"ހިތްދަތި މަންޒަރެއް. އެއްވެސް އިންސާނަކަށް މިވަރުކޮށްލަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ" ރައްޔިތުންގެ މަޖިލިހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރާކޮށްލަން ދިން ހަމަލާގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ފޮޓޯތައް ރީޓްވީޓް ކުރައްވައި ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމް ޓުވިޓާގައި ލިޔުއްވިއެވެ.

ބޮމުގެ ހަމަލާއަށް ފަހު ފުރަތަމަ ފަހަރަށް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކުގެ ފޮޓޯތައް އެމަނިކުފާނުގެ އާއިލާގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވަނީ އިއްޔެ އާއްމުކޮށްފައެވެ.

އެ ހަތަރު ފޮޓޯއިންވެސް ފެންނަނީ ބަލާލަން ހިތްދަތި މަންޒަރެކެވެ. ހަށިގަނޑުގެ އެކި ދިމަދިމާލުގައި ވަރަށް ބޮޑަށް ޒަހަމަތަކެއް ލިބި، ބައެއް ތަންތަނުން ހަންކޮޅުތައް ނައްޓައިގެން ގޮސްފައިވާ ތަނެވެ. ފޫޅާވީ ދިމާލުން ފާހަފައިވާ ތަން ފެންނައިރު އެމަނިކުފާނުގެ އަތާއި، އުޅަބޮށިގައި އޮތީ ބެންޑޭޖް އަޅައިފައެވެ. ބޮޑެތި ސީރިޔަސް އަނިޔާތަކެއް ނަޝީދަށް ލިބިވަޑައިގެންފައިވާ ކަން ފޮޓޯއިން ފެނެއެވެ.

ނަޝީދަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވުމަށް އެދެމުން އުޝާމް ގޮވައިލެއްވީ މި ހަމަލާގެ އަޑީގައި ތިބި ބަޔަކާ އިހްމާލުވި ފަރާތްތަކާމެދު ވީހާވެސް އަވަހަށް ފިޔަވަޅު އެޅުމަށެވެ. ނަޝީދުގެ ބޭބޭ އިބްރާހިމް ނާޝިދުގެ ޓްވިޓާ އެކައުންޓުންނާއި މަޖިލީހުގެ ޓްވީޓާ އެކައުންޓުން ފޮޓޯތައް ހިއްސާކުރަމުން ދިޔަ އެންމެންވެސް އުފެއްދި ސުވާލަކީ އެފަދަ ރަހުމްކުޑަ ހަމާލާއެއް ދޭން ޖެހުނު ސަބަބާއި މެދުއެވެ. އެ ސަބަބު ފުލުހުންނަށްވެސް އަދި ނުހޯދެއެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ހަނަފީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފޮޓޯތައް ފެނިވަޑައިގަތުމުން ހިތަށް ވަރަށް އަސަރުކޮށްފައިވާ ކަމަށެވެ.

''މިއީ ވަރަށް ބޮޑު އަނިޔާއެއް" ހަނަފީ ވިދާޅުވިއެވެ.

މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވީ މި ފަދަ ލާއިންސާނީ، ޓެރަރިސްޓު ހަމަލާއަކީ ދުވަހަކުވެސް މާފުކުރެވޭނެ ވަރު ކަމެއް ނޫން ކަމަށެވެ.

ފޮޓޯ ރީޓްވީޓް ކުރެއްވި ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު މުހައްމަދު ސަލީމް (ސޯނީ) ގޮވައިލެއްވީ މި ހަމަލާގެ ފަހަތުގައި ތިބި މީހުންނަށް މަރުގެ މަރުގެ އަދަބު ދިނުމަށެވެ.

ނަޝީދުގެ އެންމެ ގާތް އެއް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އެ ފޮޓޯތައް ހިއްސާކުރައްވަމުން ދެއްވީ ނަޝީދަށް ހިތްވަރެވެ. ހަސަން ލަތީފް ވިދާޅުވީ އަނިޔާވެރިންގެ ނުރައްކާތެރި ހަމަލާ އިން ނަޝީދު ސަލާމަތްކޮށް ދެއްވި ކަމަށްޓަކައި ﷲ އަށް ހަމްދާއި ޝުކުރު ކުރަން ކަމަށެވެ. އަދި ނަޝީދަށް ކެތްތެރިކަމާއި ހިތްވަރު ދެއްވައި އަވަސް ޝިފާއަކަށް އެދިވަޑައިގެންނެވިއެވެ.

