަން މީހުންގެ އިޙްސާސްތަކާ ނުކުޅޭ. މާ ރަނގަޅެއް ނުވާނެ

  12
  1
 10. ވެރިން

  ހޭލާ ހުރެވިގެންތާ ކަމެއްގެ އެއްމެ ފުނަށް ކީއް ކުރަން ކަމެއްގެ ކާރިޔަށް ވެސްދެވޭނީ

  16
  1
 11. ރަސްގެފާނު

  އެހާވަރަށް ވައިފުޅިހުންނާނެތަ ؟

  11
 12. މޫޗީ/މީދޫ

  ދިސް މެން އިސް ޔޫސްލެސް. މާގިނަދުވަހު ތިތަނުގައި ތިވީ. މީހާ ހުއްނަނީ އަބަދު ނޭވާކުރުވެފަ.ކުރވޭ ކަމެއްނެތް.

  14
  1
 13. ބޭޗާރާ

  ނިދާ ނުހޭލެވޭ އިންސާނަކަށް ވާނެ ކަމެއް ނޯންނާނެ. އައްޑުއަތޮޅުގެ ރައްޔިތުންވެސް މިހާރު މިކަލޭގެ ބަލައެއް ނުގަންނާނެ. މީވެސް ހައުސިންގ މިނިސްޓަރެކޭ އެއްގޮތަށް ކަމެއް ނުވާ ބޮޑު މީހެއް. އޮންނާނީ ސަޅިބައިސާ ބުރުވާލާނެ ބޮޑު އަގައެއް. ދެން ކުރާނެހައިވެސް ކަމަކީ މަކަރާއި ހީލަތް ހެދުން. ފިތުނަފަސާދަ އުފެއްދުމުގެ މޭސިތިރިއެއް.

  15
  1
 14. ޕޮގުބާ

  އަންނަންއޮތް ޖީލުތަކަށް ވެރިކަން ކޮއްދެނީ ގައުމު ވިއް ކާއިގެން

  14
  1
 15. އުސްމާނުބެ

  ކަލޯ ގޭސް ފުޅި އަޅައިގެން ކިތައް ފޫޓްއައް ދެވޭނެހެން ހީވޭބާ...... މިސޮރުމެން ކުރާނެ ކަމެއް ނެތިގެން އުޅެން ޔާ ރޭގަޑު މަގުސާާފުކޮއް ކުނިކަހަން ނެރެބަލަ...

  14
  1
 16. ޝަފީއު

  ދޮގު.ހެދުމާއި ފާފަކުރުން ހުއްޓާލާފަ ނަމާދު ގާއިމްކޮއް ރޯދަހިފައި ޒަކާތް ދޭށެވެ.

  16
 17. ޢަހުމަދު

  ފުނަށް ފީނަ ފީނަ އޮތްވާ ދައުރު ނިމޭނީ.
  ދެން ރައްޔިތުންނަށް ކޮށްދެވެނީ ކޮންކަމެއް