 

ސިޔާސީ ހަރަކާތްތަކުގައި ނަޝީދު ފަހަތުގައި ދެގޮތެއް ނުވެ ދެމިހުންނަވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ފޮޓޯ ހިއްސާކުރައްވަމުން ވިދާޅުވީ ލީޑަރުންނަށް ދައްކަން ކެރިވަޑައިނުގަންނަވާ ވާހަކަތައް ދައްކަން ކެރިވަޑައިގަންނަވާނެ ހަމައެކަނި ބޭފުޅަކީ ނަޝީދު ކަމަށެވެ. މި ގައުމު ސަލާމަތްކުރަން އިންތިހާ އަށް ނަޝީދު ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ނަޝީދާ ހިޔާލު ތަފާތުވާ މީހުންވެސް މި ފޮޓޯ ފެނުމުން ފާޅުކުރީ އެމަނިކުފާނަށް ހަމްދަރުދީއެވެ. ޕީޕީއެމްގެ ޔޫތް ވިންގް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މިޑިއާ ކޯޑިނޭޓަރު ހަމްދާން ޝަކީލް ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ހަމަލާގެ މައުލޫމާތު ލިބި ތިބެ މި ވަރުގެ ކަމެއް ހުއްޓުވަން އެއްވެސް ފިޔަވަޅެއް އެޅިފައި ނުވުމަކީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހިމެނޭ ގޮތަށް ދިފާއީ ބާރުގެ އިސްވެރިން ޖަވާބުދާރީ ކުރުވަން ޖެހޭ ކަމެއް ކަމަށެވެ.

"ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ގޮސް އަނެކާ މަރަން ވެއްޖެއްޔާ އަޅުގަނޑުމެންނާ ޖަނަވާރުންނާ ހުރި ތަފާތަކީ ކޮބާ" ހަމްދާން ވިދާޅުވިއެވެ.

ޕީޕީއެމްގެ ނައިބް ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާނު މިކަން ހަރުކަށި އިބަރާތުން ކުށްވެރި ކުރައްވަމުން ގޮވައިލެއްވީ ވީހާވެސް އަވަހަކަސް މި މައްސަ ލަބަލައި ދެއްވުމަށްވެ.

"މި ގައުމުގައި ޓެރަރިޒަމް އަށް ޖާގައެއް ނެތް" ގައްސާން ވިދާޅުވިއެވެ.

ބޭރުގެ ބައެއް ފަރާތްތަކުންވެސް ވަނީ ނަޝީދުގެ ފޮޓޯތައް ހިއްސާކޮށް އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޓްވީޓްކޮށްފައެވެ.

މި ފޮޓޯތަކާއި މީހުންގެ ޓްވީޓްތަކަށް ބަލައިލިޔަސް ހާމަވެގެން ދަނީ ނަޝީދު ނޫން މީހަކަށްވެސް މި ފަދަ ރަހުމްކުޑަ ހަމަލާއެއް ލިބޭތަން ބަލަން ބަޔަަކު ބޭނުންނުވާކަމެވެ. މި އަނިޔާގެ ސަބަބުން އަޅާވޭން އަޅުގަނޑުމެންނަށް ތަސައްވަރު ނުކުރެވި ހިނގައިދާނެއެވެ. އަދި މިއީ ސަމާސާއަކަށް ހަދައިގެން ދައްކާވަރު ވާހަކައެއް ނޫނެވެ. އަދި ކުރިޔަށް އޮތް ތަނުގައި ތަހައްމަލުކުރަން ޖެހޭ ކަންތައްތައްވެސް ތަސައްވަރު ނުކުރެވިދާނެއެވެ.

އެކަމަކު، މި ފޮޓޯތައް ފެނި މިކަން ސާމާސައަކަށް ހަދައިގެން ވާހަކަ ދައްކާ މީހުން ވެސް މަދެއް ނޫނެވެ. މިއީ ނަޝީދެއް ނޫން ކަމާއި ފޮޓޯ އިން ފެންނަނީ ނަޝީދު ކަމަށް ގަބޫލު ކުރާނީ މޫނު ދެއްކުމުން ކަމަށް ބުނެ ބައެއް މީހުން ޖޯކު ވަނީ ޖަހައިފައެވެ.

މާލެ މަގުމަތީގައި ބޮންގޮއްވާ މަންޒަރު ދެކެން ބޭނުމެއް ނުވެއެވެ. ހަރުކަށިި ފިކުުރުގެ މީހުންގެ ހާއްޔަކަށް ރާއްޖެވާން އެއްވެސް ބަޔަކު ބޭނުމެއް ނުވެއެވެ. މީހުން މަރާލަން ފަސްނުޖެހޭ މީހުން ރާއްޖޭގައި ތިބެކަމީވެސް ރައްޔިތުންނަށް އޮތް ބޮޑު ނުރައްކަލެކެވެ. މި ފަދަ އިތުރު ހަމަލާއެއް އައުމުގެ ކުރިން ފިޔަވަޅެއް ނޭޅިއްޖެނަމަ ވާނީ ގޯހެވެ.

ކިޔުންތެރިންގެ ހިޔާލު

48 ކޮމެންޓް

 1. ފައިފް

  އެވެސް މީހަކު ނުބުނޭ ތީމަޖަލޭކޭ އެކަމަކު ތީނަޝީދުގެ ޑްރާމާ. ތިވަރުގެ އޮޕްޜޭސަނެއްކޮއްގެން ދޯ ޢެނަ އަނެއްދުވަހު ތެދުވެއިނީ. ބަލައެކަލަދުވަހު ރައިތުންގައިގަ ތަޅާނެކުދިންހޯދަންވެސް ދުވީ ހަމަތިނަޝީދެއްނޫންތަ

  95
  40
  • ދިވެހި ތާރީހު

   މިކަހަލަ ޖަރީމާތައް މިރާއްޖޭގެ މުޅިންހެންވެސް ހިންގާފަހުރީ ސިޔާސީ މީހުން އެމީހުންގެ އަމިއްލަ ސިޔާސީ އެދުމަށް. މިލޮބުވެތި ވަތަނުގެ ތާރީހަށް ބަލާލިއަސް އެއޮތީ އެހަގީގަތް ފެންނަން.

   10
   6
 2. ޔާމިނުފާތުމާ

  ފިޔާތޮށި ޕާޓީ ކުދިންނަށް މީ ވަރަށް މަޖާ ކަމެއް އެމީހުން އުފާ ފާޅުކޮށް ޕާޓީ ބާއްވަނީ ނުލަފާ ޖައްބާރު ޕާޓީ

  36
  132
  • Anonymous

   ރައީސް ޔާމީނަށް ހަމަލާ ދިން އިރު ރީނދޫ މީހުންގެ ޖައްބާރުކަން ރާއްޖޭގެ އެންމެންނަށް ފެނުނު. ހަވާ އަރުވާ ބޮނޑިބަތް ބަހާ ނަށާ ލަވަކިޔާ... މަރުވޭތޯ ދުއާކޮށް..ޖައްބާރުންނަކީ ކޮން ބައެއް ކަން އިނގޭ އެންމެންނަށް ވެސް.

   15
   5
  • ކެމެރޫން

   މީމަގުމައްޗަށް ފޫޅުކަޑާލައިވާ މީހުން އުޅޭ ޕާޓީއެއްނޫން ވަރަށް ސާފް ޔާމީނަށް ހުކުމް ކުރީމާ މަޖާކުރީ ތިބައިގަޑު ސާފްތަ ހަމަދިޔައީ ގޮޑިދުއްވަން

   6
   1
 3. Anonymous

  ނަޝީދު ވީމަ އަޅާނުލަނީކީ ނޫނެއްނު. މޑޕ އިން އަބަދު ޑްރާމާ ކުޅޭ ދޮގުހަދާ ފިތުނަ ފަސާދަ އުފައްދާ ތީ ގަބޫލުކުރަން ދަތިވަނީ ހެން މަށަށް ހީވަނީ. ތިހަމަ މޑޕ މީހުން ކުރީގެ ރައީސަކަށް ދިން ބޮމުގެ ހަމަލާއަކަށް މަލާމާތް ކުރާ ހަނދާންވޭ. ދެންވެސް އިބުރަތެއް ލިބެންވެއްޖެހެން ހީވަނީ.

  110
  18
 4. މުހައްމަދު

  ގައިގެ ހުރިހާ ތަންތަ ދެއްކުނުއިރު މޫނު ފުޅު ނުފެނާތީ ސުވާލު އުފެދޭ

  97
  17
  • ޖާން

   މޫނު ދެއްކިއްޔާ އެޑިޓް ކޮށްފައޭ ތިވަރު މީހުން ބުނާނީ..
   ބަނީ އިސްރާއީލް މީހުންގެ ސިފަ

   26
   65
   • އައްޑޫ މީހާ

    އަޅެ ގަބޫލު ނުކުރިޔަސް ދެއްކިދާނެ ދެއްތޯ އެހެން ނޫނަސް ފްލައިޓަށް ހިންގަވާފަ އެރިތަންވެސް ފެނޭ 6ދުވަސް ނުވެ ތިހާ ބޮޑު އޮޕަރޭޝަނެއް ކޮށްފަ ވަރަށް ކާޓޫނު ކަމެއް

    6
    2
 5. ހ މ ޒ

  ތީ ނަށީދު ގެ ބޮޑީ އެއް ނޫން!

  76
  15
 6. ރައްޔިތުމީހާ

  ރައީސް ޔާމީންއާއި ރައީސް ޔާމީންގެ އާއިލާ ނެތިކޮށްލަން ލޯންޗުގައި ހިންގި ނިރުބަަވެރި ހަމަލާ ކުއްވެރިކޮށް އޭރު ސަރުކާރަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި ފެނިގެން ދިޔައީ އުފާ ފާޅުކޮށް މިފަދަ ބިރުވެރި ތަނަކަށް ޓުއަރިސްޓުން ނާންނަށް ފެށުނީއްސުރެން ގޮވަމުން ދިޔަ ގޮވެލި ފައްޗަށް އިތުރު ބާރެއްލީ ތަނެވެ.

  81
  5
 7. ރައްދު

  ޢެއްވެސް އިންސާނަކު އަނެއްއިންސާނަކައް މިވަރުގެ ހަމަލާދޭކައް ނުވާނެ މިބީދައިން 19ދިވެހިންގެ ލޭ މިބިމައް އޮހޮރުވާލިދުވަހު ތިބީ ކެރަފާ އާއިލާ ހިތާމާގެ ދުވަހެއް އަބަދުވެސް ދުނިޔެ ހިގަމުންދަނީ ތޮށަލި ދުޅަޔައް!!!!

  72
  2
 8. ބޮމް

  ފޭކް ފޮޓޯ ތިމީހާގެ މޫނުކޮބާތަ؟؟؟

  67
  7
 9. ސަމްސު

  އަސްލުވެސް މީ މަޖަލެއްނޫން.... ހިޔާލު ތަފާތުވިޔަސް މީ މީހަކަށް ކޮއްގެންވާނެވަރެއްނޫން... އެއީ އަންނި ކަންއެނގިހުރެ އެކަން ގަބޫލުކުރަން ބޭނުންނުވާބަޔަކު އެކަމެއް ގަބުލެއްނުކުރާނެ. ބުނެއުޅެއެއްނުން ރުހުމުގެ ލޮލަކަށް އައިބެއްނުފެންނާނެޔޭ.

  16
  52
 10. ބަކުރުބެ

  ހެހެހެހެ. ހުވާ މަހީހީ . އަޅެ މީނާ ދިޔައީ އެކަނިތަ ހިނގާފަ. ބާކީ މީހުން މަލަން ފޮޗެއް އަޅާފަ ފޮނުވާލީތަ؟ ބޮޑުވަޒީރު ޕްރޮމޯޓކުރަން ޖަހާ ސަކަރާތް.

  72
  11
  • ބަރާބަރު

   ވަރަށް ބޮޑު ހަޤީޤަތެއް

   31
   5
 11. އޮޅުވާލި ވޯޓު

  އަންނިގެ ފޮޓޯ ކަމަކައް ގަބޫލެނުކުރެވޭ މީހުންގެ ސަމާލުކަން ހޯދަން ތިކުރާމަސަކަތެ ކާމިޔާބެނުވާނެ

  63
  8
 12. ކޮވިޑް

  ކިތައްމެހާވެސް ހިތްދަތި . ހިތާމަޔަކީ މިސަރުކާރުގަ ތިބި މީހުން މީ ގެ ނާޖާއިޒް ފައިދާ ނަގަނީ. މިސަރުކާރާ މަޖިލީހުން ޑްރާމާ ކުޅެނީ . ދެން އެހެން މީހުން ކިތައްމެ ސީރިއަސް ވިޔަސް ކީއްކުރާނީ؟ މުއައް ސަސާ ތައް ތަޅާފޮޅަނީ ، ޕާޓީގެ މިނިސްޓަރުންގެ އިސްތިއުފާ އަށް ޕާޓީ ތެރެއިން ގޮވަނީ ، ދެން ކީކޭ ދޯ ކިޔާނޫ މިކަމާ؟

  43
 13. އަލީ

  އަވަސް ސިފާއަކަށް އެދެން

  18
  20
 14. ހުސެން

  ފިނިފެންމާ މައްސަލަ ޖޯކަކަށް ޖެއްސެވީ އެމްޑީޕީ އިން،އަދި އަދި އެ ޓެރަރިޒަމް ގެ އަމަލެއްގެ ގޮތަގއި އެމްޑީޕީ އިން ނުދެކޭ.އަދި އެކަމަށް ތުހުމަތު ކުރެވޭ އަދީބު ދޫކޮށްލީ އެމްޑީޕީ ސަރުކާރުން.ހުރިހާ ނަޒަރަކުން ވެސް މިފަދަ ކަންކަމަކީ ބަލއިގަނެވޭނެ ކަމެއް ނުން.އަވަސް ޟިފާ އެއް ދެއްވާށި،މިފަދަ ކަންކަން ހަމަމިނުން ކިރާށެވެ،އެކަން ވަގުތަށް އެގޭތޯ

  52
  2
 15. ގައުމީ ލޯބި

  މީ ފޭކް ފޮޓޯއެއް.. އޭގައި އެފެންނަނީ ނުރަ ޖަހާފައިވާ ބޮޑީއެއް..

  އަދި ނުރަ ތުބުޅިއެއް..

  އަންނި އަކީ އަދި ވަރަށް ޒުވާނެއް އެންމެ ނުރައެއްވެސް ނުހުރޭ.. ދެން ކިހިނެއްތޯ މި މިހުން ދައްކާވާހަކަ ގަބޫލުކުރާނީ..

  ފޮޓޯއިންވެސް މަކަރު.. އަދި ފައިސާއާއި ޖެހުނީމަ ކިހާވަރެއްވާނެ..

  54
  9
 16. އަހުމަދު

  މީ ދިވެހިން ލަދުވެތިވާން ޖެހޭފަދަ ކަންކަން... މިފަދަ ކަންކަން ދިވެހިޤައުމުގައި ހިނގުމަކީ ދިވެހި އެއްވެސް ދަރިއަކު އެދޭނެ ކަމެއްނޫން... އަހަރެންމިއީ ނަޝީދުގެ ސަޕޯޓާރެއްނޫން... އެކަމަކުވެސް މި ލާއިންސާނީ ޢަމަލުގެ ސަބަބުން އަހަރެން ނަޝޯީދަށް ހަމްދަރުދީވަން.. އަވަސް ޝިފާާއެއްް ދެއްވުންއެދި ދުޢާކުރަން...
  މީގެ ކުރިން ރައީސް މައުމޫނަށް ދިން ވަޅީގެ ޙަމަލާއާއި ރައީސް ޔާމީންގެ ލޯންޗުކޮޅު ގޮއްވާލި ޙަމަލާއަކީވެސް މިފަދަ ޓެރަރިސްޓު ޙަމަލާތަކެއް.. އެދެ ރައީސުންނަށް މިހާބޮޑު ގެއްލުން ލިބިވަޑައިނުގެންނެވި ނަމަވެސް އޭރުއްސުރެ މިފަދަ ކަންކަމަށް ޖޯކު ނުޖަހައި ދިވެހިސިފައިންނާއި އިދިކޮޅުންނާއި އެއްކޮޅުން ހޭލުންތެރިވެ. މިފަދަ ކަންކަން މިއަމާން ސުވަރުގޭގައި ހިނގިޔަނުދޭން އެއްބައިވެ މަސައްކަތްކުރިނަމަ މިއަދު ނަޝީދަށް މިވަރުގެ އަނިޔާ އެއްް ލިބިވަޑައި ނުގެންނެވީސްކަން ނޭނގެ.... އަދި މިކަމިުގެ މަޢުލޫމާތު ލިބިތިބެ މިއަދިުގެ ޑިފެންސް ފޯސްއިން ޒިންމާ އަދާނުކުރެއްވީތީ ހިތާމަކުރަން...
  މިކަމާ ގުޅިގެންވެސް މިއަދިގެ ސަރުކާރުގެ ނުކުޅެދޭކަން އެބައެނގޭ.... މާރޮިޔާއާއި ޝަމާލު އަދި މަތީފަންތީގެ ކަމާ ގުޅުންހުރި އެންމެނެ އިސްތިއުފާދޭންޖެހޭ.... އެއީ ރައީސް ނަޝީދުފަދަ ސެކިއުރިޓީ ހައި ބޭފުޅަކަށް ސެކިއުރިޓީ ނުދެވުނީމާ... އަދި ކަންހިނގި ގޮތުން އިހުމާލުގެ މައްޗަށް އިހުމާލު އޮތީމާ.... ބައެއްފަހަރު ހީވޭ މީ ގަސްތުގައި ކުރިކަމެއް ނުވަތަ ކުރުވިކަމެކޭވެސް...
  ރައީސް ޔާމީނުގެ ލޯނޗުކޮޅު ގޮއްވާލީވެސް ހަމަޑިފެންސް ފޯސްގެ ތެރެއިންކަން އެނގުނު....
  ވަރަށްދެރަ.... މިހާރު މިޤައުމުގަ ވެރިކަންކުރައްވާ ބޭފުޅުންނާ ވެރިކަން ކުރާ ބޭފުޅުންގެ ފުރާނައިގެ ސަލާމަތްތެރިކަމާ މެދު ސުވާލު އުފެދޭ.......

  20
  24
  • ގޮޅާބޯ

   އެމްޑީޕީ އަޑީގަ އޮވެގެން މިކަހަލަ ޖަރީމާ ހިންގިޔަސް އޯކޭ ދޯ؟

   26
   5
  • ދިވެހި ތާރީހު

   މިކަހަލަ ޖަރީމާތައް މިރާއްޖޭގެ މުޅިންހެންވެސް ހިންގާފަހުރީ ސިޔާސީ މީހުން އެމީހުންގެ އަމިއްލަ ސިޔާސީ އެދުމަށް. މިލޮބުވެތި ވަތަނުގެ ތާރީހަށް ބަލާލިއަސް އެއޮތީ އެހަގީގަތް ފެންނަން.

 17. އައިސްތު

  އަޅޭ ދެން ނަޝީދުގެ ފޮޓޯތަކ ކެއް ކަމަށް ގަބޫލު ކުރެވޭ ފޮޓޯތަކ ކެއް އާންމު ކުރިނަމަދޯ... އެ ތުނބުޅިއާއި، އެ މުންޑުބުރި. އެޑިޓް އަތައްގޮވާފަހެން ހީވަނި ވަރަށް ދެރަވަރު ކަމެއްމީ.

  42
  3
 18. ހުވަދޫ

  ތިދެން ބޮޑު ޖޯކެއްނު. މޫނު ދައްކާނުލީ މުންޑު ލައްވާފަ އޮތް އަސްލު މީހާ ޢެނގިދާނެތީދޯ.

  44
  4
 19. އަގްލީ ބެޓީ

  ހަގީގަތުގައިވެސް މިފަދަ އަމަލު ހިންގާ މީހުން ހިފައި ހައްޔަރު ކުރަންޖެހޭ.
  މިއީ ދެރަކަމެއް

  20
  9
 20. މަ

  ނުރައްކާތެރި މީހުން މުޖުތަމަޢަށް ދޫކޮށްފައި ތިބެނީ ކީއްވެ؟

  21
 21. މަގޭގައުމު

  ރައީސްނަސީދު އައް ލިބިފަހުރި ޒަހަމުތަކައް އެއްމަނިކުފާނައް އަވަސް ސިފާއަކަން އެދި މާތްﷲ ހަޒަރަތުން އެދޭހާލް މކަހަ ހިތާމަވެރިކަންލބުނީމާ ފުރައްސާރަކުރާބަޔަކުވެސް ހީސަމާސަކޮއްލޯޗްގޮއްވާލިހާދިސާގާވެސް މަޖްލީހުގެ ބައެއްމެންބަރުން މިއީހިތާހުރިކަތައް މީހެއްގެފުރާނަދޮއްތަ؟؟މިވާހަކަމިލިއަނީއަސަރާއެކު މިގައުސަލާމަތްކުރައްދޭ އާމީން

  15
  6
 22. ނާހި

  އަނިޔާ ވެގެން އެ ދިޔައީ ކޮންމެ މީހަކަށް ވި ނަމަވެސް މިއީ ހަގީގަތުގައި މި ދިވެހި ފަސްގަނޑުގައި ވެގެންވާނެ ވާނެ ކަމެއް ނޫން. .. ކޮންމެ މީހަކަށް އަމާޒު ކޮށްގެން ވި ނަމަވެސް އަހަރެމެން ރައްޔިތުން ބަލާކަށް ބޭނުމެއް ނޫން މާލޭގަ ބޮން ގޮއްވާ މަންޒަރު.. ސަމާސާ އަކަށް މިކަން އެ ހެދުނީ އަނިޔާ ވީ ނަޝީދު އަކަށް ވީމަ.. ނަމަވެސް ހަގީގަތަކީ މިއީ ވަރަށް ހިތާމަ ހުރި ކަމެއް.. މި ރާއްޖޭގައި އެއްވެސް ރައްޔިތަކަށް މިހެން ވާކަށް ނުޖެހޭނެ!! ޔާމީނަކަސް ނަޝީދަކަސް!!
  ޓެރަރިޒަމް އަށް އަޅުގަނޑު ތަނެއް ނުދޭނަން!!! ތި ކަމުގެ އަޑީގައި ތިބި ބަޔަކަށް އޭގެ ހައްގު އަދަބު ލިބެން ޖެހޭނެ!!!

  19
  4
 23. އުސްމާނުބެ

  މަޖާ ކަމަކައް ވެގެންނެއް ނޫޅެން ، ދައި ބައެއްމީހުން ބެނެފައިވާ ގޮތުގައި ހިތްދަތި މަންޒަރެއް މިވަރު ކޮއްލާންޖެހޭ ސަބަބެއް ނޯންނާނެ ، ތިކަމާ އެއްބަސް... ހަމަ އެކަނި މައްސަލައަކީ ތިގޮތައް ތިޔައްވުރެ ރަހުމްކުޑަކޮއް ކޮށާއަޅާލާފަ ވެއްޖެ އެތައްބައެއް، މިއަދާ ހަމަައައްވެސް ކޮޅަކުނުޖެހޭ،،،، މިސަރުމާރުންވެސް ހަމަ ކުޅުނީ ގޭމް. ބޮޑުމީހާ ވީމާ އެއްދުވަހުން ހުރިހާކަމެއް ބަލާ ނިމިއްޖެ.
  އަނެއް ކަމަކީ ، މިސޮރު އުޅޭގިތުންވެސް ތިހުރިހާކަމެއް ތިވަރައް ވިކަމާ ސައްކު ، އާއިލާއިން ، ހޮސްޕިޓަލުން ކިޔާ އެއްޗެއް ދިމާނުވެ... އެނެއްކާ މިބޭފުޅާ އަކީ ނުލާހިކު ފިލްމުވެސް ކުޅެލާ އިއްވާ ބޭފުޅެއް... އެހެން ވީމަވެސް އަދިވެސް ގަބޫލް ކުރަން ދަތި

  25
  4
  • އުސްމާނުބެ

   ކުރުކޮއް ބުނަންޔާ ކޮންމެ މީހެއްގެ ފުރާނެއެއްވެސް މުހިންމު، ފަގިރަސް ، މުންސަންޖަސް ، ބޮޑަސް ކުޑަޔަސް.. ކިރެން ޖެހޭނީ އެއް ހަމައަކުން އެކަމަކު އަދިވެސް މިފެންނަނީ ކުރީގެ ސަގާފައި.
   ބޮޑު މީހަކައް ކަމެއް ވެއްޖެޔާ އިންސާފް ގަދަކަމުންވެސް އެމީ ހެއްގެ ފަހަތުން ދުވޭ އެމީއަކައް އިންސާފު ހޯދައިދެވޭތޯ، ނިކަމެތި މީހާ އިންސާފް އެކޭ މިކިޔާ އެއްޗެއްގެ ފަހަތުން ދުވުދުވެ ޖާނާމާލް ގުރުބާން ވާއިރުވެސް ކޮޅެއްގައި ނުޖެހޭ ... ހޯދައުދޭން ތިބޭ މީހުން ދައްކަދެނީ ހުސް ހުވަފެން....... މީ މަށައް ޖޯކަކީ އަދި މަޖަލަކީ.

 24. ވިސްނާލުމަށް އެދެމޭ

  މަޖަލޭ ނުބުނޭ އެއްވެސްމީހަ ކު..އެއްމެންވެސް ސުވާލުއުފެދެނީ ތިއީ އައްނިގެ ހަށިގަޑު ކަމާމެދު..މޫނުނުދެއް ކީވެތޯ..ތިވަރުވެފަ އޮތްމީހެއްގެ ފުށުން އެހެންޏާނުފެންނަފަދަ ހަ ކތަޔާ ވަރުފެންނާތީ..ގޮހޮރުގެ ބޮޑު ދެއޮޕަރޭޝަނަ ކާ ފުއްޕާމެޔާ ހިތާ ބޮލާ ފަޔާ އަދި އެހެނިހެން އެތަ ކެއް ޒަޙަމްތަ ކެއް ވެފައޮތްމީހަ ކު ހިގާބިގާއުޅޭގޮތާ ވާހަ ކަދައް ކާގޮތާ އައްނި ކުރިމަށް ޑޮ ކްރުންބުނި އޮޕަރޭޝަނުގެ އެއްމެ އޮޕަރޭޝަނެ ކޮއްގެން ހޮސްޕިޓަލުން ބަލިމީހާނެރޭއިރު ކަޑައްތު ކުރާ ތަ ކުލީފުތައް ފެނޭ ބަލިމީހާޔަށް ގޮވާލަންދާ މީހުންނަވެސް ހޭދަވާދުވަސްތައްވެސްއިގޭ އޑ ކއިން އެހެންމީހުންނަ ނުދޭފަރުވާއެއް އައްނިޔަށް ދިނީ ކަމަށްވެސްވެދާނެ..އެހެންނޫނަސް ޑޮ ކްޓަރުންނަ އިތުބާރު މިހާރުނު ކުރާނެ ރައްޔިތުން ބޮޑިތި ދޮގާ އޮޅުވާލުމުގަ ޑޮ ކްޓަރުން ބައިވެރިވާތީ..އައްނިގެ އުނަގަނޑު ގުޑައިފަހުރެގެން އޮޕަރޭޝަނަށް ޔޫ ކޭއަށް ފޮނުވީ އޑ ކއިން އަލީވަހީދުވެސް ބޭރަށް ފޮނުވުގަ ކަޝީގެއެއްމެމޮޅު ޑޮ ކްޓަރު ޝާން. އަދީބު މަހުލޫފު ގާސިމު ކާނަލްނާޒިމު މިފަދަ އެތައްބަޔަ ކުގެ ފޭ ކް ޑްރާމާގަ ޑޮ ކްޓަރުންގެ ހިއްސާބޮޑުވީމަ އިތުބާރުގެއްލުނީ...

  13
  1
  • އުސްމާނުބެ

   ހިތައް ނުކާތާ މީހުން ނުކާތާނެ ކިތަަންމެ ވަރެއް ވިޔަސް،
   ބޭފުޅާ ދައްކަވަނީ ހަމަ ރަގަޅު ވާހަކަ ، ތިޔަވަރުގެ އޮޕަރޭޝަން ތަކެއް ކޮއްފަ އޮތީއާ ވާންޖެހޭނީ ރެސްޓުގަ އަދިވެސް މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭ ގަދަ ފަދަވެ އުޅެވޭނެކަމާ ސައްކު... މިހާރު އެބަ ދައުރުވަމުން އެބަޑޭ ޖަރުމަންގަ ޕާކުގަ ކަންނޭގެ ހިންގަވާ މަންޒަރުގެ ފޮޓޯތަކެއް ، އެކަމަކު ހާލަތު ގޯސްކަމުން ރިސްކް ހައި ކަމުން މީ ޖަރުމަނައް ފަރުވާ އަށް ގޮސް އުޅޭ ބޭފުޅާއޯ.... ދެން ކީކޭ ބުނާނީ...
   މަވެސް ހަމަ ތިޔަ ސޮރު ހޮވަންވެގެން ކޮންމެފަހަރަކު ވޯޓް ދިންމީހެއް ދެން އެކަމަކު ނެއް ބަލައިގަނެވޭކައް........

 25. ކޮރަލް

  ދީނައް ފުރައްސާރަ ކުމުކީ މަޖަލެއްނޫނެވެ.

  26
 26. ޢަހު

  ކަލޯ ވިސްނާ ފި ކުރު ކޮއްބަލަ 2015 ވަނައަހަރު ރ ޔާމީން ގެ ދެމަފިރިން ހައްޖައްގޮއްސަ އައިތަނުން ފިނިފެންމާ ލޯންޗުގަ އެއްޗެއް ގޮއްވީ އެދުވަހު އޭގަ ތބި މީހުންނަށާ މެޑަމް ފާތުންއަށް ކިހާއަނިޔާއެއް ލިބުނުތޯ؟އެދުވަހު އެމްޑީޕީމީހުން ޖެހީ ހަޖޫ ކީއެއްޗެހި ކުރީ މަލާމާތް މިއަދު ބައެއްގެ ޙަމްދަރުދީ ހޯދުމަށް މިކަންތަށް ވަނީ ވ ސީރިއަސް ކަމަކަށްވެފަ މިވަރުންވެސް ޢިބުރަތެއް ނުލިބޭތަ؟

  23
  1
 27. ީ121

  Varah Gina goiy Gotha balafin thi photo thakuga thi fennanee nasheed eh noon,edit koh hadhaafa nasheed ge namuga laifa vaa foto thakeh.

  13
 28. ދުންތަރި

  އިސްލާމްދީނުގެ ޢަދުއްވެއް ޤައުމުގެ ދުސްމަނެއް ރައްޔިތުންގެ ޢަދުއްވެއް މިޤައުމަށް ފާވެފަވާ ބަލާ މުސީބާތެއް

  22
  3
 29. ބޯޖަލީލު

  ހަމަލާޔާއެކު ނަސީދުގެ މޫނު ގެއްލުނީތަ ކީއްވެބާ މޫނު ނުދައްކަށް އެއުޅެނީ ، ނަސީދު އިސްލާމްދީނަން ފުރައްސާރަކުރުމުން ހިތުގަ ޖެހުނީ ކިތަށް މީހުންގެބާ ހަސަން ލަތީފު އީވާ އަލްހާންފަހުމީ ހިތުގަ ޖެހުނުބާ...

  23
 30. އިލްޔާސް ވަހީދު

  މިކަމާ ގުޅިގެންވެސް މިއަދުގެ ސަރުކާރުގެ ނުކުޅެދޭކަން އެބައެނގޭ.... މާރިޔާ ކަމުދާނީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ޝަމާލު ކަމުދާނީ މިއުޒިކުކުޅެން ރިސޯޓްތަކައްދާން އަދި ތިކަހަލަ މަގާމަކަށް ކަމަކުނުދޭ ގުޅުންހުރި އެންމެނެ އިސްތިއުފާދޭންޖެހޭ.... އެވެސް މީހަކު ނުބުނޭ ތީމަޖަލޭކޭ އެކަމަކު ތިނަޝީދުގެ ޑްރާމާ. ތިވަރުގެ އޮޕްޜޭސަނެއްކޮއްގެން ދޯ ޢެނަ އަނެއްދުވަހުތެދުވެއިނީ. ބަލައެރޭތި މަޖިލިސްރައީސް އޮޕަރޭޝަންކުރަން ހޭނައްތާފަ އޮއްވާޓްވީޓް ވެސްކުރި އެރޭ އިމްރާންބުނި ހާލުރަންގަޅޭ ފަހުން ހަބަރެއްވެސްނުވޭ ހޯންމިނިސްޓަރުގެ އޭޑީާކޭމޮޅުދޮގުހަދާ ޑޮކުޓަރުންގެޓީމް ފިލްމްޝޫޓީންފެށީ ޑައިރެކްޓަރ ނާޝިދުގެމަތިން އިތުރު ސްޕެޝަލް އިފެކްޓްސްހަދަން ޖަރުމަނައްމިދިޔައީކަމަވަނީ ޝުވެކްސިނަމާގަ ޖުލާންސައްބީހުގަ އަޅުވާނެކަމައްވަނީ ޓިކެޓް ބުކިންހަދާއަވަހައް .............

  12
 31. އ . ޖ . އ

  ކޮމެންޓު ކުރާ ކުދިންނަށް ހެޔޮ ވިސްނުން ދެއްވާށި.. އާމީން

  3
  8
 32. ާމަޖަލެއްނޫން

  ދީނަށް ފުރައްސާރަ ކުރުމަ ކީވެސް މަޖަލެއްނޫން.

  33
 33. ފަރުދު

  ދެރަ ތަންކޮޅަކީ އިސްތިއުފާދިން ލާދީނީ ރައިސް ގެ މޫނު ޒަަމުތަކާއިއެކު ހުރިފޮޓޯ ތަކުގަ ފެންނަން ނެތުން އަދި މާރިޔާ ދީދިގެ ސެކުރިޓީން އަށް އެހާވަރު ނުވީމަ ؟ މި ކަމަށް އަލި އަޅުވާލާ އެއްޗެއް ލިޔެލަންވީނުން

 34. ޙގ

  ކޮންމެވެސް މިނިސްޓަރަ ކު ބުންޔޯ ...ނަޝީދުގެ ހާލު ރަގަޅޭ..ބޭރުފުށަ ކަށް އަނިޔާއެއް ފެންނާ ކަށް ނެތޯ..ސުބުހާނައްލާހި.

 35. ހިތާމަ

  މަޖަލެއްވެސް ނޫން. އުފަލެއްވެސް ނޫން. ވަރަށް ހިތާމަވެރި ހިތާމަކުރަންޖެހޭ ކަމެއް. އެކަމަކު ހިމަންދޫ މީހުން ޖަލަށްލާފައި ތިއްބާ ޖަލުން ނެރެގެން މުޅިރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުވީ ކާކު؟ އެ މީހުންނަށް މާފުދިނީ ކާކު؟ މާލޭގެ މިސްކިތެއްގައި ހަރުކަށިކަމުން ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކުރާތީ އެތާނގައި ހުރި ސައުންޓްސިސްޓަމް ނެގީމާ، އެތަނަށް ގޮސް އަޑުގަދަކުރާ ބަހައްޓައިދިނީ ކޮން ޕާޓީއަކުންތަ؟ ކޮން ޕާޓީއެއްގެ މެންބަރުންތަ އިސްކޮށް ތިބީ؟ މިކަންކަން ބަލައިލީމާ ހަރުކަށި ފިކުރު ފެތުރީ ކޮންބައެއްކަން ވަރަށް ސާފު.

 36. ެައަބްދޫ

  ޢަފްރާސީމާ ރިޒްވާނު މަޖަލެއްނޫން.ޢެ ކަން ކުރިބަޔަ ކަށް ދުނިޔޭގަ ހުއްޓާ ވެސް އަޒާބު ލިބެން ފަށާނެ.

 37. ދިވެހިލޭ

  ކޮންމެ މީހަކު ކޮންމެ އެއްޗެއްކިޔަސް ތީ ނަޝީދުގެ ފޮޓޯ ތަކެއް ނޫން!

 38. ވިސްނާ

  ތިއީހަގީގަތެއްނަމަ މިހާރުނަޝީދަށް ވިސްނިވަޑައިގަންނަވާނެ ތަޅާނެކުދިންހޯދާ ތެޅީމަވުސް
  ވާނެގޮތް